ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި އަލަށް މީހުން އާބާދުކުރާ ދެ ވަނަ ފިޔަވަހި ގުޅާލަން އަޅާފައިވާ ފަސް ބްރިޖްގެ ތެރެއިން އެއް ބްރިޖު މާދަމާ ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ވިދާޅުވީ ދެ ވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އާންމު ފަރާތްތަކުން ދިރިއުޅެން ފަށާފައިވުމާ ގުޅިގެން އެ މީހުންނަށް އަރައި ފޭބުމަށް ދިމާވާ ދަތިތަކާ ގުޅިގެން މާދަމާ އިން ފެށިގެން ނިރޮޅުމަގާ ގުޅިފައިވާ ބްރިޖު ހުޅުވާލާނެ ކަމަށެވެ. އަދި އެ ބްރިޖު މެދުވެރިކޮށް ދެ ވަނަ ފިޔަވައްސަށް އަރައި ފޭބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އިއުލާންގައިވެއެވެ.

އެޗްޑީސީން އާންމުންނަށް ވަދެ ނުކުމެ ހެދުމަށް ހަމައެކަނި ހުއްދަ ދީފައި އަދި އޮތީ، ގޯތިތައް ހުންނަ ސަރަހައްދާއި ގޮނޑުދޮށް ކައިރިއަށެވެ.

އެޗްޑީސީގެ އިއުލާންގައި ވަނީ މިގޮތަށް ހުއްދަ ލިބުނު ކަމުގައި ވިޔަސް، ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ އެހެން ސަރަހައްދުތަކަށް އެޗްޑީސީގެ ހުއްދަ ނެތި އާންމުން ވަދެ ނުކުމެ އުޅުމާއި އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.

"މި ކޯޕަރޭޝަންގެ އިލްތިމާސްއަކީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ބޭނުން ކުރައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރުމެވެ،" އެޗްޑީސީގެ އިއުލާންގައިވެއެވެ.

"މި ފުރުސަތުގައި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން މި ކޯޕަރޭޝަނަށް ލިބެމުންދާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު އަދާކުރަމެވެ،"

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި އަލަށް މީހުން އާބާދުކުރާ ދެ ވަނަ ފިޔަވަހި ގުޅާލަން އަޅާ ފަސް ބްރިޖްގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައެވެ.

ފަސް ބްރިޖް ވެސް ހަދަނީ ތާރު އަޅައި ވަރަށް ހިތްގައިމުކޮށެވެ. މިއީ، މިހާ ފުރިހަމަ ބްރިޖުތަކެއް ރާއްޖޭގައި އަޅާ ފުރަތަމަ ފަހަރެވެ. އެ ބްރިޖްތައް ހަދަނީ އަޑިން ކޯރެއް ހެން ފެން ދައުރުވާ ގޮތަށެވެ. ފަސް ބްރިޖު ވެސް ތައްޔާރުކޮށްފައި ވަނީ ތަފާތު ރީތި ޑިޒައިންތަކަކަށެވެ.

ބްރިޖްތައް ނިންމަން ހަވާލުކޮށްފައި ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 7،000 ފްލެޓް އެޅުމުގެ މަސައްކަތާ ހަވާލުވި ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ)އާއެވެ. މިއީ، އެ ކުންފުނިން ހިންގާ ބޮޑު އެއް މަޝްރޫއެވެ.

މި ބްރިޖްތައް ހަދަނީ ސައުދީ ފަންޑުން ދިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ ލޯނު އެހީގެ ދަށުންނެވެ.

ހުޅުމާލޭގައި ހަދަމުން އަންނަ ބްރިޖުގެ ތެރެއިން ހަތަރު ބްރިޖު ގުޅިފައި ވަނީ، ފުރަތަމަ ފިޔަވަހީގެ ބޮޑު ހަތަރު މަގާއެވެ. ފަސް ވަނަ ބްރިޖެއް އަޅަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަކިން އޮންނަ ޓޫރިޒަމް ޒޯނު ސަރަހައްދާއި، ދެ ވަނަ ފިޔަވަހީގެ އަނެއް ބައި ގުޅުވައިދޭށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް އެކިއެކި ކުންފުނިތަކުން މިހާރު ވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކިޔުންތެރިޔާ

    ޝުކުރިއްޔާ ތަރައްގީގެ ބާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް.

    81
    4
  2. މުހައްމަދު އަންޖުމް

    ދެންބުނޭ މިވަގުސަރުކާރު ދާއޮހޮރުވައިގެން ކުރިކަމެކޭ ނަމަވެސް އަމިއްލަމަސައްކަތުން ހަމައެއްކަމެއްވެސް ނުކުރެވޭނެ މުޅިންވައްކަން ކުރާނީ އެހުރީނު ރަސްރަނި ޕާކުގަހުރި ހުރިހާގަހެއް ލޮނުޒިޔާރަތް ޕާކުގަ ވަގަށްޖަހާފަ އެތަނުންވެސް ކުރީވައްކަން ހަމައެއްކަމެއް ނެތޭ ކުރެވިފަ ކުރާހާވެސްކަމަކީ ވައްކަން އެކަން އެކަނި ކުރެވޭނީ

    55
    3
    • ސޯލިހުބޭ

      އަނދުން ހުސޭނު ބުނާނެ ހުޅުމާލެ ދެވަނަ ފިޔަވަހިވެއް އެއީ މިސަރުކާރުން ހެދި ތަނެކޭ.

  3. ޢިކުރާމުހަބީ

    ރާ އްޖޭގެ މާދޮށީ ބޮޑެތި ރަ އްރަ އް ހދ ސ ގަ އެބަހުރި ނަމަވެސް ތަރަ އްގީ ސުމެ އް މައިސަރުކާރަ އް އެރަ އް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ރަށުގެ ވެހިކަލުތަކުން ނަގާ ރުފިޔާ ކޮޅުވެސް މަގުތަ އް ނުހަދަ ފެންހެދި ޗަސްތެޅިފަ އޮންނަނީ މުޅިތަން ގޮނޑުވެފަ ގަވަ އިދެ އް ބެލެހެ އްޓުމެ އްނޯވޭ

    27
    2
  4. ހިކަންޖެއް

    ފޮޓޯނަގާލަން ރީއްޗަކަށް މާލޭމީހުން އެއްގަމުގަ ހިކިފަސްތާ 1500 މިލިއަން ރުފިޔާއަށް ރަށުގަ ބުރިޖު އެއެޅީ. ކުޅުދުއްފުށީ އެއާޕޯޓު އެޅީ 68 މިލިއަނަށް، އޭގެމާނައަކީ އެކަހަލަ 25 އެއާޕޯޓު އެޅޭހާ ފައިސާ އެއޮތީ ތަޅާބާލާފަ. މިކަންކަމުގެ ވާހަކަ މާބޮޑަށް ނުދައްކާ ކެންޕޭނަށް ގޮސް ވާރެއާތެމިގެން އޮތީ ކުޅުދުއްފުށީ ރަންވޭމަތީގަ.

    2
    14
  5. ތަރައްގީގެބާނީ

    ﷲ އިރާދަކުރެއްވިއްޔާ މާދަމާ ރައީސްޔާމީންގެ އަގުހުރި މަސައްކަތްޕުޅުގެތެރެއައް އިތުރުވިބޮޅެއް ފެނިގެންދާނެ ޝުކުރިޔާ

    17
  6. Anonymous

    " ގުލްހާރޭ މަލުން ގަތާފޮނުވީ
    މާ މަލުން ގަތާ ފޮނުވީ
    ތަޢާރީފާ ޠާޢަތުގެ
    ޖިޒީތަކޭ ފޮނުވީ "
    ރައީސް ޔާމީނަށް.

    34
    1
  7. ދަރަނި ދަންތުރަ

    ރައީސް ޔާމީނުގެ ތަރައްގީގެ ވިސްނުން އެމަނިކުފާނު ފެއްޓެވި ޕޮރޮޖެކުޓުތަށް ، ސޯލި ހަމައެކަނި ރިބަން ކެނޑުން

    34
    1
    • ވައްކަން

      ކުރި ވައްކަންވެސް ސަޅި

      1
      15
      • ސަޅިބެ

        ސޯލިހު ކުރިވައްކަންތޯ؟

  8. ކަޅުބެ

    ސާބަހޭ މަގޭ ލޮބުވެތި ރައީސް ޔާމީން ޖަލުގައިހުންނެވިޔަސް ތަރަށްގީއެބަފެނޭ ރިބަންކަނޑާ ބެއްޔާ ރިބަންކެނޑުމާއި ހަވާލުވެފައެބަހުރި ވީކަމެއްނެތް.

    17
  9. ހަނި

    އެމްޑީޕީ ކޮންމެވެސް މަ ޖިލީސް ،މެންބަރަކު ދެންބުނޭ އަރެމެންގެ ސަރުކާރުންހެދި ކިހާރިތި ބުރި ޖުތަކޭ ކެވެ

  10. މެކް

    ޝުކުރިއްޔާ ތަރައްގީގެ ބާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް.