މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 63 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ރާއްޖެ އިން ފައްސިވި މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ. މިއަދު ފައްސިވި ބިދޭސީންގެ އަދަދަކީ 31 އެވެ. މިއަދު ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 10354 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 79 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެގެން ދޫކޮށްލާފައެވެ. ރާއްޖެ އިން ފައްސިވި މީހުންގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 1126 މީހުންނެވެ. މީގެ ތެރެއިން 573 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 79 މީހަކަށެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 9187 މިހުންވަނީ ބަލިން ރަނގަޅުވެފައެވެ.

މިރޭ އެޗްޕީއޭ އިން އާއްމު ކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މިއަދު އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1628 ސުންކު (ސާމްޕަލް) ރާއްޖޭގައި ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު