ކ.ކާށިދޫ ޒުވާނުން އިސްނަގައިގެން ހެދި ފާލަން ހުޅުވާލައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ކާށިދޫ އަދި ގާފަރު ތަމްސީލް ކުރާ އަތޮޅު ކައުންސިލްގެ މެންބަރު މާޖިދު ސުލައިމާން ވިދާޅުވީ، މި ފާލަން ހެދުމުގެ ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ކާށިދޫ ދެކުނު އަވަށުގެ ޒުވާނުން އިސް ނަގައިގެން ކަމަށާއި، މިފަދަ މަސައްކަތެއް ކޮށްފައި ވަނީ އިޖްތިމާއީ ގޮތުން ހިތްފަސޭހަ ސަރަހައްދެއް ރަށުގައި ގާއިމްކޮށް ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ބޭނުމުގައި ކަމަށެވެ.

ފޮޓޯ: އަހުމަދު އަރުޝަމް

މާޖިދު ވިދާޅުވީ ދެކުނު އަވަށުގެ ޒުވާނުންގެ އިސްނަގައިގެން ހަދާފައިވާ މި ފާލަމުގެ ދެކޮޅުގައިވެސް އުނދޯލިގެ ހަދާ މީހުންނަށް ގޮސް އިށީންދެ ތިބެވޭނެހެން ގޮނޑިބަރިތައް ޖަހާފައި ހުންނާނެ ކަމަށެވެ.

ފޮޓޯ: އިބްރާހިމް ޝާބިލް

މިތަން ހުޅުވާލައިފައި ވަނީ ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ހާއްސަކޮށްގެން ކަމަށާއި، ފަތުރުވެރިންވެސް މިތަނަށް ޒިޔާރަތްކުރާއިރު އެއްވެސް ފީއެއް ނުނަގާ ހިލޭ މިތަނަށް ދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިތަން ހެދުމަށް މިލިއަނެއްހާ ރުފިޔާ ވަނީ ހޭދަވެފައެވެ. އެ ފައިސާ ހޯދައިފައި ވާނީ މީހުން ކައިރިއަށް ގޮސް އެދިގެން ކަމަށާއި، މިކަމުގައި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް މާޖިދު ވަނީ ވިދާޅުވެފައެވެ.

ފޮޓޯ: އިބްރާހިމް ޝާބިލް

"މި މަސައްކަތަށް ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ވަނީ ހޭދަވެފައި. ފައިސާ ހޯދައިފައި ވާނީ މީހުން ކައިރިއަށް ގޮސްގެން. އަޅުގަނޑު ފާހަގަކޮށްލަށް މި މަސައްކަތަށް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި މުމްތާޒް ޖަލީލް އަދި މުހައްމަދު ވިސާމް. އެ ދެބޭފުޅުންގެ އިތުރުންވެސް ގިނަ ބައެއެއްގެ އެހީ އަޅުގަނޑުމެންނަށް ވަނީ ލިބިފައި" މާޖިދު ވިދާޅުވިއެވެ.

މިތަނުގައި އަދި އާޓިފިޝަލް ބީޗެއް ގާއިމް ކުރުމާއި އެހެނިހެން މަސައްކަތްވެސް ނުނިމި ހުރި ކަމަށާއި، އެހުރިހާ މަސައްކަތެއް ނިންމުމަށް ފަހު އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު މިތަން ކައުންސިލާ ހަވާލުކުރުމަށް ނިންމާފައިވާނޭ ކަމަށް މާޖިދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މުއްކުރު ހަސަން ބޭ

  ލޮލީ ކޭބަލް ކާރު މަޑު ކުރާނެ ޕޮއިންޓެއް ތިތާ ނަހަދަނީތަ؟

 2. ބުއްޅަބޭ

  ޖާބިރުމެން ފަދަ ފަންނީ އަދި ފައިސާވެރި ބޭފުޅުން މެމްބަރުކަމަށް ހޮވީމާ މިކަހަލަ ހިތްގައިމު ކަމަކީ ނިދާފައި ހޭލާއިރު ނިމިފައި ހުންނާނެ ކަންތައް.
  ޖާބިރަށް ޝުކުރިއްޔާ

  2
  16
 3. ކޮތަރު

  ޖާބެ އަނގަޔަށް ލުނބޯހުތް ކިބައެއް ތިޔަ ފިތާލީ. އެސޮރަށް ތިޔަ ކަމަށް އެހީއެއް ނުވެވުނީ ކޭބަލްކާރ ޕްރޮޖެކްޓަށް އޮތް ބަޖެޓަށް ލޮޅުން އަރާފާނެތީ ތޯއްޗެއް.

  20
 4. ބޮސް

  ވަރަށް ރަނގަޅު މަސައްކަތެއް. ސުވާލަކީ މިލިއަނެއްހާ ރުފިޔާ ޚަރަދުވިއިރު ކޮބާހޭ ތިދާއިރާގެ މަހުޖަނު އިއްޒަތްތެރި މެމްބަރ ލޮލީ. އެސޮރު ކައިރިއަށް އެހީ ހޯދާކަށް ނުދަންތަ؟ ނެތޯބުނީދޯ ލާރިއެއް؟ ނުހުންނާނެތާ ކޭބަލްކާރާއި ހެލިކޮޕްޓަރުފަދަ ސާމާނު ގަނެފަ. ޢަނެއްކޮޅުން މިހާޜު ނިންމަމުންދާ ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ މިސްކިތައްވެސް ހާދަލާރިއެއް ޚަރަދުވާނެތާދޯ

  24
 5. ލޮލީ

  ޖާބިރު ވާހަކައެއް ނެތް ހަބަރަކު. އޮތީ މުމްތާޒް ޖަލީލަކާއި މުހައްމަދު ވިސާމެއްގެ ވާހަކަ. އެހެންވެ ޖާބިރަށްވުރެ ދީލަތި ދެމީހުންތާ މީ.

 6. ރާފިޢު

  އެއްވެސް ރިއްޗެއް ނޫން

 7. ހޮނޑާފުށީ ބޮޑުހުސޭނު

  ދެންހަ މަ ތިދި މާ މޫދުގަ ތިޔަ ކޮންސެޕްޓް ބޭނުންކޮށްގެން ކޮފީ ސޮޕެއް ހަދާލަންވީ އޭރުން ތިޔަ ޒުވާނުން ނަށް ކޮން މެވެސް އާ މްދަނި އެއްލިބި ތިފާލަން ބަލަހައްޓަން ފައިސަ ލިބޭނެ

 8. ޢަދުރޭ

  ތީ ކޮންމެސް ގޭސް ގަނޑެއް އަނބުރަން ކުރި ކަމެއް ކަމަށް ބެލެވެނީ . ރަށުގައި ހަކުރުބޯ މީހުން ގިނަކަމުން ކެޔޮ ގަނޑެއްވެސް ދޮންވިޔަނުދޭ. ޅަކޮށް އޮއްވާ ވަގަށް ކަނޑައިގެން ގެންގޮސް ބޭރުން އަންނަ ދޯނިފަހަރަށް ވިއްކާ ބައެއްތީ . ފަރަށް އެރި ޔޫރޯ ސްޓޯރ ޕަވަރ ގޯލްޑް ދޯނީގެ ކޮންޓޭނަރ ތައް ފަޅައިގެން ވަގަށް ޕަވަރގޯލްޑް ކޭސްތައް ނަގާފަ ބުނީ ه‍ىذا من فضل ربي . މީ މާތްކަލާންގެ ފަލުލުވަންތަކަމުން ދީލަތިވަންތަ ކަމުން ދެއްވި އެއްޗިއްސޯ

  1
  1