ބާރުގެ ބޭނުން ކުރުމުގައި އަނިޔާވެރި ނުވުމަށް ފުލުހުންނަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިލްތިމާސް ކުރައްވައިފިއެވެ.

އަންނަ ހުކުރު ދުވަހު ފާހަގަ ކުރާ ބައިނަލްއަގުވާމީ އަނިޔާ އާ ދެކޮޅު ދުވަހުގެ މުސާބަތުގައި ފޮނުވި ސީޕީ ހަމީދު ފޮނުއްވި މެސެޖެއްގައި ސީޕީ ހަމީދު ވިދާޅުވީ އެމަނިކުފާނުގެ އިލްތިމާސް އަކީ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ބޭނުންކުރުމުގައި އަނިޔާވެރިނުވުން ކަމަށެވެ. ސީޕީގެ މެސެޖުގައި އެމަނިކުފާނު ވަނީ ފުލުހުންނަށްވެސް އެހެން ފަރާތްތަކުން އަނިޔާވެރި ނުވުމަށް އިލްތިމާސް ކުރައްވާފައެވެ.

ސީޕީ މިފަދައިން ވިދާޅުވީ އެކި ސަރުކާރުތަކުގައި މަގުމަތީގެ އެތައް ހަރަކާތެއްގައި ފުލުހުން އާއްމުންނަށް އަނިޔާ ކުރާ ކަމަށް ބުނެ ފުލުހުންނަށް މީގެކުރިން ވަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ. އަދި އާއްމު ރައްޔިތުންގެ ފަރާތުންވެސް ފުލުހުންނަށް އަނިޔާތައް ލިބިފައިވާއިރު އެތައް ފުލުހުންނެއް ވަނީ އެ ފުލުހުންނަށް ލިބުނު އަނިޔާތަކުގައި މި ދުނިޔެ އާއި ވަކިވެގެން ގޮސްފައެވެ. އަދި ބައެއް ފުލުހުންނަށް ލިބުނު އަނިޔާތަކާއި ގުޅިގެން ބޮޑެތި އޮޕަރޭޝަންތައް ވެސް ކޮށްފައި އެބަހުއްޓެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަބަދުވެސް ބުނަމުން ގެންދަނީ ދިވެހި ފުލުހުންނަކީ ދިވެހި ރައްޔިތުންނާއި ގާތުން ހިދުމަތް ކުރަން ޖެހޭ ބަޔަކަށްވާއިރު ފުލުހުންނަކީ އާއްމު ރައްޔިތުން އިތުބާރު ކުރާ ބަޔަކަށް ހަދާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައިވެސް ފުލުހުން ސިޔާސީ ކަންކަމުގައި ބޭނުން ކުރާ ކަމުގެ ތުހުމަތު މިއަދުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    މިހާރު އަނިޔާކުރަން ތިބޭފުޅާއައް އަމުރުކުރުން އަތުލާ އިންޑިއާ އެމްބަސީ އާ ހަވާލުކޮއްފި ކަމައް އަޑުއިވޭ.

  2. މުހައްމަދު އަންޖުމް

    ހޫން އަނެއްޖޯކް ތިޔައުކުޅަކީ މީގެހަތްއަހަރުގެ ކުރިން ތިޔަކުޅިސަމާ ދެކުނިން އިތުރަށް ކުޅިސަމާ ދައްކަން ކޮންމެހެން ނޫޅެ ނައިޓްކުލަބުގަ ނަށާލާ އެކަންކުރެވިދާނެ