މާލޭގައި ހަދަމުންދިޔަ އިމާރާތަކުން މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭގެ ފާމްދޭރީ މަގުގައިި ހަދަމުންދިޔަ އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމަށް ފުލުހުންނަށް މިއަދު މެންދުރު ފަހު 15:20 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ އިމާރާތުން ވެއްޓިފައި ވަނީ ބިދޭސީއެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް މެޑިކާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާއަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ފުލުހުން ދަނީ މިކަން ހިނގާދިޔަ ގޮތް ބަލަމުންނެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި ވެއެވެ. އަދި މިފަދަ ހާދިސާތަކުގައި ބައެއް މީހުން ނިޔާވެފައިވެސް ވެއެވެ.