ނިއުކްލިއާ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ތަންފީޒު ނުކޮށް ހުރި ޤައުމުތަކުން ވީއެންމެ އަވަހަކަށް އެ މުޢާހަދާގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ދުނިޔެއިން ނިއުކްލިއާ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޚާއްސަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތަޤްރީރުކުރައްވާ ފޮނުއްވި ވީޑިއޯ މެސެޖްގައި، ދުނިޔެއިން ނިއުކްލިއާ ހަތިޔާރާއި، ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު ނައްތާލުމުގައި އދ އަދާކުރަމުންދާ ދައުރު ވަނީ ފާހަގަކުރައްވާފައެވެ.
މިހާރުވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ނިއުކްލިއާ ހަތިޔާރު ހުރިކަން ފާހަގަކުރައްވައި، ނިއުކްލިއާ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ތަންފީޒު ނުކޮށް ހުރި ޤައުމުތަކުން ވީއެންމެ އަވަހަކަށް އެ މުޢާހަދާގައި ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ވަނީ ގޮވާލައްވާފައެވެ.
އަދި ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ނައްތާލުމަކީ ބައިނަލްއަޤްވާމީ ސުލްހައާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، 2030 އެޖެންޑާގެ 16 ވަނަ ލަނޑުދަނޑި ހާސިލްކުރުމަށް މުހިއްމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ހަތިޔާރު އުފައްދާނެ ޤައުމަށް ނޫން ކަމަށް ވިދާޅުވެ، ޓްރީޓީ އޮން ނަން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއާ ވެޕަންސް މުއާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ޤައުމަކީ ދިވެހިރާއްޖެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރަހައްދީ ސަލާމާއި ރައްކާތެރިކަމަށްޓަކައި ރާއްޖެއިން އަދާކުރަން ޖެހޭ ބައިނަލްއަޤްވާމީ ޒިންމާތައް ރާއްޖެއިން އަދާކުރަމުންދާ ކަމަށާއި ރާއްޖެއިން އާމްސް ޓްރޭޑް ޓްރީޓީ، ކްލަސްޓާ މިއުނިޝަން ކޮންވެންޝަން އަދި ނިއުކްލިއާ ޕްރޮހިބިޝަން ޓްރީޓީ ގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ދުނިޔެއިން ނިއުކްލިއާ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރަކު ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ ބައްދަލުވުމުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުތަކުން މަންދޫބުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަލީ

    އަނެއްކާ ކާޕެޓު މަނާކުރަން ނުބުނާތި....

  2. ހުސޭނުބޭ

    ހާތްތެރީ! މީނަ މިހާރު ނިއުކްލިއަރ ހަތިޔާރުންވެސް ވައްކަންކުރަނީތަ؟

  3. ގަމާރު

    ނިއުކުލިޔަ ހަތިޔާރެއްނޫން މަނާނުވެގެން މިގައުމު މިއުޅެނީ މިގައުމު މިއުޅެނީ ކަރަުޕުސަނާ ފަސާދަނުހުއްޓުވިގެންނާއި ވަގަށްކާޕެޓު އެތެރެކުރުން ނުހުއްޓުވިގެން.

  4. ފަޒީލް

    ދުނިޔޭގަ އެބަތިބި މިނޫނަސް ޖަޒީރާ އަދި ކުދި ގައުމުތައް. އެކަމަކު ރާއްޖޭގަ މިއުޅޭހެން ތިމާމޮޅުވާން ތިމާއަށްވުރެ މަތީ ފަންތީގެ އަދި ތިމާމެންނާއި ނުބެހޭ ބައިނަލްއަގުވާމީ ކަންކަމުގެ ތެރެއައް ހުސްއަނގަބާނާ ބަޔަކު ނުދެކެން. ދިވެހި ރާއްޖެ ބޭރު ދުނިޔޭގައި މައްޝްހޫރުވިޔަސް ދިވެހިންގެ އަގު ވެއްޓިފައިވޭ މިފަދަ ކަންކަމުގެ ސަބަބަުން. އަހަރެމެންނައް ޖޯކުޖަހާ މީހުން މިވަނީ ދުނިޔޭގައި ގިނަވެފައި މިކަހަލަ ދެއުޅިއެއްނެތް މިނިސްޓަރުންގެ ތާކުންތަކު ނުޖެހޭ އަނގަޔާއިހުރެ. ތިޔައްވުރެ މާރަނގަޅޭ މައިނޭމްއިޒް މާކަނާއޭ ބުނި މީހާވެސް.

  5. އަސްޤަރު ސިއްދީޤް

    ކަލޭ މޯދީ ގާތު ތިޔަހެން ބުނެބަލަ! ހަޔާތްކުޑަ ކާޕެޓް ވަގު!

    10
  6. ކަލްދޯ

    ބަލަ ނިއުކުލިޔަރ އޭގޮވާލާއިރު އަމިއްލަ ގައުމު އެހެން ބަޔެއްގެ އައްދަށައް ފޮނުވާލަން މަސައްކަތް ކުރާ ބަޔަކް ދެން ކޮން ނިއުކުލިޔަރ އެކޭ ތިގޮވަނީ ފުރަތަމަ ތިމާ ގައުމުހިމާޔަތުގެ އައްސޭރިޔަކައް ވެވޭތޯ ނުބެލިބަޔަކު ދެންކޮން ކަރަލެއް ފަޅާކައްތޯ ތިޔައުޅެނީ

    11
  7. ކަނޑުކޮސް މަސްވެރިޔާ

    ރާއްޖެއިން ނިއުކްލިއާ ހަތިޔާރު އުފައްދަން ނިންމައިފި.

    8
    2
  8. ރޯދަ މުބާރިކް

    ހައްހައްހީ! 😂😂😂😂

  9. އަހުސަން

    އެންމެ ފުރަތަމަ ސުލްހައިގެ ބައްޕަ އަށް ހެދިގެން އުޅޭ އެމަރިކާ އަށް އަންގަބަލަ ތިކަން ހުއްޓުވުމަށް...ކާފަރުން އަތުތިއްބަސް އޯކޭ އެކަން އިސްލާމީ ގައުމެއްގެ އަތުގައި ހުރިއްޔާ އެވީ ޓެރަރިސްޓުންނަށް...

  10. ޢަލީ

    ބޮޑު ކާޕެޓް ވަގު ހާދަހަޔާތްކުޑަ އެއްޗެކޭމީ ބޮޑުވަގު ދެފުއްކެރިވަގު

  11. ކަށިކޮލި

    މިކަލޭގެ މިހާބޮޑައް ފުއްޕާފައެއިނީ ބޮޑުކަންދައްކަންވެގެންތަ

  12. ނަސްރީނާ

    ނިއުކުލިޔަ އެއްޗެއް ގެއްގުޅެގެން ނުވާނެ މަނިކުފާނަން އެގިލައްވާނެ ނިއުކުލިޔަ އެއްޗެއް ޕްރީޕެއިޑް ޝިއުނާމެއް އަތަށް އަރާފިއްޔާ ނުލާހިކު ނުރައްލާވާނެކަން އެކަން އެއްމެ ރަގަޅަށް އެގިވަޑައި ގަންނަވާނީ ހަމަ މަނިކުފާމަން

  13. ލަކްޝަދީބު އިޒް އަވާ އައިލެންޑް

    ކަލެ އަށް ކެރޭނެތަ އެއ އްވެސް ޝަރުތަކާ އި ނުލަ އި މަލިކަށް ދިވެހި ރަ އްޔަތުންނަށް ސީދާ ރާ އްޖެ އިން ފުރަ އިގެން ދަތުރު ކުރެވޭގޮތް ހަދާށޭ ގޮވަން..ނުކެރޭނެކަން ހަމަ ޔަގީން.. އިންޑިޔާ މީހުންނަށް ރާ އްޖޭގެ ކޮންމެ ރަށަކަށް ފަސޭހަކަމާ އި އެކު ބޯކޮށްޕާލެވޭ. ..އެކަމަކު ދިވެހި ރަ އްޔަތަކު މަލިކަށް އެރުމަކީ އިންޑިޔާ ރުހޭކަމެ އްވެސް ނޫން...ކޮން ނި އުކުލި އާ އެކޭ ތި ކިޔަނީ.. އަނގަ ފުޅާކުރެ އެ އެްނު އަދި...

  14. ތާކިހާ

    އަންގަފުޅުން ހިބަރުވަދުގައި ހިލޭއެހީ ހޯދާ މުޢާހަދާގައިވެސް ބައިވެރުވާންފެނޭ.

  15. އައްޒަ

    ޝާހިދު ހުންނަނީ ޝި އުނާމެންގެ ބުލެކްމެ އިލްގަ ޖެހި ކޮމްޕުރޮމަ އިޒް ވެފަޔޯ.. އެހެން ވީމާ މިހެން އޭނާ ލަ އްވާ ކުރުވާކަންކަމަކީ އެއ އްވެސް ގޮތެ އްގަ އި އޭނާ ބޭނުންވެގެން ކުރާކަމެ އް ނޫނޯ..