މިއަދު ދިވެހި ގައުމު ވެއްޓިފައިވާ ހާލަތުން ކޮޅަށް ނަގައި ދެވޭނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިއަދު ހަވީރު ބޭއްވި ޖަލްސާއެއްގައި ޑރ. ޝަހީމް ވިދާޅުވީ މިއަދު ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި އެ ހާލަތުން ގައުމު ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށެވެ. ޑރ. ޝަހީމް ވަނީ މިއީ ރައްޔިތުން މާޔޫސްވާންވީ ވަގުތު ނޫން ކަމަށް ވިދާޅުވެ މީގެކުރިންވެސް އެމަނިކުފާނު ވިދާޅުވެފައިވާ ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. އެގޮތުން މިއީ އެންމެން އެކުގައި އެއް އަމާޒަކަށް ދާންވީ ވަގުތު ކަމަށާއި މިއީ ހުރިހާ ރައްޔިތުން އަތުގުޅުވާލަންވީ ވަގުތު ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ގައުމު ވެއްޓިފައިވާ ހާލަތުން އަރައިގަނެވޭނީ ރައްޔިތުން އެއްބައިވަންތަވެ އެކުވެރިވެގެން ކަމަށެވެ. އަދި މިއަދު ގައުމު ވެއްޓިފައިވާ ހާލަތުން ކޮޅަށް ނަގައި ދެވެން އޮތީ އިދިކޮޅު ޕީޕީއެމް ޕީއެމްސީ ކޯލިޝަނަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެކުވެރި ކަމާއެކުގައި މަސައްކަތް ކުރަން ޖެހޭނީ. މާތްﷲ އިރާދަކުރެއްވިއްޔާ މި ކޯލިޝަންގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވަރަށް އަވަހަށް މިނިވަން ވާނެ. އަޅުގަނޑުމެންގެ ދުއާ އަކީ 2013 އާއި 2018 އަށްވުރެ ބޮޑަށް މިއަދު ރައީސް ޔާމީންގެ އެ ވަރުގަދަ އަޒުމާއި ތަސައްވަރު ދިވެހި ގައުމު ބިނާ ކުރުމަށް މާ ބޮޑަށް އެބަ ބޭނުންވޭ. އެއީ ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑީ. އެކި ދާއިރާތަކުން،" ޝަހީމް ވިދާޅުވިއެވެ.

އެގޮތުން ޝަހީމް ވަނީ ދީނީ ގޮތުން ސިޔާދަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ބޮޑު ކަމަށް ވިދާޅުވެފައެވެ. މިފަދަ ކަންކަމުގައި ސާބިތުކަމާއެކުގައި ކުރިޔަށް ދެވޭނީ ވަރުގަދަ ލީޑަރަކު ކުރީގައި ހުންނަވައިގެން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހަނި

  މަވެސް ތިވާހަކަށް ތާ އިދު ޔާމިނުދޫކޮޅާ މިސަރުކާރު އިސްތި އުފާ މިގަމުސަލާމަތްކުރަންބޭނުމީޔާ އަވަސް އިސްތި އުފާ

  13
  13
 2. އަލްޖިބްރާ

  ކަލޭ ތިހިރީ ހަމަހޭގަތަ ؟މިއަދު އަދީބު އެބުނީ ހުރިހާފައިސާއެއް މީސްމީހުނަށް ބެހީ ޔާމީނު އޭ ! މިވަރުމީހަކަށް ރާއްޖެ ހަވާލުކުރީމާ ރާއްޖެ އޮތްތާ ވަޅުގަޑުވެސް ނޯންނާނެ ! މިކަހަލަމީހުން ޖެހޭނީ ހިފާ ހައްޔަރުކުރަން ! އަދިވެސް ޔާމީނޭ ގޮވަމުން ދުވޭ ! ކުރިވައްކަންތަށް އެހެރަގެން ފަޅާ އަރަނީ !

  14
  22
  • ކޮން ޖިބްރާއެއް ކިޔާކަށް

   ހަމަ ހޭ ނެތީ ކަލޭގެ. އަދީބު ކިތަންމެ އެއްޗެއް ކިޔަސް އެކަމުގެ އެއްވެސް ހެއްކެއްނެތް. އަދީބަކީ ހުރިގޮތަށް ހުރި ކައްޒާބެއް. ކޯޓަށް ގެނެވޭ ކޮންމެ ދުވަހަކު އެކިޔަނީ ކުރިން ކިޔާ އެއްޗެއްސާ ދިމާ އިދިކޮޅަށް. އެކަމަކު ކޮންމެ ފަހަރަކުވެސް އެބަ ކިޔާ "އެއްވެސް މަޖުބޫރުކަމެއް ނެތޯ". މަޖުބޫރު ކަމެއް ނެތިއްޔާ ކިޔާ އެއްޗެހި ދިމާ ނުވަނީ ކީއްވެތޯ؟ އަދި ނޭނގޭ ދެން ފަހަރަކު ކިޔާނޭ އެއްޗެއްވެސް. ކައްޒާބުންނަކީ ކޮންމެ އެއްޗެއް ކިޔައިގެންވެސް ސަލާމަތްވާން އުޅޭ ބައެއް. އަދީބުގެ ލޯޔަރުންނަކީވެސް ބޮޑު ދޮގުވެރިން. މިސަރުކާރުން ބޭނުންވަނީ ސީދާ ޔާމީނު ފްރޭމްކޮށް ވައްކަމުގައި ބައިވެރިވި މިސަރުކާރުގެ ވެރިން ހިމާޔަތް ކުރަން.

   2
   1
 3. ައަހުމަދު

  ރައްޔިތުން ވޯޓުން އެއޮތީ ނޫނެކޭ ބުނެފައި މޮޔަނޮގޮވާ.

  15
  14
 4. އަހުމަދު

  ބަރާބަރު ވާހަކަ އެއ އް. ޔާމީނު ވަ އްކަން ކުރި އްޔޭ ކިޔާ ކަރުބުޑުން ހަޅޭލެވި މީހުން މި އަދު އެދަނީ ނޭވާ ހޮޅިން ވެސް ވަ އްކަން ކުރަމުން މުޅި ދަ އުލަތް ހުސް ކުރަމުން. ދެން މި ކިޔަނީ ކޮވިޑޭ، ގެ އްލުނި އްޔޭ، އޮޅޮމަކުންނޭ .. މަގުމަތީ ހަޅޭފަޅޭ ޖަހަން ދަސްވި ބަޔަކަށް ކޮންވެރިކަމެ އް ކުރެވޭނީ. މި މީހުނަށް އެނގޭނީ ދީނަށް ފުރަ އްސާރަ ކުރާމީހުނަށް މަތީމަގާމު ދީފަ ވަ އްކަން ކޮ އްގެން ސަޅިބަ އިސަ ކެނޑުން.

  10
  4
 5. ހަމީދު

  އޮޕޮޒިޝަނަކުވެސް އަދި ސަރުކާރަކުވެސް އިޚްލާތެރި ވެރިންތަކެއް ތިބިކަމަކައް ނެތް ބުނެވޭކައް.. ދެބައި މީހުންނަކީވެސް ހަމަ ނުބައި.. ތިންވަނަ ވިސްނުމެއް ހޯދާ އަދި މިހާރު ކިލަނބުވެފައިވާ ސިޔާސީ މަސްރަހުގައި ތިބިއެންމެން ބަދަލު ކުރަންޖެހޭ.. ގައުމަ މިމީހުން ތިބެގެން އަންނަންއޮތީ ހެވައްވުރެ ބޮޑައް ނުބައި.. ވީމާ ސިޔާސީ އައުޖީލެއް އުފައްދައި މިތިބަ އެންމެން ސިޔާސީ މާހައުލުން ބޭރުކުރަން އަތުކުރު އޮޅާލަންޖެހޭ.

  2
  1
 6. ގޮއްޔަ

  ޝަހީމް ކަލޭ ދީނީ ކަންތައްތައް ތިކިޔެވީ ތެޔޮބިޑި އަބުރާވައްތަރައް
  ކަލެޔެކޭ މައުމޫނެކޭ ހުސެއިން ރަޝީދެކޭ އެއްވެސްތަފާތެއްނެއް
  މިގަމުގައި ފިތުނަފަސާދައުފައްދާބައެއް ކަލޭމެންނަކީ
  ދިވެރާއްް ޖޭގެ ޕޮލިހުންނައް ގޮވާލަން މިކަލޭގެ ހިފާ ހައްޔަރުކުރަން މިހުދުން މިހިދައް

  1
  1
 7. އަލީ

  ތިޔަ ވިދާޅުވި ވާހަކަތައް ރޭޕް ސަރުކާރަކަށް އަދި ރިނދޫ ހުން ޖެހިފަ ތިބި އެއްވެސް ބުރާންޗަކަށް ހަޖަމެއް ނުވާނެ... ހަޖަމް ނުވެގެން އިދިކޮޅަށް ކޮމެންޓް ކުރާނެ..... ކުރިއަސް ހަގީގަތް ބަދަލެއް ނުވާނެ..... ކެނެރީ ވައިރސް މިގައުމަށް ޖެހިފާވާ އެންމެ ބޮޑު ބލ

  2
  1