ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައުލޫމާތު ހާމަވާން ޖެހޭ ކަމަށާއި ހިޔާނާތް ފޮރުވުމުގެ ބަދުނާމު މި ސަރުކާރަށް ވެސް އަމާޒުވާން އެމްޑީޕީން ބޭނުން ނުވާނެ ކަމަށް އެ ޕާާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހަސަން ލަތީފް އެހެން ވިދާޅުވީ، އެ ހިޔާނާތުގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޝަރީއަތުގައި އެ ކަމާ ގުޅޭ ވާހަކަތަކެއް ދައްކަވާފައިވަނިކޮށެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ހަތް ދައުވާއަށް އިއުތިރާފް ވަމުން ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށް ދޫކުރުމާއި އޭގެ ފައިސާ ބޭނުން ކޮށްފައިވަނީ އޭރުގެ ރައީސް ޔާމީންގެ ބެލުމުގެ ދަށުން އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށެވެ.

އަދީބު ވިދާޅުވި ގޮތުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ އޭރުގެ ވެރިންނަށާއި، މަޖިލީހުގެ ގިނަ މެންބަރުންތަކަކަށާއި، ޝަރުއީ ކޯޓުތަކުގައި ބައެއް ފަނޑިޔާރުންނަށާއި، ކުރީގެ ބައެއް ރައީސުންނާއި، ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް އެ ފައިސާ ބަހާފައިވާނެއެވެ.

އަދީބުގެ ވާހަކައަށް އިޝާރާތް ކުރައްވައި ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ނަންތައް ހާމަކުރަން ޖެހޭ ކަމަށެވެ.

"އެމްއެމްޕީއާރުސީ ފައިސާއިން ބައިކުޅަބައި ލިބިފައި ތިބި މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާއި އެ ނޫން ވެސް މީހުންގެ ނަންތައް ހާމަކޮށް ޝަަރީއަތްކޮށް އިންސާފު ގާއިމް ވާން ޖެހޭ،" ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައުލޫމާތު ހާމަނުކުރާހާ ހިނދަކު މި ސަރުކާރަށް ވެސް "ވައްކަން ފޮރުވުމުގެ" އިލްޒާމް އެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބަދުނާމު އެޅިގެންދާން ގައިމު ވެސް އެމްޑީޕީން ބޭނުން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ދައުވާކޮށް ހުކުމް ކުރެވިފައި ވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް އެކަންޏެވެ، އެމަނިކުފާނު ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން އެ ދައުވާ ގަބޫލެއް ނުކުރެއެވެ.

ޔާމީންގެ މައްޗަށް އުފުލިފައިވާޤ އިތުރު ދެ ދައުވާއެއްގެ މައްސަލަ ޝަރީއަތުގައި އޮތް އިރު، އަދީބުގެ މައްޗަށް އުފުލިފައިވާ ހަތް ދައުވާއަށް ހުކުމް ކުރުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވެއެވެ.

މީގެ އިތުރުން އެމްއެމްއޭގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާާ އާތިފް ޝަކުރާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރުގެ މައްޗަށް ކުރެވޭ ދައުވާގެ ޝަރީއަތް ވެސް ކުރިއަށް އެބަދެއެވެ. އެއީ ޒިންމާއިން އިހުމާލުވުމާ ގުޅޭ ދައުވާތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަލީ

    ކޮބާ އެންޑީޕީ އައްދިން 30 މިލިއަން ރުފިރާ ޖަމީލު ބޭރު ކުރަން މަޖިލިސްގަ ވޯޓުދޭން ؟؟ އިބޫ ނޫންތަ ކަލޭމެނައް ބެހީ ދެން ކޮންވާހަކައެއް... ހަސަނާ މީ ދޮގެކޭ ބުނެބަލަ..

    31
  2. ޢަފްލާ

    ކޮބާ އޭރުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބު ސޯލިހު އިންސާފް ކިރަންޖެހޭނީ އިބޫ ސޯލިހުވެސް ހިމެނޭގޮތަށް އެހެންނޫނީ އިންސާފް ކަމަށް ނުބެލެވޭ ކުރީގެ ރައީސް ނަޝީދު ތިކަމުގަ ނުހިމެނޭ

    21
  3. ޞަމަދު

    އިބްރާހީމް މުޙައްމަދު ޞާލިޙްއަށް ސީދާ އަތުންއަތަށް އެމްއެމްޕީއާރސީގެ 37 މިލިޔަން ރުފިޔާ ލިބިފައިވޭ! ޔާމީންގެ އެކައުންޓަކަށް އެގުމަކަނުލައި ޖަމާވީ 15 މިލިޔަން ރުފިޔާ! އަދި އެއީ އެމްއެމްޕީއާރުސީގެ ފައިސާކަމެއް އެއްވެސް ފަރާތަކަށް ބުނެއެއް ނުދެވޭ! މިތަނުން ވައްކަންކުރީ ކާކުކަން ސާފް!

    25
  4. ސީމާ

    ކޮވިޑާގުޅުވައިގެން ދަވައިލި ރުފިޔާ އެއީ ވައްކަމެއް ނޫން ދޯ؟ ލަދު

    25
  5. ހަންނާނު

    ކަލޯ ކަލޭ ހަމަތަ....... ރޭޕް ސަރުކާރު...ލާދީނީ ސަރުކާރު.... ވަގު ސަރުކާރު.... ވެންޓިލޭތަރު ވަގު ސަރުކާރު... ކިނބޫ ސަރުކާރު... ކެނެރީ މުސީބާތް ސަރުކާރު.... ކޮރަޕްޝަން ސަރުކާރު...ކީރިތި ކުރައްވާ ސަރުކާރު... އުނބައްޖެހި ސަރުކާރު..

    26
  6. ހުސޭނުބޭ

    ހުސް ޚިޔާނާތްތެރިން! އިތުރަށް އެޅެންޖެހޭ ބަދުނާމެއް ބާކީ އޮތީތަ؟

  7. ހަސަނުބޭ

    އެހެންވެދޯ ޔޫތުމިނިސްޓަރުކަމުގައި ދިރުވާލި 200 ިލިޔަންރުފިޔާ ރައްޔިތުންނަށް ނުދީ ތިޔަހިފަހައްޓަނީ ލަދުހަޔާތްކޮބާ!

  8. ޢަޒީމް

    މިއީ ވަކިބަޔަކު ބޭރުކުރަންޖަހާ މަޅިޔެއް. ޟިއީ ވެސް ވަރަށް ހިޔަޅު ހަޔާތް ކުޑަ މީހެއް.

  9. މިތުރު

    ހުދު ގަމީސް ލިޔަކަސް މީހާ މާތް މީހަކަށްނުވޭ. އެފައިސާ ނުލިބޭ މެމްބަރަކު އެމްޑީޕީއަކު އޭރު ނެތް. އިބޫ އެފައިސާ ހިފައިގެން ބަހަންދިޔައީ. އަދީބު އެކިޔަނީ. އަދީބު ޔާމީނޭ ކިޔައިގެން އެއްޗެއް ބުނެފިނަމަ އެއީ ތެދެއް. ތިމާ ސަޕޯޓްކުރާ މީހެކޭ ކިޔައިގެން އެއްޗެއް ބުނެފިނަމަ އެއީ ދޮގެއް.

  10. ސާބިތު

    އެހެއްވެތަ މި ސަރުކާރުން ރޯމާ ދުވާލު ވައްކަން ތި ކުރަނީ