ދަރިންނަށް ކިޔަވައި ދޭން ކުރަން ޖެހޭ ބުރަ މަސައްކަތް ބެލެނިވެރިންނަށް ތަޖުރިބާ ކުރެވުމުން މުދައްރިސުންގެ މަސައްކަތަށް އޮތް ގަދަރު ބޮޑުވެފައިވާ ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވީ ގޭގައި ތިބެގެން ދަރިވަރުންނަށް ތައުލީމް ދޭން ޖެހުމުން އެންމެ ކުއްޖަކު ފިލާވަޅުގައި މަސްއޫލު ކުރަން ޖެހޭ ބުރަ މަސައްކަތް ބެލެނިވެރިންނަށް އިހްސާސް ކުރެވި މުދައްރިސުންނަށް ދޭ ގަދަރު އުފުލިފައިވާ ކަމަށެވެ.

އާންމު ހާލަތުގައި ވެސް ފިލާވަޅެއް ނަގައި ދިނުމަށް މުދައްރިސުން ކުރާ ބުރަ މަސައްކަތް، މުދައްރިސެއްގެ ހައިސިއްޔަތުން އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވާ ޑރ.އައިޝަތު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ފުރަބަންދުވުމާއި ސިއްހީ ކާރިސާއަކާ ކުރިމަތިވުމުން މިހާރު މުދައްރިސުން ކުރަން ޖެހޭ މަސައްކަތް އިތުރަށް ބުރަވެފައިވާ ކަމަށެވެ.

އެގޮތުން ސިއްހީ ކާރިސާއަކާ ކުރިމަތިލަމުންނާއި އާއިލާ އަށް ވަގުތު ދެމުންނާއި ދަރިވަރުންގެ ހާލަތު ބަލަމުން މުދައްރިސުން ކުރާ ބުރަ މަސައްކަތް އޭނާ ފާހަގަ ކުރެއްވިއެވެ.

"ކުރިން ނުފަރިތަ މަންސަތައް ބޭނުންކުރުމަށް ތަމްރީނު ހޯއްދަވާ ފަރިތަވެ ފިލާވަޅުތައް ދަނީ ނަގާދެމުން. މިކަންކަމުން ދައްކުވައިދެނީ މުދައްރިސުންގެ ފަހެލިކަމާއި އާ ކަންކަމަށް ފަރިތަވެގަންނަވާ އަވަސް މިން." އެކަމަނާ ވިދާޅުވިއެވެ.

ކޮންމެ މީހެއްގެ ފިކުރާއި ކުރިމަގު ބަދަލުކޮށްލި ކޮންމެވެސް އެއް މުދައްރިސަކާއި ދިމާވެފައި ވާނެ ކަމަށާއި ގިނަ ބަޔަކު ކުރިއަރާ ދިއުމަށް މެދުވެރިވީ އެ މީހުންގެ މުދައްރިސުންގެ ސަބަބުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި މުދައްރިސްކަމަކީ އޭގެ އަސަރު އެތައް ޒަމާނަކަށް ދެމިގެންދާ ކަމެއް ކަމަށާއި އެއީ ގަދަރުވެރި މަސައްކަތެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އުނގަންނައި ދިނުމަކީ ކަންކަމުގެ ހަގީގަތް އެނގުމެއް ނޫން. އެއީ ކަންކަމާ މެދު ވިސްނައިދޭ ސިކުނޑިއެއް ތަމްރީންކުރުން. މިފަދަ ސިކުނޑިތައް ތަމްރީން ކުރުމުގައި ތިޔަ މުދައްރިސުން ވަނީ އެތަކެއް ވަގުތުތަކެއް ގުރުބާންކޮށްފައި. މި ގުރުބާނީއަކީ އަޅުގަނޑުމެން އެކަމުގެ އަގު ވަޒަންކުރަން ބޭނުންވި ކަމުގައި ވިޔަސް ބުނެލާ ބަހަކުން، ދޭ އުޖޫރައަކުން ނުވަތަ ފާހަގަކުރާ ދުުވަހަކުން އަގު އަދާކުރެވޭނެ ގުރުބާނީއެއް ނޫން." ޑރ.އައިޝަތު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ދަރިވަރުންނަށް ތައުލީމް ފޯރުކޮށްދިނުމަށް މުދައްރިސުން މަސައްކަތް ކުރާ ވައްޓަފާޅިއަށް ބަދަލު އައި ނަމަވެސް، މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އޭނާ ވަނީ ހުރިހާ މުދައްރިސުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޙަސަން

  ގަދަރު ބޮޑުވާނީ އިސްލާމް ދީނުގައި އަންހެނުންގެ ހެދުން އަޅަން އަންގަވާފައިވާ ގޮތަށް ކަމަނާ ހެދުން އަޅައި ސްކޫލް ކުދިންނަށް ނަމޫނާދައްކަވައިގެންނެވެ. ހުރިހާ ދީނީ ޢިލްމުވެރިންވެސް ބުރުގާ އެޅުމަކީ މަޖުބޫރުކަމެއްކަމަށް ވިދާޅުވާއިރު ކަމަނާ ތިހެން ހުރުމުން އަހަރެމެންނަށް ކަމަނާއަށް ކުރަންޖެހޭ އިހްތިރާމެއް ނުކުރެވެއެވެ.

  10
  1
 2. އިބްރިހިމް ބެއްޔާ

  ކަމަނާއަށް އެގިވަޑައި ނުގަންނަވާ ސްކޫލްތަކުން ޓީޗަރުންނާއި މެދު ޢަމަލުކުރައްވަމުންގެންދަވާ ހަރުކަށި ޤަވާއިދު ، އަދި ޙާއްސަކޮށް ސްކޫލްތަކުގެ އިސްބައެއްބޭފުޅުން، ބައެއް ސްކޫލްތަކުގެ ޖޫނިއަރ ޓީޗަރުން ތިބެނީ ނަފްސާނީގޮތުން އަނިޔާލިބިލިބި ، ފިއްތުންތައް ފިއްތާ، އެވަރަށް ބުލީކުރޭ

 3. އަހައްމާދީ

  ކިޔަވާގެ ނިކުންނަ ޒުވާން ޓީޗަރުންނަށް ފުރުސަތެއް ނުލިބޭ، ތަޖުރިބާ ނެތްނަމަ ނޯ، އެހެންނޫން ސިޔާސީ ބޭފުޅަކު ކޯލް އޯ،ކޭ ޖޮބް ލިބުނީ މީ މިރާއްޖޭގެ އަދުގެ އުސޫލް، މުޅި އެތި ކޮންޓްރޯލް ކުރާ ރިމޯޓް އޮތީ ސިޔާސީ ވެރިންގެ އަތްމަތީގައި އިގޭތޯ؟؟؟

  6
  1
 4. ާާިީިުހުސްނި

  ގަދަރު ބޮޑުވީމާ މުސާރަ ކުޑަ....... މުދައްރިސުންގެ ފުލެޓް ކާލީ....

  11
 5. ކޮށްދޭނަމޭ

  ސްކޫލުތައް ފަޅަށް، ޓީޗަރުންނަށް ބުރަ ކަމަށްވާނަމަ މަމެން އެެކަމާއި އުފާ ކުރަމޭ މަމެން ޓީޗަރުންނަށް ޔަގީން ކަން ދެމޭ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ދިވެހި ޓީޗަރުންނަށް މަމެންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭގެ އިރުން އޮތް ބޮޑު ފަޅު ހިއްކާ ކޮންމެ ދިވެހި ޓީޗަރަކަށް ހިލޭ 10 ހާސް އަކަފޫޓްގެ ބިމެއް އެތަނުން ދީ އަދި ބީއެމްއެލް މެދުވެރިކޮށް ލޯން ސަރުކާރުން ސޮވެރިންގް ގެރެންޓީ ދީގެން ހަދާދޭނަމޭ 25 ބުރިއަށް އަދި 3 ފްލޯރ ގައި ކޮލެޖް ހިންގޭ ގޮތަށް ތިން ފްލޯރ ވެސް އެގޮތަށް ތަރައްގީ ކޮށް ދޭނަމޭ...

 6. މޫސަ

  މަޤަމާ ހަވާލުވެ ވަޑައިގެން އެންމެ ފު ރަތަމަ ވެސް ހު ރިހާ މުދައް ރިސުންގެ ގަދަ ރު ތިޔަ ބޮޑުކޮށް ދެއްވީ ކިހިނެއް ހަދައިގެންބާ؟ ގަދަ ރު ބޮޑުނަމަވެސް މުދައް ރިސުންގެ އަގު ވަ ރަށް ދަށް. އެކަން ކަމަނާ އަށް އެނގި ނުލައްވަނީތޯ؟

 7. ކެޔޮޅު

  ހަމައެކަނި ގަދަރުކުން ފުއްދޭކައް ނެތް މުސާރަބޮޑުކުރޭ ޕުރައިމަރީ ޓީޗަރަކައް /18000ރ ލިބެންޖެހޭ.