މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައި ވަނީ އަންހެނުންނަށް ކަމަށާއި، އެހެން ނަމަވެސް މި ބަލި މަޑު ކަމުގައި ފަހަތަށް ނުޖެހި ކުރީސަފުގައި ވެސް ތިބީ އަންހެނުން ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އދގެ ޖެނެރަލް އެސްމްބްލީގެ 75 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެން ވާޗުއަލްކޮށް ދެއްވި ބަސްތީގަތުމުގައި މިނިސްޓަރ އައިޝާ ވިދާޅުވީ، މި ބަލިމަޑުކަމުގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުންތަކަކާއި ދިމާވެފައި ވަނީ އަންހެނުންނަށް ކަމަށެވެ. އެހެން ނަމަވެސް ދިވެހި އަންހެނުން ފަސް ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ އައިޝަތު ދީދީ ވިދާޅުވީ މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތަކުގެ އެންމެ އިސް ރޯލުތަކުން ފެށިގެން ސާމްޕަލް ނެގުމާއި، ޓެސްޓް ހެދުމާއި، ޙާއްސަ ރައްކާތެރި ކަމަށް ބޭނުންވާ މީހުންނަށް ތައްޔާރުކުރި ވަގުތީ ހިޔާތައް ހިންގުމުގައި، ހިތްވަރުގަދަ، ހުނަރުވެރި އަދި ޤާބިލު އަންހެން ބޭފުޅުން ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ. އަދި އެކަމާއި ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023 ގައި، ބެއިޖިންގ ޑެކްލަރޭޝަނާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލަށް ރިޢާޔަތް ކޮށް އަންހެނުން ބާރުވެރިކުރުވުމާއި، ގޮތް ނިންމާ މަރުޙަލާގައި އަންހެނުންގެ ޙިއްސާ އިތުރުކުރުމާއި، އަންހެނުންނާއި މެދު ކުރެވޭ އެންމެހާއި ތަފާތުކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ފާތުމާ މަންޖޭ އެހެންވީއިރު އަންހެނުންނަށްަޓަކައި މަންޖެއަށް ކޮށްދެވުނީ ކޮންކަމެއް؟

    5
    1
  2. ފަނީ

    ދެން ފަހަތު ސަފަށް ވަންނަންވީނު. ކިތަންމެ ވަރަކަށް އުޅުނަސް ނުވާނެ ހަމަ ހަމަ!

    6
    1
  3. ހަލީމާފުޅ

    ކުޅުދުފުށީގައިވެސް ޖެހުނީ އިސްސަފުގައި މަސައްކަތް ކުރާ އަންހެނުންތޯ އިންޑިއާއިން ބަލިޖެހިފައިތިބިބަޔަކު އެރުވުނީތޯ ފެރީގެ ނަމުގައި އާގްބޯޓެއް ގެނެސްގެން ދުނިޔޭގެ 3 ވަނަޔައް އެންމެ ކޮރޯނާގިނަގައުމަކީ އިންޑިޔާކަން އެނގިއެނގިތިބެ އެތަނުން މީހުންނާއި ސާމާނުގެނެސްގެން

    3
    1
  4. ރާފިޢު

    އިންޑިޔާއިން މީހުން ގެނައުން ވަގުތުން ހުއްޓާލަން ޖެހޭ ތިންވަނަ ރާޅަކަށް ނުދަނީސް

  5. ސީޑީ

    މަންޖެއަށް އެނގޭތަ ރާތްޖޭގައި މިހާރުތިބި ވެރިން ތިބީ މަގުއޮޅިފަ އަދި ދީން ވެސް އޮޅޭހިސާބަށް ދާނެ.. މަގާމަށްޓަކައި އެމީހުން ފުލުގައި ދލަމުން ދުވޭ ދެން...

  6. ހަޑިމިލޭރު

    ބައްލަވާ ޢައިޝާ ކަމަނާ. ޕްރޮފެޝަންތަކުގަ ގިނައި އަންހެނުންނޭ އެނގިނުލައްވާހެންހިވަނީ. ޚާއްސަކޮށް ސިއްހީދާއިރާގަ. ގިނައީ އަންހެން ނަރުހުން. އެންމެނާމެނިކަމެތިކޮށް ހަދަނީ ނަރުހުންނަށް.