ޖުމްހޫރީ ޕާޓީ އޮތީ ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެކީ ކަމަށް އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވެފައިވަނީ އޭނާގެ ނަމުގައި ހަދާފައިވާ ޓުވިޓާ އެކައުންޓަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއިދު ކުރައްވައި ކޮށްފައިވާ ޓުވިޓު ދޮގު ކުރައްވައެވެ.

އެގޮތުން އެ ޓުވިޓުގައި ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އިންނެވުމަކީ ދިވެހި ގައުމު ލަދުވެތިވާން ޖެހޭ ކަމެއް ކަމަށާއި ރައީސް ޔާމީނާއި އެކީ މަޝްވަރާއަށް ދާން ޖުމްހޫރީ ޕާޓީއިން ތައްޔާރަށް އޮތް ކަމަށެވެ.

މިކަން ދޮގު ކުރައްވައި ގާސިމް ކޮށްފައިވާ ޓުވިޓުގައި ވިދާޅުވެފައި ވަނީ، އެ ޓުވިޓަކީ އޭނާ ކޮށްފައިވާ ޓުވިޓެއް ނޫން ކަމަށާއި އެކަން ކުރި ބަޔަކު އެކަން ކޮށްފައިވަނީ އޭނާއާއި ޖޭޕީ އަށް ކުރާ ތާއީދު ގެއްލުވާލުމަށް ކަމަށެވެ.

"ގާސިމް އާއި ޖޭޕީ އޮތީ ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެކު. މިކަން ކޮށްފައި މިވަނީ ގާސިމް އާއި ޖޭޕީ އަށް ކުރާ ތާއީދު ގެއްލުވާލުމަށް" ގާސިމް ކުރައްވާފައިވާ ޓުވިޓުގައި ވެއެވެ.

ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން މުހިންމު އެއް ޕާޓީކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހަގުއަނބި

    އެއްފަހަރާ ހަތަރު އަބިން ގެންގުޅުމުގެ ތަޖުރިބާ ހުރެދާނެ އެކަމަކު ސަރުކާރާ އަދި ރައްޔިތުންނާ މިދެކަންތަކުގައި ގާސިމަކަށް ހުންނާކަށްނޭގޭނެ1

    49
    1
  2. ހަނި

    ބަލަ ގާސިމް މޮޔަފުޅު ވީތޯ ކު ރީގާ ތިކޮލިސަނަށް ރައިތުން ތާއިދުކު ރިޔަސް މިއަދު ގިނަ ދިވެހި ރައިތުން ތާއިދުނުކު ރޭ ދިވެހި ގިނަ ރައިތު އާދޭސް ކޮށްފާއެގޮވަނީ ،މިސަ ރުކާ ރު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ ޢސްތިފާ

    44
  3. ރައްބެ

    ރައްޔިތުން މިހާ މިހާ ނިކަމެތިވި ދުވަސްވަރެއް ދިޔަތޯ. މަނިކުފާނުމެން މަޖާ ނަގަމުން ކުރާ ކައިވެނި ވަނީ އިތުރު ނޫންތޯ. ހަމަ ގައިމުވެސް ޔާމީން އިއްޒަތެރި ހަ އެއްކަ މީހުން ޖަލަށް ލިޔަސް ގައުމުގެ ރައްޔިތުން ތިބީ ތަނަވަސްކަމުގައި އުފާ ފާގަތިކޮށް. ހަ މީހަކު ޖަލަށް ލީމައި މުޅި ރައްޔިތުންނަށް އަނިޔާވެރިވިކަން ދައްކަން މަނިކުފާނުމެން ކިހާ ގުރުބާނީއެއް މާލާއި ޖާނުންވީ މެއްނޫންތޯ ތަފާތަކީ މިއަދު ތިޔަފަދަ އިއްޒަތްތެރިން ތިބީ ވަރަށް އިއްޒަތުގައި. ރައްޔިތު ކުދިންގެ ވަޒީފާ ގެއްލި މުސާރަ ނުލިބި ބިކަވެފައި މިއަދު މިތިބީ.

    36
  4. Anonymous

    ހެހެހެ. ދިވެހި ރައްޔިތުންނާ އެކީއޭ؟ ގަރުނުގރ ބޮޑު ޖޯކް! ދިވެހި ރައްޔިތުން އިންޑިޔާގެ އަޅުންނަށް ހެދީ 1 މިލިއަން ޑޮލަރުގެ ލޯނަކަށް. މިއީތަ ދިވެހި ރައްޔިތުންނާއެކު ތިބޭގޮތަކީ؟

    37
  5. ވިސްނާލުމަށް އެދެމޭ

    ގާސިމު ތިބުނިގޮތުން ރައްޔިތުންނަކީ ސަރުކާރާ ޖޕގަތިބި މީހުންއެކަނި...ރޔާމީނާ އެމަނިކުފާނަށް ތާއިދުކުރާމީހުންނަކީ ބިދޭސީންތަކެއްތާ..ރޔާމީން ޖަލުގައޮތީ ގާސިމު ބޭނުންވެގެންކަން ތިބުނީދޯ..ރައްޔިތުން އެދޭގޮތް ގާސިމަށް އެގޭއިރު އިންޑިއާއަށް ގައުމު ވިއްކާލާ ދީނަށް ފުރައްސާރަކުރާއިރު ސަރުކާރުގަ ކޮޑުވިއްދައިގެން ތިހުންނަނީ ރައްޔިތުން އަޅުވެތިވާންއެދޭތީބާ...ގައުމޭ ރައްޔިތުންނޭ ނުކިޔާތި ވޯޓުހޯދަން ނާންނާތި...

    33
  6. ބުރުމާ

    ކަލޭމެންގެ ނުބައި ރޭވުން ތަކުން މިގައުމާއި ރައްޔިތުން ސަލާމަތް ކުރައްވާށި އާމީން

    36
  7. މޮޔަބެ

    7 ފެބުރުއަރީގެ ބަޢާވަތް އަލުން ބަލާނިމޭއިރު އަސްލު މަންޒަރު ފެންނާނެ. ޕީޕީއެމް އަކީ ޕާޓީ ނަންބަރ 1. އަދި ރައީސް ޔާމިނަށް މިއަނިޔާ ދިނުމުގެ ޤާސިމް ބައިވެރިވާކަމަށް ޕީންކީން ޤަބޫލްކުރޭ. މިރާއްޖެ އަޅުވެތިކުރާއިރު ހޮރުގަ ތިބޭ މީހުންނަކީ ގައްދާރުން. އިންޝާ ﷲ ރ.ޔާމިން ޖަލުން ނެރޭނީ ރައްޔިތުން ނުކުމެ.

    28
  8. މާމީ

    ގާސިމް އޮތީ ރައްޔިތުންނާ އެއްކޮއް ނޫންކަން ވަރައް އަވަހައް އިރާދަ ކުރެއްވިއްޔާ ފެނިގެން ދާނެ.

    42
    1
  9. ޤައުމަށްޓަކާ ދީނަށްޓަކާ ރައްޔިތުންގެ ވާހަކަ ކަލޯ ރަނގަޅުވާނީ ނުދައްކައި އަނގަހިމޭނުން ލައިގެހުރިއްޔާ!

    ޖޭޕީ އޮތީ ރައްޔިތުންނާއި އެކުގަޔޯ ލާދީނީ ވެ ރިކަމެއް ދަމަހައްޓަށް މަނިކުފާނު ތިޔަމަސައް ކަތްކު ރައްވަނީ ކީއްވެތޯ؟ ހަމަ އިސްލާމް ދީން ދެކެ ވާލޯތްބެއްގެ ބޮޑުކަމުންތޯ؟ނޫނީ މިޤައުމާއި ރައްޔިތުން ދެކެވާލޯބިންތޯ؟ނޫނީ ކާފަ ރުންގެ ދީން ދެކެވާލޯތްބެއްގެ ބޮޑުކަމުނުންތޯ؟ނޫނީ ތިމާގެ އަމިއްލަ ޖީބަށްބޮޑުކު ރަންތޯ؟

    26
  10. ހުސޭނުބޭ

    ޖޭޕީ އޮތީ ބައިތުލްމާލާއެކު! ފައިސާކޮޅު ނުލިބޭތާކު ޤާސިމްބެ ނުހުންނާނެ!

    35
  11. Anonymous

    ގާސިމް އެހުންނެވީ ހަތަ ރު އަނބީނާއެކު!

    30
  12. އަހްމަދު

    ކަލޯ ޅަކުއްޖަކާއިނދެލެވުނީމަ އަނގަފެޅީދޯ ބަލަމޮޔަފުޅުވީތޯ ރައްޔަތުންތިބީކީ މިސަރުކާރާއެކުގައެއްނޫނޭ ރައްޔިތުންނައް ޚިދުމަތެއްކޮށްނުދޭ ސަރުކާރަކާއެކު ރައްޔިތުންތިބެންޖެހޭ އެއްވެސްސަބަބެއް އެބައޮތްތޯ

    17
  13. ދޮންބެ

    މި ކޮވިޑް ގައި މަނިކުފާނުގެ މުވައްޒަފުން ފަޤީރުވެ މަގުމަތިވެގެން ދިޔައިރު، މަނިކުފާނުގެ ރިސޯޓްތަކާއި ފްލައިމީ އުޅެނީ ފުލް އޮކިއުޕަންސީ ގައި. ދައުލަތަށް ދެވޭ އެއްޗެއްގެ ގޮތުގައި ކަރަންޓީނު ފެސިލިޓީތަކުން އެންމެ ލޯ ލާރިއެއްވެސް ދޫކޮށްލިންތޯ؟ ދެން ކޮން އަނގައެއް ތިޔަ ތަޅުވަނީ!

    12
  14. ހަގީގަތް

    ދިވެހިމުސްލިމް ރައްޔިތުން ތިބޭނީ ﷲ އާއި އެކަލާންގެ ރަސޫލާގެ ހިމާޔަތުގައި. އިސްލާމްދީނުގެ ޢަޤީދާ ގަބޫލުނުކޮށް އެއަށް ފު ރައްސާ ރަކު ރާ މީހުން ހިމާޔަތްކު ރާ ފަ ރާތްތަކާއި އެފަ ރާތްތަކަށް ވާގިވެ ރިވާ މީހުންނަކީ ކޮންމެ ބަޔެއް ކަމަށް ވިޔަސް އެ ބަޔަކީ ﷲ ހަޟް ރަތުގައި ކާމިޔާބުވާނެ ބަޔެއްނޫން!

    14
  15. މާރޮނޑު ހާލި

    ޤާސިމަކު ބުނިނަމަވެސް މިހާރު ސަރުކާރު އޮތީ ދިވެހި ރައްޔިތުންނާ އެކަކުނޫން. ސަރުކާރާ ސަރުކާރަށް ބައިޢަތު ހިފާފައިތިބި ޕާޓީތަށް ތިބީ ދިވެހި ފަސްގަނޑުގައި ދިވެހިރައްޔިތުންނާ ދެކޮޅަށް އިންޑިޔާގެ ސަރުކާރާއެކުގައި. މިހެން މިބުމީ މިއަދު ސަރުކާރަކީ އިންޑިޔާގެ ބީޖޭޕީ ޕާޓީން ހިންގާ ސަރުކާރެއްކަން ވަރަށް ފާޅުގައި އަންގައި އިންޑިޔާ އެންބަސީން ބޭނުންވާގޮތަށް ދިވެހި ސަރުކާރުން ދިވެހި ފަސްގަޑުގައި ކަންކަން ހިންގަމުމްގެންދާތީ

    10
  16. ދަނބަރުބޯ

    ޢޭމިހިރަ ބީތާޔާ ކަލޭ މާދަމާ ވެސް އަންނާނީ މިދިވެހި ރައްޔިތުން ކައިރިޔަށް އެދުވަހު އައިސް ބުނާނީ ދެން ކީކޭ އަހަރެމެންވެސް މިތިބީ ވަރަށް ސާބިތުކަމާއެކީ އެގިދާނެތާ ކަލޭގެ ހަތަރު އަބިންގެ ވޯޓުވެސް ކަލެޔަށް ނުލިބޭނެ🐂🐂🐂

  17. ހޮޅިމީހާ

    ގާސިމް! ހޮޅި ވާހަކަ ނުދައްކާ. ތިމަންނަ މި ހުރީ ސަރުކާރާ އެކުގައޭ ކިޔާ. ރައްޔިތުންނޭ ކިޔާނެ ކަމެއް ނެތް. ރައްޔިތުންގެ ސަރުކާރެއް ނެތް. ތިމަންނަ މި އުޅެނީ ތިމަންނަގެ ދިރިއުޅުމުގެ މަޖަލާއި އުފަލަށް ބުރޫ ނާރާނެ ގޮތް ބަލައިގެންނޭ ބުނޭ. ރައްޔިތުންނާއެކު އުޅޭ ކާކު ކަލޭމެންގެ ތެރޭގައި ހުރީ. ދޮގާއި އޮޅުވާލުން އެންމެފަހު ވަގުތުވެސް ދޫނުކޮށް ވޭތޯ ބަލާތި.

  18. ވަހުތާން

    ޖޭޕީއަާއި ތިމަންނައައް ކުރާތާއީދު ގެއްލުވާލަންށޭ ލަދުކޮބާ ތާއީދުއޮތްވަރުން އަމިއްލަ ގޮނޑިގަނޑުވެސް ސަލާމަތް ކުރެވުނީ ކިރިޔާ ކަލެއައްހުރެވޭނީ ލާރިޔާއެކު ރައްޔިތުން މިހާރު ކަލޭމެންނަކައް ތާއީދެއްނުކުރޭ

  19. ރާއްޖެތެރެ

    މަޝެއް ދެނެ ވޯޓެއް ނުދޭނަން މަނިކުފާނަކަން

  20. ޅަތީފާ

    ޖޭޕީ އޮތީ ހަގު އަނބި ގޮއްޔަޔާއެކު ރައްޔިތުންގެ އި ސްތައްޓޭ ނުކިޔާ މަޑުންތިބޭ

  21. ދަރަނި ދަންތުރަ

    ރައްޔިތުން ތިބީ މިސަރުކާރާ އެކުއެއްނޫން ، ކަލޭތިހިރީ 4 އަނބިންނާ ލާދީނީ ގުރޫޕާ އެކު

  22. ނުރަބޯ

    ކަލޭ އަދިވެސް މީސްމީހުންގެ ކިރުބޯ ޅަދަރިންނާ އިނދެވޭތޯ ބަލާ.....!!!