އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މާފު ކުރެވިދާނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮޑިޓަ ޖެނެރަލްކަން ކުރެއްވި ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނިޔާޒް އެގޮތަށް ވިދާޅުވީ، ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވި ކަމަށް އިއުތިރާފްވެވަޑައިގެން ދިވެހި ރައްޔިތުންގެ ފަރާތުން މާފަށް އަދީބު އެދިވަޑައިގެންފައި ވަނިކޮށެވެ.

ނިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އޭނާއަށާއި އާއިލާއަށް އެތައް ތަކުލީފެއް އުފުއްލަވަން ޖެހިވަޑައިގެންނެވި ކަމަށެވެ.އަދި އެ ކަޅު ހަނދާންތައް މިއަދުވެސް ތާޒާކަމާއެކު ހުންނަ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެކަމަކު، އިންސާނަކަށް މާފު ކުރުމަކީ ރިވެތި ގޮތެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

"ނަމަވެސް އަދީބާއި އޭނާގެ މާސްޓަރާއި ބައިވެރިންނަށް މާފު ކުރެވިދާނެ ކަމާ މެދު ޔަގީންކަމެއް ނެތް،" ނިޔާޒް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއަށް އިއުތިރާފް ވަމުން އޭނާ އެދިވަޑައިގަތީ އޭނާއަށް އަދަބު ލުއިކޮށްދިނުމަށް ކަމަށެވެ.

އަދީބު ވިދާޅުވި ގޮތުގައި، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުން މިދިޔަ ފަސް އަހަރު ވެސް އޭނާއަށް އޭގެ އަދަބާ ކުރިމަތިލާން ޖެހުނެވެ. ކުރީގެ ސަރުކާރުގައި ޖަލުގެ ތޭރިތަކުގައި އަނިޔާތައް ލިބިވަޑައިގެންނެވި ކަމަށާއި ކުރެވުނު ކުށާ މެދު އޭރު ވަރަށް ބޮޑަށް ވިސްނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލުގައި މިހާރު ވެސް ދުވަސްތަކެއް ހޭދަކުރެވިފައިވާއިރު، އޭނާގެ ސިއްހީ ހާލުކޮޅު ވެސް ވަރަށް ބޮޑަށް ގޯސްވަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އޭނާއަށް ލިބިދޭ އަބަދު ލުއިކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި ވިދާޅުވީ "އަޅުގަނޑު މިހާރު މި ކަންތަކުގައި ތައުބާވެސް ވެއްޖައިން، އަދި މައާފަށްވެސް އެދެން" ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކުރުމާއި އެއިން ލިބިދޭ ފައިސާ ބޭނުން ކުރަމުން ދިޔައީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ބެލުމުގެ ދަށުން، އެމަނިކުފާނުގެ ސީދާ އިރުޝާދާ އެއް ގޮތަށް ކަމަށް އަދީބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސާބިތު

    މަވެސް ދުވަހަކު މީނައަކަށް މާފެއް ނުކުރާނަން

  2. ފައިރޫޒު

    "އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކުރުމާއި އެއިން ލިބިދޭ ފައިސާ ބޭނުން ކުރަމުން ދިޔައީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ބެލުމުގެ ދަށުން، އެމަނިކުފާނުގެ ސީދާ އިރުޝާދާ އެއް ގޮތަށް ކަމަށް އަދީބު ވިދާޅުވިއެވެ" އަދީބުގެ ވާހަކާގައި އަދި އެއްތަންކޮޅު މަދެވެ. އެއީ މީގެ އިތުރުން އެމަނިކުފާނުގެ ދައުރު ހަމަ ނުވަނީސް ވެރިކަމުން ދުރެކުރެވޭނެ އެހެން ގޮތެއް ރޭވީވެސް ސީދާ އެމަނިކުފާނު(ޔާމީނުގެ) ބޭނުންފުޅަށެވެ.

    4
    1
  3. ހަނި

    ތިފަ އިސާ ކިތަ،މެޕާޓީޔެ ކިތަމެ ބަޔަކު ބެނުން ކުރިޔަސް މިސަރުކާގެ އަޅުވެތި ވެފާވާ ފަޑިޔާރުންނަށް ހުކުން ކުރަން ކެރޭނީ ހަމަ އެކަނި ޔާ،މީނަށް

  4. ސާބިތު

    މިހާތަނަން މި ޤައުމުދުއް އެއްމެ ބޮޑު ޖާހިލްއަށް މާފެއް ނުކުރާނަން

    13
    1
  5. ޢާއިޝާ

    ތާލިޔާ. ހަނި ދާއިރާ ތަކުންވިއަސް އަނިޔާވެރިން ސަލާމަތް ކުރާ ޤާނޫނީ ވަކީލުންނަށް. ޢަދުލަކީ ބާޠިލަށް ހަދައި، ބާޠިލަކީ ޢަދުލުވެރިކަމަށް ހަދާ ބަޔަކީ ތިކަނު ޤާނޫނީ ވަކީލުންދޯ.

    10
    1