ކޮވިޑް-19 ބަލި ޖެހިދާނެ ކަމަށް ބިރުން ތިބެވެން ނެތް ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ގޮތަށް މިހާރުގެ ސަރުކާރުން ކުރަމުންދާ ކަންކަމާ ދެކޮޅަށް ހުރިހާ ދިވެހި ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ، ބޭރުގެ ގައުމަކުން އައިސް ގައުމު ހިފުމުން ކުރިމަތިވަނީ މާ ބޮޑު ނުރައްކަލެއް ކަމަށެވެ.

"ކޮވިޑުން ރައްކާތެރިވާން ގޭގައި ތިއްބާ އެހެން ބަޔަކު އައިސް ގައުމު ހިފައި ދިވެހިން ނައްތާލުމާ ކޮވިޑް ޖެހިގެން މަރުވުމާ ތަފާތެއް ނެތް، ގޭގައި މަޑު ކުރަން ބުނެފައި ސަރުކާރުން ގައުމު ނަގައިލަނީ،" އަދުރޭ ވިދާޅުވިއެވެ.

ގައުމުގެ މިނިވަންކަން ހިމާޔަތް ކުރަން ދިވެހި ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހި ފުލުހުންނާއި ސިފައިން ވެސް ގައުމުގެ މިނިވަންކަން ހިމާޔަތް ކޮށްދޭން ކުރަން ޖެހޭ ކޮންމެ ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ހައްޔަރު ކުރަން ވެސް އަދުރޭ ގޮވާލައްވާފައިވެއެވެ.

"މި ގައުމު ސަލާމަތް ކުރުމުގެ ޒިންމާ އެންމެންގެ ކޮނޑުގައި އެބަ އޮތް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވިއިރު، އިންޑިއާގެ ބާރު ރާއްޖެއަށް ގަދަވަމުންދާ ކަމަށް ބުނެ "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ދަނީ އަޑު އުފުލަމުންނެވެ. އަދި "އަޅުވެތިކަމާ ދެކޮޅަށް" ޝިއާރުގައި މަގުމަތީ ހަރަކާތްތަކެއް ހިންގިއެވެ.

މަގުމަތީ ހަރަކާތްތައް ހިންގުމަށް އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަމުންދާއިރު މަގުމައްޗަށް ނުކުމެ އެއްވެ އުޅުމަކީ މި ދުވަސްވަރު މަނާ ކަމެކެވެ. އެއްވުންތައް ނުބާއްވަން އެޗްޕީއޭއިންނާއި ފުލުހުނ އިލްތިމާސްކުރެއެވެ. އިދިކޮޅު ކޯލިޝަންގެ ބައެއް އެއްބަސްވުންތަކުގައި މާސްކް ނޭޅުން ފަދަ އަމަލުތަކާ ގުޅިގެން ލީޑާޝިޕްގެ ބައެއް ބޭފުޅުން ވެސް ޖޫރިމަނާ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ރާގޮޑިރާޖަ

  މާތާހިރުވާނެ ވަގަށްނެގިތަކެތި ރަ އްޔިތުންނާ ހަވާލުކުރި އްޔާ.

  46
  16
 2. ކިޔުންތެރިއެއް

  ސަރުކާރު އަނެއްކާވެސް ބިރުގައްނުވާލީމަ ޕޮޒިޓްވާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވާންފަށާނެ. ދައުރު ނިމެންދެން ކޮވިޑުގެ ބިރުދައްކާގެން މިނިވަންކަމާ ގައުމުވިއްކާލަމުންދަނީ.

  29
  32
 3. ައަހުމަދު

  މިކަހަލަމީހުން އުޅޭތީ މި ޤައުމު ހަލާކުވަނީ .

  37
  17
 4. މެކުނު

  އަދުރޭ ބިރުނުގަނޭ. ކަލޭމެން ގައުމު ވިއްކާލަން ޗައިނާއަޝާ ސައުދީއައް އުޅުނަސް މިސަރުކާރުން މިގައުމުގެ އެންމެ އިންޗިއެއްވެސް ބޭރުގެބަޔަކައް ނުދޭނެ
  އަދި ގާނޫން ބަދަލުކޮށް ގަންގަނޑުވެސް ދިވެހިންނައް އިގޭ
  ދެނެއް ތި ހިޔާނަތްތެރި ބައިގަނޑައް މިގައުމުގެ ވެރިކަމެއް ދިވެހިން ދޭކައް ނޫޅެން.
  ބާ ޓިނުގަނޑެއްވެސް މިގައުމުން ބޭރެއް ނުކުރެވޭނެ

  32
  18
  • Anonymous

   ދާދި އަވަހަށް މިގަ އުމު ހަނަފަސް ސަހަރާ އަކަށް ބަދަލުވެގެން ގޮސްދާނެ، އެހާވެސް މަސްރަހު ގޯސް.

   7
   12
 5. ސްޕާއިޑާ

  ދެން އަދުރޭމެން ނިކުމެ ތިކުރާ ކަމެއްކޮއްބަ. އަދި މީނަމީ ހައިރިސްކް މީހެކޭ. ޔަގީނޭ މީހުން މަގުމައްޗަށް ނެރެފަ މީނަ އޮންނާނީ ވަގު ފައިސާއަށް ގަނެގެންއުޅޭ ފުލެޓުގަ ފިލާކަން...

  33
  14
 6. ނިކުމޭ

  މާލަސްވެއްޖެ މަގުމައްޗައް ނުކުތުން އަހަރެމެންނައް ތިބެން މިޖެހެނީ ޕާޓީންހަދާއެއްޗެއްބަލަން އެކަމަކު ތިވާހަކަބުނީމާ ފަހަރެއްގާ ކޮވިޑުޖެހޭ މީހުންގެ ޢަދަދު މިރޭ ގިނަވުމަކީވެސް އެކަށީގެންވާކަމެއް

  16
  24
 7. ލޮލްލް

  އަދުރޭ ކަލޭ ވަގަށް ނެގި ޓިނުތައް ކޮބާހޭ

  29
  15
 8. ސަޓޯ

  އާނ... ކޮވިޑުން އަރައިގަނެވޭއިރު މިގައުމު އޮންނާނީ އިންޑިއާއަށް ދީފަ... އެއީ އިބުރޭ ގަންޖާ އަންނިގެ ރޭވުމަކީ...

  10
  11
 9. މެޑަމް

  ދިސް އިޑިއަޓް އސޓގ

 10. ބަކުރު

  މިގައުމު ސަކާމަތްކުރެވޭނެ ވެރިޔަކީ ރައީސްޔާމީން އިންޝާﷲ އެކަންކުރާނެ ޕީޕީއެމް.

  4
  7
 11. މުރާދު

  ކޮންމެކަމަކީވެސް ﷲ މެދުވެރިކުރައްވާ ކަންތައް ވީމާ، މަރަށްފިލަންވަންނާނެތަނެއްނޯނާނޭބުނަނީ
  އަދި މިކަންވަނީވެސް މިހެން ނަމަވެސް ﷲ ރުހިވޮޑިނުގަންނަވާކަމެއް ހުއްޓުވަންއުޅުމަކީ ގޯހަކަށް
  ނުވާނެ ލާދީނީކަންތަކާ،ވައްކަންކުރުމާ އަދިވެސް..... މިފަދަކަންކަމަކީ ﷲ ނުރުއްސަވާނެކަންތައް
  މިފަދަކަންތައް ހުއްޓުވަން، އަޑުއުފުލަން ފުރިހަމަ މުސްލިމުން ތެދުވާނެ