އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތަށް އިންޑިއާ އިން އައި 128 މީހުންގެ ތެރެއިން 53 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އޭއީއެޗްގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ އިންޑިއާ އިން އައި ހުރިހާ އެންމެން ވެސް ޓެސްޓްކޮށް ނިމިފައިވާ އިރު، 53 މީހުން ފިޔަވައި އެހެން ހުރިހާ އެންމެންގެ ނަތީޖާ ނައްސިވެފައިވާ ކަމަށެވެ. އަދި ބައްޔަށް ފައްސިވި މީހުން ގަމުގައި ހުންނަ ދޫގަސްގައި ބައިތިއްބާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، އެއްވެސް މީހެއްގެ ގައިން އަދި ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، އިންޑިއާ އިން އައި ގިނަ ބަޔަކު ފައްސި ނުވާ މީހުން 14 ދުވަސް ކަރަންޓީންގައި ތިބެން ޖެހޭނެ ކަމަށެވެ. އަދި ކަރަންޓީންގެ 14 ދުވަސް ހަމަވެ، ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، އައްޑޫ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 67 އަށް އަރައިފައެވެ. މީގެ ކުރިން އެ ސިޓީން 14 މީހަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް، އެ ހުރިހާ އެންމެން ވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

އައްޑޫސިޓީގައި ކޮވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް ދާދި ފަހުން ނެގި ސަވަޔަލެންސް 272 ސުންކު ވަނީ ނައްސިވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 10،194 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން 1،116 މީހަކަށް ފަރުވާ ދެމުން އަންނައިރު،80 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލި ޖެހިގެން 9،037 މީހަކު މިހާތަނަށް ރަނގަޅުވެފައިވާއިރު، ބަލީގައި ނިޔާވެފައި ވަނީ 34 މީހެކެވެ.

ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރުމަށް އިންޑިއާ މީހުން އައީ ޗާޓަރު ފްލައިޓެއްގައި އައްޑޫ ސިޓީ ގަމަށެވެ. އެމީހުން ރާއްޖެ އައުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރިއެވެ. ރާއްޖެ އައުމުގެ ކުރިން ކުރި ކޮވިޑް-19 ޓެސްޓުން ހުރިހާ އެންމެން ވެސް ވަނީ ނައްސި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ބލ ވރކނ

  ޕޮލިސް އެކަޑަމީޔޭ ނުކިޔާ ދެލޯކަނުނޫން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް އެބައިނގޭ އެއީ އިންޑިޔާގެ ބޭސްއެއްކަން. އެތަން އުޅެނީ ކަނޑާއި ވައިގެ ސަރަހައްދު ހިމެނޭ ގޮތަށް އިންޑިޔާއަށް 50 އަހަރަށްދޭންކަން. ގުނބޯހައްދަން ނޫޅޭ.

  58
  • ކ

   😨

  • ވްރޯންގު

   އެއީ އިންޑިޔާ ބޭސްއެއް. އެކަމަކު ހަގީގަތަކީ މިސަރުކާރުން ބޭނުންވަނީ އިންޑިޔާ ސިފައިން ލައްވާ ރާއްޖެ ހިސޯރުކޮށް، މަޖްލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ސަރުކާރު ބަދަލުކޮށް، ރައްޔިތުން މުޒާހަރާ ކޮށްފިއްޔާ އެސިފައިންގެ ބާރުން ރައްޔިތުން ކޮންޓްރޯލް ކުރަން. ބަލައިގެން ތިބޭތި. މިސަރުކާރު މިހާރުން މިހާރަށް ނުހުއްޓުވައިފިއްޔާ ރާއްޖޭގެ ދުވަސް އެދިޔައީ.

   14
 2. Anonymous

  މިކަހަލަދުވަސްވަރެ އްގަ އި އިންޑިޔާ އިން މީހުންގެނެސް އަ އްޑު އަ އއް އަޅާނީ ބަލިފަތުރަން ސަރުކާރުން.ީީ 😡

  42
 3. ޢަލިބެ

  އިންޑިއާގައި ބާރަށް ކޮވިޑް ޖެހޭމީހުން އިތުރުވަމުން ދަނިކޮށް ޕޮލިސް އެކެޑެމީ ހަދާށޭކިޔައިގެން މީހުންގެނެސް ބަލިއިތުރަށް ފަތުރަން ސަރުކާރުން ކުރާ މަސައްކަތެއްތީ. ދެންވެސް ދިވެހިންނަށް ނިކަމެތިކަމާ ދެރަލިބޭނެ ހުރިހާކަމެއް ސަރުކާރުން ކުރަމުން ގެންދާނެ. އަދިވެސްތިބޭ އަތްޖަހަން. ރާއްޖޭގައިއޮތް އެންމެ އާބާދީ ބޮޑު އަތޮޅު ބަލިމަޑުކަމުގެ ހާއްޔަކަށް ހަދާލަން ތިރޭވި ރޭވުންމޮޅު.

  16
 4. Anonymous

  ހާދަ ދެރަ އޭ😒 ބަޔަކު އަމި އްލަ އެދުމާ ވެގެން ގަ އުމު އެބަ ހަލާކުކުރޭ. يا الله އަޅަމެންގެ ވެރިރަސްކަލާކޮ އަޅަމެންގެ މިގަ އުމު މި ނުބަ އި ނުލަފާ މީހުންގެ ކިބަ އިން ސަލާމަތް ކޮށްދެ އް ވާންދެން امين

  17
 5. ދެވަރެންދާ

  ޢިންޑިޔާ އިންވީޔާ މިސަރުކާރަށް އޯކޭވާނެ ޓީބީ ޖެހިފާތިބި މީހުންގެނަޔަސް

  12
 6. ބަސްތީ

  އަޅެ އެތަން އަޅާ ނިމިފަކަންނޭގެ ހުރީ. މަސައްކަތް ކުރަނީ ބަންގާޅުން ލައްވާ. 120 މީހުން މަސައްކަތް ކުރަން އައި ބައެއްހެން ހިޔެއްނުވޭ. ތިޔައީ ތިތާތިބެން އައި ސިފައިން

  13
 7. ޢިންޑިޔާ

  ޢެމީހުން ގުޅިފަ އޮޔް5ރަށުގަ ތެޅޭނެވަރަކައް ތެޅިބާލާނިމުނީމަ މިބުނަނީ ޕޮޒިތިވް ވީޔޭ ކިހާރަނގަޅު ސަރުކާރުން ކޮށްދިން ކަންތައް އަދިވެސްއަނި ނަގާކިހިލީގަޖަހާގެންދެފައިގަބޮސްދެމުން ދުވަންތިބޭތި އަނެކާވެސް އިންތިޚާބެތް ޢާދޭތޯ

 8. އައްޑޫ ލެއި

  އައްޑޫ މީހުން ކަރުބުޑުން ހިތި ރަހަލާކަށް މާ ގިނަ ދުވަހެއް ދެންނެއް

 9. ވޮއްލެ

  ކޮވިޑްގެ 3ވަނަ ރާޅު ނަގާބޯމަތިކޮށްފި. އިންޑިޔާއިން ޓެސްޓް ހެދީމާ ނައްސި، ރާއްޖޭން ޓެސްޓް ހެދީމާ ފައްސި.

 10. އަލިބެ

  ޢިންޑިއާ އިން ގަސްތުގަ ރާއްޖޭގައި ކޮވިޑް ފަތުރަން މަސައްކަތް ކުރޭ. ތިވެސް އެކަމުގެ ހެއްކެއް. ބޭނުމަކީ ރާއްޖެ ކުޑަކަކޫ ޖައްސުވާ އިންޑިއާ އަށް ބަރޯސާ ކުރުވުން. ޢަދި ރާއްޖެ އިގްތިސާދީ ގޮތުން އަޅިވެތި ކުރުން.