އަނބިމީހާ ރޭޕް ކުރުމުގެ ކުށުގައި އަދަބު ދެވުމަކީ ދިވެހިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އަދި މިއީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅިގެންދިޔަ ނުހަނު މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިހެން ވިދާޅުވީ، އަނބިމީހާ ޒިޔާދާ ނައީމް ރޭޕް ކުރުމުގެ ކުށުގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު ތިން އަހަރަށް ޖަލަށްލާން ހައި ކޯޓުން ހުކުމް ކުރުމާއި ގުޅިގެންް ނެރުނު ބަޔާނެއްގައެވެ.

އެ މިނިސްޓްރީން ވިދާޅުވީ ޖިންސީ ކުށުގެ ޤާނޫނުގައި ފިރިމީހާ އަނބި މީހާ "ރޭޕް" ކުރުމަކީ، މި ޤާނޫނު ބަލައިގަންނަ، އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، މިއީ ރާއްޖޭގެ ތާރީޚުގައި، ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓު މަރުޙަލާގައި ފިޔަވަޅު އެޅުމަށް ނިންމި ފުރަތަމަ ފަހަރު ކަމަށެެވެ.

"މިއީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅިގެންދިޔަ ނުހަނު މުހިއްމު ފިޔަވަޅެއް ކަމުގައި މިނިސްޓްރީން ދެކެމެވެ". މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ޖެންޑާ މިނިސްޓްރީން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތައް ބަލައިގަންނަ ކަން ފާހަގަކުރައްވާފައެވެ.

މިއަދު ޝާހުގެ ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކޮށްފައި ވަނީ، ޝާހުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުގައި ބޭއްވި ޝަރީއަތުގައެވެ. ހައިކޯޓުން މިއަދު ނިންމީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށާއި އެހެންވެ، އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މާމީ

  އިނދެގެ އުޅުނު އަނބި މީހާ ރޭޕުކުރިކަމައް ބުނެ މީހަކު ޖަލައްލި އިރު ރަސޫލާއަށް ފުރައްސާ ކޮއް ގުރުއާނައް ހަޖޫޖަހާ ނޫސްތަކުގަ ލިއުނު މީހުނައް ބޮޑެތި މުސާރަލިބޭ ވަޒީފާތައްދީ އިއްޒަތުގަ ގެންގުޅެނީ ސާބަހޭ ރައީސް

  10
 2. Anonymous

  ގަމާރާ ކަލެއަށް ކޮންކަމެއް ހުއްޓުވުނީ

  11
 3. ފިޔަވަޅު

  އަދަބު ލިބޭނީ އިސްލާމީ ޝަރީއާގައި އެކަން އެގޮތަށް ކުރަން އޮތީމަ .
  ކޮންމެހެން އަންހެނުންގެ ހައްގު ތިމާމެނަށް ހިމާޔަތް ކުރެވުނީމައެއް ނޫން .
  އެހައްޤު ޙިމާޔަތް ކޮއްފަ ވަނީ އިސްލާމް ދީން.

 4. އާމިރު

  އިނދެގެން އުޅޭ އަނބިމީހާ ރޭޕް ކުރާނީ ކިހިނެއްބާ/

 5. ލލ

  މީހަކު މެރީމަވެސް މި ސަރުކާރަކަށް މަރުގެ އަދަބު ދޭންނުކެރުނު !