ދެކުނުގެ އަތޮޅުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކާއި ޖިންސީ ގުޅުން ހިންގަން އުޅުނު މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައި ދީފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، 35 އަހަރުގެ ދިވެއްސެކެވެ.

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައަކީ، އެކި ދުވަސް މަތިން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް، ޖިންސީ އަމަލު ހިންގަން ހިތްވަރު ދީ، ޖިންސީ ގުޅުން ހިންގަން އުޅުމެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްުޔަރުކޮށްފައި ވަނީ އިއްޔެ އެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އއ

    ޑިމޮކްރެޓިކްޕާޓީ އަށްނސްބަތްވާނަމަ އެއްދޮރުންވައްދާފަ އަނެއްދޮރުން.......

  2. މުހައްމަދު

    ކުރިން މިކަން ކުރި މީހާ ގެ ވަނަވަރު ޢާންމު ކުރި ، މިފަހަރު އެމް.ސީ ހަމީދުގެ ރައްޓެއްސެއް ވީމާ ފޮޓޯ އާއި ވަނަވަރު އާންމު ކުރާކަށް ނުކެރުނު ، ކޮންކަހަލަ އިންސާފެއް .