އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި 20 އަހަަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގެއަށް ބަދަލު ކޮށްފިއެވެ.
އަދީބުގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައި ވަނީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއަކަށް އިއުތިރާފުވުމުންނެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލީ ހިޔާނާތުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެކެވެ.
އޭނާ 20 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ދުވަހު އޭނާ ޖަލަށް ގެންދިޔަ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އަދީބު ގެއަށް ބަދަލުކޮށްފައި ވަނީ އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ކަމަށެވެ.
"ބަލި ހާލަތު އަށް ރިއާޔަތްކޮށް ގޭބަންދަށް ވަގުތީ ގޮތުން ބަދަލު ކުރިވަފައި". އިތުރު ތަފްސީލެއް ހާމަ ނުކޮށް ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ސިއްހީ ސަބަބުތަކަށްޓަކައި މީގެ ކުރިންވެސް އަދީބު ގެއަށް ބަދަލުކޮށްފައި ވެއެވެ.
ލަގްޒަރީ ލައިފެއްގައި ދެންމީނައުޅޭނީ ގޭގައި..ދިވެހި ރައްޔިތުންގެ ސުވާލެއް އެބައޮތް؟ ޑ.ރ އަފްރާޝީމް އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ ކާކު؟؟؟ އެމައްސަލަ ނުބަލާތިތިބެނީ ކީއްވެގެން؟؟؟
ޖާބިރު އެ ބުނީ ތެދެއް އަދީބު ގެއަށް ބަދަލު ކުރީ ރިސްވަތު ދީގެން
ލަނޑަޔާ ވާނީ ލަނޑަޔާ.
އަދީބު ގެއައް ބަދަލު ކުރީ އެކަކައް ދިން 37 މިލިއަން ރުފިޔާގެ ވާހަކަ ނުދައްކާ ގޮތައް އެއްބަސް ވެގެން .... އަދި ބެލޭނެ ދުވަސް އަންނާނެ ކަން ވެސް ހަދާން ނައްތާލައިގެން ނުވާނެ..
ވާހ! ކިޔާ ބާތުހޭ! ޔޭ ޢާދުމީ ބީސް ސާލް ކީ ސަޒާ ކާޓްނޭކޭ ލިޔޭ ސާރޭ ބީސް ސާލް ބީވީ ކީ ކަޕްޅޭ ސާފުކަރޭގާ!
މީ ސަރިކާރުން ކުޅޭ ޑްރާމާއެއް ފަތިސްހަނދުވަރުގެ ޕާޓެއް އިބޫގެ ކޮރަޕްޝަންގެ ވާހަކަ ނުދައްކާމަތިން އަދީބް ގެއަށް ބަދަކު ޖުރީ
އެމް ޑީ ޕީ ގެއިންސާފުގެތިލަފަތުގެ ހުރިހަމަހަމަކަން އަދިވެސްރަށްޔިތުންނައް ނުފެނޭބާ. ދިދައެއްގައި ތިލަފަތެއްކުރަހާފައި ވަޔައްދޫކޮށްލީމާ ވާގޮތައް މިސަރުކާރުގެ އަދި އެމްޑީޕީގެ އިންސާފު ހުންނާނެގޮތް އުފެއްދުމުގައިވެސް އެއޮތީ ރައްޔިތުންނައްބުނެދީފައި. މިވަރުރައްޔިތުން ނައްނުވިސްނުނުކަންހިތާމަޔަކީމިބައިއިގަޑަށް ވޯޓުދިންމީހުނައްއެވަރު ނުވިސްނުނީތީ. ކުރިޔައްއޮތްތާގައި މާބޮޑުކޮށް އިންސާފު ހިގާތަންއަދިފެންނާނެ.
އާާ ޑްރާމާ އެއް ފެޝުނީ އެއް ދުވަހު ޖަލުގަ އަނެއް ދުވަހު ގޭގަ އަދީބް އެކަނިތަ ދޫކުރަން ކެރުނީ ކެރެންޏާ ރައީސް ޔާމީން ގެޔައް ބަދަލުކޮއްބަލަ ކެރެންޏާ
ދެންމާދަމާ އަދަބު ލުއިކުރުމުގެނަމުގާ މިނިވަންކޮއް މައުސޫމުމީހަކައްހަދާނެ ޔަގީން
އަހަރުމެންގެ ސަރުކާރެއްގައި އަދީބުގެ މަށްސަލަ އަލުންބަލާ ކުށްވެރިވާ އެންމެންގެ ނަންތަށްހޯދާ އަދީބުލަށްވާ ޑުރާމާކުޅެ ހުރިހާ އެންމެން ޖަލަށްލާނަން އެއީ ސޯލިހަކަސް ގާސިމަކަސް އަންނިއަކަސް ހުރިހާއެންމެން ސާމިލުވާގޮތަށް .