ރިޝްވަތު ހިފައިގެން ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ތަހުގީގަށް ހޯދަން ބޭނުންވާ ހެކިތައް ފޮރުވާފައިވާ ކަމުގެ ތުހުމަތު ފުލުހުން ކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރުގެ ޤާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރު ބަންދު ކުރެއްވުމަށް ފަހު ތުހުމަތުތައް ކޮށްފައިވާ މައްސަލަތަކުގެ، ހެކި ނެތުމުން ތަހުގީގަށް ބޭނުންވާ ހެކި އެމަނިކުފާނު ފޮރުވާފައިވާ ފުލުހުން ތުހުމަތުކުރާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމުގެ ތުހުމަތާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ތުހުމަތާއި ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތެވެ.

ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރާއެކު މިހާތަނަށް 13 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހިމެނިވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައިބިލީވް

    ހެކި ފޮރުވުމުގެ ތުހުމަތު އުއްތަމަ ފަނޑިޔާރަށް ކުރާ ނަމަ އެކަމުން މަމެންނަށް ވަރަށް ބޮޑު އެއްޗެއް ދޭހަ ވެގެން ދެއޭ ސަބަބަކީ އެމެން ފެބް އެކެއްގައި ނެރުނު ދަ ނަހަލާލު ކޯޓް އަމުރުން ވެސް މަމެންގެ ބެކް އޮފް މައިންޑް އިން ވިސްނާލުމުން ވެސް އެކަން ދޭހަވެގެން ދެއޭ. އެކަން ޖެހޭނެއޭ ސީރިއަސް ކޮށް ބެލެން މިރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރަން ސަރުކާރުން ބުރަ ކޮށް މަސައްކަތް ކޮށް ހުއްޓާ އުއްތަމައޭ މެންނޭ ރާއްޖެ ރޮޓެން ކަންޓްރީ އަކަށް ހަދަން ވެގެން ދަ ނަހަލާލު ކޯޓް އަމުރު ނެރެގެން ރާއްޖެ ނަގާ މަގުމައްޗަށް އެއްލާލީ. އައި ބިލީވް ހީ ޑިޒާރވްޑް ބިހައިންޑް ދަ ބާރސް ކޮޒް އައި ބިލީވް އިން ދިސް. ދެއަރ އިޒް ނަތިންގް ޓު އިޓް އައި ބިލީވް ހީ ޑިޒާރވްޑް އިޓް އައި ބިލީވް ހީ ޑިޒާރވްޑް އިޓް އައި ބިލީވް އައި ބިލީވް އައި ބިލީވް.

  2. ަަާަަބްރޭކް

    ހެކިިހޯދަންއުޅެ ހެކިނުލިބުނީމާ ހެކިފޮރުވީދޯ.ބަރާބަރު

  3. Anonymous

    ހެކި ފޮރުވުމަށް މަސައްކަތްކުރިޔަސް ނުފޮރުވޭނެ، ހުރިހާ ސިއްރެއް މޮޅަށް ދެކެދެނެވޮޑިގެންވާ ފަރާތެއްވާކަން މުސްލިމެއްނަމަ މިއަޤީދާ ޤަބޫލުކުރެވޭނެ، މިދުނިޔޭގައި ހެކިފޮރުވަން ކުރާމަސައްކަތްވެސް ﷲގެ އިރާދަފުޅުން ކާމިޔާބުނުވާނެ، މުޅި ގައުމުގެ ރައްޔިތުންގެ މަސްލަހަތާމެދު ނުވިސްނާ އިދިކޮޅު މަދުބަޔަކު ބޮޑުރިޝްވަތެއްދިނީތީ އެރިޝްވަތު ހިފައިގެން ތިފަނޑިޔާރުން އެމީހުން އެދޭގޮތަށް އައިރުގާނޫނީ އެކްޝަންނެގީކަން މިހަގީގަށް މިހާރުވެސް ސާފުކޮށް އިގޭއިރު ކޮން ހެއްކެއް ފޮރުވާކަށްތަ؟؟

  4. Sweetie

    މީ ގަދަ ފަނޑިޔާރެއް. ޖަލަށް ލީމަވެސް ހެކި ފޮރުވިއްޔޭ ދޮ؟؟؟

  5. Anonymous

    ސުޕުރިންކޯޓުގެ މި ދެފަނޑިޔާރުންގެ ދަށުން އިސްތިއުނާފު މަރުހަލާ ނިންމާފައިވާ ހުކުމްތަށް ތަންފީޒުކުރަމުންދާ ކުށްވެރިން ވަގުތުން މިނިވަންކުރުމަށް ހަމަ އެ ކޯޓުން އެފަޑިޔާރުން އަމުރުނެރުމަކީ އެއްވެސް ގާނޫނެއް ތަންދޭނެ ކަމަކަށްނުވާއިރު އެފަދަ ޢައިރުޤާނޫނީ އަމުރެއް އެފަނޑިޔާރުން ނެރުމުގެ ބޮޑުސިއްރަކާއި ބޮޑު ސަބަބެއްވާނެކަމީ ޅަކުއްޖަކަށްވެސް އެގޭނެކަމެއް، ވީމާ އެސަބަބު ބުނެނުދިނުމަކީވެސް ހެކިފޮރުވުމެވެ.ﷲއީ މޮޅަށް ދެނެވޮޑިގެންވާ ކަލާގެއެވެ.

  6. އޮޅުން ބޮޅުން

    ތަހްޤީޤު ފޭލިވީ ތާއެވެ؟

  7. ދިވެއްސެއް

    ސްޕްރީމްކޯޓުގެ މި ދެފަނޑިޔާރުންގެ ދަށުން އިސްތިއުނާފު މަރުހަލާ ނިންމާފައިވާ ހުކުމްތަށް ތަންފީޒުކުރަމުންދާ ކުށްވެރިން ވަގުތުން މިނިވަންކުރުމަށް ހަމަ އެ ކޯޓުންސޭމް ފަޑިޔާރުން އަމުރުނެރުމަކީ އެއްވެސް ގާނޫނެއް ތަންދޭނެ ކަމަކަށްނުވާއިރު އެފަދަ ޢައިރުޤާނޫނީ އަމުރެއް އެފަނޑިޔާރުން ނެރުމުގެ ބޮޑުސިއްރަކާއި ބޮޑު ސަބަބެއްވާނެކަމީ ޅަކުއްޖަކަށްވެސް އެގޭނެކަމެއް، ވީމާ އެސަބަބު ބުނެނުދިނުމަކީވެސް ހެކިފޮރުވުމެވެ.ﷲއީ މޮޅަށް ދެނެވޮޑިގެންވާ ކަލާގެ .