މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 97 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިއަދު އިތުރު ވެފައި ވަނީ އައްޑޫ ޕޮލިސް ޓްރޭނިން ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތައް އައްޑުއަށް އައި އިންޑިއާ މީހުންގެ ތެރެއިން 44 މީހަކު މިއަދު އިރުއޮއްސުމާއި ހަމައަށް ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އަދި މިރޭ 18:00 ގެ ފަހުން އިތުރު ނުވަ މީހަކު ފައްސިވެ، ފައްސިވި އިންޑިއާ މީހުންގެ ޖުމްލަ 53 އަށް އަރައެވެ.

މިއަދު މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވީ 50 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 71 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،291 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9108 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ ޢަދަދު 1142 އަށް މިއަދު ވަނީ އަރާފައެވެ. 585 މީހަކު މިހާރު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 75 އަށް މިހާރު ވަނީ މަދުވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 34 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަކަރި

    މި ސަރުކާރުން ކޮވިޑުވެސް ގެންނަނީ ރައްޔިތުންނަށް ބަލާވެރިކަން ޖައްސަން

  2. ާަަަަަެަކޮވިޑު މާލި

    ޢިދިކޮޅުން މުޒާހަރާ ވާހަކަ ދައްކާ އިރަށް ކޮވިޑު ޖެހޭ މީހުން ގިނަވަން ފަށާ. މީ އަރަތެެެެއްތަ؟

  3. ތޯތާ

    ޕީ ޕީ އެމްއިން މުޒާހަރާގެ ވާހަކަ ދެއްކުމުން ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު އިތުރުވެއްޖެ