މާބަނޑު މީހަކު ވިހެމުގެ އޮޕަރޭޝަނަށް ފަހު، ނިޔާވި މައްސަލާފައު އޭޑީކޭ ހޮސްޕިޓަލުގެ އިހުމާލެއް އޮތްތޯ ބެލުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއިންް ފަށައިފިއެވެ.

އޭޑީކޭގައި ވިހޭ އެ އަންހެން މީހާ ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް އޭޑީކޭގެ އޮފިޝަލަކު ވަނީ "ވަގުތު"އަށް މައުލޫމާތުދެއްވަމުން ކަށަވަރުކޮށްދެއްވާފައެވެ.

އެެހެންނަމަވެސް އޭނާ ނިޔާވި މައްސަލައަކީ ހެލްތް މިނިސްޓްރީއިން ބަލަމުންދާ މައްސަލައަކަށްވާތީ އެ މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.

" އެ މައްސަލަ އިންވެސްޓިގޭޓްކުރަމުން ދަނީ ހެތްލް މިނިސްޓްރީއިން. އެ މައްސަލަ އިންވެސްޓިގޭޓްކޮށް ނިމުނީމަ އަޅުގަނޑުމެންނަށް އެއްޗެއް ދެންނެވޭނީ. ދެން އާއްމު އުސޫލެއްގެ ގޮތުން ޕޭޝަންޓްގެ އާއިލާގެ އިޒުނަ ނެތި އޭނާގެ އެއްވެސް މައުލޫމާތެއް އަޅުގަނޑުމެން ހާމައެއްނުކުރަން. އެއީ އަޅުގަނޑުމެންނަށް ވެސް އެނގޭނެ މައުލޫމާތެއް ނޫން" އެ އޮފިޝަލް ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީގެ އޮފިޝަލަކުވެސް ވަނީ މާބަނޑު މީހަކު ވިހެއުމުގެ އޮޕަރޭޝަނަށް ފަހު ނިޔާވި މައްސަލަ އެ ވުޒާރާއިން ބަލަމުންދާކަން ހާމަކުރައްވާފައެވެ.

އަދި އެ މައްސަލަ ބަލަމުން ދަނީ އާއްމުކޮށް އެ ވުޒާރާއިން އަމަލުކުރާ އުސޫލުުގެ ދަށުން ކަމަށް ފާހަގަކުރައްވާފައެވެ.

އެ އޮފިޝަލް ވަނީ އެއްވެސް ފަރާތަކުން އޭޑީކޭގެ އިހުމާލު އޮތްކަމަށް ބުނެ އެ ވުޒާރާއަށް މައްސަލައެއް ހުށަހަޅާފައި ނުވާކަންވެސް ފާހަގަކުރައްވާފައެވެ.

" އާއްމުކޮށް ވެސް ބަލާނެ ނެޓުރަލް ޑެތްއެއް ނޫނިއްޔާމު އެ މައްސަލައެއް. އާއިލާއިން މައްސަލަ ހުށަހަޅާފައެއް ނެތް. އޭޑީކޭއިން އިންފޯމް ކުރީ. އެ އޮންނަ އުސޫލުގެ ތެރެއިން. އެ ބޭފުުން އަބަދުވެސް އިންފޯމްކުރާނެ."ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ނިޔާވެފައިވާ އަންހެން މީހާއަކީ މާލޭގައި ދިރިއުޅެމުން އައި އުތުރުގެ އަތޮޅަކަށް ނިސްބަތްވާ މީހެކެވެ.

އޭނާ ނިޔާވި އިރު އުމުރަކީ 29 އަހަރެވެ. އޭނާ ވިހޭ ފިރިހެން ދަރިފުޅުގެ ހާލު ރަނގަޅެވެ.

އެ އަންހެން މީހާގެ އާއިލާއިން އޭނާގެ މަރާއި ގުޅޭ މައުލޫމާތު ހިއްސާކުރަން ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ.

އެ އަންހެން މީހާ މަސައްކަތް ކުރި ކުންފުނިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ އަކީ މުވައްޒަފުންނާއި އެކުވެރި ހީވާގި މުވައްޒަފެއް ކަަމަށެވެ.

އަދި އޭނާގެ މަސައްކަތުގެ ހިލްމާއި ތަޖުރިބާއަކީ އެ ކުންފުނީގެ ކުރިއެރުން ކަމަށާއި، އޭނާ ނެތުމަކީ ކުންފުންޏަށް ލިބޭ ދެރައެއް ކަމަށްވެސް އެ ޕޯސްޓުގައިވެއެވެ.

އޭނާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި! އާމީން.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. މަބަލްދީބް

  އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން.

  88
 2. ބުރުތުގާލް

  ބައެއްފަހަރު ހޮސްޕިޓަލް ތަކުން ވަރައް ނުބައި ކޮން ކަން ތައްކުރޭ އަޅުގަނޑު އައިޖީއެމްއެޗްގައި އެކަން ތަޖްރިބާ ކުރިން ވަރައް ބޮޑާ ދެ ނަރުހުންނާ ދިވެހި ޒުވާން އަންހެން ޑޮކްޓަރަކާ ދިމާވެ އެމީހުންގެ ބޮޑުކަމާ ފޮނިކަން ދައްކާލި ލޭބަރ ރޫމް ތެރޭން އަޅުގަނޑަށްވެސް ،އެކަމަކު ކީއްތޯ ކުރާނީ ވިހަން އަރާ އޮތް މީހަކު އޮންނާށެއްނު ޖެހޭނީ މަރުވަނީ ކަމަށް ހީކޮށް ޝަހާދަތް ކިޔާ ގްރުއާން ކިޔަވާލީމަވެސް ހުނީ

  150
  7
  • އިމް

   ސޯ ސޭޑް

   47
  • ޙަނާ

   ތީ ތެދެއް އެ ވޭނަށް ރޯއިރުންވެސް ވަރަށް މަލާމާތް ކޮށް ހަޅޭއްވެސް ލަވާނެ

   89
   3
  • ޜަހު

   ތެދު ވާހަކައެއް

   18
 3. ރަތްޔިތުންގެ އުދާސްތައް

  ތި އީ ހޮސްޕިޓަލެއްކަމައް ގަބޫލުކުރެވޭ ތަނެއްނޫން، ރަތްޔިތުންގެ ބޮޑު ބިމެއަ ނު އަގުގަ ނަގައިގެން ހިންގާ ބިޒިނެސް އެއް ތި އީ، ރަތްޔިތުން ހަދާން ނެތޭލެއްވެސް އަވަހީ، ޓީޗރު ޝާހީނު މަރާލީ ތި ހޮސްޕިލުގެ އިހުމާލުންނެއްނު، އެއީ ސާބިތުވެސް ކުރެވުނު މެޑިކަލް ބްލަންޑަރެއް، އަދިވެސް ކިތައްމެ ކަމެއް ދެރަކަންތައް މާބަޑު މީހުނައް ތިތަނުގަ ދިމާވަނީ، ހިތައް އަރާ ތިތަނައް ވިހަން ދަނީ ކީއްވެ ބާޔޭ، ތި އީ ހުސްމަކަރު ހަދާ ތަނެއް

  72
  4
 4. ޕުތުރީ

  ޢިންނާ ﷲ ވައިންނާ އިލަހި ރާޖިއޫން . ބަޔެއްފުނަ ގެން ފަވަނީ ވަރަށް ހެޔޮގޮތުގަ.

  35
 5. ޕާކިން ސްޓިކާ

  މިވެސް ކުރީ ސަރުކާރުން ކުރިކަމަކަށް ނުވިއްޔާ ރަނގަޅު

  61
  13
 6. އިމް

  އާމީން

  19
  2
 7. ޒ

  ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި! އާމީން.
  އޭޑިކޭ ހޮސްޕިޓަލް އިސްލާހު ކުރަން ޖެހޭ.... ވަރަށް ދެރަ.... 😭😭😭...އޭޑީކޭ ގެ އިހުމާލް މައްސަލަތަށް ހާދަ ގިނައޭ ހަބަރުތަކުން ފެންނަލެއް. 😓

  105
  1
 8. ސޮމެޮނެ

  މިކަމުގަ ބުރޯގެ އަތެއް ނުވޭބާ!!
  ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

  2
  7
 9. ާއިބްރާހީމް

  މީގެ 2 މަހެއްހާހުވަސްކުރިން އަހަރެންގެ ކޮއްކޮ ސިޒޭރިއަން ހެދިއިރު އެ ކޮއްކޮގެ ބްލެޑާރ ވެސް ކަފާލި ތި ހޮސްޕިޓަލުން ނަސީބަކުން ފުރާނަ ސަލާމަތްވި.

  25
 10. އަހަރެން

  އަހަރެން ވިހަން އެނދުމަތި ކުރެވިފައި އޮތް އިރު ވެސް ބުނ އަނގައިން އަޑުނުލައްވާާ އަނގަ ލައްޕާ ށޯ.ރ އުނގޫފާރު ހޮސްޕިޓަލް...އެތާ އުޅޭނެ އުމުރުން ދޮށި ދިވެހި ވ ..ފޯސް މާރސް ތަކެއް.

 11. އަލި

  ޔާމިނު ޖަލުގަ އޮވެފަ އައިސް ކުރި ކަމަކަށް ވާނީ... ހުރިހާ ކަޑަކޮށް ކުރެވޭ ކަންކަމަކީ ނިމިދިޔަ ސަރުކާރުގެ ސަބަބުން ވާކަންކަމަށް ވެފަ އޮންނަނީ... ރަނގަޅަށް ކަމެއް ކުރެވިއްޖެނަމަ އެއީ އިބޫގެ މޮޅުކަން... މިސަރުކާރުގެ ރަނގަޅުކަން....... ލާދީނީ ސަރުކާރު

  46
  1
 12. ޢެސީ

  إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ

 13. މަގުމަތި

  ހިތުން ދުވަހަކު ވެސް ފިލައި ފެން ނުދާނެ. ރ. އުނގޫފާރުން ހޮސްޕިޓަލް އިން ވިއްސި..........ބަނޑަށް އޮބައިގެ ްްްްްް ން ވި ވިއްސި.......... ރަހިމް. ވަނީ ތިރިޔައްޖެހި ބޭރަށް ފެންނަން...........އެއީ ފުރަތަމަ ބޭބީ............މިހާރ8އަހަރު ވީ .........އަދިވެސް އެހަނ ދާން ތަކާ އެކު........