އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އަހުމަދު އަކްރަމް އާއި އޭނާގެ އަނބިކަނބަލުން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

އަކްރަމްގެ އިތުރުން އޭނާގެ އަނބިކަނބަލުން ވެސް ވަނީ ކޮވިޑަށް ފައްސިކަން އެނގުނީ މިއަދު ހެނދުނެވެ.

އަކްރަމް "ވަގުތު"އަށް ވިދާޅުވީ އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި، އަނބިކަނބަލުންގެ ކިބައިންވެސް ބަލީގެ އަލާމާތެއް ނުފެންނަ ކަމަށެވެ.

"މިއަދު ހެނދުނު އެނގުނީ ދެ މީހުން ފައްސިވިކަން. ސައިނަސް ހުންނާތީ އަބަދުވެސް ހުންނަނީ ރޯގާ ޖެހިފަ. އެކަމަކު އަނެއްހެން ބައްޔެއް ނޫން. އިތުރު އެއްވެސް ކަމެއް ނުފެނޭ. އަންހެނުންގެ ވެސް އަލާމާތެއް ނެތް. ދަރިފުޅުގެ އަދި ސުންކު ނުނަގާ" އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އޭނާ ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމެއްގައި ބައިވެރިވި ކަމަށެވެ. އެހެންނަމަވެސް އެ ބައްދަލުވުމަކީ އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް މާސްކް އަޅައިގެން ގައިދުރުކަން ބަހައްޓައިގެން ބޭއްވި ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ނޫން ގޮތަކަށް އޭނާ އާއި އޮފީހުގެ މީހަކާއި ބައްދަލު ނުވާ ކަމަށް ވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

އަކްރަމް ވިދާޅުވީ އޭނާ އަށް ކޮވިޑް ޖެހުނު ސީދާ ގޮތެއް ނޭނގޭ ކަމަށެވެ. އޭނާ ދިރިއުޅުއްވާ ގޭގެ އެންމެންނަކީވެސް އޮފީހަށް ގޮސް އުޅޭ މީހުން ކަމަށާއި، އިތުރު އެހެން ކަމަކު އާއްމުކޮށް ބޭރަށް ދާ ބަޔަކު ނޫޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްެޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 10،620 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަފާ

    ކޮބާ ދެން މައްސަލައަކީ

    5
    1
  2. ޓާޓާ

    ކަމެއް ދިމާާވާންވެއްޖެނަމަ ލަހެއް ފަހެއް ނޮއޮންނާނެ އަދިވެސް ހެދުނުހާދޮގެއް ހެދޭތޯބަލާ