ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އެންމެފަހުން ކައިވެނި ބައްލަވައިގެއްނެވި ރާނިޔާ އަހުމަދު އާއި ގުޅޭގޮތުން މީސްމީޑިއާގައި މިހާރު ދެކެވޭ ވާހަކަތައް ދޮގުކޮށް ރާނިޔާގެ ދިފާއުގައި ގާސިމް ނިކުމެވަޑައިގެންފިއެވެ.

ރާނިޔާއާއި ގުޅޭގޮތުން މީސްމީޑިއާގައި ބަޔަކު މީހުން ފަތުރަމުން އަންނަ ވާހަކަތައް ދޮގު ކުރަމުން ކުރެއްވި ޓްވިޓެއްގައި ގާސިމް ވިދާޅުވީ، އެކަމަކީ އެއީ ގާސިމް ރާނިއާ އާއި އިނުމުން ރާނިއާ އާއި ގާސިމްގެ އަގުވައްޓާލުމަށް ބަޔަކު ކުރަމުން އަންނަ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މީސްމީޑިއާގައި ރާނިއާ ދެއްކި ވާހަކަތަކެއް ކަމަށް ބުނެ ފަތުރަމުންދާ ޗެޓް ލޮގްތަކަކީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ރާނިއާގެ ފޭސްބުކް އެކައުންޓް ހެކްކޮއްގެން އެ ހެކްކުރި މީހުން އުފައްދައިގެން އުޅޭ އެއްޗެހިތަކެއް ކަމަށެވެ.

ގާސިމް އާއި ރާނިޔާ ކައިވެނި ބައްލަވައިގެންފައިވަނި މިދިޔަ މަހުގެ ތެރޭގައެވެ.

ރާނިޔާ އާއި ގާސިމް ކައިވެނި ބައްލަވައި ގެންނެވުމުން މިހާރު ގާސިމްގެ ހަތަރު އަނބިކަނބަލުން އެބަތިއްބެވެ. ގާސިމް ރާނިޔާ އާއި ކައިވެނި ބައްލަވައި ގެންނެވީ މިނިސްޓަރ އައިޝަތު ނަހުލާ ވަރިކުރެއްވުމަށް ފަހު ކަމަށް މީސް މީޑިއާގައި އަޑުފެތުރިފައި ވީނަމަވެސް އެއީ ދޮގު މައުލޫމާތެއްކަން ނަހުލާގެ ވަރަސް އަރިސް ބޭފުޅަކު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

އެކައިވެނި ކުރައްވާފައިވަނީ މިނިސްޓަރު ނަހުލާގެ ރުހުމާއި އެކީ ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ. ގާސިމްގެ ހަގު އަނބިކަނބަލުންގެ ގޮތުގައި މިހާތަނަށް އިންނެވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ރާނިޔާ

    ޝުކުރިއްޔާ ފިރިމީހާ

    57
    8
    • އުނާދާ

      މުސްކުޅި އެކާ އިނީ ފައިސާއާ މުދަލައް. މި ރާނިޔާގެ ބައްޕަޔަށް ވުރެ 3ގުނަ ދޮށީ މީހެކާ. ފައިސާއަށް ކުރުވި ކަމެއް. އައްޗީޑި

      108
      29
      • މާމިގިލީ މީހާ

        ރޫ މަތީ ރޫ ޖެހިފަ އިން މުސްކުޅިއެއް.

        29
        10
        • މަކުނުބިސް

          ކަލެއް ކޮންކަމެއް.

          12
          3
  2. ޢެދުރުބެ

    މުސްކުޅި ވީމަވެސް އުޅޭ ގޮތެއް! ރާނިޔާ ލަދެއް ނުގަނޭތަ

    91
    30
  3. Anonymous

    ރާނިޔާ ގާސިމާ އިނަސް މީ މަށާ ބެހޭ ކަމެ އް ނޫން.

    131
    4
  4. ޢެދުރުބެ

    ޜަންކީ އަގުކުޑަ އެއްމިލިއަން ރަނގަޅީ ތިޔޮއް ޅަކުއްޖަކާ އެރަން ނުގުޅޭ! ޢަދިގާސިމް ބެއެއްވެސް ނުގުޅޭ؟ ފައިސާގެ ދަހިވެތި ވެއްޖެއް ވެދާނެ އެހެން

    69
    11
    • ހަމިީދުބެ

      މާލޭން ގޯއްޗަކަށް ރަންކީ.
      އޮޅުވަލަން އުޅެނީ.
      ހަމީދު ބަ ފާބެ ސަލާންބުނި. ބާގީއަށް

      23
      2
  5. މުހައްމަދު އަންޖުމް

    ނިކުމެ ހުރެދާނެނު އެވަރެއްނެތީމަ އެކަމު މީޑިޔާގަ އެނބުރޭ ފޮޓޯތަކާ ވާހަތަކުގެ ކުރިމައްޗައްވެސް ނިކުމެބަލަ މުޅިދުނިޔެ ބަނޑުދަޑުނުލެވިގެން އުޅޭކަހަލަ އަމިއްލަ މުއްސަނދި ކަމުން މުވައްޒަފުން ބަނޑައްޖައްސާ ބޮޑު ފިރުއައުނު ކަލޭގެ

    68
    8
  6. ޜަޒޫ

    ޜާނިޔާ އެހުރީ ފަިއިސާގެ އަވާގަ ޖެހިފަ

    69
    10
    • ނޫސްކިޔާމީހާ

      ގައިމު ބުނި އިލާހީގުޅުމުން ތިމަންވަނީ ޢާއިޝާ އާ ގުޅިފައޭ. މިހާރު ބުނާނީ އިލާހީގުޅުމުން ގުޅުނީ ރާނިޔާ އާއޭ. އަޅޭ ލަދެއްވެސް ނުގަނޭތަ އުމުރުން މިހާދުވަސްވެފަ ތިބޭމީހުން ތިމާމެންނަށް މުނިކާފަ ކިޔާވަރުގެ ކުދިންނާ ކައިވެނި ކުރަން.

      32
      4
  7. މާމިގިލީ މީހާ

    މުސްކުޅި ކަލޭގެ 70 އަހަރޯ ކިޔާގެން ޒުވާންވާން އުޅޭ ބާގީއެއްމީ. އައިޑީކާޑު ހަގުކޮއް ޖައްސަފާ އިނީ. 80 ވެފަ ހުރީ ބުރުމާއަށް. މުނައް ބަލާލީ މާވެސް އިގޭ މުސްކުޅިއެއްކަން.

    51
    16
  8. 🌹ރޯޒީ🌹

    މަށެއް ނީންނާނަށް އެއލައްކަ ރުފިޔާ ދިނަސް އެއީ ވަގުތީ އުފަލެއް

    81
    11
    • ާއަސޭލަރ

      މަބޭނުމީ މުސްކުޅިޔަށް. ގޭގަވެސް ގޭން ބޭރުގަވެސް މަރައްކާތެރި ކޮއްދޭ މީހެއް. ޢަދި މަށަށް އެންމެ މުހިންމީ އަބުރު ރައްކާތެރި ކުރުން.

      22
      2
    • ސާބިޔާގެ ފިރިމީހާ

      މަ ބޭނުމެއް ނޫން

      18
      1
  9. ---ހޮއް ޑޮއްޑޯ

    މަންޖެ ބޭނުންވީ 3 އަންބިންގެ މުސްކުޅި ފިރި މީހާ@ މަންޖެ ބޭނުންވި ކަންތައް މިހާރު ހާސިލްވެއްޖެ!

    25
    2
  10. ހަގީގަތް އިނގޭ މީހާ

    ދުވަސްކޮޅަކުން ތިބޭފުޅާއަށް ހުރިހާ ކަމެއް ސާފްވެ އެނގިގެންދާނެ. އަދި ތިހުރީ އަވާގަ ޖެހިފަ. ހަގީގަތް ދަސްވާން ނަގާނެ ދުވަސްކޮޅެއް. އެދުވަހަކުން ޔަގީން ރާގާ މިއުޒިކް ބަދަލުވާނެ. 4 އަނބިންނާއި އިނުމަކީ ފިރިހެނަކަށް ލިބޭނެ ވަރަށް ބޮޑު ނިއުމަތެއް. ނަމަވެސް ހަޔާތަށް ގެންނަ ބައިވެރިޔަކު ހޯދަންވާނީ ވަރަށް ވިސްނާފަ. އުންމީދު ކުރަން ދެރަ ގޮތެއް ނުވާނެކަމަށް ..

    24
  11. ހުސޭނުބޭ

    އަޅެ ޤާސިމޫ! ޤާސިމު ތީ ތަނެއްގެ ވޮޗަރެއްކަމަށް ވަނީވިއްޔާ ރާނިޔާ ތިހެން ކަލޭ ފަހަތުން އިންނަންވެގެން ދުވާނެތަ؟ ޤާސިމަށްވުރެ ގިނަ ލާރި މަ އަތުގައި ހުރިނަމަ މިއަދު ރާނިޔާ އިނީ ޤާސިމަކާނޫން! މަށާކަން ޔަޤީން!

    22
    1
  12. ޢުނބުޝޭމް

    ތީ ފިރިން ނަކީ ގާސިމް. ޥަރަށް އު ފާ ވެއްޖެ އަބިކަނބަލުން ދި ފާއު ކޮއްދެއްވީތީ. ޢަސްލު ގިނަމީހުން ހަދާހެން އަބިމީ ހާ ދި ފާއު ނުކުރުމަކީ ހަޑިކަމެއް.

    17
    7
  13. މުބީނު މާރނީ

    އިބޫ މިހާރުވެސް ޤާސިމް އަށް ވުރެ މުސްކުޅި.

    13
    2
    • އައިޝާ

      ބަލަ އިބޫ ނޫޅޭ ބޯ ކަޅު ނުކުރެވިގެނެއް...

      9
      1
  14. ސަމް ވަން

    ކޮންމެ ފިރިހެނަކު ވެސް އަނބިމީހާގެ ދިފާއުގަ ނިކުންނާނެ އެވެ. އެއަކީ މައްސަލައެެއް ނޫނެވެ. ކައިވެނީގެ މާތް ގުޅުމަށް އިޚްތިރާމް ކުރާށެވެ. އަޅަމެންގެ ނަބިއްޔާ އުންމަތަށް ކައުކުރެއްވި މާތް ސާހިބާ އާއިޝާތް ގެފާނާ ކައިވެނި ބައްލަވައިގަތީ އާއިޝަތުގެފާނު އުމުރުފުޅުން 7 އަހަރުގައެވެ. ހެޔޮ ދުޢާ ނުކުރެވޭނަމަ ހަނުހުރުން އައުލާކަން ބޮޑުވެގެންވެ އެވެ

    35
    2
  15. މާމިގިލި

    ރާނިޔާ މަ ހަމަ އަޖާއިބު ވެއްޖެ ކާކު ބުނެގެން އިންމީހެއްތަ އެއީ މުސްކުޅި ގަނޑެއް ؟ރާނިޔާ ހަމަ ލޯބިންތަ އިނީ ލަދުން ބޯހަލާކު ގާސިމު މުންސަނދި ކމެއް ނެތް މުވައްޒަފުންނަށް މުސާރައެއް ނުދޭ؟

    28
    3
  16. ނިކަމެތި މީހާ

    މީހުންގެ ޒާތީ ކަންކަމާ ނުބެހެމާތޯ!

    29
    6
  17. ބީރުމީހާ

    ޣާސިމުއަށް އިތުރު އާއިލާއަކަށް އެހީތެރިވެވުނީ ޝުކުރިއްޔާ އެކަމަކު މުވައްޒަފުންގެ އާއިލާތައް ބިކަވެއްޖެ ދުވަސްވަރުގެ ގޮތުން ތިޔަ ކުރެއްވި ކަންތަކަށް މީސްތަކުންގެ ބަދުބަސް ލިބޭނެ

  18. މެކުނު

    70 އަހަރުވެފައިވާ ނިކަމެތި ފަގީރު އަޅާލާނެ މީހަކުނެތް ކިތަންމެ ދިވެއްސެއް އެބައުޅޭ
    އަޅެ ފައިސާގެ ދަހިވެތިކަމުގަ ނޫންވިއްޔާ މީގެން މީހަކާ
    ރާނިޔާ ކައިވެނި ބަަށްލަވާގަންނަންވީނުން

    10
    1
  19. ކަތިރިިޔަަާ

    އެމީހަކު އުޅޭނެ ގޮށްތެން އެގޭނީ އެމީހަކަ

    7
    3
  20. އެންދެރި

    އެމީހަކު އުޅޭނެ ގޮށްތެން އެގޭނީ އެމީހަކަ

    6
    3
  21. ކަލޯ

    ފާއިސާދެކެ ހޭބަލިވިޔަސް މީދެންބޮޑުވަރު ތި.ބޭއައްކޮށް ދެވޭނެ އެއްކަމެއްވެސް ނޯނާނެ

    5
    4
  22. ޓްރަމްޕް

    ރާނިޔާއަށް ވުރެން އައިޝާ މާ ލޯބި. ރާނިޔާ ވެސް ލޯބި އެކަމް ހާދަ ޗާލޭ ފަތްމިނި ކަމަނާ އައިޝަތު ނަހުލާ މާޝާ ﷲ. ހަކުދިންގެ މަންމަ އެެއްހެން ހަމަ އެއްގޮތަކައްވެސް ހީނުވޭ. ރާއްޖޭގެ ދެކުނަށްވުރެން އުތުރުގެ ކުދިން ހަގީގަތުގަވެސް މާ ލޯބި...

    18
    1
    • ހޭ

      ސާބަސް 😅 ރީތިކަން އަދި އޮތީ ސުވަރުގެ ދެވޭ ބަޔަކަށް ލިބުން އިންޝާﷲ. ރީތިކަމަކީވާ ހުރިހާ އެއްޗެއްނޫން. އެންމެންވެސް މާތްﷲ އަށް އިތުބާރުކޮށްފަ އަމިއްލަ ދިރިއުން އިސްލާހުކުރެވޭތޯ އުޅުން މާ ބުއްދިވެރި ނޫންތޯ. ހަގީގީ ހިތްހަމަޖެހުން ނޫންތޯ ބޭނުންވަނީ. އެކަލާނގެ އެންމެންނަށްވެސް ހަމަހަމަ. ބުއްދި އިސްކުރީމަ އެނގޭނެ މިކަން އިންޝާﷲ

  23. ނ ރަސޯދު

    ގާސިމްގެ 4 އަނބިންނާއެއްކޮށް ފޮޓޯއެއް ވައްޓާލަބަލަ..ތިހާ ގުޅުން އޮތިއްޔާ އެއް އަނބި އަނެއް އަނބި...

    12
  24. ރާނިޔާގެ އެކްސް

    ދޯކާ ދޯކާ ދޯކާ ދީފި!