ދުނިޔޭގެ ފުރަތަމަ ކަނޑު އަޑީގެ މިސްކިތް ރާއްޖޭގައި އަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ޖާބިރު "ވަގުތަށް" ވިދާޅުވީ އެ މިސްކިތަށް ކިޔުމަށް ހަމަޖެހިފައި ވަނީ ދާދި ފަހުން އަވަހާރަވި ކުވައިތުގެ އަމީރު ޝައިހް ސަބާހުލްއަހްމަދު އަލްޖާބިރު އައްސަބާހް ނަމުން ކަމަށެވެ. ކަނޑު އަޑީގެ މިސްކިތެއް އަޅުއްވަން ނިންމެވީ ތަފާތު މިސްކިތެއް ބިނާ ކުރެއްވުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ކުވެއިތުގެ އަމީރު އަވަހާރަވީ މިދިޔަ އަންގާރަ ދުވަހު އެމެރިކާގައެވެ.

ޖާބިރު ވިދާޅުވީ ފާއިތުވެ ދިޔަ ބައި ގަރުނެއްހާ ދުވަހު ދުނިޔެ އާއި ގަލްފު ގައުމުތަކުގެ ސުލްހައަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކު ވަކިވެގެން ދިއުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

" ﷲ އިރާދަފުޅާއެކު މި މިސްކިތް އެޅޭނެ. މިވާނީ ދުނިޔޭގައި އެޅޭ މިފަދަ ފުރަތަމަ މިސްކިތަށް. މިތަނަށް ކުވެއިތު އަމީރުގެ ނަމުން ނަން ދޭން ނިންމީ ކުވެއިތުގެ އަމީރަކީ މުޅި އިސްލާމީ އުންމަތަށް ހެޔޮ ބޭފުޅަކަށް ވުމުން އެކަން ފާހަގަކުރުމުގެ ގޮތުން،" ޖާބިރު ވިދާޅުވިއެެވެ.

ޝެއިހް ސަބާހް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1929 ވަނަ އަހަރުގެ ޖޫން މަހުގެ 16 ގައެވެ. ޝެއިހް ސަބާހު އަވަހާރަވިއިރު އޭނާ ހުންނެވީ ކުވައިތުގެ އަމީރުގެ މަގާމުގައެވެ. އޭނާ އަކީ އަހްމަދު އަލް ޖާބިރު އަލް ސަބާހުގެ ހަތަރު ވަނަ ދަރިކަލުންނެވެ. އުމުރުފުޅުން 91 އަހަރުފުޅުގައި އޭނާ އަވަހާރަވިއިރު އޭނާގެ ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ކުވައިތާއި ގަލްފު ގައުމުތަކުގެ ސުލްހަޔަށް މަސައްކަތް ކުރުއްވުމުގައެވެ.

ޖެނުއަރީ 29، 2006 ގައި ކުވައިތުގެ އަމީރު ކަމާ ސަބާހު ހަވާލުވެވަޑައިގެންނެވި އިރު އޭނާ ވަނީ ކުވައިތުގެ ފޮރިން މިނިސްޓަރުކަން ސާޅީހަކަށް އަހަރު އަދި ބޮޑުވަޒީރުކަން 13 ވަރަކަށް އަހަރު ކުރައްވާފައެވެ. އެ މުއްދަތުގައި ސަބާހް ވަނީ ގަލްފް ކޯޕަރޭޝަން ކައުންސިލުގެ ލީޑާޝިލް ކަމުގައި ހުންނަވައި ގަލްފުގެ ގައުމުތަކާއި ޕާކިސްތާން، ތުރުކީވިލާތް، ބަންގްލަދޭޝް، ފަލަސްތީން އަދި ޖޯޑަންގެ ސުލްހަޔަށް އެތައް މަސައްކަތެއް ކުރައްވައިފައވެެ.

ފަލަސްތީނުގެ ދާހިލީ މައްސަލަތައް ހައްލު ކުރުމަށް ޝައިހް ސަބާހް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ.

އަދި ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތުގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ހައްލު ކުރުމަށް ވަރަށް ގިނައިން އެދެޖެމާއަތުގެ ވެރިންނާއި މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުުރުން ފަތަހަ ޖަމާއަތާއި ހަމާސް ޖަމާއަތުގެ ދެމެދުގައި 2007 ވަނަ އަހަރު އުފެދުނު ނުތަނަވަސްކަން އެއްކޮށް ހައްލުނުވި ނަމަވެސް މައްސަލަ އިތުރަށް ގޯސްނުވެ އޮތް އެއް ސަބަބަކީ ޝައިހް ސަބާހް ސިއްރާއި ފާޅުގައި ދެޖަމާއަތުގެ ވެރިންނާއި އެކު ކުރެއްވެވި މަޝްވަރާތައް ކަމަށް ގިނަ ބަޔަކު ފާހަގަކުރައްވައެވެ.

ޝައިހް ސަބާހް އަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ފާޅުގައި އަޑުއުފުއްލެވި ބޭފުޅެކެެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިސްވެ އޮވެ ގަތަރާއި ގުޅުން ކަނޑާލި މައްސަލައަށް ހައްލެއް ގެނައުމާއި، ޔަމަނުގެ ދާހިލީ ހަނގުރާ ހުއްޓުވުމަށް ވެސް ޝައިހް ސަބާހް ވަނީ މަސައްދެކަތް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

 1. މުހައްމާ

  ބީތާ ތިއުޅެނީ ތިހެން ކިޔައިގެން ކުވެއިތުން ލާރި ދޭނެ ކަމަށް ވާންޗޯ

  75
  3
 2. ބުއްޅަބޭ

  ތިކަހަލަ ޖަމަލު ފޮޑި ޖަހައި ދުވަސްތައް ތި ގުނަނީ.
  މިހާރު އޮޅުވާލުމުގެ ސްޓަންޓަށް އިތުރުވި ބޮޅަކީ ދީނީ ބޮޅެއް. ދެން ކަލޭދާނީ މަޑުމަޑުން އަޑިޔަށް.
  ތިއީ ބޮޑު އަނގައެއް

  57
  2
 3. ކޮވިޑް

  ތިއުޅެނީ މިސްކިތެކޭ ކިޔާފައި ކެސިނޯ ހަދަން ތިސޮރު ވަރަށް ވަރުހުންނަ ކަމެއް އެއީ. ކެސިނޯބެ!

  61
  1
  • ދީވާނާ

   ޢަންނިގެ ވެރިކަމުގަ ވެސް މިކަލޭގެޔަށް ނުކުރެވި އޮތް ކަމަކީ އެއއ އީ ޝަހީމް އާ މަޖީދުގެސަބަބުން މަޖީދު އަށް ރަޙްމަތް ލަ އްވާށި

   14
   1
 4. ރާއްޖެތެރޭ މީހާ

  އިންޝާﷲ ޖާބިރު އަށް ތިޔަކަމުގައި ކާމިޔާބަށް އެދެން!

  33
  20
 5. ސސސ

  ކޮސް ނުގޮވަ ކަލޭވެސް އިތުރު މީހަކާ އިނދެވޭ ތޯ ބަލާބަ

  52
  5
 6. ޢަބްދުލްމުހައިމިން

  ލޮލީ ޖާބިރު ވަރެއް ހަމަ ނެތް. ތިއީ ދިޔާނާ އަށް ލިބިފައިވާ އަގުހުރި ޖަވާހިރެއް.

  27
  9
 7. ޕަބްލިކް ސަޕޯޓް އެންޑް ވެރިކަން ބޭނުންވެގެން

  އޯއި ބަލަ ރާބިރު، މަމިހުރީ ދުނިޔެއަށް މޮޔަވެފައޭ ބުނުމުން މާސާފުވާނޭ އެންމެންނަށް ވެސް!

  31
 8. މޯދީ

  ކަލޭވަރުގެ ދެއްކުންތެރިޔަކު މިދުނިޔޭގަ ނޫޅޭނެ.
  އާނފަހޭ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ މިސްކިތެއް ނާޅާ ކަނޑުއަޑީގަ މިސްކިތްއަޅަން މިއުޅެނީ ގައުމުގެ އެންމެން މިއުޅެނީ ކަނޑުއަޑީގަވިއްޔާ. ތިޔައީވެސް ދީނަށް މަލާމާތްކުރުމުގެ ވައްތަރެއް.

  54
  • ޖުހާ

   އެއީ މިޔަރު ގިނަވެގެން މިޔަރުތަށް ނަމާދުކުރާނެ ތަނެއްނެތީމަޔޯ.

   11
 9. ޔާމިން

  އުފާވެރިހަބަރެއް މާލެކައިރީގާއަޅާދެއްވާތި

  9
  18
 10. އަލި ކަލޯ ބެ

  ލޮލީ މި އަހަރު ތެރޭ ކެނޑި ފޮނި ވައުދު 1 ކޭބަލް ކާރު 2 ހެލިކަޕްޓަރު 3 މިސްކިތް 4 ވަޒީ ފާ

  33
  1
 11. ޓަކި މޫނާ

  ނިސްބަތްވާ އަމިއްލަ ރަށަށް ކޭބަލް ކާރ ނުދެވުނު މީހަކަށް ކޮން ކަނޑުއަޑީގެ މިސްކިތެއްތަ އެޅޭނީ.

  34
 12. މިތުރު

  ކުވެއިތުން ދިން ލާރި ގަނޑުން މިސްކިތް އަޅަންތިއުޅެނީ. ކޮބާ ކޭބަލް ކާރު އެވާހަކ ދައްކާ މީހަކު މހާރުނެތް. ދެން ކިހިނެއއް މިސްކިތެއް އެޅޭނީ

  29
 13. ބޮލި މުލައް

  ކުވޭތު ސަރުކާރުން ލާރިގަނޑެއް ކާލާނެގޮތެއް ހޯދަނީ

  20
 14. ހުސޭނުބޭ

  ނިކަން ތި މިސްކިތް ހަދާފައި ޖާބިރު އެ މިސްކިތަށް 5 ވަގުތުނާޅާ ޖަމާޢަތަށް އަރާބަލަ!

  28
  1
 15. ލޮލީ ޕޭޖް

  ކޮބާ އަޅަން ބުނި ކުލަބު ފައުންޑޭޝަން އެޅިގޮތަށް ، ކޭބަލު ކާރު؟؟؟ ވީކަމެއް ހަރާން!!
  ރައްޔަތުން ނޭ ހޭއަރާ މީނަ ކިޔާ ފޭކު ވާހަކަތަކަށް ނުހެއްލޭށެވެ!!! ލޮލީގެ ބޭނުމަކީ މޮޅުވާހަކަތަކަށް ރައްޔަތުން ގުނބޯ ހެއްދުމެވެ!!

  21
  1
 16. މުޙައްްމަދު ބިން ޞަބާޙް

  ޖާބިރު ތިޔަ ނެންގެވި ޚިޔާލަކީ ނުހަނު ފުރިހަަމަ ޚިޔާލެއް- ﷲ އަށް އަޅުކަން ކުރުން ކަނޑު އަޑީގައިވެސް ވަރަށް މުހިންމު- ތިކަމަށް ޚަރަދުވާނެ ފައިސާ ހަވަހާރަވި އަމީރުގެ އާއިލާއިން ލިބޭނެ. އެކަމަކު އެމިސްކިތަށް ކުދިބޮޑު އަންހެން ފިރިހެނުންނަށް ނަމާދު ކުރެވެން ރައްކާތެރި ކަމާއެކު މިސްކިތަށް ވަދެވެން ހުންނަންވާނެ. އެގޮތުން މިސްކިތަށް ވަންނަ (ފައިސާ ދޮރު އިންނަންވާނީ ސީލެލް އަށްވުރެ 25 ފޫޓު އުސްމިނުން ގޮސް މިސްކިތަށް ފޭބޭގޮތަށް ހުންނަ ދޮރާޓަކުން- މިސްކިތަށް ވަންނަ މަގު ހަދާނީ ކޮންމެ ރަށަކުން އެމަގުން ހިގާފަ އައިސް އެމަގުން މިސްކިތަށް ފައިބާ ގޮތަށް މިސްކިތުގެ ވަށައިގެން ހުންނަންވާނީ ކޮންކްރީޓަށްވުރެ ވަރުގަދަ ބިއްލޫރިއަކުން އެތެރެ އަދި ބޭރު ފެންނަ ގޮތަށް މިސްތުން ބޭރަށް ކާބަންޑައި އޮކްސައިޑް ކަނޑުން މައްޗަށް ނެގޭ ގޮތަށް ހުރުމާއި އަދި އޮކްސިޖަން މަތިން މިސްކިތަށް ވަންނަ ގޮތަށް ހެދިފައިހުރުން މުހިންމު- ތިޔަ ކުރައްވާ މަސައްކަތަށް މާތްﷲ ޖާބިރު އަށް ހެޔޮސް ވިސްނުން ދެއްވައި ޖާބިރުގެ ނަފުސު އެންމެހާ ނުރަނގަޅު ކަންތައްތަކުން ސަލާމަތްކޮށްދެއްވާށިއެވެ. އާމީން. އަލްމަރްޙޫމް ކުވައިތުގެ އަމީރު ޝައިހް ސަބާހުލްއަހްމަދު އަލްޖާބިރު އައްސަބާހް ގެ ފުރާނަ ފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެެވެ. އާމީން.

  20
  2
 17. ރަށްފުށު މާމަ

  ސަހާދެއް މީނާ ކަމަކީ އަޗާ ތެޅުން🙄 އެއްކަމެއް ނުފެށެނީސް އަނެއްކަމެއް ފަށާ😲 ދުވަހަކުވެސް އެ ފޮނިކަނޑާ ކަމެއް ނިމޭނެބާ🤷🏻‍♀️🤷🏻‍♀️🤷🏻‍♀️ ދެން ކަނޑު އަޑިއަކު ނޫން ވައިމަތީގަ ވެސް މިސްކިތް އަޅާފަ ނަމާދަށް ގޮސްފިއްޔާ ރަނގަޅު♥️

  16
 18. ހަސަދު

  ޖާބިރޫ. ކަނޑު އަޑީގައި ނަމާދު ކުރަން ފެށުމަސްވުރެ ރަނގަޅުވާނެ މިހާރު ހެދި މިސްކިތްތަކައް އަރުއްވަން ފެއްޓެވިއްޔާ. ދުވަހަކުވެސް މިސްކިތަކުން ނުފެންނާތީ ކޮމެންޓް ކޮށް ލެވުނީ.

  25
  1
 19. ޝަހާދާ

  ޖާބިރުގެ އަމިއްލަ ބޭންކެއްއަޅަނީ .. ، ޖާބިރު ކޭބަލްކާރު އަޅަނީ ..، ޖާބިރުގެ ގެސްޓް ހައުސެއް އަޅަނީ .، ޖާބިރު ކެސިނޯއެއް ހަދަނީ .، ޖާބިރު ސުކޫލެއް އަޅަނީ .، ޖާބިރު އަމިއްލަ މިސްކިތެއް ކަނޑުއަޑީގައި އަޅަނީ ..، ނީނީ ނީ ނީ ނީ ނުވެއްފެނޭ! ދައުރު ނިމެނީ

 20. މަރޭ

  ޖާބިރު ތިޔައީ ވަރަށް ބަރާބަރު ހިޔާލެއް. ފަތުރު ވެރިކަމަށް މުޅިން އާކަމަކަށްވާނި. އިސްލާމު ޓޫރިޒަމަށް 1 ވަނައިގެ ކަމެއް، ތިކަން ވުމަށް އެދެން.

 21. ޖާބިިރު

  ކަޑު އަޑީގެ މިސްކިތް ނިމުނީމަ ދެން މަ
  ފަށާނީ ފަށް ކަޑަން.

 22. ފަރީ

  ކޭބަލްކާރަށް ވީގޮތަށް ވާނީ.ފަހުން ބުނާނެ ނުބުނަމޭ.

 23. ަކުރަފިދާދާ

  ތިއީ ހަމާގައި ހުރެގެން ދެއްކިި ވާހަކައެއްތޯ ޔަގީންކުރުން ބުއްދިވެރި

 24. މެކް

  ކޮބާ ކެސިނޯ

  4
  4
 25. Anonymous

  ކަލޯ އައް އައް ވަނީ ކޮންކަމެއްހޭ އާ ފޮނި ކާންޑަން އިންގެނީ

 26. ރަބަރޭ

  މިސްކިތުގެ އިތުރު އަޅާނެ އިތުރުތަންތަން ވެސް މަހަކު އެއްފަހަރު އިއުލާނު ކުރަށްވާ ކޮބާތޯ ކޭބަލްކާރު ކޮބާތޯ އެއަރ ޕޯޓް މިހިންކިޔާނެކަމެއް ނެތް ދިގުކުރާކަށް
  އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް

  4
  1
 27. ބުރުތުޤާލް

  ވަގުތަށް އިންޓަވިއު ދެއްވާއިރު ސަންގުގެ މައިކު، މީ ކިހިނެއްވާ ކަމެއް؟

  5
  1
 28. Anonymous

  ލޮލީ އަކީ ޓއްޕުން ނެގުމަށްފަހު އިރުކޮޅެއް ވަންދެން ހިފަހަށްޓާލާއިގެން ހުއްޓަސް ފެންނާނީ ދެއިގިލިކުރީގާއި އިންނަ އިލޮށި ކޮޅު ޖާބިރުގެ މިސާލަކީ މިއީ

 29. އާބިރު

  މިސަރުކާރަށް ނުހުޅުވިގެން އުޅޭ ސަލްމާން މިސްކިތް އިހަށް ހުޅުވޭތޯ ބަލަންވީނު އެތަނަށް ރާޅު އަރާ މިސްކިތް ކަނޑަށް ނުގެންދަނީސް.

  6
  1
 30. މަށޭ ދެން

  އެންމެ ފުރަތަމަ ބަލަންވީނު ފަތިސް ނަމާދު ޖަމާއަތުގަ ކުރެވޭތޯ ބިމުގަ ހުރި މިސްކިތެއްގަވެސް؟
  އޭގެ ފަހުން ކަނޑު އަޑިޔާ ދޭތެރޭ ވިސްނަން މަށަށް ފެންނަނީ .

  5
  1
 31. މައިކު

  ދުނިޔޭގެ އެންމެފުރަތަ އަންޑާވޯޓަ މިސްކިއް އޭޅީ ސައުދީގަ. 2012 ގަ

 32. ފަޔާ

  މިސްކިތެއް އެޅޭނީ ފުރަތަމަ އަތުގަ ހަލާލް ފައިސާއެއް ހުރެގެނެއްނޫންތަ..

 33. ރިހާކުރުކުޑޭ

  މަށަށްފެންނަނީ ކަނޑުއަޑީގަ ވައިގެބަނދަރެއްހަދާފަ ޒުވާންކުދިން ހަވީރުފިނީގަގޮސްއިށީނދެލައިގެންތިބެލަން ދެތިންޕާކުހަދާފަ މަސްވެރިންނަށް ފަސޭހައިންމަސްކިރުވޭނެ ފެކްޓްރީއެއްހަދާފަ އަދި އަންހެނުންނަށް ނަމާދުގެއަކާ ކަނޑުއަޑިންދަތުރުކުރާމީހުންނަށް ފާޚާނާބަރިއެއްވެސްހަދާފަ ރަނގަޅުފެންވަރުގެ ފެރީނިޒާމެއްވެސް ގާއިމުކުރަން !!