މާތްﷲ އަށް ފުރައްސާރަ ކުރި މީހާ ދޫކޮށްލީ ކޯޓުން ކަމަށް ފުލުހުން ވިދާޅުވެެެއްޖެއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅުނު ބިދޭސީ މީހާގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށާއި މި މައްސަލަ އާއި ގުޅިގެން ރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެ މީހާގެ ބަންދާއި މެދު ގޮތެެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން ބިދޭސާ މީހާ ބަންދުން ދޫކޮށްލާފައި ވަނީ ކޯޓުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބިދޭސީ މީހާ ދޫކޮށްލަން ކޯޓުން އަމުރު ކުރި ނަމަވެސް ފުލުހުން އަންނަނީ އޭނާގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އޭނާ ރޭގެ ވަގުތެއްގައި ހައްޔަރު ކުރީ މަސްތުގެ ހާލަތުގައި ހުއްޓައެވެ. އެ މީހާ މާލޭ މަގުމަތީގައި ބާރަށް ހަޅޭއްލަވައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކަށް ފާޑު ކީ އިރު، އެ ސަރަހައްދުގައި ގިނަ ފުލުހުންތަކެއް އޭނާ ހައްޔަރުނުކޮށް ގިނަ އިރުތަކެެއް ވަންދެން މަންޒަރު ބަލަން ތިބިކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ޙާރިޖީ ގުޅުން ވަރުގަދަ ކުރަމުން އަންނަ މި ދުވަސްވަރު އިންޑިއާ ރައްޔިތަކު އެފަދަ ގޮތަކަށް ދީނަށާއި މާތްﷲ އަށް ފުރައްސާ ކުރުމުންވެސް ބަލަން ތިބުމުން ގިނަ ދިވެހިންތަކެެއް ލޭ ވަނީ ކެކިގެން ގޮސްފައެވެ. ގިނަ މީހުން މިކަން ސިފަކުރަނީ އިންޑިއާ ދަށުވެ، އަމިއްލަ ގާނޫނުތައްވެސް ތަންފީޒު ނުކުރެވޭހާ ހިސާބައް ކަންތައް ގޮސްފައި އޮތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބުއްދިބޯ

    މަމެންނާ ހަވާލު ކުރޭ ތަހުގީގު ކުރަން.

    51
  2. ރޯދަ މުބާރިކް

    ސާބަހޭ ﷲ ގަންދީ އިސްލާމްދީން ހިމާޔަތް ކުރުމަށް ހުވާކޮށްގެން ތިއްބެވި ބޭފުޅުންނޭ!

    56
    2
  3. މާމީ

    ކޯޓުތަކުގަ ތިބޭމީހުން ތިބޭނީ އޭނާގެ ދަށުވެފަކަމައް ބުނީމަކަ ކޯޓައްޖެހޭނީ ދޫކުރަން .. އެދޫކުރީ

    50
  4. އަލީ

    ދެން ކޮން ކަމެއް ތަހުގީގު ކުރަން އޮތީ؟؟

    47
  5. ދިވެހިގައުމު ދެކެލޯބިވާ ނިކަމެތި ދަރިޔެއް

    ތިކަހަލަ ކިތައްމެ މަންޒަރެއްވެސް ފެންނާނެ. މަޖިލިހުން އިންޑިޔާބުނިގޮތަކައް ގާނޫންތަކައްބަދަލު ގެންނަމުން އައިރު އެއްގޮތަކައްވެސް ވިސްނާނުލާ ހުރިނުރައްކާތެރިކަމަކައް. އޭނަ ކީއެއްޗަކާއި ކުރިކަމެއްގެ ސަބަބުން މިރާއްޖޭގަ ކުއްވެރިވާނަމަ އިންޑިޔާމީހަކައްވާތީ އޭނަގެ މައްސަލަބަލަން އިންޑިޔާއައް. އިންޑިޔާގަ އޭނަ އެކުރިކަމަކާއި އެކީއެއްޗިއްސަކީ އެމީހުން ހިއްވަރުދޭކަންތައްތައް. ދެން އޭނަޔައް އަންނާނީ ފޮނި ސަރުބަތުގެ ހުކުމެއްނޫންބާ؟ ރޭގަ ތިހިގި ކަމަކީ ދިވެއްސަކު އިންޑިޔާގަ ކުރިކަމެއްނަމަ މިއަދު އޭނަ އޮންނާނީ ކަފުންކިއް ވަޅުލާފަ. އަދިވެސް ނުވިސްނެނީ ހަމަ އަހަރެމެން އަމިއްލަ އެދުމުން ފޯވެފަތިބި ދިވެހިން މިކިޔާ ދިވެހި ރައްޔިތުންނައް. އަދިވެސް ގޮވާނެ މަގޭ ޕާޓިއޭ. ހެޔޮ މަ އޮރިޔާންކުރިޔަސް.

    50
  6. އަހުމަދު

    އޮންސީންގަ ހައްޔަރުނުކޮށް ތިބީ. އިންޑިއާ މީހެއްވީމަ އަމަލުކުރާންވީ ގޮތް ވެރިން އަންގަންދެން. ފަހުން އޭނަ ގެއަށް ވަނީމަ ކޯޓު އަމުރަކާނުލާ ގޮސް ގެއަށް ވަދެ ހައްޔަރުކުރީ. އިޖުރާތްތަކާ ޚިލާފަށް ހައްޔަރުކުރީ. ދެން ކޯޓުން ދޫކޮއްލީމަ ބުނަނީ ކޯޓުންނޭ ދޫކޮއްލީ. ޑްރާމާ....

    42
    3
  7. އަހުމަދު

    ކޯޓުން ހުކުމްކުރީ ދޫކޮށްލަން ދެން ދައުލަތަ އޭނާ ޑީޕޯޓް ކޮލެވެންވާނެއް އެއީ ދެވިދާނެ އަދަބެއް މިވަރަށްދަށުވީމާ މިއީ ބޮޑުވަރު ދެއްތޯ މީވެސް ގިޔާމާތުގެ އަލާމތެއްތަ

    16
  8. ޙަބީބު.

    ކޮބަ އިބާ އިމުރާނު ކޮބާ ލަދުހަޔާތް

    25
  9. ޑެޑުއހފޯސް

    ތިއަކީ ސޯލިހު އަދި އިންޑިޔާ ބުނެގެން ކުރި ކަމެއް. ޙަނގުރާމަ އިއުލާންކުރޭ.

    27
    2
  10. ޑެޑުއހފޯސް

    މިކާފަރު ދައުލަތް ހިމާޔަތް ކުރަން ފޫގަޅާ ކޮންމެ ޕޮލިހެއް އަދި ސިފައިންގެ މީހަކީ ކާފަރެއް

    21
    3
  11. ޑެޑު

    މިކާފަރު ދައުލަތް ހިމާޔަތް ކުރަން ފޫގަޅާ ކޮންމެ ޕޮލިހެއް އަދި ސިފައިންގެ މީހަކީ ކާފަރެއް. މުޖާހިދުންނާގުޅި ތައުބާވެ މިމުސްލިމު އުއްމަތް ސަލާމަތްކުރުމަށް ހަނގުރާމަ އަށް ނިކުތުމަށް މުސްލިމު ހުރިހައި އެއްމެންނަށް ގޮވާލަން

    7
    5
  12. ދޯދި

    ކޮބާ މަރާލި މީހުންގެ މައްސަލަ، ކޮބާ ރިޒޯޓަ ބުދުކޯލު ހެދި މައްސަލަ ޔާމީނުގެ ދީނީ ވެރިކަމުގަ ހިނގި.؟

    6
    31
    • ބޯދި

      މީހުން މެރުންވެސް ﷲ އަށް ފުރައްސާރަ ކުރުމާ އެއްވަރެއް ނުކުރެވޭނެ. ﷲ އަށް ފުރައްސާރަ ކުރުން ދިފާއުކުރަނީ ދޯ ތި؟

      12
      1
    • ޑެޑުއހފޯސް

      ސެކިއުލާ ކުފުރު ޑިމޮކުރަސީގަ ޖެހިގެން ކުރާ ކޮމެންޓެއް ނޫން މި އީ . މިހިރަ މަރަމޯލާ. ޔާމިނެކޭ އެލެކްސް އެކޭ ވައްޑެ އެކޭ ޝައިތާނާގެ އަޚް މޫނެކޭ ސޯލިހެކޭ މިއިން އެއްވެސް ހައިވާނަކީ ﷲ ގެ ހުކުުމުން ހުކުމް ކުރި ބައެއް ނޫން.

      6
      2
  13. ހުރަހެއްނެތް

    މިއަދު ސަރުކާރު ބޭނުންވާ ގޮތަށް ޙުކުމް ކުރާނެ ބަޔަކު ޖުޑިޝަރީގައި ބޭތިއްބުމުން ތިވައްތަރުގެ ޙުކުމް އިއްވާނެ ކަމާއި މެދު ޝައްކެއް ނުކުރަން.
    ކޯޓުން އިއްވީ މިއަދުގެ ސަރުކާރުގެ ޙުކުމެއް. މިއީ ދެބަސް ވެވޭނެ ޙަޤާޤަތެއްނޫން

    12
    1
  14. ރޯދަ މުބާރިކް

    މި ބޭފުޅާއަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ގެންގުޅުމުގ ހުއްދައެއް ލިބިފައި ވަނީ ބާ؟ ސަފީރު ކޮބާ؟ ބަސްދީގަތުމެއް ނެއްތޯ؟

    13
  15. ކައްޓަފުޅި ބޯއި

    މި ނުލަފާ ޝަ އިތާނު ލަ އްވާ ގަސްތުގަ ދިވެހިން ބަރަހަނާ ކުރަން ކުރުވި ކަމެ އްމީ.... މި އީ ފެށުމެ އް ، އަދި މާ ވަރުގަދަ މަންޒަރު ފެންނާނެ...ދީނީ ތާކިހާ އަޅަ އިގެން ތިބި ދަންނަ ބޭކަލުން، ސޯލިހު މީހަކު ވެރިކަމށް ގެނެސްގެން ތިތިބީ ބަލަންތަ؟

    13
    1
  16. ސަލާމަތެއްނެއް

    ފުލުހުން އޭނާ ގަދަކަމުން ހައްޔަރު ކޮއްފިއްޔާ ވެސް ވާނީ ފުލުހުން ގޯސް ދެން ބުނާނީ އަނި ޔާއޭ ރަގަޅު އެއްގޮތެއްވެސްނޯންނާނެ ރައްޔަތުން ވޯޓް ދީގެން ހޮވާފަ ތިއްބެވި މަޖިލިސް މެންބަރުން ހަދާފަ ހުރި ގާނޫނު ދޯމީ ފުލުހުންވެސް ބޭރުމީހެއްވެއްޖެއްޔާ އެވަރަކުން ނޫޅޭނެ ދިވެއްސެއް ވެއްޖެއްޔާ ހީވާނީ މޮޔަގެރި އަވަލާގެން އުޅޭހެން

    10
  17. ރޯޓީކަޕްޅާ

    މީގަސްދުގަ ދިވެހިން ރުޅިއަރުވާ ރަތްޔިތުންނައް އެމީހުންނާއި ދިމާކުރަން ކެރޭތޯ ކުރުވާކަމެއް ރާބޮއިގެން މަގުމަތީގަ އުޅުންވެސް މަނާ ތިޔަ ވަކި ކުލައެއް ޖެހިފައިތިބޭ މީހުން މިބުނަނީ އޭނާ ހުރީ މަސްތުގައޭ އޭނާޔަކައް ކިޔޭ ނުކިޔޭ އެއް ނޭންގެޔޭ ކަލޭމެން ސިޔާސީވަނީއޭ މިހިރީ އެބުނާ ކުލަޖެހުނީމަ ދީނެއްވެސް ނޯވޭ އެކަމަކު މިސްކިތައް އަރާ ނަމާދުކުރޭ

    10