ސްޕެއިންގެ ހަތަރުވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ޔޫޑީ ކެނަލްއަށް ކުޅެމުން އަންނަ ރާއްޖޭގެ އުއްމީދީ މިޑްފީލްޑަރ އިސްމާއީލް ޒާން އާމިރު އަންނަ ސީޒަނުގައި ރާއްޖޭގައި މަޑުކުރުމަށް ނިންމާ، ކުލަބް ވެލެންސިޔާއަށް ސޮއިކޮށްފިއެވެ.

"ވަގުތު" ސްޕޯޓްސްއަށް މައުލޫމާތުދެމުން އުމުރުން 19 އަހަރުގެ ޒާން ބުނީ މި ނިންމުން ނިންމީ ކޮވިޑުގެ ހާލަތު ހުރިގޮތުން ޤައުމުން ބޭރަށް މިދުވަސްވަރު ދާން ބޭނުންނުވާތީ ކަމަށާއި މިއީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއް ކަމަށެވެ.

ސްޕެއިންގެ ޓީމުން އަދިވެސް ޝައުގުވެރިކަން ފާޅުކުރާ ކަމަށާއި އެ ޓީމު އެއްކޮށް ދޫކޮށްލީ ނޫންކަމުގައިވެސް ޒާން ބުންޏެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރ ކަންވެސް ކޮށްފައިވާ ޒާން ވަނީ މީގެކުރިންވެސް ވެލެންސިޔާއަށް ކުޅެފައެވެ. އުމުރުން 15 އަހަރުގައި 2016 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގައި ޒާން ކުޅުނުއިރު އޭގެފަހުން ވެލެންސިޔާގެ ސީނިއާ ޓީމަށްވެސް އޭނާ ކުޅުނެވެ.

ޔޫތު ޗެމްޕިއަންޝިޕުގައި ޒާން ވެލެންސިޔާއަށް ކުޅެނީ

ޒާން ވަނީ ސިންގަޕޫރުގައި ބޭއްވި މެންޗެސްޓަރ ޔުނައިޑެޓްގެ ކޭމްޕްގައި ދެ އަހަރުދުވަސް ވަންދެން ޓްރޭނިންތަކެއް ހަދާފައެވެ. އޭގެފަހުން އިނގިރޭސިވިލާތަށް ގޮސް 'އެޑިއުކިކް މެންޗެސްޓާ އެކަޑަމީ' ގައި ތަމްރީނުތަކެއް ފުރިހަމަކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ޒާން ވަނީ ޕްރޮފެޝަނަލް ލެވެލްއެއްގައި ތަމްރީނު ހެދުމުގެ ފުރުސަތު ހޯދާފައެވެ. އިނގިރޭސިވިލާތުގައި ހަތަރު އަހަރު ކުޅުމަށްފަހު ދެން އޭނާ ބަދަލުވީ ސްޕެއިންއަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޤައުމީ ފުޓުބޯޅު ޓީމުގައި ޒާންއަށް ކުޅުމުގެ ފުރުސަތު ލިބުނެވެ.

ކޮވިޑް 19 ގެ ސަބަބުން އެފްއޭއެމުން ވަނީ މިއަހަރުގެ ސީޒަން ކެންސަލްކޮށްފައެވެ. އަންނަ ސީޒަން ފަށާނެ ތާރީހެއް އެފްއޭއެމުން އަދި ނުނިންމައެވެ. އަދި ޓީމުތަކަށް ފަރިތަކުރުންތައް ފެށޭނެ މަގެއް އަދި ނުފެނެއެވެ. އަދި ސީޒަން ފަށާނެ ތާރީހެއްވެސް އެފްއޭއެމުން އަދި ރަސްމީކޮށް ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަމަނަ

    މަ ހީކުރި ސްޕޭންގެ 1 ވަނަ ޑިވިޝަންކަމަށް.. ލޮލް. 4 ވަނަ ޑިވިޝަންގެ ޑިފެންސަށް.. ނަސީބެއްނު ބެންޗަށް ނުކުޅުނުކަން.

    3
    19
    • ސިރާޖު

      ހާދަ ހިތްމޮޅޭ

      4
      3
    • މޯދީ

      މަހީ ކުރީ ސްޕެއިންގެ ވެލެންސިއާއަށް އަންނަ އަހަރު ކުޅެނީކަމަށް

      3
      6
  2. Anonymous

    4 ވަނަ ޑިވިޝަންގެ ފެންވަރު ސްޕެއިންގަ ހަބޭސް ވާނެ. އެމީހުންގެ ޓްރެއިނިން އަދި ޓެކްޓިސްގެ އިމްޕްރޫވްމަންޓް އަވަސްވާނެ. ދެން ޒާންގެ ކުޅުމަށް އައިސްފަވާ ބަދަލު ބަލާލަމާ

    • ޯކކލކ

      Yeah

      3
      1
  3. މީނަ

    ކަމަނަ އަށް އެވަރުވެސް ނުވި އެއްނު ދެން ލޮލް... ވަގުތު ޖެހުނީމަ އެކަންވެސް ވާނެ އެސޮރައް ހިއްވަރު ކޮށްލާ ޒާން 👍🏼👏👏👏