ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމާއި އެކު އެމަނިކުފާނު ޖޫރިމަނާގެ ގޮތުގައި ދައްކަވަން ޖެހޭ ފަސް މިލިއަން ޑޮލަރު ނުދެއްކުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ދަތިވާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ ހާޒިރުކޮށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލުމުން ރާއީ ވަނީ ރައީސް ޔާމީން ދައުލަތަށް ދަައްކަން ޖެހިވަޑައިގަންނަވާ ފައިސާ އެއްވެސް މިންވަރަކަށް ދައްކައިފައިވޭތޯ އާއި އެފައިސާ ހޯދުމަށް ސަރުކާރުން ކިހާ މަސައްކަތެއް ކުރަމުން އާދޭތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ރައީސް ޔާމީން އެފައިސާ ދައްކާފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާކަމަށެވެ.

ރާއީ ވަނީ މިނިސްޓަރ މިފަދައިން ވިދާޅުވުމުން ދެވަނަ ފަހަރަށް ނިޒާމީ ނުކުތާއެއް ނަންގަވައި ފައިސާ ހޯދުމަށް ދައުލަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ސުވާލު ތަކުރާރުކޮށްފައެވެ.

"ވަރަަށް ސާފުކޮށް މާލީވަޒީރު ވިދާޅުވެއްޖެ ޔާމީން ފައިސާނުދައްކަވާ ކަމުގައި. އެހެންވީމާ ދަތިތަކެއް ހުންނާނެ. އެކަން ޝަރީފަށް އެނގެންޖެހޭނެ. އެއީ ވެގެން އުޅޭ ގޮތަކީ ޔާމީނު އަދިވެސް ފައިސާ ނުދައްކަވާ" ރާއީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދައުލަތުގެ އެންފޯސްމަންޓު މެކޭނިޒަމްގެ ތެރެއިން މަސައްކަތް ކުރަމުން ދަނީ އެފައިސާ ހޯދުމަށް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލައިގައި ދައުވާ އުފުލީ މިއަހަރުގެ ފެބްރިއަރީ މަހުގެ 13 ވަނަ ދުވަހުއެވެ، މަނީ ލޯންޑާ ކުރުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ އެމްއެމްއެޕީއާރްސީގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ނުކުރިކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޙުކުމް

    މަޖިލިސް މެމްބަރުން އަބަދު ސިޔާސީ ނުވެ ރައްޔިތުން ވަގުންގެ ފަރާތުން ސަލާމަތް ކޮށްދޭން އެންމެފަހަރަކު ވާހަކަ ދައްކަބަލަ، ރައްޔިތުންގެ މެމްބަރުން ރައްޔިތުންނަށް ރައްކާތެރިކަން ހޯދަދީ ބަލަ

    45
  2. ޓިނު ވަގު

    ޔާމީންގެ ޖުރުމަނާ.. ލަދުޙަޔާތް ކޮބާ.. ކިހާވަރެއް ތިޔަ ކައި ނަގަނީ... ޖުރުމަނާ ދައްކަން ތައްޔާރުވޭ...

    51
    1
  3. ފައްޔާޒު

    މާލިއްޔަތަށް ވަރައް ގެއްލުންވޭ ރާއީމެން ކަހަލަ ކުފޫހަމަނުވާ މީހުން މަޖިލީހުގަ ރަސްކަން ކުރާތީ.

    60
  4. ލަދުކުޑަ

    މިކަހަލަ ބީތާ އިން .މިފަފަ މަޤާމް ތަކުގައި ތިބެގެން ކިހިނެތް ޤައުމުގެ ކަންތައްތައް ރަނގަޅުކުރެވޭނީ.

    56
    1
  5. ގެރި މޯދީ

    މިސަރުކާރަކީ ރައްޔިތުން ޖޫރިމަނާކޮއްގެން ހިންގާ ސަރުކާރެއްވީމަ ދަތިވާނެކަން އެނގޭ. ހީވަނީ ކުދިންކޮޅަށް ބަހާލާނެ ލާރި ކޮޅެއް މިހާރު ނެތީހެން.

    56
  6. މާމީ

    މިސަރުކާރުން ކޮވިޑޭ ކިއާފަ ވަގައްނެގި ފައިސާތައް ހޯދަބަލަ

    56
  7. އެނގިއްޖެ

    ބަލަގަ ގަމާރާ ކަލޭގެސަރުކާރުގެ ބާރުގެދަށުގަ ތިޔަބުނާ ފައިސާއެއްހުރީ ރައީސްޔާމީން މިހާރުއެހުންނެވީ ޖަލުގަ ކީއްވެ އެފައިސާ ކަލޭމެން ނައް ނުނެގިގެން ތިއުޅެނީ އެއިންވެސް އެނގޭއެއްޗަކީ އެއީ ކަލޭމެންނައް ލިބެންޖެހޭ ފައިސާއެއްނޫންކަން ޝަރީއަތަކީ ސިޔާސީ ޝަރީއަތެއްކަން ރައީސްޔާމީން ޖަލައްލާފަހުރީ ސިޔާސީގޮތުންކަން ކުށެއްކުރައްވައިގެން ނޫންކަން

    57
    • ވެރިން

      އެލާރި ކޮޅުވެސް ކާލާފި.

  8. މަރީ

    ރޔާމީނު ދަށްކަނޖެހޭޖުރުމަނާއެއްނޯންނާނެ ހޭކެޑުނީތަ

    55
  9. އަނިޔާ

    ރާއީ ކަލޭމެންހީނުކުރާތި އަބަދު ތިޔަމަޤާމުގަ ތިބެވޭނެކަމަށް. އޮޑި ފުރުޅާލާނެ ދުވަހަކަށްވެސް ވިސްނާނެކަމަށް ހީކުރަން. އަނބިދަރިންނާ ކުދިންވެސް ތިބިކަން ހަނދާންކުރާތި. އެކުދިންނާއި އަނބިން އެކަނިކޮށްފަ ކުޑަގޮޅިވެސް އިހުތިޔާރުކުރަން ޖެހިދާނެކަމަށް ވިސްނާތި.......؟ މީ ވަރަށް ވާހަކަ............

    49
  10. ހަވާސާ އިބޫ

    ރާއީމެންމޮޔަތޯ ބަދަލޭކިޔާފައި ދޭންނުޖެހޭ ފައިސާތަކެއް އެކިއެކި އެކުޓިވިސްޓުންނަށް ދިނީމާ ދައުލަތަށް ގެއްލުމެއްނުވާނެތޯ؟

    47
  11. ޙައްގުބަސް

    ހެހެ ތިކަން އެނގޭ!! ކަލޭމެން މަގުމައްޗަށް ބަޔަކު ނެރެގެން ހިތުހުރިހާ ގޮތަކަށް ޖޫރިމަނާ ކުރަމުން އެގެންދަނީ ސަރުކާރު ހިންގަން ފައިސާ ހޯދަންކަން އެނގޭ!! ޔާމީނުގެ މުޅި މިލްކިއްޔާތު ޖޫރިމަނާއަށް ދައްކަން ގޮނޑި ކޮށްކޮއަކު ނިންމުމާ ބޮޑު ވަގާއެކު ޑީލް ހަދައިގެން ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރިކުރުމުންވެސް ލައްކަ ކަންކަން އެނގިއްޖެ ދިވެހި ރައްޔިތުންނަށް!! ކަލޭމެނާ މިދުވަސްއަރާ ހަމަކުރާނެ!! ހަނދާން ބަހައްޓަވާ!!

    43
  12. ަހމސ

    ޔާމީން ވައްކަން ނުކުރުރިނަމަ މާލިއްޔަތު ސަލާމަތް ކުރާނީކިހިނަކުންބާ؟؟؟؟

    32
  13. ައަހުމަދް

    ތިމާމެން ދައުލަތުން ނަގަމުންދާ ބޮޑުމުސާރަތައް ކުޑަކުރަން އިސްނަގައިން ޢެޖެންކުރަންވާނު؟ މަހުޖަނު ގައުމުތަކު މެމްބަރުންނަށް ދޭ މުސާރަތަކާއި އިނާޔަތްތައް ހޯދައިންތިބެ ކޮންމާލިއްޔަތެކޭތަ މި ކިޔަނީ؟

    34
  14. ވެރިން

    ރާއީ މިހާރު މިއޮތް ވެރިކަން ނިމި އެހެން ވެރިކަމެއް މިގައުމުގަ ގާއިމުވާ ދުވަހަކު ސުވާލު ތަކަށް ޖަވާބު ދޭން ތައްޔާރަށް ހުއްނާތި

    45
  15. އަހުމަދު

    ތެދުފުޅެ އް. މި ސަރުކާރު ހިންގަން ބޭނުން ވަނީ ރަ އްޔިރުން ފެލަ އިގެން އެލިބޭ ފަ އިސާ އިން. އަދި ވެސް ޖޫރިމަނާ ތަށް ގިނަކޮށް އަދި ޖޫރިމަނާ ކުރާ އަދަދުވެސް އިތުރު ކޮ އްލުމުން ސަރުކާރުގެ ވެރިންނަށް ލިބޭ ފަ އިސާ ގިނަވެފަ ސަރުކާރު ހިންގަން ވެސް ފަސޭހަވާނެ.

    37
  16. އަހްމަދު

    ރައްޔިތުން ޖޫރިމާނާކޮށްގެން ނަގާ ފައިސާއަށްތޯ ދައުލަތުގެ މާލިއްޔަތު ބަރޯސާވެފަ އޮންނަނީ. މިއަށްވުރެ ޒިންމާދާރުވާން އެބަޖެހޭ

  17. ަކުރަފިދާދާ

    5 ބިލިޔަން ދައްކަންޖެހޭ މީހެއްގެ އަތުން 2 މިލިޔަން ނަގަން އެއްބަސްވުމުން ދައުލަތަކަށް ދައްޗެއް ނުވޭތަ! ކަލޯ! ދައްކާ ވާހަކާގައި އޮއްޓަރެއްވެސް ހުންނަންޖެހޭނެ! ރައްޔިތުންނަކީ ބުއްފުޅިބޯ ތުއްތު ކުދިންނަށް ނަަހަދަބަލަ! ހީވަނީ ކަލޯ ރައްޔިތުންނަށް މަލާމާތް ކުރަން އުޅޭހެން!

  18. ސަމީ

    ލިބޭ ޖޫރިމާނާއިން ދައުލަތެއް ހިންގަން އުޅޭ ބައެއް ތަ މިއީ ލަދު ކޮބާ ، ވެރިކަން ކުރަން މި ވަރެއް ނެތިގެން މި އުޅެނީ.

    10
  19. މޯދީ

    މާލިއްޔަތު ފެންފޮދަކާ ލައިގެން ކަލޭމެއް ސަރުކާރުވަނީ ބޯލާފަ ދެއް ކޮން މާލިއްޔަތެކޭތި ކިޔަނީ

    11
  20. އަހުމަދު

    ރަަަޢީސްޔާމިން ވީމަ ހިތަޢްޢެރި ދުވަހަކުން ކޯޓަޢް ފަޢިސާ ދަޢްކަންވީ.އާންމު މީހަކުނަމަ ފެލާފަވިޔަސް ސަރުކާރުން ފަޢިސާހޯދާނެ.މީ ޢިންސާފު، ހަމަހަމަކަން ތޯ.ނިކަމެތިން ހަމަ ނިކަމެތި.

  21. މާމީ

    މީ އެއްކަލަ ކޮރޯނާއަކީ ބައްޔެއް ނޫންކަމައް ބުނި ބުރާނތި ދޯ//

    10
    1
  22. މީހާ

    އޭމިހިރަމޮޔަމީހާޔާ ޔާމީންދައްކަންޖެހޭފައިސާއެއްކަންއެގޭނީ ޝަރިޢަތްނިމުނީމާކަންނޭގޭވަރުމީހުން ތިކޮށްޓައްލާންހޮވިމީހުންއެފައިސާދައްބަލަ. އޭރުންމާލިއްޔްތައް ދައްޗެއްނުވާނެ. ކަލޭ ތިމާގާމައްހޮވިމީހުނައްވެސްކަލޭކިޔެވީ ކޮންގުރޭޑަާހަމަޔައްކަމެއްއެގޭބާ. އަސާސީތައުލީހުރިމީހަކަށްވެސްމީިހަކަށްވެސް މިވަރުއެގޭނެހެންހީވަނީ.

  23. ޟަ

    އާނ ދެން ގައު މުތަކުންދޭ ލާރިކޮޅު ބަނޑު އަޅައިގެން އޮވެ ކިޔާ މާލިއްޔަތު ދަށްވަނީ ޔާ މީން ޖޫރި މަނާ ފައިސާ ނުދައްކާތީއޭ..ކަލޭ މެންގެ ލަދު ކޮބާ😡

    11
  24. ފަސާދަ

    ތިއީ މާކަ ހަމަޖެހޭ ވާހަކަދައްކާ މީހެއް ނޫން.
    ޔާމީން، އައްނި ، އަދީބު މިއީ އެއްކަހަލަ ލިވިނގް ތިންގްސް

    2
    1
  25. އަބްދޫ

    މާލިއްޔާ ކުރިއަރުވަނީ ޖުރިމާނާއިންތަ.އިސްތިއުނާފު ނިމެންދެން މަޑުކުރޭ

  26. މިއަދު

    އަދީބު 2 މިލިއަން ރުފިޔާ ކާނެވަރަކަށް ކައިފަ ހިތްފުރޭވަރަށް ބޮޑުންނަށއބެހީމަ
    ޔާމީނު 77.1 މިލިއަން ރުފިޔާ އަދީބު ދިން ކުޑައެތިކޮޅެއް އޭސީސީގެ މަޝްވަރާގެމަތިން ރައްކާކުރީމަ
    މިވަރުގެ އިންސާފެއް ގާއިމުކުރެވޭނީ

  27. މަހާ

    ދައުލަތުގެ މާލިއްޔަތު ކަލޭ ތި ދިރުވާލަނީ، ފެންފޮދަކާވެސް ނުލާ،
    ދައުލަތުގެ މާލިއްޔަތުން 5 އަހަރު ދުވަހު ކަލެއަށާ، ކަލޭގެ ޢާއިލާއަށް ކުރާ ޚަރަދު ހިސާބު ޖަހާލާބަލަ، ބުރާންތި.

  28. ނ

    ޢިސްތިއުނާފު ކޮށްފައި އޮއްވާ
    ފައިސާ
    ޢަތެއް ނުލެވޭނެ
    މިހިރަ
    ބޮޑު
    ކޮހާ