ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަނުކުރީ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެ ނަމަވެސް ގައުމީ ސަލާމަތައް ނުރައްކާވާ ގޮތެއްގެ ތަފްސީލް ހާމަކުރަން ދެކޮޅު ހަދައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދަމް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅީ "ދިޔަރެސް" ނޫހުގެ ނޫސްވެރިއާ އަހުމަދު އަޒާންއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ކުރާ ޚަރަދު ޑިފެންސް މިނިސްޓްރީން ހާމަނުކުރުން އަޒާން އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅުމުން މިއަދު އެ ކޮމިޝަނުން ބޭއްވި މި މައްސަލައިގެ އާންމު އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރަ ހުސައިން ފިޔާޒް މޫސާ ވަނީ ޑިފެންސް މިނިސްޓްރީން މިމައުލޫމާތު ހާމަނުކުރީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ އަހުމަދު ސިމާހު ވިދާޅުވީ އަޒާން އެ މައުލޫމާތު ހޯދަން އެދުމާއި އެކު އެ މިނިސްޓްރީން ވާނީ މިކަމުގެ މައުލޫމާތު ހާމަކުރެވެން އޮތްތޯ ސިފައިންގެ ލަފާދޭ މަޖިލީހަށް ހުަށަހަޅާފައި ކަމަށާއި، އެމަޖިލީހުން ވަނީ މި މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދާފައިކަމަށެވެ. އެ މަޖިލީހުން މިއީ އާންމުކުރެވެން ނެތް މައުލޫމާތެއް ކަމަށާއި، ގައުމީ ސަލާމަތަށް މިކަމުން ނުރައްކަލެއް އޮތް ކަމަށް ވިދާޅުވުމުން އެއީ ކީއްވެގެންތޯ އޮޅުން ފިލުވާފައި ނުވާނޭ ކަމަށް ސިމާހު ވިދާޅިވިއެވެ.

ސިމާހު ވިދާޅުވި ގޮތުގައި މިނިސްޓްރީ އަށް އެފަދަ މައުލޫތެއް ހޯދުމަށް ހުށަހެޅުމުން އެ މިނިސްޓްރީގެ އުސޫލުތައް އޮންނަ ގޮތުން މައުލޫމާތު އާންމުކުރެވޭނީ ސިފައިންގެ އާންމު މަޖިލީހުގައި އެކަމަށް އެދިގެންނެވެ. ސިފައިންގެ އާންމު މަޖިލީހަކީ ސިފައިންގެ އެންމެ އިސް ފަރާތްތައް ހިމެނޭ ސިޔާސީ ނުފޫޒެއް ނެތް މަޖިލީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިފައިންގެ ތެރޭގައި ހިމެނޭ ހަމަ އެންމެ އިސް ރޭންކުގެ އޮފިސަރުން މި ތިއްބަވަނީ، އެބޭފުޅުން މައުލޫމާތު އާންމު ނުކުރެވޭނެއޭ ބުނީމަ ދެން އެކަމަކާ އިތުރަކަށް އަޅުގަނޑުމެން ސުވާލެއް ނުކުރަން" ސިމާހް ވިދާޅުވިއެވެ.

ސިމާހު އިތުރަށް ވިދާޅުވީ ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ވާގޮތުން ދިވެހި ރާއްޖޭގެ އަމަން އަމާންކަމަށާއި، ސަލާމަތަށް އެއްވެސް ގެއްލުމެއް ލިބިދާނެ މައުލޫމާތެއް ނަމަ އެ މައުލޫމާތެއް އާންމު ނުކުރެވޭނެ އެވެ. އޭނާ ވިދާޅުވީ އިންޑިއާ ސިފައިންނާއި ގުޅޭ މައުލޫމާތު ސިފައިންގެ ލަފާދޭ މަޖިލީހުން ހާމަކޮށްފައި ނުވަނީ ސިފައިންގެ ތެރޭގައި ހެދިފައި ހުރި އިންޓާނަލް ގަވައިދުުތަކަށް ބިނާކޮށެވެ. އެ ގަވައިދުތައްވެސް އާންމު ނުކުރެވޭނެ ކަމަށް ސިމާހް ވިދާޅުވިއެވެ.

ސިމާހް މިހެން ވިދާޅުވުމުން ކޮމިޝަނަރ ވަނީ ބޭރުގެ ގައުމުތަކުގައި ކަންކަން ހާމަނުކޮށް ހިފެހެއްޓުމަށް ވެސް "ގައުމީ ސަލާމަތަށް ނުރައްކާވާ" ކަމަށް ބުނެފައި އެބައޮތް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ސިފައިންގެ ގާނޫނުގެ ދަށުންވެސް އެފަދަ މައުލޫމާތެއް ހާމަ ނުކުރެވެންވީ ސަބަބު އެނގުމަކީ މުހިންމު ކަމެއް ކަމަށް ފިޔާޒް ވިދާޅުވިއެވެ. އަދި އެމްއެންޑީއެފް އާއި ގުޅުންހުރި ހުރިހާ މައުލޫމާތަކީ ގައުމީ ސަލާމަތަށް ވާނެ މައުލޫމާތުކަން ގަބޫލުކުރަން ދަތި ކަމަށްވެސް ކޮމިޝަނަރު ފިޔާޒް ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަރު ފިޔާޒް ވަނީ އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކުރުމަކީ ހާމަކޮށްފި ނަމަ އިންޑިއާ ސިފައިންނަށް އޮތީ ކޮން ގެއްލުމެއްތޯ ވެސް ސުވާލު އުފައްދަވާފައެވެ. އަދި މައުލޫމާތު ހާމަކުރާ މިންގަނޑުތަކަކީ ކޮބައިތޯ ވެސް ކޮމިޝަނަރު ސުވާލު އުފެއްދެވި އެވެ.

"ދުނިޔޭގެ ގައުމުތަކުގައި ގައުމީ ސަލާމަތް ގާނޫނުތަކުން މާބޮޑަށް ޑިފައިން ކޮށްފައެއް ނޯވޭ. ރާއްޖޭގެ އެކި ގާނޫނުތަކުގައި އެކި ގޮތަށް އެބަހުރި ގައުމީ ސަލާމަތް މާނަކޮށްފައި. އަޅުގަނޑަށްވެސް އެނގޭ މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ މައުލޫމާތު ހާމަކުރުމަށް ހުށަހެޅި ފަހަރުކަން. ތިބޭފުޅުން އެއްވެސް ވަރަކަށް އޮވޭތޯ މިންގަނޑެއް ތިބޭފުޅުންގެ ތެރެއިން އެކަން ކަނޑައެޅުމުގައި" ކޮމިޝަނަރ ސުވާލު ކުރެއްވި އެވެ.

ސިމާހް ވިދާޅުވީ އާންމު ފަރާތަކާއި ސިފައިންގެ މީހުންނާ ވެސް ބޮޑު ތަފާތެއް އޮންނާނެ ކަމަށާއި، ސިފައިންގެ މައުލޫމާތު ހާމަކުރުމުގައި އެތައް އޭންގަލަކުން ވިސްނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ކޮމިޝަަނަރު ފިޔާޒް ވަނީ އެ މައުލޫމާތު ހާމަނުކޮށް ހިފެހެެއްޓުމަށް އިންޑިއާ ސަރުކާރާއި ރާއްޖެއާއި ދެމެދުގައި ވެވުނު އެއްބަސްވުމުގައި ވޭތޯ ސުވާލު ކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ސިމާހު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި އޮންނަ ގުޅުން މިހާރު "ވަރަށް ވަރުގަދަ" ކަމަށާއި ރާއްޖެއަކީ އިންޑިއާ އާއިވެސް އަދި އެހެން ގައުމުތަކާއި ވެސް ވަރަށް ރަހުމަތްތެރި ޑިޕްލޮމެޓިކް ގައުމެއް ކަމަށެވެ. އެހެން ކަމުން އެ މައުލޫމާތު ހާމަކޮށްފި ނަމަ އެއްބަސްވުމުގައި ސިއްރުކުރުމަށް އެދިފައި ނެތް ނަމަވެސް ގުޅުމަށް ބުރޫ އަރާފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ މައުލޫމާތު ހާމަކޮށްފި ނަމަ އެއީ އަޅުގަނޑުމެންގެ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ރާއްޖެއަކީ އެއްވެސް ގައުމަކާއި އަރާރުން ނުއުފެދޭ، ރާއްޖެއަކީ ވަރަށް ޑިޕްލޮމެޓިކް ގައުމެއް. ގުޅުމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން" ސިމާހް ވިދާޅުވިއެވެ.

އަދި އެގްރީމެންޓުގައި ސިއްރުކުރަން އެދިފައި އޮތަސް އަދި ނެތަސް ގުޅުމަށް ބުރޫ އަރާފާނެތީ މައުލޫމާތު ހާމަނުކުރީ ކަމަށް ސިމާހު ވިދާޅުވިއެވެ.

ކޮމިޝަނަރު ވަނީ އިންޑިއާގެ ނޫސްތަކުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ކަމަށްބުނެ އެކި އަދަދުތައް ހާމަކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

މިއަދުގެ އަޑުއެހުމުގައި އަޒާން ބުނީ ސިމާހް އަށް އަދިވެސް އެކަން ހާމަނުކުރެންވީ އުޒުރެއް ފުރިހަމައަށް ކިޔައިނުދެވުނު ކަމަށެވެ. އަދި އިންޑިއާ ސިފައިން ތިބި އަދަދު ހާމަނުކުރިޔަސް އެމީހުންނަށް ދައުލަތުން ކުރާ ހަރަދު އެނގުމަކީ އޭނާގެ ހައްގެއް ކަމަށާއި، އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ބުރޫ އަރާނެ ކަމަށް ގަބޫލުނުކުރާ ކަމަށް އަޒާން ބުންޏެވެ.

މި އަޑުއެހުން ނިންމާލަމުން ކޮމިޝަނަރ ވަނީ 30 ދުވަހުގެ ތެރޭގައި މި މައްސަލަ ނިންމަން ޖެހޭ ކަމަށާއި، އަދި ސިފައިންގެ ބޭފުޅުންނާއި ޑިފެންސް މިނިސްޓްރީ އާވެސް މިކަމާއި ގުޅިގެން ބައްދަލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ހާމަނުކޮށްގެން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ސަލާމު

    އެގޭތީ މި ހާމަކުރަނީ : އެބަ ތިބި 267

    38
    2
  2. ޝަހީދު

    ކިހާބޮޑު ކަމެއް. މިނިވަން ގައުމެކޭ ކިޔާއިރު ކޮބައިތޯ މިނިވަންކަމަކީ؟ ބޮޑުތަކުރުފާނު ފަދަ ބަޠަލުން ނިކަން އަވަހަށް ނުކުންނާނެ މިގައުމުން. މިގައުމަށް ވުރެ އިންޑިއާ އިސްކުރުމަކީ މިނިވަން ކަން ގެއްލުވާލުން

    49
    • ކޯރި

      އުތީމު ގެއެއްގެ ބަޔަކުވެސް އޭރު ނިކުތީ ރަސްކަން ލިބޭނެތީ، މިހާރު އުތުރުމީހުނަށްވެސް އެނގޭ ނިކުމެ ބޭރުމީހުނާދެކޮޅަށް ޖަގަޑާހެދިއަސް މާލޭމީހުނަށް ކުލިދެއްކުންނޫންގޮތެއް ނެތްކަން، މާލޭމީހުންގެ ކުލީވިޔަފާރި ފުޅާވުންފިޔަވާ އިތުރު ފައިދާއެއް ނުވާނެކަން.

      5
      25
  3. ފަސާދަ

    އެއީ މިގައުމަކީ އިންޑިއާގެ އަވަށަކަށް ވާތީ.
    ވީމާ ބޭނުން ވަރަކަށް އިންޑިއާ ސިފައިން ތިބޭނެ

    41
    3
  4. އިންޑިއާ އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    47
    1
  5. ހަނި

    މިއުޅޭނީ ދިވެރާޖެ ހަގުރާމަގެ ތެރީގާ ނުނެއެވެ އެހެން ވެޖެޔާ މިތާތިބި ބޭރުސިފައިންގެ އަ ދަ ދު ހާމަނުކުރެންވީ ކީވެންހޭ

    52
  6. އެކްޓަރ

    މިޤައުމަކީ ރ.އިބޫ ނުވަތަ މާރިޔާ ނޫނީ ޑިފެންސްގައި ތިބި ގައްދާރު ޖެނެރަލުންގެ ތަރިކައެއްނޫން މިއީ އެންމެހާ ދިވެހިންގެ ޤައުމު. ސިއްރުކުރަންޖެހޭ ކަމެއްވާނަމަ ބަޔަކު އެތިބީ ޤައދާރުވެފަ. މިއަދު ރައްޔިތުން ނުކުމެ މިއެގްރިމަންޓްތަކުގެ ތަފްސީލް ހޯދާ މިނިވަންކަމަށް އަޅަންޖެހޭ ހުރިހާ ރައްކާތެރި ކަމުގެ ފިޔަވަޅެއް އަޅަންޖެހޭ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު 609 އަށްވުރެ ގިނައީތޯ. އަދަދު ހާމަކުރީމަ ރައްޔިތުންގެ ކަންބޮޑުވުމާއި ހާސްކަމަށް ލުއިތަކެއްލިބޭނެ. ނަމަވެސް ސިއްރުކުރާނަމަ ރައްޔިތުން ނުކުންނާނެ...

    48
  7. އަހްމަދު

    ރައްޔިތުންގެޓެކްސް ފައިސާއިން ބޭރުގައުމެއްގެރައްޔިތުންނައް ޚަރަދުކުރުމަކީ ރައްޔިތުން އެދޭކަމެއްނޫން ނަމަވެސް ލިބޭމަދުލާރިކޮޅަކަށް މުޅިގައުމު މިދަނީގުރުބާންކުރަމުން ސިޔާސީނުފޫޒެއްނެތް މަޖިލީހެއްނަމަ ވަގުތުން ތިޔަސުވާލުގެޖަވާދެއްވާނެ

    39
  8. އޮޅުވާލި ވޯޓު

    ގައުމުގަ ތިބީކޮންބައެއްކަން ކިހާވަރެކަން ބުނެދިނުމަކީ ސަލާމަތައް ހުރިނުރައްކަލެވިއްޔާ މި ސަރުކާރުދެމި އޮތުމަކީ ރައްޔަތުންނައް ހުރިމާބޮޑުނުރައްކަލެ އަވަހައް އިސްތިއުފާދީ

    41
  9. ފާތުން

    ހާމަ ކުރަންވީ. ކިހާބޮޑު ނޮހޮރުއްޕާނެއްމީ. 😡🤬😈

    43
  10. ޒުލް

    ތީތި އިނގޭނީ ހަމަ ސަމާލަށް

    27
  11. ތަމެންދޯ

    ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު 3000 އަށް އެއިން ކޮންމެ ބޮލަކަށް މަހަކު 10 ހާސް ޑޮލަރު މިޚަރަދު ކުރަނީ ޑިފެންސްގެ ބަޖެޓުން މީ މިވެރިކަން ގެންނަން އިންޑިއާގެ ޑިޕްލޮމެޓުން އީސީ މެމްބަރުން ނާއި ގުޅިގެން އެނބުރި ގޭސް ގަނޑުގެ ބަދަލު އިންޑިއާ އަށް މިސަރުކާރުން ދޭން ޖެހޭ ގޮތްތޭ ދިވެހި ރައްޔިތުން ތިބީ ބަނޑަށް ދިވެހި ވިޔަފާރިވެރިން އަތުގައި މަސައްކަތެއް ނެތް އެކަމަކު އިންޑިއާ އެމްއެމްއެކްސްޕޯރޓް އަތުގައި ސަރުކާރުގެ މަސައްކަތް ދޯ މީތޯ ތަމެން އެމްޑީޕީގެ ވަގު ސަރުކާރުން ހެޔޮވެރިކަން ކުރާ ގޮތަކީ...

    32
  12. ކަނަމަނަ

    ﷲގެ ވާގިފުޅާއިއެކު މިނުބައިނުލަފާވެރިކަން ނިމުމަކައް ގެންދަވާށިއާމީން

    40
  13. ހަސަން

    ޤައުމީސަލާމަތައް ނުރައްކާވަނީ ބޭރުޤައުމެއްގެ ސިފައިން ތިބީމަ އެހެންޤައުމުތަކުން ކަޅިއަޅާނެތީ އެކަން ނޭންގުނަސް މީ މިކަންއޮތްގޮތް ރައްޔިތުްނައް އެނގުނީމަ އެމީހުންގެ މިކަމުގައިއޮތް ބިރުވެރިކަންފިލައި ހަމަޖެހުމެއްލިބޭނެ ސަލާމަތް ކަށަވަރުވާނެ

    27
  14. ހަނި

    މިތާހަގުރާ،މައެތްނުކުރޭ އިންޑިޔާސިފަގެއަ ދަދ ދު ހާ،މަނުކުރަނީ ކީވެ ހާ،މަކޮށްފިޔާ އެ ދިކޮޅު ލަސްކަރުތަކުހަމަލާއެތް ދީފާނެތީ ހޭ މިތާހަގުރާމައެތްނުކުރަނިޔާ ބޭޜުގަޢު،މެގެ ސިފާއިން ބާތިބާކަށްނުޖެހޭނެ މިހާރު އިންޑިޔާސިފައިން ބާ:ޅާބާލާ

    25
  15. އަހުމަދު

    މިހާރު ތިކަމާ ގުޅުންހުރި ހުރިހާ ޖަވާބެއް ލިބިއްޖެ ސިފައިންގެ ވާހަކައިން. ގައުމެއްނެތް. އިންޑިއާ ރުޅިއައިސްފާނެތީ ނޫނީ އެ މަޢުލޫމާތު ދިނުމުގެ މިނިވަންކަން ރާއްޖެއަށް ނެތްކަން ތިހާމަވީ. އެހެންވީމާ ގައުމު މިއޮތީ އިންޑިއާގެ ބާރުގެ ދަށުގަކަން އަހަރެން މިއަދުންފެށިގެން މި ޔަގީންކުރީ. ވައްސަލާމް

    29
    1
  16. ރަނާ

    ރައީސް ވިދާޅުވީ، މަޢުލޫމާތަކީ ރައްޔިތުންގެ ޙައްޤެއްކަމަށާ، މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ، މަޢުލޫމާތު ހާމަކުރަން ޖެހޭނެކަމަށާ ހާމަނުކޮށް ނުހިފެހެއޓޭނެކަމަށް،
    އެކަމަކު ކޮނތާކު މިހާރު މި ޖެހުނީ،
    ބޯހަލާކު.

    29
  17. ދިސްވޭ

    ކޮވިޑަށް ކުރި ހަރަދު 2.3 ބިލިއަނަށް އަރައިފި ނަމަ މިފައިސާ ރިކަވަރ ކުރަން ސަރުކާރުން ގެންގުޅޭ އިކޮން ޕޮލިސީ އަކީ ކޮބައިތޭ މާލެ ސަރަހައްދުގައި ހުރި އެތައް ހާސް ފަޅު ތަކުގެ ތެރޭން މަހަކު 100 ފަޅު ފަޅެއް 10 މިލިއަން ޑޮލަރަށް 100 އަހަރަށް ކުއްޔަށް ދޭންވީނޫންތޭ އަދި އެގޮތަށް ދޫކުރާ ފަޅު ހިއްކައިގެން ހަދާ ރަށްރަށުން ބިމު ކުލި ކުރިއަަށް އޮތް 10 އަހަރު ދުވަހު ނުނަގާނެ ކަމަށް ނިންމާދެއްވަންވީ ނޫންތޭ..

    9
    4
  18. ފެއްސޭ

    އިންޑިއާ ސިފައިން ފެއްސެންވީއޭ ރާއްޖޭން ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ

    27
  19. ާއަބޫ

    އަޅުގަނޑަކީވެސް ދިވެހި ދަރިއެއް، ގައު މުގެ މިނިވަން ކަ މާއި އިސްތިގުލާލަށް ހުރަސް އެޅޭނެ އެއްވެސް ކަ މަކަށް ނުރުހެވޭނެ. އެހެންނަ މަވެސް މިކަ މުގައި މާކަ ބޮޑު އިޝޫއެއް އޮތްކަ މަކަށް ނުބެލެވޭ، އެއްޗެއް ސާފު ނުވެގެނެއް ނޫން އަޒުހާނު އެއުޅެނީ. ހަގީގަތަކީ އިންޑިއާ ސިފައިންގެ އަދަދުވެސް ވަރަށް ފަސޭހައިން ބެލޭނެ، ރަށްރަށުގައި އުޅޭ މަދު މީސްކޮޅުގެ ތެރޭގައި އުޅޭ އިންޑިއާ ސިފައިން ގުނާލެވޭނެ، ދެންއޮތީ ޚަރަދު ކުރާ ވަރު، 2 ހެލިކޮޕްޓަރގެ ހުރިހާ ޚަރަދަކާއި އެ މީހުންގެ އެކޮ މޮޑޭޝަނާއި ކެއުން ބުއި މުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ އިންޑިއާ އިން ކަ މަށް އެތައް ފަހަރަކު އިންޑިއާ އިންވެސް ބުނެފަ އޮތީ.

    1
    12
  20. ކުމާރާ

    ގައުމީސަލާމަތޭ ކިޔައިގެން އެއުޅެނީ މިހާރު އެބަ އިނގޭ ރައްޔިތުންގެ ތާއީދެއް ނެއްކަން އެހެންވީމަ ސަރުކާރު ދިފާއުކުރަން ޖަހައިގެން އުޅޭމަޅިއެއް އައްޑޫގަ ކެންޕޭނުގައި މީހަކު ބުނި ހަދާންވޭ ދެން ދިވެހި ރައްޔިތުންނެއް ތިމަންމަނިކުފާނުގެ އަތްދަށަކުން ސަލާމަތެއް ނުވާނޭ އެކަން ހަދާން އެބަސހުރި ވީމާ ތިޔައީ އެސިލްސިލާގެ ބޮޅެއް ކަމާމެދު ސައްކެއްނުކުރަން

    10
  21. ކަޅުބެ

    މިހާރު ގައުމުގެ ވެރިކަމުގަ މިހުރި ސޯލިހުއަކީ ގައުމަށް ނުރަށްކާތެރި މީހެއްކަމުގައި އަޅުގަނޑާއި އަޅުގަނޑުގެ ގައުމުގެ ރަށްޔަތުން ގަބޫލުކޮށްފިން .

    10
  22. ހުޅުވުނީ

    ދެން އެހެންވީމަ އެބަޔަކު ހިތުހުރި އަދަދެއް އެބަތިއްބޭދޯ ކިޔާނީ. އެހެން ކިޔާ މީހުން އެކަމު ނުބައިވާނީ. އަދަދު ހާމަނުކުރުމަކީ އެކަމުގައި ގޯސްކަމެއް އުޅޭކަން އަންގައިދޭ ކަމެއް.

    11
  23. ހަޑިމިލޭރު

    ކިހިނެއްތޯ ހާމަ ކުރާނީ. އައްޑޫ އަށް މަސައްކަތު މީހުންނޭ ކިޔާފަ ގެނެސްތިބީ އިންޑިޔާ ސިފައިންގެ އަދަރ ރޭންކްސްގެ ސިފައިން. ޕްރައިވެޓް ރޭންކްގެ މީހުން އެއީ. އެހާވެސް ނިކަމެތިކޮށް ހިތާނީ އަދަރ ރޭންކްސް ގެ މީހުންނަށް. ދެން ދިވެހިން ވާނެތަ އެމީނހުންކައިރީ އެއްޗަކަށް.

  24. ކަމަނަ

    ކީއްވެ ދިވެހި ރައްޔިތުންގެ ބިމެއްގައި ބޭރުގެ ސިފައިން ތިބިވަރު ރައްޔިތުންނަށް ހާމަކޮށް ނުދެވިގެން އުޅެނީ މި ޤައުމަކީ މާރިޔާގެ އެކަނި ޤައުމެއްތަ!

  25. ރައްޔިތުމީހުން

    އިންޑިއާގެ މިލިޓަރީ އިން މިތާ ތިބީ ހެލިކޮޕްޓަރ ބަލަހަށްޓަންށޯ..
    އިންޑިއާގެ މިލިޓަރީ އިން މިތާ ތިބީ ހަތިޔާރު ނުލަޔޯ..
    އިންޑިއާގެ މިލިޓަރީ އިން މިތާ އެއްވެސް މިލިޓަރީ ހަރަކާތެއް ނުހިންގަޔޯ..
    އިންޑިއާގެ މިލިޓަރީ އިން ރާއްޖޭގެ ރާޑަރސްޓެޝަންތައް ހިސޯރުކޮށްގެން ނެށް ނޫޅެޔޯ..
    އިންޑިއާގެ މިލިޓަރީ ގެ ބާރެއް މި ރާއްޖެއަކު ނުހިނގަޔޯ...

    ދެން ތިބި ސިފައިންގެ އަދަދު ހާމަކުރުމީ ރާއްޖޭއަށް ސެކުއުރިޓީ ތްރެޓް އަކަށް ވާންޖެހޭ ސަބަބަކީ ކޮބާ ކަން ވިސްނާ ވިސްނާ ވެސް ނޭންގުނު.

  26. ދިވެހިން ގުނބޯހެއްދީ

    ދެން މިއެމްޑީޕީ ނޫން ބަޔަކު ވެރިކަމުގައި ނުތިބެވޭނެ. އިންސާފުވެރި އިންތިޚާބެއް މިރާއްޖޭގައި ދެން ނުބޭއްވޭނެ. އިންޑިއާގެ ބީޖޭޕީ އިން އިންތިހާބަށް ނުފޫޒު ނުފޯރާނެ އެއްގޮތެއްވެސް ނޯންނާނެ.

  27. ދަރަނި ދަންތުރަ

    ކޮބާ އަލިފާންކެވިއްޖެ ދެން އިބުރާހިމް މުހައްމަދު ސޯލިހު ބުނާ ހައްގު ކޮބައިތޯ ، ކޮބައިތޯ ކޮމިސަނަރު ކާޕެޓު ފިޔާޒު ދެން ގެރިމޯދީ ޔާއެކު ފުޓޯއެއްނަގާ