ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

ނަޝީދުގެ ފަރާތުން ފޯމު ހުށަހެޅުއްވީ އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ޕާޓީގެ ފަރާތުން ފޯމާ ހަވާލުވެ ވަޑައިގަތީ ޗެއާ ޕާސަން ހަސަން ލަތީފެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދު "ޖަޒީރާ ރައީސް" ގެ ނަމުގައި ކެމްޕެއިން ފައްޓަވާފައިވާއިރު އެމްޑީޕީ އިން ބޭނުންވާ ރިޔާސީ ކެންޑިޑޭޓަށް (ރައީސް ނަޝީދަށް) ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވިއްޖެނަމަ ރާއްޖޭގައި ވަކި ސަރުކާރެއް އޮންނާނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ނުރައްކާތެރި އިންޒާރެއް ވެސް ދެއްވާފައެވެ.

ނަޝީދު ވިދާޅުވީ ބޭއިންސާފުން އިންތިހާބެއް ބާއްވައިފިނަމަ، އެހެން ސަރުކާރެއް އެކުލަވާލުމުގެ ހައްގު ވާދަވެރި އިދިކޮޅު ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. ސިޔާސީ ހަމަޖެހުން ލިބޭނީ އެމްޑީޕީގެ މެމްބަރުން ހިޔާރު ކުރާ ކެންޑިޑޭޓަށް ފުރުސަތު ދީގެން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އިންތިޚާބުގައި ވާދަނުކުރެވިއްޖެނަމަ ވަކި ސަރުކާރެއް އެކުލަވާލާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ދެއްވިއިރު މީގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނު ވަނީ އައްޑޫ ސިޓީގައި ވަކި ސަރުކާރެއް ގާއިމު ކުރުމާއި ބެހޭ ގޮތުން އައްޑޫގެ ބައެއް ކައުންސިލަރުންނާއި މަޝްވަރާ ކުރައްވާފައެވެ. އެމަޝްވަރާގެ އޯޑިއޯއެއް ލީކް ވުމާއި ގުޅިގެން ރައީސް ނަޝީދަށް ފާޑުކިޔުން އަމާޒުވިއެވެ.

ވެރިކަމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރަށް ޖަލަށް ލާން ޙުކުމް ކޮށްފައިވުމުން ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ގާގަނޑުރައީސް

    ކޮން ޖަޒީރާ ރައީސެއް ތޭ އެއްވެސް ޖަޒީރާ ރައީސެއް ނޯންނާނެ އިނގޭތޭ ބޮޑު އެއް ޖަޒީރާ ރައީސް އޮންނާނީ އިނގޭތޭ ޖަޒީރާ ރައީސޭ ގާގަނޑު ރައީސް ދަ ބަނޑު އަކިރި ރައީސޭ ކިޔާ ބަލަ ރަންރީނދޫ ޓްވިޓަރޭ މެންނޭ. ތަމެން މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  2. ފާޔިމަ

    އުއްތަމަފަޑިޔާރާއި ފަޑިޔާ ޢަލީ ޙަމީދު ވަގަށްނެގިމައްސަލަގައި ޔާމީނަށް ކިތައްއަރު ޖަހައިފިތޯ

  3. ޑާޑާޑާޑާ

    އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަޝީދު ފޯމު ހުށަހަޅުއްވައިފި ނަމަ ދެން އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރަނީ އެއީ ބޮޑު ކުށްވެރިއެއް ކަމަށްވާ ކެނެރީގެ ނަޝީދު ކަމަށްވާތީވެ އޭނާ އަށް ރާއްޖޭގެ ސިޔާސީ ޕާރޓީ އެއް ގެ ގައުމީ މަޖްލީހުން ޕްރައިމަރީ އެއް ބާއްވަން ނިންމި ނިންމުމާއި މުޅިން ޚިލާފަށް އޭނާ އަށް ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް ނުވާނެ ކަމުގެ ޔަގީން ކަން އޮތް އިރުވެސް އޭނާ މިރާއްޖޭގެ ވެރިކަމާއި ހެދި ހޭބަލިވެފައި ހުރި މިންވަރު ބޮޑު ކަމުން އޭނާ އުޅެނީ ބޮޑު އޮޅުވާލުން ގަނޑެއްގެ ތެރޭން އޮޅުވާލުމާއި މަކަރާއި ހީލަތުގެ ދަށުން ރާއްޖޭގެ ވެރިކަމަށް އަންނަންއޭ އެއްގޮތަކަށް ވެސް އެކަން އެގޮތަށް ނުވާނެއޭ އެމްޑީޕީގެ ޕްރައިމަރީ އެއް ބޭއްވިގެން ނުވާނެއޭ ހޯމް މިނިސްޓްރީން ހޯދަން އުޅޭ ކުށްވެރިއަކު ރިޔާސީ ކެންޑިޑޭޓަކަށް ލައިގެން އެކަން ޖެހޭނެއޭ ހޯމް މިނިސްޓަރު ކަށަވަރު ކުރަން ޑޯންޓް ޔޫ ޓޭކް ދިސް އީޒިލީ ޑާޑާ ޑާޑާ ޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  4. ޙަފްޞާ / މާލެ

    މިފޯމު ފުރިމީހާޔާ ، މިފޯމު ހުށައެޅިމީހާޔާ ، ފޯމް ބަލާގަތްމީހާޔާ ، މިފޯމަށް ތަރުޙީބުދޭމީހުން އެތިބީ ހަމަކަށަވަރުންވެސް ގަޅަހެދިފައެވެ. އިތުރު ވާހަކައެއް މިވަގުތަކު ނުލިޔާނަމެވެ.

  5. ޖައްސާތި

    ގާގަނޑު ރައީސް އަށް ރާއްޖޭގެ ސިޔާސީ ޕާރޓީގެ ޕްރަައިމަރީގައި ކުރިމަތި ލުމުގެ ފުރުސަތު ދީގެން ނުވާނެއޭ އެކަން ޖެހޭނެއޭ އިލެކްޝަންސް ކަމިޝަން އިން ކޯޓް މެދުވެރިކޮށް ވަގުތީ އަމުރެއް ނެރެން އަދި އެކަން ޖެހޭނެއޭ ހުއްޓުވެން ހޯމް މިނިސްޓަރަށް. ގާނޫނާއި ޚިލާފަށް އެމްޑީޕީގެ ޕްރައިމަރީގައި ކުށްވެރި އަކަށް ބައިވެރި ނުވެވޭނެއޭ މިކަން ޖެހޭނެއޭ ކޯޓް އަމުރަކުން ހުއްޓުވެން ކޯޓް އަމުރަކުން މިކަން ހުއްޓުވުމޭ މީގައި އަލްޓިމޭޓް ސޮލިއުޝަން މިކަމަށް އަންނާނީ ކަން މިހެން ހުރުމުން ސަރުކާރުން އޭޖީ އޮފީސް މެދުވެރިކޮށް މިކަން ޖެހޭނެއޭ ސްޕްރީމް ކޯޓަށް ހުށައަޅައިގެން ކެނެރީގެ ނަޝީދަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމުގެ ހުކުމެއް ނެރެން އެކަމަކު ފުރަތަމަ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ޖެހޭނީ ދަށު ކޯޓް މެދުވެރިކޮށް ވަގުތީ އަމުރަކުން ދެން އެއަށް ފަހުގައި ސްޕްރީމް ކޯޓް މެދުވެރިކޮށް ދާއިމީ ހުކުމެއް އެކަމަށް ނެރުނީމާ ހުންނާނީ ރަނގަޅަށޭ މަމެން ބުނަން ނެތީމު ދޯ.

  6. ހުސޭނުބޭ

    ތި ފޯމް އިގިރޭސިވިލާތުގެ އިލެކްޝަން ކޮމިޝަނަށް އުށައަޅާދީ.

  7. ތިބެބަލަ

    ކެނެރީގެ ނަޝީދު ނަމުގައި އެމްޑީޕީގެ ޕްރައިމަރީ ނުބާއްވާނެ ކަމުގެ ފުރިހަމަ ޔަގީން ކަން މަމެންނަށް އެބައޮތޭ ބުނަން މަމެން ނެތީމު ދޯ. ފުލުހުން ހޯދާ ކުށްވެރިއަކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާނަމަ ފުރަތަމަ އޭނާ ފުލުހުންނާއި ހަވާލު ކުރުމަށް ނޫންތޭ ފުލުހުން އެދޭނީ އެމްޑީޕީގައި އެއިރުން ހުންނާނެ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ.

  8. ގާގަނޑުރައީސް

    އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަޝީދު ފޯމު ހުށަހަޅުއްވައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. އެފޯރމް ބަލައިގަތީ އެއީ އެމްޑީޕީގެ ޗެއަރ ޕާރސަން ކަމުގައިވާނަމަ އޭނާ ވެސް ޖެހޭނެއޭ ކެނެރީގެ ނަޝީދު އެއީ ކުށްވެރިއަކަށް ވާއިރު ގާނޫނީ ގޮތުން އެމްޑީޕީގެ އަސާސީ ގަވާއިދު ބަޔާން ކުރާ ގޮތުން ކެނެރީގެ ނަޝީދަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ޓަކައި އެމްޑީޕީގެ ޕްރަިއމަރީގައި ބައިވެރިވެވޭނެ ތޯ އެކަން ޖެހޭނެއޭ ބަލަން މަމެން ބަލާ ބެލުމުގައި އެމްޑީޕީގެ އަސާސީ ގަވާއިދު ބަޔާން ކުރާ ގޮތުން ވެސް ކެނެރީގެ ނަޝީދު އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިގެން ނުވާނެއޭ އަދި ޕްރައިމަރީ ރޭހުގައި އޭނާ އަށް ބައިވެރި ވެސް ނުވެވޭނެއޭ ސަބަބަކީ އޭނާ އަކީ ގާނޫނީ ގޮތުން އަދި ވެސް ކުށްވެރިއަކަަށް ވާތީއޭ. ފުރަތަމަ ކުރަން ޖެހޭ ކަމަކީ އޭނާ އަކީ ނޮން ކުށްވެރިއަކަށް ވާން. ދެން ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ ގާނޫނު އަސާސީ އަށް ބަދަލު ގެނައުން. އެއަށް ފަހުގައި ކެނެރީގެ ނަޝީދަށް ބައިވެރި ވެވޭނީ އެމްޑީޕީގެ ޕްރައިމަރީގއި.

  9. ނޯނޯނޯނޯ

    އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓަކީ އެއީ ކެނެރީގެ ނަޝީދު އެކަނި ކަމަށް އެމްޑީޕީން ހަދާނަމަ ކެނެރީގެ ނަޝީދު އެބުނެދެނީ ރާއްޖޭގައި ނެތޭ އޭނާ ނޫނީ ވެރިކަން ކުރެވޭނެ މީހަކު އެމްޑީޕީ އަކު އެއީ އެއް ނޫންތޭ އޭނާ ބުނެދޭން އުޅޭ އެއްޗަކީ 10 އަހަރު ދުވަސް ތެރޭގައި އޭނާ އަށް ވުރެން މޮޅެތި މީހުން މިގައުމުގައި އުފެދުނީމަ ނޫންތޭ ޕްރޮފެސަރުން ނަށް ލަންޑަނުގެ ޔުނިވަރސިޓީ ތަކުގައި ދިވެހިން އުޅޭނީ. ކަން މިހެން ހުރުމުން މިގައުމަކީ އެއީ ލޭންޑް އޮފް އޮޕޮރޗިނިޗީ އަށް މަމެން ޕިންކީން ހަދަމުން ދަނި ކޮށް އެކަން ބަންދުކުރަން ކެނެރީގެ ނަޝީދު ޚުދު މުޚުތާރު އުސޫލުން އޭނާ އަށް ދެން ރާއްޖޭގައި ބާއްވާ އެއްވެސް ރިޔާސީ އިންތިޚާބެއްގައި ބައިވެރި ނުވެވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އޮތް އިރު ވެސް އޭނާ ވެރިކަމާއި ހެދި ހޭދެބައި ވެފައި ހުރީމަ ނޫންތޭ އެހެން މީހަކަށް ފުރުސަތު ނުދީ ޚުދުމުޚުތާރު އުސޫލުން އޭނާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތި ލާނީ ވެސް އެމްޑީޕީ އަކީ އެއީ އޭނާގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ.

  10. ޖައްސާތި

    އެމްޑީޕީ އަކީ އެއީ ކެނެރީގެ ނަޝީދުގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ އަދި އީވާ ގެ އަމިއްލަ ތަރިކަ މުދަލެއް ވެސް ނޫނޭ އަދި ރަންރީނދޫ ޓްވިޓަރޭ ގެ އަމިއްލަ ތަރިކަ މުދަލެއް ވެސް ނޫނޭ އަދި އެމެންގެ މައިންބަފައިންގެ ފަރާތުން ވާރުތަ ކުރި މުދާ ގަނޑެއްވެސް ނޫނޭ އެއީ ސަރުކާރުން ޓެކްސް ޕޭޔަރ މަނީ އިންތިހާ އަށް އަޅައިގެން ޚަރަދު ކުރާ ސަރުކާރުގެ މުވައްސަސާ އެކޭ އެއީ އޭ ސިޔާސީ ޕާރޓީ ތައް ފަންކްޝަން ކުރަން ޖެހޭނެ ގޮތަކީ ގާނޫނީ ގޮތުން. ކަން މިހެން ހުރުމުން އެމްޑީޕީގެ އަސާސީ ގަވާއިދަކު ވެސް ނޯންނާނެއޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޖަލަށް 13 އަހަރު ހުކުމް ކޮށް އަދި އެހުކުމް ތަންފީޒު ކުރަމުންދާ ބޮޑު ކުށްވެރިއަކަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ބައިވެރި ވެވޭނެ ކަމަށް އެހެން ކަމުން އެމްޑީޕީގެ އަސާސީ ގަވާއިދާއިވެސް ޚިލާފަށް ކެނެރީގެ ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެފައިވާތީވެ މަމެންގެ ބެލުން ތަކުން އެފޯމް ވެސް ވާން ޖެހޭނީ ބާތިލް އެއްޗަކަށޭ. ކެނެރީގެ ނަޝީދު ގެ ނަމެއް ނޯންނާނެއޭ މިފަހަރު.

  11. ނުވާނެއޭ

    އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓަކީ އެއީ ކެނެރީގެ ނަޝީދު އެކަނި ކަމަށްވާނަމަ ތިޔާ ފޯރމް ވެސް ވާނީ ބާތިލް އަދި އޭނާގެ ނަމުގައި އެމްޑީޕީގެ ޕްރައިމަރީ އެއްވެސް ނުބޭއްވޭނެއޭ އެމްޑީޕީން ކެނެރީގެ ނަޝީދު އެކަނި އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަން އިއުލާން ކުރާ ތަނުން އިލެކްޝަން ކަމިޝަނުން ޖެހޭނެ މިކަމަކީ އެއީ ސިޔާސީ ޕާރޓީ ތަކުގެ ގާނޫނާއި އަދި ރާއްޖޭގެ ގާނޫނު އަސާސީ އާއި އަދި އިންތިޚާބާއި ބެހޭ ގާނޫނު ތަކާއި ވެސް ޚިލާފަށް އެމްޑީޕީން ކުރަމުން ދާ ކަމަކަށް ވާތީވެ އޭނާ އަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރި ނުވެވޭނެ ކަން ދައުލަތުގެ އޭޖީ މެދުވެރިކޮށް ކޯޓަށް މިމައްސަލަ ހުށައަޅައިގެން އެކަން ކޯޓް މެދުވެރިކޮށް ހުކުމެއް ނެރެދޭން. މިކަން ކުރެވޭނެ ނޫންތޭ އަވަސް ނިޔާ އެއްގެ ގޮތުގައި ވަގުތީ އަމުރެއް ދަށު ކޯޓުން ނެރެގެން. ދެން އެއަށް ފަހުގައި ސްޕްރީމް ކޯޓުން އަމުރެއް ނެރުނީމާ ނިމުނީއޭ. ދުނިޔެ އަކަށް ނޫން އިނގޭނީ މަމެން ޕިންކީންގެ ގައުމު ހިންގަން ޖެހޭނެ ގޮތް. ފަލަސްތީނު މީހުންނަށް އަނިޔާދޯ.

  12. ދޭ

    އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓަކީ އެއީ ކެނެރީގެ ނަޝީދު އެކަނި ނަމަ އެއީ މަމެން ގަބޫލުކުރާނެ ކަމެއް ނޫނޭ އޭނާ އަކީ މިހާރުވެސް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ބޮޑު ކުށްވެރިއެކޭ ދެން އޭނާ އަށް ކިހިނެއްތޭ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބެއްގައި ކުރިމަތި ލެވޭނީ މިރާއްޖެ އަކީ އެއީ ކުށްވެރިންގެ ގައުމަކަށް ނޫންތޭ އެއިރުން ދުނިޔެ ގޮވާނީ އެއިރުން ރާއްޖެ އަށް އަންނާނެ އިންވެސްޓަރެއް ވެސް ނުހުންނާނެ ނޫންތޭ ވެލާނާ އެއާރޕޯރޓް ވެސް އެއިރު އޮންނާނީ ހުުހަށޭ ރާއްޖެ އަށް ގެސްޓަކު ވެސް ނާންނާނެއޭ ކުށްވެެރިއަކު ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލައިގެން އޭނާ މަކަރާއި ހީލަތުން ވޯޓް ގައި މަކަރު ހަދައިގެން ތިމަންނާ މީ ރައީސް އޭ ބުނާނަމަ. މިހާރުވެސް އޭނާ އެނެރުނީ ރަންރީނދޫ ޓްވިޓަރޭ އެކަނި ސޮއި ކޮށްފައި 7000 ފޯރމް އެއީ 7000 މީހުން ސޮއި ކޮށްފައި ކެނެރީގެ ނަޝީދު ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާށޭ ކިޔާ. މިހާ ލުއްޗާ ކަން ބޮޑު ގޮތެއްގައި ފެށުން ހުރި ބަޔަކު ރާއްޖޭގެ ވެރިކަމާއި ހެދި ހޭބަލިވާނަމަ ކެނެރީގެ ނަޝީދު ރާއްޖެ އިންޑިއާ އަށް ވިއްކާލަން ކުޑަ ވެސް ފަހެއް ނުޖެހޭނެ އެއް ނޫންތޭ. އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް..

  13. ހެޔޮނުވާނެއޭ

    އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓަކީ ނަޝީދު އެކަނި ނަމަ އެއިން އެގިގެން ދަނީ އެމްޑީޕީ އަކީ އެއީ ކެނެރީގެ ނަޝީދު ހިންގާ މައުލޫދު ޕާރޓީ އެއް ކަން އެއީ ސިޔާސީ ޕާރޓީ އެއް ނޫން ކަން އެއީ ކެނެރީގެ ގަބީލާ އެކޭ އެއަށް ނުކިޔާނެއޭ ސިޔާސީ ޕާރޓީ އެކޭ ތިމާއަށް ޝަރީއަތުން ތިމާ ކުރި ކުށަކަށް ހުކުމް ކުރުމުން އެ ހުކުމް އެއީ ނުކުރާ ހުކުމެއް ކަމަށް ހަދަން ވެގެން ކެނެރީގެ ނަޝީދު މުޅި ދުނިޔޭގައި ދުވެގެން ވެސް އޭނާ އަށް އެހުކުމް އެއީ ނުކުރާ ހުކުމެއް ކަން ސާބިތު ކޮށް ނުދެވުނޭ ނަތީޖާ އަކީ މިއަދުވެސް އޭނާ އަކީ އެހުކުމް ތަންފީޒު ކުރަން ޖެހޭ ކުށްވެރިއެކޭ އޭނާ އަކީ ޖަލުގައި ހުކުމް ތަންފީޒު ކުރަން ޖެހޭ މީހެކޭ އޭނާ ނުފެނިގެންނޭ ޖަލާއި ބެހޭ ހުރިހާ ގާރޑުން ވެސް އެއުޅެނީ އޭނާ ޖަލަށް ލާން ވެގެން އަވަހަށް އެއިރުން ނޫންތޭ އޭނާގެ 13 އަހަރު ޖަލު ހުކުމް ތަންފީޒުވެ އެމުއްދަތު ކުރުވެގެން ދާނީ ވެސް. މިވަރު މީހަކު ހެޔޮ ނުވާނެއޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރި ކުރާން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ..

  14. އޭނައޭ

    އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓަކީ އެއީ ކެނެރީގެ ނަޝީދު އެކަނި ނަމަ ތަމެން ކޯލިޝަންގައި އެމްއޯޔޫ ކިޔާ ބައިގަނޑު އޮތުމުގެ ބޭނުމަކީ ކޮބައިތޭ ތަމެންނާއި މަޝްވަރާ އެއްވެސް ނުކުރޭ ދޯ އޭނާ މިހާރު ޑރ. ޖަމީލު އޭނާ ބޭނުމެއްވެސް ނޫން ދޯ ކެނެރީގެ ނަޝީދު އޭނާ އަށް ރާއްޖޭގައި ރިޔާސީ ނިޒާމް މިހާރު އޮތް ގޮތުން ސީދާ ރައްޔިތުންގެ ވޯޓަކަށް ގޮސް ފިނަމަ ވޯޓް ލާ ރައްޔިތުންގެ %5 ވެސް އޭނާ އަށް ނުލިބޭނެ ކަން ޔަގީންވާތީވެ ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެނެސް ގެން ރައްޔިތުން ގެ ވޯޓަކާއި ނުލައި ޕާރޓީ ގެ ލީޑަރަކީ ތިމަންނައޭ ކިޔައިގެން މަޖްލީސް މެމްބަރަކަށް ވެގެން މަޖްލީސް މެދުވެރިކޮށް އޭނާ ރާއްޖޭގެ ބޮޑު ވަޒީރަކަށް ވާން ވެގެން އެނބުރި ގޭސް ގަނޑު ޑރ. ޖަމީލު މެންނަށް ފަޅާ އެރުމުން ކެނެރީގެ ނަޝީދަށް އެނގިއްޖެ ތެދުވެރިން ނާއި އެކު އޭނާ އަށް ނޫޅެވޭނެ ކަން. އެހެންވެ ފޭކް 7000 ފޯރމް ގައި ރަންރީނދޫ ޓްވިޓަރޭ ލައްވާ ސޮއި ތަޅުވައިގެން އޭނާ ނިކުތީ ތިމަންނާ އަކީ އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ބުނެދޯ.