ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމު ކުލްސޫމްގެ އަބޫބަކުރުގެ މައްސަލައެއް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ، މެޖިސްޓްރޭޓް އުއްމުކުލްސޫމްއާ ގުޅޭ ގޮތުން ބަލަމުން ދާ މައްސަލައަކީ ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދެ މައްސަލައެއް އެކޯޓުގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް، އެމެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކޮށް، އެ ދެ މައްސަލަ ބެލުމަށް އޭނާ ހަވާލު ވުން ކަމަށެވެ.

އަދި އެ ދެ މައްސަ ބަލަން އޭނާއާ ހަވާލުވުމުގައި ފަނޑިޔާރުގެ ސުލޫކަށް އަސަރު ކޮށްފާނެފަދަ ކަންތައްތަކެއް އެ ކޮމިޝަނަށް ފާހަގަވާ ކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.

ޖޭއެސްސީން ވަނީ، އެ މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް އެކުލަވާލާފައެވެ.

ޖޭއެސްސީން މިހާރުވެސް ގެންދަނީ ގިނަ ފަނޑިޔާރުންނާއި ގުޅޭގޮތުން މައްސަލަތަކެއް ބަލަމުންނެވެ. އަދި ބައެއް ފަނޑިޔާރުންނާއި ގުޅޭގޮތުން މައްސަލަ ބަލައި، ފިޔަވަޅުވެސް އަޅާފައި ވެއެވެ. އަދި ބައެއް ފަނޑިޔާރުން ވަކިވެސްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗާލު

    އެމްޑީޕީގެ ފިކުރުގެ މީހެއްނޫންތީ ޔަޤީން.

    2
    1