ކުރީގެ ބައެއް ރައީސުންނަށާއި، ހުރިހާ ސިޔާސީ ޕާޓީތަކަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ބަހާފައިވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވި މިއަދު މެންދުރު ފަހު ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ފައިސާތައް ބޭނުން ކުރަމުން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ ބެލުމުގެ ދަށުންނާއި އިރުޝާދުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ، ކުރީގެ ރައީސުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އޭރުގެ އިސް ބޭފުޅުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ކުންފުނިތަކުގެ އިސް ބޭފުޅުންނަށާއި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނަށާއި، ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނަށް ވެސް ދެއްވާފައިވެއެވެ.

އެ ފައިސާތައް އެކި އެކި ބޭފުޅުންނަށް ބައްސަލަވަމުން ގެންދެވީ އޭރު ސިޔާސީ ގޮތުން ނިންމަވަން ޖެހޭ ބޮޑެތި ނިންމެވުންތައް ނިންމަވަން ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވިގޮތުގައި، ކޮންމެ ސިޔާސީ ޕާޓީއެއްގައި ހިމެނޭ ކޮންމެ ވެސް އެއް ބޭފުޅަކަށް ފައިސާ ލިބިވަޑައިގެންފައި ހުންނަވާނެ ކަމަށެެވެ.

އަދީބު މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ޖަލު ހުކުމް ނޫނީ ހުކުމެއް ނެތި ބަންދެއް އައިސްފައި ވެއެވެ. އޭގެ ތެރެއިން ބައެއް ބޭބޭފުޅުންގެ ތެރޭގައި، ކުރީގެ ރައީސް މައުމޫނާއި، ރައީސް ޔާމީނުގެ ވާދަވެރިޔާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނެއެވެ.

ރައީސް ނަޝީދުގެ ބަންދުގައި ހުންނަވަނިކޮށް އަދީބު ނައިބް ރައީސް ކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީގައި ހިމެނޭ ނައިބް ރައީސުންގެ އުމުރު ބަދަލު ކުރަން އެމްޑީޕީ ބައެއް މެންބަރުން ވޯޓުވެސް ދެއްވި އެވެ.

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކި ކުރުމާއި، ބޭރުގެ ފަރާތްތަކަށް ބިން މިލްކް ކުރެވޭ ގޮތަށް ގެނައި، އިސްލާހަށްވެސް އެމްޑީޕީ ބައެއް މެންބަރުން ވޯޓު ދެއްވިއެވެ.

އަދީބް ވިދާޅުވީ، ކޯޓުތަކުންނާއި މަޖިލީސްގެ ބޮޑެތި ނިންމުންތަކަށް އެ ފައިސާ ހޭދަ ކުރެވިފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ހަތް ދައުވާއަށް ވެސް ވަނީ އިއުތިރާފުވެފައެވެ. އަދި އެ އަޑުއެހުންތައް ނިންމާލައި އަންނަ ހޯމަ ދުވަހު ހުކުމް ކުރަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސަމްސާ

    އައްނި ބުނީ ހަމަ ރަނގަޅަށް . އަދީބު އެއީ މޑޕ އިން ޔާމީން ސަރުކާރުގައި އެޅުވި ފަންޏެއް.

    62
    8
  2. ހަނި

    މީރާވާގެން ކުޅޭ ބޮޑް ޑުރާމަަ އެތް މިސަރު ކާރުން

    128
    17
  3. ބޮކި

    ކޮބާ ފެނޭތަ ؟ އަދިވެސް ބުނާނެދޯ ޕޕޕ ކުދިންކޮޅު އަލިރަސްގެފާނު އަކީ ހުދުފޮތިކޮޅެއްކޭ!

    17
    60
  4. މާޟީ

    އިބޫ އައް 30މިލިއަން ދިންވާހަކަ ނުބުނާނެ ތީ ހަމަރާވާގެން ކުރާކަމެއް ރައްޔިތުން ގަބޫލެއް ނުކުރާނެ

    57
    6
  5. ދިދަ ދަނޑި

    ހުރިހާ ކުޅިއެއް ކުޅޭނެ.. ކުއްވެރި ވަނީ އެންމެ މީހެއް.. ވަރަށް އިންސާފް

    63
  6. ދަންނަ

    އއއ އިންޑި އާގެ އަޑުމަޑުކޮށްލަން އަނބުރާ ގޭސްގަނޑެ އް. މި ވެސް ސަރުކާރުން ކުޅޭ ގޭމެ އް.ތި އަދީބު ދެ ދުވަހު އެކަ އްޗެ އް ނުކިޔާ.

    53
    1
  7. ކުރަފި ދާދާ

    ކޮބާ އިލެކްޝަން ކޮމިޝަން އަވަހަށް ޕާޓީތަކާ ދޭތެރޭ ފިޔަވަޅު އަޅާ! އިއްޔެ ދެއްކީ އެމީހުންނަށް ފައިސާ ދޭވާހަކަ! ޕާޓީތައް އެވަނީ މުޅި ރައްޔިތުންނަށް ހަރާންކޯރުވެފައި! އަވަހަށް ޕާޓީތައް އުވާލާ! ވަގުތުން އުވާލާ! ކޮބައިތޯ ރައްޔިތުން! ރައްޔިތުންނަށް ވެސް އޮންނަންވާނެ ޕާޓީތައް ބާއްވަން ފެނޭތޯ؟ ނުފެނޭތޯ ނިންމުމުގެ ބާރު؟ އަވަހަށް އެފުރުޞަތު ރައްޔިތުންނަށް ފަހިކޮށް ދެއްވާ!! ޕާޓީތައް އުވާލާ! އުވާލާ! އުވާލާ! އުވާލާ!

    46
  8. މަރޭ

    މިދެން ބޭކާރު ވާހަކަ.ބަރު ހުރިއިރު ހިތުހުރިކަމެއް ކޮށްފަ އެހެން މީހުންގެ ބޮލުގަ އެޅުވީމަ ހަމައެއް ނުޖެހޭ. އެންމެ ކަމަކަށްވުރެ ގިިނަކަން ކަން ކޮށްފަ އެހެން މިހުންގެ ބޮލު ގަ އެޅުވީމަ އަޑު އަހާނީ ކޮހުން. ކޮންމެ މީހަކު ވެސް ބާރު ހުންނަ އިރު ތިމާވަރުގެ ހިތުހުރިކަމެއް ކޮށްފަ އެބާރު ދިޔައީމަ ދެން އެހެންމީހުން ގެ ތާއީދު ހޯދަން ކުރެވުނުކަމެއް ކުރަނީ.

    34
    1
  9. ބޮލި މުލައް

    ބަލަ މިވަރުގެ މީހަކަށް މަރުގެ އަދަބެއްނު ދޭންޖެހެނީ

    37
    1
  10. ޢަލިބެ

    ޢިބުރާހިމް މުހައްމަދު ސާލިހަށްވެސް ލިބުނުތަ؟ ލިބުނުނަމަ އިސްތިއުފާދޭން ޖެހޭނެ. ސަރީއަތްކޮށް ޖަލަށް ލާންޖެހޭ.

    51
    3
  11. މުހައްމަދު އަންޖުމް

    ބަލަގަ ހޭކުޑާވާ ތައުބާ ވުމަކީރައްޔިތުން ކިބައިން މާފަށް އެދިގެން ނިމޭނެކަމެއްނޫން ހެއްދެވިފަރާތައް ތެދުވެރިވެ ހެޔޮނިޔަތުގަ ކުރިހުރިހާނުބައުކަމަކުން ދުރުވެ އެއްކިބާވުން އަހަރެމެން މާފުކޮއްފާނަން ނަމަވެސް ތިޔަބުނާތައުބާ ނިކަން ވެބަލަ އަދި މިޔޮށް ނަޖިސް ސިޔާސީކުޅިގަނޑާދުރުވެ އަތުގަހުރި ހަރާންފައިސާތަކުން މިންޖުވެބަލަ އެކަންވާނެތަ ނިކަންކޮއްލަބަލަ ހިއްވަރެއްހުރިއްޔާ

    33
  12. ކީލި

    އަދިވެސް އަދަބުދެނީ ޔާމީނަށް ކޮބާތޯ ޢަފުލު ވެރިކަމަކީ؟

  13. ޙަަދިސަ

    ކަލެެަށް މާފު ކުރާނީ ތި ފައިސާބެހި އެއްމެއްގެ ނަންތަށް އަދި ދިންވަރު ޓީވީން ލައިވް ޕްރަގުރާމެއްގާ ބުނީމަ

  14. ފަރީދާ

    މީ ހަމަ ރާވާގެން އިންދީޔާގެ އަޑު ކަޑުވާލަން ސަރުކާރުން އަބުރާ ގޭސްގަޑެއް އިންޑިޔާ އައުޓް

  15. ޕާޓީން ޕާޓޭއަށް

    ކުރަންވީ،،،،، އިސްމަޤާމުގެ ޝަރުތު: މަޤާމަށް އައްޔަން ކުރާ މީހަކީ....
    ފަސްވަގުތު ބަރާބަރަށް ނަމާދުކުރާ މީހެއްތޯ
    މުދަލު ޒަކާތް ނެރޭ މީހެއްތޯ
    އަނބިދަރިންގެ ހައްޤުތަށް ފުރިހަމައަށް އަދާކުރޭތޯ

    3
    1
  16. ފާއިޒު

    ޚިޔާނާތުގެ ހުރިހާ ފައިސާއެއްގެ ޒިންމާ ނަގަން ޖެހޭނީ ހަމަ އަދީބު. ކުރީގެ އެއްވެސް ރައީސެއްވެސް މިހާރުގެ ރައީސެއްވެސް އަދި ސިޔާސީ އެއްވެސް ޕާޓީއެއްވެސް އޭގެ ޒިންމާ ނަގާކަށް ނުޖެހޭނެ. އެއިން އެއްވެސް ފަރާތަކަށް އެ ފައިސާއިން ފައިސާ ދިންނަމަވެސް އެފަރާތްތަކުގެ އެދުމަކަށް ނޫން އަދީބު އެ ޚިޔާނާތް ހިންގީކީއެއް. މާކުރިއްސުރެ އަދީބު ސިޔާސީ މައިދާނުން ފެންނަން ފެށީއްސުރެ އުއްޗުއާއެކު އޮންނަ ގުޅުމެއްގެ ސަބަބުން އެންމެނަށް ވެސް ހީވެފައި އޮންނަނީ އަދީބަކީ ވަރަށް ބައިވާރު ފައިސާ ގެންގުޅޭ މީހެއް ހެން. އެއްވެސް މީހަކު ހިތަކަށް ނާރާ އަދީބު ގެންގުޅެނީ ދައުލަތުގެ ފައިސާ ތަކެއް ކަމަށް. އެހެންކަމުން މީގެ ކުރިން ޤާސިމު މެންފަދަ ބޭފުޅުންގެ އަރިހުންވެސް މީހުން ފައިސާ އަށް އެދުނުގޮތަށް އަދީބު ގާތުންވެސް މީހުން ފައިސާ ހޯދާފައިވާނެ. ދެމަކުންވެސް އަދީބެއް ނުބުނޭ މީ އެމް އެމް ޕީ އާރު ސީގެ ފައިސާއެކޭ. ރައީސް ޔާމީނުވެސް ވިދާޅުވި " ފައިސާ ގެނައިމަކާ ނާހާނެއޭ އެއީ ކޮން ގޮތަކުން ލިބުނު ފައިސާއެއްތޯ" ވިދާލުވި ވިދާޅުވުންވެސް އެއީ މި އުސޫލުން ވިދާޅުވި ވިދާޅުވުމެއް ކަމަށް ފެންނަނީ. ނަމަވެސް މަޤާމެއްގައި ހުރި މީހަކު ނަހަމަ އިން ކަމެއް ކުރުމަށް ބާރުއަޅާ ފައިސާއެއް ދިންނަމަ އެ ފައިސާ ގައި ހިފުން ވެގެން ދާނީ އެހެން މައްސަލައަކަށް. އެއީ އަދި އަދީބުގެ ޚިޔާނާތުގައި ބައިވެރިވުމެއް ނޫން.

  17. ޙހހހ

    މީނަޔަށް ހުރިހާ އެންމެންގެ އަދަބުތައް ދޭންވީ ، ދައްކާވާހަކާގެ އިތުބާރެއްނެތް ، ބަޔާންދިނީ ޑީލްއަކުންނޭ ބުނީވެސް މީނަ ، މިވަރު މީހަކު ދައްކަފާނެ ކޮންމެފަދަ ވާހަކައެއްވެސް ، އުމުރަށް ޖަލަށްލާންވީ މީނަ