އައްޑޫ ސިޓީ އަކީ އިޤްތިސޯދީ ހަބަކަށް ހެދުމަށް ސަރުކާރުގެ ޕްލޭންތަކެއް އެބަ ހުރި ކަމަށް އިނޮމިނިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހުވަދޫ އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ވަގުތު ވެސް އައްޑޫގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ބައެއް މަޝްރޫއުތައް ހުރީ ނިމުމުގެ މަރުހަލާގައި ކަމަށެވެ.

އޭގެ ތެރޭގައި ތާރު އަޅައިގެން މަގުތައް ހެދުމާއި ބިންހިއްކުމާއި ގަން އެއާޕޯޓް އިތުރަށް ތަރައްގީކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"އައްޑޫގެ މަގުތައް ރަނގަޅު ކުރުމާއި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމާއި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ރިސޯޓުތަކެއް އިތުރަށް ހިއްކާ އަދި އިތުރު އިގްތިސޯދީ މަސައްކަތް ކުރުމަށް އިތުރު ބިން ހިއްކުމުގެ މަސައްކަތްތަކެއް އަޅުގަނޑުމެން ވަނީ ރާވާ ކުރިޔަށް ގެންދަން ނިންމާފައި." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ހަމައެކަނި ލާމަރުކަޒީ ކުރުމަކީ އެކި ތަންތަނުގައި ހުންނަ ހިދުމަތްތައް ލިބުމެއް ނޫން ކަމަށާއި ލާމަރުކަޒު ކާމިޔާބު ކަމާއެކު ކުރެވޭނީ އިގްތިސޯދު ލާމަރުކަޒު ވެގެން ކަމަށެވެ.

"ރައީސް ކަނޑައަޅުއްވާފައި އެބަވޭ ހަތަރު އިގްތިސޯދީ ހަބުތަކެއް، އައްޑޫ ސިޓީއަކީ ދެކުނުގެ އެއް ހަބު. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވަށާޖެހޭ ގޮތަކަށް މިކަންކަން ކުރުމަށް.
އެގޮތުން އައްޑޫ ސިޓީ އަކީ އިގްތިސޯދީ ހަބަކަށް ހެދުމަށް ޕްލޭންތަކެއް ކުރެވިގެން، އެ މަސައްކަތްތައް ކުރެވިގެން އައިސް މިހާރު އަޅުގަނޑުމެންނަށް ކުރިޔަށް އޮތް މަސްތަކުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭ ހިސާބަށް އެބަދެވޭ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުން ހަމައެކަނި ފައިދާވާނީ ހަމައެކަނި އައްޑު އަށް ކަމަށް ދެކިގެން ނުވާނެ އެވެ. އަދި އެކަން ގުޅެނީ މުޅި ދެކުނާއި މުޅި ރާއްޖެއާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ހުރިހާ ވާހަކަތައް ދައްކަވަމުންވެސް ފައްޔާޒު ވިދާޅުވީ، ވަރަށް ގިނަ ބޭފުޅުން އެކަންކަން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަން ގަބޫލު ނުކުރައްވަނީ އެތަށް ސަރުކާރެއް ވެރިކަމަށް އައިސް ކަންކަން ނުކުރެވިފައިވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާމީ

    އެކަމަަކު މިހަދާލެވުނީ އޮޅިގެން އިންޑިއާގެ މިލިޓަރީ ބޭހަކައް ނޫންތޯ؟؟؟؟

    18
  2. ބުއްޅަބޭ

    ޖުމްލަކޮށް އައްޑޫގައި ބޭއްވި އިވެންޓުން އެނގުނީ އިބޫސޯލިހުގެ ސަރުކާރާއި ފައްޔާޒަށް ބޮޑު ގަދަރެއް އައްޑޫ ރައްޔިތުން ކުރާކަން.
    ބުއްޅަބޭގެ އަޑު ކެނޑިގެންދާހެންވެސް ހީވޭ

    9
    1
  3. ރޯދަ މުބާރިކް

    އެތައް ސަރުކާރެއް! މިއީވެސް އެތަނުން އެއްސަރުކާރު! ވީމާ ތި ވިދާޅުވީ ގަސްތުގަ ރަންގަޅަށް! ބުނެވޭ ގޮތުން ސ. ޢަތޮޅު ހިތަދޫ މީހުން ބޮލުގައި ގޯނި ވަރަށްކުރިން އަޅައިފި، ދެން އިތުރަށް ސ. ޢަތޮޅުމީހުންގެ ބޮލުގައި ގޯނި ނާޅުއްވާ!

  4. ދީބަލަ

    ރާއްޖޭގެ އެންމެ ގިނަ ޓެކްސް ޕޭޔަރުން ތިބީ މާލެ ސަރަހައްދުގައި ތިބި ވިޔަފާރި ކުންފުނި ތަކޭ އެމެންނަށް ރަނގަޅު އެއްވެސް ގޮތެއް އަދި އެއް މިސަރުކާރުން އެކަށަނާޅައޭ އަމިއްލަ ވިޔަފާރި ތައް މާލެ ސަރަހައްދުގައި ސްޕެޝަލީ ކުދި އަދި މެދު ފަންތީގެ ކުރި ނާރައިގެން އުޅެނީ އެމެންގެ އަމިއްލަ ބިމެއް މާލެ ސަރަހައްދުގައި ނެތުމުންނޭ ހެޔޮނުވާނެއޭ ތިލަފުށި ފަޅު ހިއްކާ އެތަނުން މަދުވެގެން 5 ހާސް އަކަފޫޓްގެ ބިމެއް މާލެ ސަރަހައްދުގެ ކޮންމެ ކުންފުންނަކަށް ކުޑަ ކުއްޔަށް ދީބަލަ

  5. އއ

    ތިޔަ ބުނާ ޕްލޭންތައް ނަހަދާ ސަރުކާރެއއް މިއުޑުދަށުގަ ވޭތަ.

    13
  6. އެކްޓވިސްޓް

    ތިތަރައްޤީގެ ވާހަކަ އަޑުއަހާ އަހާ މިހާރު ފޫހިވެއްޖެ. ތިފައްޔާޒަކީ މުޅިންވެސް ބޭކާރު އަނގަތަޅާ ބޭކާރުމީހެއް. ޢޭނަގެ އަމިއްލަ ފައިދާއެއްނެތް ގޮތަކަށް އެއްކަމެއްވެސް ނުކުރާނެ އަނެއްކާ ތިފައްޔާޒުއަށްވެގެން އައްޑޫގެ ތަރައްޤީއަށް ހަމަ އެއްވެސް ކަމެއް ވިއަކަނުދޭނެ.ކަން އައްޑޫގެ އެއްމެއްނަށްވެސް ސާފުކޮށް އެނގޭ ހަޤީގަތެއް

  7. އަބްދޫ

    ތިޔަކަމެއް ނުވާނެ ހުވަފެން ދެއްކިދާނެ .ވާނެ ނަމަ 934 މިލިއަން ޑޮލަރުގެ ރިޒާވް ހުރިގޮތަށް ހުރީސް.

    13
  8. އަބްދޫ

    އެގޭ ބަޔަކުނަމަ އެސެޓްނުވިއްކާ ރިޒާވް ގަ އަތްނުލާ ގައުމުހިންގަން އެގެންވާނެ.

    12
  9. ރާއްޖެ

    އިގްސާދީ ހަބެއްތޯ މިލިޓަރީ ހަބެއްތޯ؟

  10. ދަޅަ

    އައްޑޫރައްޔިތުން ޤަބޫލް ނުކުރައްވާތި މިއަދުން އަޅުވާފަ ތަރައްޤީކުރައްވާނީ އިންޑިޔާގެ މީހުން ވަޒަންވެރިކުރެވުނީމަ އެތަރައްޤީކުރެވުނީ