ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރި މާލޭގެ ސްކޫލްތައް އަލުން ހުޅުވައި ކިޔަވައި ދޭން ފެށި ނަމަވެސް ސްކޫލްތަކުގައި ކޮވިޑް-19 ނުފެތުރޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކީސްޓޭޖް ހަތަރެއް އާއި ފަހެއް (ގްރޭޑް 9 އިން 12) ގެ ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ. އަދި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައި ކިޔަވައިދޭން ފެށީ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މާލޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު ދެ ހަފުތާ އަށް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން މިނިސްޓްރީން ނިންމިއެވެ.
އެހެންވެ، މިއަދާ ހަމައަށް ވެސް ދަރިވަރުންނަށް ކިޔަވައި ދެމުން އައީ އޮންލައިންކޮށެވެ.
އޭރު މާލެ ސަރަހައްދުގައި ކިޔަވައިދޭން ފެށީ ވެސް ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ. އެހެން ގްރޭޑުތަކުގެ ދަރިވަރުންނަށް، މިދިޔަ މާޗު މަހުން ފެށިގެން ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ. އެކަމަކު، ރަށްރަށުގެ ސްކޫލުތަކުގައި ކުރިއެކޭ އެއްގޮތަށް ގްރޭޑު 1-12 އާ ހަމައަށް ކިޔަވައިދެއެވެ.
މާލެ ސަރަހައްދުގެ ފުރަބަންދަށް ދިން ލުއިތަކާއެކު، ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން އިތުރަށް ގޯސްވިއެވެ. ދިވެހިންގެ މެދުގައި އެ ބަލި ފެތުރުން އާންމުވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ އަލުން ސްކޫލްތައް ބަންދު ކުރާށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން އަލުން ފަށަން ނިންމީ ދަރިވަރުންނާއި މެދު ވިސްނާފައި ކަމަށެވެ. އަދި މީގެ ކުރިން ވެސް އެއްވެސް ކްލަސްޓާއެއް ސްކޫލްތަކުން އުފެދިފައި ނެތް ކަމަށާއި ސްކޫލްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ވަރަށް ރަނގަޅަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
" ދިރާސާތަކުން އެބަ ދައްކާ ސްކޫލަށް ނުގޮސް ތިބުމުން ދަރިވަރުންގެ ލާނިން ލޮސް އިތުރުވާކަން. ކުދިން ގިނަ ދުވަހު ސްކޫލަށް ނުދިޔައީމަ ކުދިންގެ ހިސާބު ހެދުމުގެ ފެންވަރު ދަށް ވާކަން. އެެހެންވީމަ ކުދިންނާއި މެދު ވިސްނާފަ ނިންމި ނިންމުމެއް މިއީ. އަޅުގަނޑުމެން ބޭނުންވަނީ އިންޓަރެކްޓް ވެގެން ކިޔަވާދޭން އަސްލު." ޑރ.އައިޝަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ކިޔެވުން ފަށަން ވާން ޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ. އެގޮތުން ކުރީ ފަހަރެކޭ އެއްގޮތަށް ދަރިވަރުންގެ ހުން ބެލުން ފަދަ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
އަދި ކޮވިޑް ނެތް ރަށްރަށުގައި، ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު ފަސްގަޑި އިރަށް އިތުރުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮވިޑް ނުފެތުރޭ ރަށްރަށުގައި ކިޔަވައިދޭ ގަޑިތައް ގިނަކުރަން އަޅުގަނޑުމެން ވަނީ ނިންމާފައި. ކުރިން އަޅުގަނޑުމެން ކިޔަވައިދެނީ ސެޝަންއެއްގައި ހަތަރު ގަޑިއިރު. ނަމަވެސް އަންނަ ހަފްތާއިން ފަށައިގެން ފަސް ގަޑިއިރާ ހަމައަށް ކިޔަވައިދިނުމުގެ ފުރުސަތު އަތޮޅުތަކުގެ ސްކޫލްތަކުގައި ހުޅުވާލާނަން." މިނިސްޓަރު ވިދާޅުވިއެވެ.
ސުބުޙާނަﷲ... ހާދަހާ މަތީ މީހެއް މިއީ...
ތި އައިޝަތު އަލީ އަކީ ހަމަޖެހޭ މީހެެއް ނޫން.މިޥީތަނަށް އަދި ކޮށްފަ ނެތް ހަމަޖެހޭ އެއްކަމެއްވެސް
އަހަރެމެން ބޭނުންވަނީ ދޮން ރީތި ޒުވާން އަބަދު ހިނިއައިސް ހުންނަ ތަޢުލީމީ ވަޒީރެއްނޫނެވެ. އަދި ކީއްހެއްޔެވެ. އަހަރެމެން ބޭނުންވަނީ އިސްލާމ ރިވެތި ހެދުން އަޅައި ބުރުގާއަޅައިގެން ހުންނަ ދީންވެރި ވަޒީރެކެވެ. ސްކޫލް ކުދިންނަށް ދީނީގޮތުންވެސް ނަމޫނާއަކަށްވާ ފަދަ ވަޒީރެކެވެ.
މީ ތަނެއްގަ ހުރި މީހެއްހަމަ ވާ އެއްކަމެއްވެސްނެތް
އެޗްޕީއޭގެ ޚާއްޞަ ހުއްދައެއް ދިނީމަ އޯކޭވާނެ. ހުރިހާ ސްކޫލުތަކަށް އެހުއްދައިގެ އަސްލުފޮނުވަން ހަނދާންކުރައްޗޭ. ޢަބްދުﷲ ޝާހިދަށްވެސް ދިނީމެއްނުން އެއިގެ ހުއްދައެއް.
ކަމަނާ ޔަށްތިޔަވިދާޅުވެވެނީކީކޭކަންއެގިލައްވާތޯ އެޔަގީންކަން ކަމަނާޔަށްދެއްވީ ކޮންފަރާތަކުންތޯ
“ ޒިންމާއެއް އިހްމާލެއް އިތުބާރެއް އިގުރާރެއް
އިންޢާމެއް އަންޢާމެއް ނޭގުންމީ ވެއްޓުމަކީ“
سُـبْـحَـانَ ٱلله
ކޮން ގޮތަކަށް ޔަޤީކަން އޮތޭ ތި ބުނުންވަނީ. ކުފުރު ނުވުމަށް ނަސޭހަތްތެރިވަން.
ސްކޫލުތައް ހުޅުވާލިޔަސް، ކޮވިޑް-19 ނުފެތުރޭނެ ކަމުގެ ޔަގީންކަން އެބައޮތް: މިނިސްޓަރު
ކޮވިޑް-19 އެއް ނޫން ތަ ފެތުރިގެން މިއުޅެނީކީ!!
މިނިސްޓަރު ކައިރީ ބުނެފާތޯ ކޮވިޑް ފެތުރެނީ. ހާދަ ހެއްވާ ވާހަކަ ދައްކައޭ
ސްކޫލުތަކުގައި ކޯވިޑް ޖެހެނީ މިނިސްޓަރު އަންގައިގެންތަ އަނެއްކާ؟ މީ ތަނެއްގައި ހުރި ބޯ ބުރާންޖެއްތަ
އެހެންވީމައި މި ވޭތުވެ ދިޔަ ދުވަސްތަކުގައި ސަރުކާރާއި ސްކޫލުތައް އަދި މުޅިޤައުމު ބަންދުކޮށްގެން މިއުޅުނީ ކޮވިޑުގެ ސަބަބަކުންނޫޏްތާ! މިބައިމީހުން ޤައުމު ދަވާލާ އިންޑިޔާއަށް މިތަން ހިބަކޮށް ދިނުމަށް ޖެއްސި ސްޓަންޓެއްތާ ރައްޔަތުންނޭ ހޭއަރާތިއްބަވާ! ހުރިހާކަމެއް މިބޭޒާރުވަނީ.
އިލްޔާސް ލަބީބު ކަމަނާގެ އެޕާޓުމަންޓަށް ރޭގަނޑު މެންދަމު ނުވަންނާނެކަންވެސް ޔަޤީންދޯ؟
ތިޔަވާނީ ހަސަނު ބުނެގެން ބުނިވާހަކަ އަކަށް
ޑރ. ޙަސަނު ބުންޔެއ އްނު ރޯދަމަހާ އެކު ކޮވިޑް ފިލާނެ އޭވެސް
ޑރ. ޙަސަން ހަމީދު ބުނެގެން މިނިސްޓަރުކަން ދިނީ މާ ކޮސް ވެސް ގޮވާނެ....
ދަތުރު ކުރަމުން ދިޔަ ކަޑުމަތީއުޅަދެއް ފަރަކަށް އެރީމާ އެ އުޅަދުގެ ކައްޕި އޭނާގެ ރައްޓެއްސަކަށް ގުޅާފަ މިވާހަކަބުނީމާ އެ މީހާ ބުނީ " ސަލާމަތީ ސެޓްފިކެޓް އޮޓީވިއްޔާ ސަލާމަތް ވާނެއޭ " ! އެޑިއުކޭޝަން މިނިސްޓަރަކީވެސް މިޒާތުގެ މީހަކާ ވަރަށް ވައްތަރު !
އެއްވެސް ކަމަކާ ބެހޭ ގޮތުން އެއްވެސް އިންސާނަކަށް އެފަދަ ޔަގީން ކަމެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރަން.
ހެއްދެވި ފަރާތެއް ވާ ކަމާ ތިމަތިމާމެންގެ ބާރެއް ނޯންނާނެ ކަން ގަބޫލު ކުރާނަމަ ރަގަޅު.
މިފަދަ ބަސްތައް ބުނުމުގެ ނޭދެވޭ އަސަރެއް ކޮށްފި ނަމަ އިބުރަތަކަށް ވާނެ. ނަމަވެސް އޭގެ ގެއްލުން ލިބޭނީ ހުރިހާ ރައްޔިތުން ނަށް. ސަލާމަތް ކުރައްވާށި.ياالله.
އެހެންވީމާ މީގެ ކުރިން ކޮވިޑްފެތުރީ ކަލޭތަ. ކަލެ އަށް އެފަދަ ޔަަގީން ކަމެ އް ލިބުނު ގޮތް ބުނެބަލަ. ކޮވިޑް 19 ފެތުރުން ހު އްޓޭނެ ދުވަހެ އް ބުނެލަ ދީބަލަ.
ކުރިން ވެސް ތިކަހަލަ ޕްރެސް ކޮންފަރެންސް ތަކުގައި ބުނި އަޅުގަނޑުމެން މި ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނޭ. އޭގެ އިދިކޮޅަށް މިފެނުނީ. ކަމަނާ އަށް ހާދަ ޔަގީން ކަމެކޭ ތިއޮތީ ނުފެތުރޭނެ ކަމުގެ، ކަމަނާ އަށް ކޮންމެ ރެއަކުވެސް ނިދާފައި ހެނދުނު ތެދުވެ، މިއަދުވެސް ތި އުޅުނުހެން އުޅެވޭނެ ކަމުގެ ކިހާ ޔަގީން ކަމެއް އޮވޭތޯ،