މާތްﷲ އަށް ފުރައްސާރަކު އިންޑިއާ މީހަކު ރޭ ހައްޔަރު ކުރުމަށް ފަހު މިއަދު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައި ވާއިރު އޭނާ މާތްﷲ އަށް ފުރައްސާރަކު މައްސަލަ ބަލަމުން ގެންދޭތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ފުލުހުން އެސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ، "ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށް" ވިދާޅުވެ އިތުރު ތަފްސީލެއް ހާމަކުރަން ދެކޮޅު ހަދައިފިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މަސްތުގެހާލަތުގައި މަގުމަތީގައި އުޅުނު ބިދޭސީ މީހާގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ތަޙްޤީޤު ކުރަމުން ގެންދަނީ އޭނާ މަސްތުވާތަކެތި ބޭނުންކުރި މައްސަލަ ކަމެއް ނުވަތަ އޭނާ މާތްﷲ އަށް ފުރައްސާރަ ކުރި މައްސަލަ ކަމެއް ފުލުހުން ސާފުކޮށެއް ނުދިނެވެ.

ބިދޭސީއަކު މާތްﷲ އަށް ފުރައްސާރަ ކުރިއިރު އެމަންޒަރު ބަލަން ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅައި ތިބުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އޭނާ ފަހުން ހައްޔަރުކޮށް މިއަދު ދޫކޮށްލުމުން އަނެއްކާ ވަނީ އިތުރު ފާޑުކިޔުންތައް އަމާޒުވެފައެވެ.

މީގެ ކުރިން ބައެއް މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އެމީހުންގެ ބަންދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް މާތްﷲ އަށް ފުރައްސާރަކުރި ބިދޭސީ މީހާގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރާކަމަކަށް ފުލުހުން ވިދާޅެއް ނުވެއެވެ.

ފާއިތުވި ދެއަހަރެއްހާ ދުވަހު އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އެތައް މައްސަލައެއް ރާއްޖޭގައި ފެންމަތިވި ނަމަވެސް ދީނަށް ފުރައްސާރަ ކޮށްގެން ހައްޔަރު ކުރީ އެންމެ މީހެކެވެ. އިސްލާމްދީނަށް ފުރައްސާރަ ކުރާ ގިނަ މައްސަލަތައް ފުލުހުން އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤު ވެސް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އެމައްސަލަ ބަލައިފިނަމަ އިންޑިއާގެ ބޮޑުކާފަރު ގެރިމޯދީ ރުޅިދުރުވާނެޔޯ

    އަޅެ އެމް ޑީ އެން ހަމީދުގެ މަ އްސަލަ ބަލާފަނު ތިމީހާގެ މަ އްސަލަބަލާނީ އެހެންނޫނަސް އެއ އީ އިންޑި އާ ކާފަރެ އް އެހެންވީމަ އެހެންވީމަ ޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯk ވާނެ ދޯ؟

    34
    1
  2. ކޫބެ

    ކޯޓުންދޫކުރީ ކާކުތޯ ކާކުބުނެގެންތޯ ރަށްޔަތުންބަލަންޖެހޭނެ މިސަރުކާރަކީ ރަށްޔަތުންގެ ކުރިމަތީ އިސްލާމްދީން ހިމާޔަތް ކުރާނަމޭ ބުނެ ﷲ ގަންދީހުވާކޮށްފަ މަކަރާހީލަތުން ހިންގާ ލާދީނީ ސަރުކާރެއް މިސަރުކާރާ ދެކޮޅަށް ރަށްޔަތުން ތެދުވުމަކީ ގައުމީ ވާޖިބެއް.

    47
    1
  3. Anonymous

    އެކުދިން ގަންނަވާ ބިރެ އްގެ ބޮޑުކަމުން ބުނަން ނުމެރުނީ ކަމަށް ވާނީ.

    36
    1
  4. ލާދީނީ އިންޑިއާ އައުޓް

    ކީ އްކުރަން ލާފަހުރި ޔުނީފޯމެ އްބާ ފަރިޔަކަށް ތޯ ނޫނީ މީހުނަށް ދެ އް ކެން ތޯ ނޫނީ ފޮޓޯ ނަގަގަން ތޯ ނޫނީ ތިމާވަރެ އް ނެތްކަން މީހުނަށްދަ އްކަން ތޯ؟ ެެެެެެެެެެެެެެެެެެެެެ

    25
  5. ކޯރި

    ދިވެހި ސޮރަކު ބައިސްކަލެއްގެ ތަޅުހަލާކުކުރިއޭކިޔާފަ 3 އަހަރަށް ހުކުންކޮށްފަ ޖަލުގަ އަދިވެސް އެއޮތީ. އެކަމަކު މިވަރުގެ ބޮޑެތި ކަންތަކުގަ މިހެންވާއިރު ލަދެއްވެސް ނުގަނޭބާ ދިވެހިން.

    28
  6. ކަލޯ

    މިއީ އިނޑިޔާ އަޑީގައި އޮވެ މި ލާދީނީ އެމްޑީޕީ ބައިގަނޑު ކުރަމުން އަންނަ ކަމެއް. ބޭނުމަކީ ދީނާމެދު ދިވެހިންގެ މެސުގައިވާ އަޤީދާ ބަލިކަށކޮށް ނައްތާލުން. ކޮބައިތަ މިގައުމުގައި އުޅޭ ދީނީ ބައިގަނޑު؟ އެއީ ހަމަ މުނާފުގުން،

    20
    3
  7. ކީއްތޯ ކުރާނީ

    މިމީހުން ހީކުރާ ކަހަލަ މިމީހުންނަކީ ތާ އަބަދައް ދުނިޔޭގައި ތިބޭނެ ބަޔެކޭ އަދި މާ މަތިވެރި މާބާރުގަދަބަޔެކޭ ކޮބާތޯ އެބާރު ލޮލައް ނުފެންނަ ސޫއްޕެއް މުޅިދުނިޔެ ކުޑަކަކޫޖަހައިގެން އެއުޅެނީ ކިތައްމެ ވަރެއް ދައްކާލިޔަސް މަރުނުވެ ނުނިދާ ނުކައި ނުބޮއި ނޫޅެވޭނެ އެންމެ ބާރުގަދަ ވެރި ފަރާތަކީ ކީރިތި މާތްﷲ ތައާލާ

    18
  8. ފެށުނީ

    ފެށުނީ ދިވެހިންނޭ ކަންތައް ފެށުނީ! ޢިންޑިޔާ މީހާ ހަމަޖެހިލައިގެން މަސްތުވެލައިގެން މަގުމައްޗަށް ނުކުމެ ބި ރެއް ނެތި ދިވެހިންގެ ދީނަށް ފު ރައްސާ ރަކޮށްފަ ސަ ރަހައްދުގަ ތިބި ދިވެހި ފުލުހުންނަށް އަނިޔާ ކު ރާނަން ކަމަށް އިންޒާ ރުދީފަ މި ބުނަނީ އެއްކަމެއްވެސް ނުކު ރެވޭނެޔޭ ދިވެހި ކޯޓުތަކުގަ އޭނާގެ ނުފޫޒު އެބައޮތޭ! ޙޭއަ ރާ ދިވެހިންނޭ! ތާ ރީ ހު އިޔާދަވަނީ، ހާއިނުންތަކެއް އަޑީގަ ތިބެގެން މިޔޮށް ބޭ ރު ބަޔަކަށް ގައުމުދެނީ!

    25
  9. ގަނޑިޔާ!!!

    ދެން ފެންނާނީ ތިސޮރު ފުރައިގެން ފިލައިގެން ދާތަން ފިނޑިއެންހެން.

    17
    • ވެރިން

      އެސޮރު ފުރާއިގެން ދާނީކީ ނޫން، އެސޮރު ވީއައިޕީ އިއްޒަތުގަ ފުރުވާލާނީ.

  10. ކޮސްބެ

    އޭނައަށް ހެޔޮކޮށް ހިތާ މާތް ﷲ އަކީ ކޮބައިކަން އަންގައިދޭންވީނު؟

    1
    1
    • ޙައްގު

      މާތްﷲ އަކީ ކޮބަ އިކަންވެސް ކިޔަ އިދޭންވީ ނަސޭހަތްވެސް ދޭންވީ، ހަމަ އެހެން ހަ އްގު އަދަބުވެސް ދޭންވާނެ. ނޫނީ ހުރިހާ ކު އްވެރިންވެސް ނަސޭހަތްދީފަ ދޫކޮށްލަންޖެހޭނީ.

  11. ރާޔާ ޙަމީދު

    ރައްޖޭގެ ސަރަޙައްދުން އަތުލައިގަތް އެތައް ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެވުމުގައި ޗޮކުންފެރީގެ ރޯލު ބޮޑު! ތަޙްޤީްު ކުރުމަށް ފުލުހުންނާ ސިފައިން ތިބެންޖެހޭނީ ނުކުޅެދިފަ! ދިވެހި ދައުލަތް ހިންގަނީ ރާއްޖޭގައިހުރި އިންޑިޔާ އެންބެސެޑަރ!

  12. ވެރިން

    ނިކަން ޕޮލިހުންނަށް ކީއްކުރަން އާއްމު މީހުންނަށް
    އަޑު އިވޭ ތަނެއްގަ އިންޑިޔާގަ އެމީހުން ކަލާނގެ ކިޔާއިގެން އުޅޭ ހިލަގަނޑަށް ނުނީ ގެރިޔަށް ފުރައްސާރަ ކޮށް އެއްޗެއް ކިޔާލަބަލަ އެމީހުން ބަލަން ތިބޭތޯބަލަން. ޢަޑުނީވުނަސް ށައްކު ވެއްޖެޔަސް އެމީހަކަށް ކުޅި ދައްކާލާނެ.

  13. ވެރިން

    މިސަރުކާރު އޮތް ހާދުވަހަކު މިގައުމުގަ އިންޑިޔާ މީހަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ. ވަކިހިސާބަކަށް ދިޔާމަ ބުނާނެ ދެގައުމު ދެމެދު ގަ ސޮއިކޮއްފަ އޮތް މުއާހަދާގެ ދަށުން މައްސަލަ ބަލާނީ އިންޑިޔާ ގަޔޭ ކިޔާފަ ފޮނުވާލާނެ .

  14. ކަމަނަ

    ޕޮލިހުން، އަދި ހަމީދަށްވެސް އެނގޭނެ އެންމެ ފުރަތަމަ އޮންނާނީ ދީނާއި ޤައުމުކަން ދެން ކީއްވެ ޖަވާބުދާރީނުވެވެނީ މީ މަކަރުވެރި ސަރުކާރެއް

  15. ގައުމީ ލޯބި

    މީނާ މިމަގާމަށް ކުފޫ ހަމަ ނުވޭ ދޯ، އިސްލާމްދީނާއި ގައުމު ހިމާޔަށް ނުކުރެވޭ ނަމަ އަވަހަށް ގެޔަށް ވަޑައިގަންނަވާ..؟

    އިސްތިއުފާ ދެއްވާ؟
    ތި ކުރާހިއްވާ ކަމެއް ކުރައްވަން ގެޔަށް ވަޑައިގަންނަވާ!
    ގައުމިއްޔަތު ހަލާކު ނުކުރައްވާ!

  16. ފާއިޒު

    ކޯޓުން އޭނާ ދޫކޮށްލިކަމަށް ބުނާއިރު ކޯޓަށް ގެންދިޔައީ ކޮންކަމަކަށްބާ؟ މަސްތުވުމުގެ މައްސަލާގައިބާ؟ ދީނަށް ފުރައްސާރަ ކުރި މައްސަލާގައިބާ؟ މީހަކު ހައްޔަރު ކުރުމަށްފަހު މުއްދަތު ޖަހަން ގެންދާ ގޮތެއްގެ ސަބަބުންވެސް ކޯތުން އެމީހަކު ދޫކޮށްލާފާނެ.
    މީހާ ހައްޔަރު ކުރީ މަސްތުގެ ޙާލަތުގައި މަގުމަތީ ހުރުމުންނޭ ބުނެފިނަމަ އެއީއެއީ މިހާރަށް ބަލާއިރު މުއްދަތު އިތުރު ކުރަންޖެހޭ ކަމެއް ނޫން.

  17. Anonymous

    ياﷲ، މި ގައުމުގައި ހެޔޮ ކަންކަމަށް އަމުރުކުރާ، ނުބައި ކަންކަން ނަހީކުރާ، މުސީބާތުގެ ވަގުތުގައި ކެތްތެރިވެ، ކެތްތެރިވުމަށް ގޮވާލާ، އިންސާފުވެރި، ތެދުވެރި، އަމާނާތްތެރި، ރައްޔިތުންނަށް ހެޔޮއެދޭ، އިސްލާމްދީނާއި، ގައުމުދެކެ ލޯބިވާ ހެޔޮއެދޭ، ހަރުދަނާ އިސްލާމީ ހެޔޮ ވެރިއެއް މިބިންމަތީ ލައްވާނދޭވެ!

    • Anonymous

      އާމީން