23:38

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވުމުން އެމެރިކާ އަށް އަސްކަރީ ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރުހީވެ، ބައެއް ސަލާމަތީ ފިޔަވަޅުތަކަށް ވަރުގަދަކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

22:49

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 ފެތުރެން ފެށުމުން މިހާތަނަށް ކަންތައް ކުރި ގޮތާއި، އަދި ގައިޑްލައިންތަކާއި ހިލާފަށް އުޅުނު ނަމަވެސް އެކަމާއި ގުޅިގެން ވަކިއެއްޗެއް ބުނަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއީ) އިން ދެކޮޅު ހަދައިފި.

22:02

ރާއްޖެ އިން އިތުރު 44 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:39

ޓްރަޕްމްގެ އެންމެ ހަގު ދަރިފުޅު އުމުރުން 14 އަހަރުގެ ބެރޮން ކޮވިޑް-19 އަށް ޓެސްޓްކޮށްފި. އޭނާގެ ނަތީޖާ ވަނީ ނައްސި (ނެގެޓިވް) ވެފައި.

21:27

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވުމުގެ ކުރިން ކޮވިޑް-19 އަށް ފައްސިވި ޓްރަމްޕްގެ މުޝީރު ހޯޕް ހައިކްސް ކޮވިޑް-19 އަށް ފައްސިވިކަން އެނގިހުރި އޭނާ އާއި އެކު ޓްރަމްޕް ބުދަ ދުވަހު ހެނދުނު ދަތުރުކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

18:29

ކޮވިޑް-19 ފެތުުރުން ކޮންމެވެސް ވަރަކަށް މަޑުޖެހިފައި އޮތް އިޓަލީގައި ފަސް މަސް ފަހުން، އެއް ދުވަސް ތެރޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2000 އަށްވުރެ މައްޗަށް އަރައިފި.

17:22

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެ ގައުމުގެ ނައިބް ރައީސް މައިކް ޕެންސްގެ ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު، އޭނާގެ ނަތީޖާ ނައްސި ވެއްޖެ.

16:03

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައި ވަނީ އަންހެނުންނަށް ކަމަށާއި، އެހެން ނަމަވެސް މި ބަލި މަޑު ކަމުގައި ފަހަތަށް ނުޖެހި ކުރީސަފުގައި ވެސް ތިބީ އަންހެނުން ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ.

15:48

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ކޮވިޑް-19 އަށް ފައްސިވުމާއި އެކު ތެލުގެ އަގު ދަށަށް ދާން ފަށައިފި.

15:38

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތަށް އިންޑިއާ އިން އައި 128 މީހުންގެ ތެރެއިން ފައްސިވި 53 މީހުންނާއި ގާތުން ބައްދަލުވި (ކޮންޓެކްޓެއް)ކޮވިޑް-19 އަށް ފައްސިވެއްޖެ.

15:27

ހދ. ކުޅުދުއްފުށިން އިތުުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

15:16

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، އެ ގައުމުގައި އާދަޔާ ހިލާފަށް ކޮވިޑް-19 ގެ ވޭދަަނަތައް (ކޭސްތައް) ފެންނަމުންދާ މި ދަނޑިވަޅުގައި، އެޤައުމުން ކޮވިޑުގެ ވަބާ ނިމެން ގާތް ވެފައިވާކަމަށް ވާހަކަދެެއްކިތާ މާގިނައިރުތަކެއް ނުވަނީސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފި.

14:27

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ އަނބިމީހާ މެލާނިއާ ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެދެމަފިރިންނަށް އަވަސް ޝިފާއަކަށް އެދި، ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޓްވީޓް ކުރައްވައިފި.

14:12

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފައްސިވުމުން، ކޮރޯނާ ވައިރަސް ފެތުރޭކަން އިނގޭ ކަމަށް ޗައިނާގެ މީޑިއާތަކުން ބުނެފި.

14:11

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވިކަން މިއަދު އެނގުނުއިރު، އޭނާގެ ގައިން ބަލީގެ އަލާމަތްތައް ނުފެނި ހަފްތާއެއް ނޫނީ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށް ކުރީގެ ބަލްޓިމޯރް ހެލްތް ކޮމިޝަނަރ ޑރ. ލީނާ ވެން ބުނެފި.

10:12

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ އަނބިމީހާ މެލާނިއާ ކޮވިޑް-19 އަށް ފައްސިވެއްޖެ.

09:21

ކޮވިޑް-19: ގާތް މުވައްޒަފަކު ފައްސިވުމުން ޓްރަމްޕް ކަރަންޓީން ވެއްޖެ.

06:28

06:24

06:03

05:47

އިންޑިއާ އިން އިތުރު 81693 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1096 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 6391960 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 99804 މީހަކު ވަނީ މަރުވެފައި.

05:47

އެމެރިކާއިން އިތުރު 46874 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 915 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 7494156 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 212655 މީހަކު ވަނީ މަރުވެފައި.

05:46

ބްރެޒިލް އިން އިތުރު 35643 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 805 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4849229 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 144767 މީހަކު ވަނީ މަރުވެފައި.

05:46

އާޖެންޓީނާ އިން އިތުރު 14001 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 3352 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 765002 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 20288 މީހަކު ވަނީ މަރުވެފައި.

05:45

ފްރާންސުން އިތުރު 13970 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 63 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 577505 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 32019 މީހަކު ވަނީ މަރުވެފައި.

05:45

ސްޕެއިން އިން އިތުރު 9419 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 182 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 778607 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 31973 މީހަކު ވަނީ މަރުވެފައި.

05:45

ރަޝިޔާ އިން އިތުރު 8954 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 169 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1185231 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 20891 މީހަކު ވަނީ މަރުވެފައި.

05:44

އިސްރާއީލުން އިތުރު 7996 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 53 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 253490 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1622 މީހަކު ވަނީ މަރުވެފައި.

05:44

އިނގިރޭސިވިލާތުން އިތުރު 6914 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 59 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 460178 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 42202 މީހަކު ވަނީ މަރުވެފައި.

05:44

ކޮލަމްބިއާ އިން އިތުރު 5660 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 198 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 835339 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 26196 މީހަކު ވަނީ މަރުވެފައި.

05:43

މެކްސިކޯ އިން އިތުރު 5053 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 483 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 743216 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 77646 މީހަކު ވަނީ މަރުވެފައި.

05:43

އިރާގުން އިތުރު 4493 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 50 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 367474 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9231 މީހަކު ވަނީ މަރުވެފައި.

05:43

އިންޑޮނީޝިއާ އިން އިތުރު 4174 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 116 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 291182 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10856 މީހަކު ވަނީ މަރުވެފައި.

05:42

ޔޫކްރޭނުން އިތުރު 4069 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 64 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 213028 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4193 މީހަކު ވަނީ މަރުވެފައި.

05:42

އީރާނުން އިތުރު 3825 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 211 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 461044 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 26380 މީހަކު ވަނީ މަރުވެފައި.

05:42

ނެދަލޭންޑްސް އިން އިތުރު 3252 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 13 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 124097 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6419 މީހަކު ވަނީ މަރުވެފައި.

05:41

ޖަރުމަންވިލާތުން އިތުރު 2619 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 15 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 295530 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9586 މީހަކު ވަނީ މަރުވެފައި.

05:41

އިޓަލީން އިތުރު 2548 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 24 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 317409 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 35918 މީހަކު ވަނީ މަރުވެފައި.

05:41

ފިލިޕީންސުން އިތުރު 2415 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 59 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 314079 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5562 މީހަކު ވަނީ މަރުވެފައި.

05:40

މޮރޮކޯ އިން އިތުރު 2391 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 35 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 126044 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2229 މީހަކު ވަނީ މަރުވެފައި.

05:40

ރޯމޭނިއާ އިން އިތުރު 2086 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 37 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 129658 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4862 މީހަކު ވަނީ މަރުވެފައި.

04:48

03:31

03:04

02:00


ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ ދަށަށް ގޮސް ބަލީގެ އެންމެ ނުރައްކާތެރި ހާލަތުން މިންޖު ވެވިފައިވާ ކަމުގެ އިހްސާސް މިހާރު ކުރަމުން ދިޔަ ނަމަވެސް ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންނެއް ނުދެއެވެ. ފައްސިވާ މީހުންގެ އަދަދު ފެންނަނީ އެވްރެޖްކޮށް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި މަންޒަރެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވާލަކަށް އެވްރެޖްކޮށް ހުންނާނީ 30 އާއި 50 އާއި ދެމެދުގެ އަދަދެއްގައި ކަމަށް ލަފާ ކުރެވޭ ކަމަށް އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް މީގެ ކުރިން ވިދާޅުވެފައި ވެއެވެ. ނަމަވެސް ކޮވިޑް-19 ފެތުރިފައިވާ ބޮޑެތި ގައުމުތަކާއި ސިޓީތަކަށް ބަލާއިރު ފައްސިވާ މީހުންގެ އަދަދު 00 އަށް ވެސް ވެއްޓިފައި އެބަހުއްޓެވެ.

ޗައިނާ، ނިއުޒިލެންޑް، ތައިލެންޑް ފަދަ އެތައް ގައުމުތަކުން ވަނީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އެއަދަދުގެ ނަމްބަރަކަށް ތިރިކުރުން އެއީ ވެސް ކުރެވިދާނެ ކަމެއްކަން ސާބިތުކޮށްދީފައެވެ.

ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެކުވެސް އަދަދުތައް އެއްކޮށް މަދުވެގެން ނުގޮސް އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަކީ މިހާރު އެންމެ ބޮޑަށް ވިސްނަން ޖެހިފައިވާ އެއްކަންތަކެވެ. ދުވާލަކު 60 ވަރަކަށް މީހުން ފައްސިވި ނަމަވެސް އާއްމު ހާލަތަކަށް ރުޖޫއަވާން ދަތިތައް ހުންނާނެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.