އިންޑިއާ އާއި ޗައިނާއާއި ދެމެދު އެއްވެސް މައްސަލައެއް ޖެހެން ނޭދޭ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވީ، "ދަ ހިންދޫ" އިން މިއަދު އިންތިޒާމް ކޮށްގެން ބޭއްވި އަދަބީ ފެސްޓިވަލެއްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ބައެއް ނޫސްތަކާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ، "އަޅުގަނޑުމެން އިންޑިއާ އާއި ޗައިނާއާއި ދެޤައުމު ދެކޮޅުވެރިވާން އެއްގޮތަކަށްވެސް ނޭދެން،" ކަމަށެވެ.

އަދި އެމަނިކުފާނު ޗައިނާއާއި ދެކޮޅު އެއްވެސް ޚިޔާލެއް ނުގެންގުޅުއްވާއިރު، ޗައިނާއިން ދިވެހި ސަރުކާރަށް ރާއްޖޭގެ ޑިމޮކްރެޓިކް އުސޫލުތައް ބަދަލުކުރުމަށް އެއްބާރުލުން ދީގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެޤައުމުން ހިންގަމުންދާ މަޝްރޫޢުތައް ދެފުށް ފެންނަ ގޮތަށް ކުރިއަށްގެންދިއުމަކީ އަބަދުވެސް ވިދާޅުވާ ވާހަކަ ކަމަށާއި، އެގޮތަށް ޢަމަލު ކުރުމުން ކަންކަން ހަމައަކަށް އެޅިގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން އެމަނިކުފާނު ތަކުރާރުކޮށް ގޮވާލަމުން ދަނިކޮށް، އެފަދަކަމެއް އިންޑިއާއިން ކޮށްފިނަމަ އެކަން ހުއްޓުވާނެކަމުގެ އިންޒާރު ޗައިނާއިން ދީފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ވަނަ ދުވަހު ކުރި އަމުރަށް ފަހު އިދިކޮޅު ފަރާތްތަކުން ބަޣާވާތެއް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު އިންޑިއާއަކީ ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ކަންކަމާއި ގުޅޭގޮތުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔާ ޤައުމުވެސް މެއެވެ.

ނަޝީދު ވިދާޅުވިގޮތުގައި، ޗައިނާއިން ރާއްޖޭގައި ހިންގަމުންދާ ވަރުގަދަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަކީ ދަރަނީގައި ބެއްދުމަށް ކުރަމުންދާ މަސައްކަތްތަކެކެވެ. އަދި އެ މަސައްކަތްތަކަތްތަކާއި އެކު އެޤައުމުން ސަރުކާރަށް އެހީތެރިވަމުންދަނީ އިންސާނީ ޙައްޤުތަކަށް އަރައިގަނެ، ޚިޔާލުތައް ފާޅުކުރާ ފަރާތްތަކުގެ އަޑު މަޑުކުރުމަށްކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ބައެއް ބިންތައް އަތުލުމުގެ މަސައްކަތް ޗައިނާއިން ކުރަމުންދާކަމަށާއި އެކަން ކުރަމުންދަނީ ވަރަށް ހަލުވި މިނެއްގައިކަމުގައި ވާއިރު، އެކަމާއި ދެކޮޅު ހަދަން ޖެހޭނެކަމަށެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކުގެ ތެރެއަށް އިންޑިޔާއިން ވަންނާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތްކަމަށްވެސް ނަޝީދު ކުރިން ވިދާޅުވިއިރު، ޗައިނާގެ އިންޒާރަށްފަހު އެމަނިކުފާނުގެ ވާހަކަފުޅުތައް ވަނީ ބަދަލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަފީފާ

    ކޮބާ ރާގުބަދަލުވިލެއްލަސް؟ މުނާފިގުކަމުގެ ލާމަސީލު.

  2. ބޯގޯސް

    މީ ހަމަ ފައްކާ ބޯ ގޯހެއް

  3. ޙަބޭޝް

    ޢެހެންވެދޯ ޗައިނާއެ ކިޔައިގެން ބޮޑެތި ދޮގުތައްހަދާ އިންޑިޔާ ސިފައިން ރާއްޖެއަރާ ލޭ އޮހޮރުވަން ތިގޮވަނީ

  4. Anonymous

    ދެން އެހެންވިއްޔާ އަނގަ ހިމޭނުން ލައުގެން މައިތިރިވެގެން އިންނަން ވީނު ދޯ. ބޭކަރު އަނގަ ނުތަޅާ.

  5. އައްޔަ

    ކާރީގަފުޅިއެއްނެތީމަވަރަށްސަޅިވީސް

  6. އަފީފް

    ކަލޭދެން ބޭނިގަނެގެން ކޮން ވާހަކައެއް ދައްކާކަށް. ކަލެއަކަށް އެއްކަމެއްވެސް ނުވިއެއްނު

  7. މިލިޓަރީ

    ނަޝީދު ހަވަރައްދޭންވީ.

  8. އަފޫ

    ދެގައުމު އިތުރަށް ޖައްސާފަ. މިއީ ހަމަ އިންސާނުންގެ ތެރެއިންވާ ބޮޑު ޝައިތާނެއް.

  9. މޑޕ

    ކަލޭތީ ދޮގު ވެރިއެއް ކަލެއަށް ހަލާކު ހުރި

  10. ނުރަބޯ

    ނާ ރަނގަޅަށްތަ؟ އެހެންވެތަ ޗައިނާއޭ ކިޔައިގެން ރޯބުހުތާން ދޮގު ތިޔަހަދަނީ. އަހަރެމެންނަށް އެނގޭ ކަލެއަކީ އެއްއިރެއްގައިވެސް ބަހާ ޢަމަލާ ދިމާވާމީހެއްނޫންކަން.....!!!

  11. ބަރުގޮނު

    ނަޝީދު ބުނާ އެއްޗެއް ބުނަނީ މާބޮޑަށް ވިސްނާފައެއް ނޫން. ހިތަށް އެރީމާ ބުނެ ލަނީ. ފަހުން ކުރިން ބުނި އެއްޗަކާ ދިމާނުވިޔަސް ބުނެލަނީ. ވަގުތު ކޮޅުކޮޅު އަންނަ ގޮތުން ވާވަރު..

  12. ނަސީދު

    ޔަހޫދީ ހާއިނު ހަދާލާދޮގު

  13. އެދުރުބެ

    ދެފުއް ފެންނަ ގޮތް ވުން:
    1- ޖީއެމްއާރަށް އެއަރޕޯޓް ދިނީ ދެފުށް ފެންނަ ގޮތަށް: މަޖްލިސް އިން ގާނޫނެއް ފާސްކުރީމައި ތަސްތީގް ނުކޮށް އެއަރޕޯޓް ކުންފުނީ ބޯޑްގެ މެމްބަރުން ވަކިކޮށް އާ މެމްބަރުން އެޕޮއިންޓް ކުރިތާ 24ގަޑިއިރު ނުވަނީސް.
    2- ސުޕްރީމް ކޯޓަގައި ތަޅުއެޅުވީވެސް ޑިމޮކްރަސީ ހަރުދަނާ ކުރަން.
    3- މަޖްލިސް މެމްބަރުނާއި ގާޒީން ހައްޔަރު ކުރީވސް ހިއުމަންރައިޓސް ރަގަޅު ކުރަން.
    4- ގާކޮށްޓާއި އަރަބިއްޔާ ގައި ހެދި ފްލެޓްސް ގެ އެއްބަސްވުން ދައުލަތަށް ގެއްލުންވާ ގޮތަށް ހެދީވެސް ދެފުސް ފެންނަގޮަށް - މި ދެތަނުން ދެ ބުރި 50 އަހަރަށް ހިލޭ ދިނީވެސް ދެފުއް ފެންނަ ގޮތަށް .
    5- ބެހި ހުރިހާ ރަށްތައް ބެހީވެސް ދެފުއް ފެންނަ ގޮތަށް.