ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުން ގެއަށް ބަދަލު ކުރީ ރިޝްވަތު ދީގެން ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު ތުހުމަތު ކުރައްވައިފިއެވެ.

ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވި އިރު އަދީބު ގެއަށް ބަދަލުކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އަދި ޔާމީން ވެސް ވަގުތުން ވަގުތަށް ގެއަށް ބަދަލު ކުރުމަށް ޖާބިރު ގޮވާލެއްވިއެވެ.

އޭނާ ވިދާލުވީ ރާއްޖޭގައި އޮތީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލާފައިވާ ޖުޑީޝަރީއެއް ކަމަށެވެ.

އަދީބު ގެއަށް ބަދަލު ކުރީ ސަރުކާރާއި ޑީލް ހަދައިގެން ކަމަށާއި ދައުލަތް ލޫޓުވާލި މީހަކަށް އެފަދަ ޚާއްސަ ގޮތަކަށް އަމަލު ކުރަންވީ ކީއްވެތޯ ޖާބިރު ސުވާލު އުފެއްދެވިއެވެ.

" ޔާމީން ވަގުތުން ވަގުތަށް ދޫކޮށްލާށޭ. އެހެން ނޫނީ އަދީބު ގެންގޮސް ޖަލަށް ލާށޭ. އޭނާ އަށް ހުކުން ކުރީ ކީއްވެގެންތޯ؟ ކާކަށް ކިހާވަރެއް ރިޝްވަތުގެ ގޮތުގައި ދީގެންތޯ އޭނާ އަށް ގެއަށް ބަދަލު ކުރީ އަޅުގަނޑު ބަލަން ބޭނުން މި މަޖިލީހުގައި. އުގޫބާތެއް ކަނޑައެޅީމަ ދާން ޖެހޭނީ ޖަލަށް. އެވަރު ބާރުވެރިކަން އޮވެގެން ނުވާނެ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ސަރުކާރުން އަމަލުކުރާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ސިފަތައް ސަރުކާރުން ނުފެންނަ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ތަފާތު ކުރުންތައް ވަރަށް ބާރަށް ފެންނަމުން މިދަނީ. ހިތާމަކުރަނީ ރައްޖޭގެ އަދުލު އިންސާފު ގާއިމްކުރުމަށް އަޅުގަނޑުމެން ކުރި މަސައްކަތުގެ ފްރުޓް ބެއާކުރޭތޯ. ނުކުރާނެ އިނގޭތޯ. މިތަނުގައި މިދައްކާ ވާހަކައާ އަމަލާ ދިމާނުވޭ. ނިކަމެތިންނަށް ނިކަމެތިކޮށް. ސަރުކާރާއި ޑީލް ހަދައިގެން ބޮޑެތި ވަގުން މިނިވަން ވެގެން މިދަނީ." ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސާރާ

    އަދީބާއެކު މިސަރުކާރުން ހެދި ޙަރާމް ޑީލްތައް ސާފްކޮށް ހެއްކާއެކު ހަޖަމް ޓީމުން ކިޔައިދެންދެން ކެއްކުރައްވާ! މަޢުލޫމާތުތައް ކިތާބީ އަދި ސަފަހީ ހެކިތަކާއެކު އެބަހުރި! ރޭގެ ޕްރޮގްރާމްގައި އެ ހާމަކުރީ ކޮވިޑް ވައްކަމުގެ މަދު މިންވަރެއް!

    5
    1
  2. ހަވާސާ އިބޫ

    ރިސްވަތުގައި ހިފީ ނަސީދުއާއި އެމްޑީޕީގެ ވެރިންނާއި ބައެއް ފަންޑިޔާރުން

    26
    1
  3. އަލީ

    ޖާބިރު އިބުރާހިމް މުހައްމަދު ސާލިހު އައް އަދީބު 1 ދދުވަހު ވެސް ޖަލުގަ ނުބެހެއްޓޭނެ ސަބަބަކީ ސާލިހު އައް 37 މިލިއަން ދިވެހި ރުފިޔާ ދީގެން އެއޮތީ ހެދި ޑީލު ދިވެހި ރައްޔިތުން ނައް ހާމަވާން ......

  4. ކޮއްކީ

    އެހެން ބުނި އިރު އޭނަ ހުރީ ހިނދު ކޮޅުގައި@ މިހާރު އެބަބުނޭ ބަރާ ބަރަށޭ ބަދަލި ކުރީ