ކުރިޔަށް މިއޮތް ރިޔާސީ އިންތިހާބާމެދު ދެވަނަ ވިސްނުންފުޅަކަށް ވަޑައިގަތުމަށާއި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ކުއްވެރިވެގެން ޖަލަށް ލާފައި ތިބި ސިޔާސީ ފަރާތްތަކަށް ދިނުމަށް އެމްޑީޕީގެ ޕްރައިމަރީގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު، ރައީސް ޔާމީނުގެ އަރިއަހުން އެދިއްޖެއެވެ.

"ޖަޒީރާ ރައީސް" ކެމްޕެއިންގައި ގދ.ތިނަދޫގައި ބޭއްވި ޖަލްސްގާއި ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ ރައީސް ޔާމީނާއި އެމަނިކުފާނަށްވުރެ މާ ބޮޑު އަދި މުހިންމު އިންތިހާބެއް ކަމަށެވެ.

"އިހުލާސްތެރިކަމާއެކު ރައީސް ޔާމީން އަރިހުން ވެސް އެދެން ކުރިޔަށް މިއޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް, ވާދަވެރިންނާއި އެކުގައި ވާދަކުރައްވައިގެން އިންސާފުވެރި ރިވެތި އިންތިހާބެއް ބޭއްވުމުގެ ވިސްނުމަށް ވަޑައިގަތުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމެއް ރައްޔިތުން ބަލައިގަތީ ވާދަވެރި ސިޔާސީ ނިޒާމެއް ބަލައިގަތުމުގެ ގޮތުން ކަމަށާއި އަނިޔާވެރި ސިޔާސީ ނިޒާމެއް ހިންގާކަށް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމް ދިވެހިން ބަލައިގަތީ ވާދަވެރި ސިޔާސީ ނިޒާމެއް ބަލައިގަތުމަށާއި އަނިޔާވެރި ސިޔާސީ ނިޒާމެއް ހިންގާކަށެއް ނޫން ކަމަށެވެ.

"ރައީސް ޔާމީން ހުރިހާ ބާރެއް އަތްޕުޅަށް ނަންގަވާފައިވާއިރު ސުޕްރީމް ކޯޓުން އަޅުގަނޑަށް ކުރިމަތިލެއްވޭނެ ކަމަށް ހުކުމް އިއްވުމުން ދެ ފަނޑިޔާރުން ހައްޔަރުކޮށް ރާއްޖޭގެ ޝަރުއީ ނިޒާމް ވަނީ ރޫޅާލައްވާފައި" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ރައީސް، ނަޝީދެވެ.

ނަޝީދު ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ފެއްޓެވުމާއި އެކު އިދިކޮޅު ހުރިހާ ފަރާތްތަކެއް ގަބޫލު ކުރާ އެއް ކެންޑިޑޭޓެއް ނެރުމުގެ އަޑު ވަނީ މަޑުވެފައެވެ. ރިޔާސީ އިންތިހާބު ގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރި ނަމަވެސް އިންތިހާބުގައި ވާދަ ކުރަވަން ރާއްޖެ ވަޑައިގަންނަވަން ނަޝީދު ޖެހިލުންވެއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. އަބުރު

    އެއްގޮތަކަށްވެސް ނަސީދު އަށް ފުރުސަތު ނުދެއްވާ...ވިސްނަވާ ދިވެހިން..

  2. ތިޔޭ އެއްކަލަ

    ލޮލް...

  3. ާއދ.

    މިބޮޑު މޮޔައައް އެގޭބާ ތިމާމީ ޖަލުހުކުމެއް ކޮއްފާ ހުރި ބޮޑު ކުއްވެރި އެއްކަން ތީމިހާރު ދެއުޅިއެއްނުވާ ބޮޑުމޮޔަ އެއް

  4. މާރިޔާ

    ކަލޯގަޔާ ހިލާތިކަމެއް ނުވާނެއިރާދަކުރެއްވިއްޔާ ތާތިކިބައިން މިގައުމް ސަލާމައްވާން ބޭނުން ވަނީ ދިވެހިލޮބްވެތިރައްޔިތުން 2018 ރައިސްޔާމިން އިންޝާﷲ

  5. ލައިލާ

    ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ. އިރާދަކުރެއްވިއްޔާ އަބަދައް މިއީދިވެހިންގެ އެދުން

  6. މަހަށްދޭބަލަ

    އަޅުގަނޑާ ވާދަކޮށްފި ނަމަ، ރައީސް ޔާމީން މާ ބޮޑުތަނުން ބަލިވާނެ އޭ އޭނާ އެބުނަނީ އޭނާ އަތުގައި މިއަދު އޮތީ ކޮން ބާރެއްތޭ ބާރެއް ނެތް ދޯ. ދެން އޭނާ މަމެންގެ ވެރިކަމުގައި ވައްކަން ކުރިއޭ ކިޔާ ފެލޭ އިރު އޭނާގެ ވެރިކަމުގައި އޭނާ ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާލައިގެން ކަޓް ގެ ގޮތުގައި ލިބުނު ފައިސާ އިން ދޯ ދަ ކަނޑުފައްތާ ފިލްމް ކުޅުނީ. ތަމެން ހީކުރަނީ ރައީސް މައުމޫނު ވެރިކަމުގައި އެމެން ކޯރޑި މެންނަށް ލައިގެން އުޅުނު ފަދަ ރަނޑުން ކަމަށް މަމެން ޕިންކީންގެ ވެރިކަމުގައި ކޯރޑިން ނަށް ތިބީ ނުވާނެ ތިޔާ ކަމެއް އިނގޭތޭ އެމްޑީޕީ އެއްޗިއްސަށް ވަގަށް މަމެން ގޮވާލާނަން އާންމު ތަންތާނގައިވެސް ވަރަށް ރީއްޗަށް ތަމެންގެ ވެރިކަމުގައި ނޭޝަނަލް ޑިޒާސްޓަރ ޑީބީ މެން ދަވާލި ދަވާލުން އެވެސް ފުދެއޭ ފަސްމާމުލު ފަސްވަގުންގެ ދަރިންނަށް ތަމެން ދެން ކޯއްޗެކޭ ކިޔަންތޭ ތަމެންގެ ވެރިކަމުގައި ކުރި ވައްކަން ތަކުގެ ވާހަކަ މަމެން ދައްކަން ފެށުމުން ޖަނގިޔާޒް ދަ ބޭލެނިންގް ވާނެ އެއިރަށް ހުންނާނެ އަލާފިލާފައި ދޯ. މަހަށް ދޭބަލަ..

  7. ޔާމިން

    ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.
    ނަޝީދު ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ފެއްޓެވުމާއި އެކު އިދިކޮޅު ހުރިހާ ފަރާތްތަކެއް ގޮއްހުސްވެފަ މިހާރު އުމަރުނަސީރައް ފުރުސަތު

  8. ޙާލު

    މޮޔަމީހެއް ބުނެލާ އެއްޗެއް ލިޔުމުގެ ބޭނުމެއް ނުފެނޭ.!މަވެސް.........ޔަ

  9. އަހްމަދް

    ލިބުނުވެރިކަންނިމި ބީވީމަ އަތުން
    ނިމިދާންވީހޭ!؟
    ނިމިދަނީ ފަރުދެކެ ޯގާވެ
    ހިތަށްނާރާހޭ!؟

  10. ރަށްދު

    ދުރުވެ ދުރުވެ އަވަހަށްދުރުވެ ތިބުނަނީ ރިޔާސީ އިންތިހާބަށްވާދަ ކުރާނަމެ ދުރުވެ ދުރުވެ އިގިރށްވިލާތުގެ ރަށްޔިތަކަށް ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބަށް ވާދަކުރެވެން ޖެހޭ ސަބަނެއް ނޯންނާނެ ދުރުވެ

  11. ޙަފްޞާ / މާލެ

    ތިކަމާ ކަލޭ އާދޭސްކުރަންވީ ޤާނޫނުއަސާސީގެ ކައިރީގައެެވެ. ކަލޭ ކުރިމަތިލުމަށް ހުރަސްއަޅަނީ ޤާނޫނުއަސާސީއެވެ. އެއީ މީގެ 10 ވަރަކަށްއަހަރުކުރިން ފާސްކޮށްފައިވާ އެއްޗެކެވެ. މޮޔަފުޅުވިޔަސް ތިޔައީ ބޮޑުވަރެވެ. ކަލޭގެ ތިޔަ މޮޔަވުމުގެސަބަބުން ޤާސިމުމެން ކުރިހާ މަސައްކަތާ ކުރިޙާ ޚަރަދު އެދިޔައީ ފަނުފުލުންނެވެ.

  12. މޫސާ

    އެއްގޮތަކަށްވެސް ފުރުސަތު ދޭނެ ކަމެއްނެތް އަދި ފުރުސަތު ދެވޭނެ ގޮތެއްވެސް ނެތް. ކުއްވެރިއެއް. އަދިވެސް ކުރަމުން ގެންދަނީ ޤައުމު އިންޑިއާ ގެ ދަށުގަ ބާއްވަން އަދި ވެރިކަމުގަ ހުރި އިރުވެސް ރާއްޖެ އިންޑިއާގެ ބާރުގެ ދަށުގަ ބޭއްވުމަށް ވަރަށް ގިނަ މަސައްކަތް ތައް ކުރި ނަމަވެސް އައްލާހު ސުބުޙާނަހޫ އަތަޢާލާގެ ރަޙުމަތުން ނަށީދުގެ ނުބައި ރޭވުން ތަކުން ދިވެހި ޤައުމު ސަލާމަތް ކޮށްދެއްވީ. ދިވެިޤައުމާއި އިސްލާމްދީނަށް ޚިޔާނާތްތެރި ވެފައިވާ އަދި މިހާރުވެސް ދީނާއި ދެކޮޅު މީހަކަށް މިޤައުމުގެ ވެރިކަމށް އަައުމުގެ ފުރުސަތު ދެވިގެން ނުވާނެ. ޔާ އައްލާހު ނަށީދު ގެ ކިބައިން ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރައްވާށި އާމީން!

    • ހަމަ

      އާމީން

  13. ރަޙްމާ

    އެމްއޯޔޫ އަތަށްގޮވައި ، ބުއްފުޅިކޯލިޝަންވެސް އަތަށާ ފަޔަށް ތިޔަގޮވީ!

  14. މޮހޮނު

    ކުރިޔަށް އޮތް ރިޔާސީ އިންތިބުގަ އަންނި އަށް ކުރިމަތި ލެވިއްޖެއްޔާ އޭގެ މާނަ އަކީ މި ރާއްޖޭގައި ހަމަޔާ އިންސާފެއްނެތޭ. އެމިީހަކު ހިތަށް އެރިކަމެއްކޮށް ހިތަށްއެރި ގޮތަކަށް އުޅެންވީއޭ އޭގެ މާނަ އަކީ. އަދި ޖަލުތަކުގަ ތިބި ހުރިހާ ގައިދީން މިނިވަން ކުރަންޖެހޭނެ ވަގުތުން

  15. ޢަފްލާ

    އެހެން ވިއްޔާ ޖަލުގައި ތިބި އެންމެން ދޫކޮށްދެއްވުމަށް ވެސް އަޅުގަނޑު ޔާމިން އަށް ދަންނަވަން

  16. މަލަކުރި

    ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަކީ ބޮލަކަށް މީދާ ކޭ އުނބެއް ހުރިބައެއް ނޫން އަދި ކިއެއްތަ ﷲ ދެއްވި ހެޔޮ ބުއްދި ލިބިގެންވާ ބޮލެއްގެ ވެރި ބައެއް ވީމާ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިހަދަން އުޅޭ އެއްޗަކުން ޔާމީނަށް އޭގެ ފައިދާ ބޮޑުވެގެންދާނެ، ވީމާ ނަޝީދު ނޫން މީހަކު ވެރިކަމަށް ކުރިމަތި ލެއްވުމުގެ ފުރުަޞަތުން އެކަމުގެ ފައިދާ ބޮޑުވާނެ.

  17. ސޮމެޮނެ

    އެހިންގަވާ ކެމްޕޭން ހިންގުން ހުއްޓުވަން ޖެހޭ.

  18. މައްޓި

    ނަޝީދު ގާޒީ ހައްޔަރު ކުރުމުގެ ކުރިން އެތަކެއްފަހަރު އެތަކެއް ޕޯޑިއަމްއެއްގައި ވަނީ ތިމަންނާ މިއުޅެނީ މިކަމެއް ކުރާށޭ ޢަދިބުނީ ތިމަން މިކަން ކުރުމުން އެކަން މައްސަލައަކަށް ވެ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ތަހުގީގު ކަމަށްވެސް ބުނަމުން ދިޔައީ. ހަމަ އެއާއެކު ތިމަން ޖަލަށްވެސްލާނެ ކަމުގެ ޔަގީންކަން ވެސް އޭނަގެ ސަޕޯޓަރުންނަށް އަންގަމުން ދިޔައީ. އެކަން ނަޝީދު ކުރާނެ ކަމުގެ ޔަގީންކަން ލިބިގެން ޕާޓީ ކުދިން ތިބީ މަޖާކުރަން. މީގައި މަޖަލީ ގާޒީ ހައްޔަރުމުން ރަށްޔިތުން ރަތަށް އެރީމަ ވެސް މިބުނީ ދުލެއް ނުކުރާނަމޭ 100 ފޫޓޭ 50 ފޫޓޭ އޭރު އީޔޫއާއި ކޮމްންވެލްތުން ނާއި މިގޮވަނީ ދޫކުރާށޭ މިހާޜު / އެންމެ ފަހުން ތުން ގަނޑު ބިމަށް ހަރައިގެން ވެސް ދާން މިހެހުނީ އެމީހުން ކާރިޔަށް ސަލާމަތް ހޯދަން. މި މީހުންނަކަށް ވާއެއް ނުވާއެއް ނޭނގޭ ކަން މިހާމަވީ.

  19. ޙާޖީ ތުއްތު ދީދީ

    ރިޔާސީ ނިޒާމެއްގައި ޤައުމު އަަނދަވަޅަކަށް ވައްޓައި ރައްޔިތުން ބިރުވެރިކަމެއްގެތެރެއަށް ގެންދާ ވާހަކަ އޮވޭތޯ ނަޝިދުއާ ސުވާލުކުރަން ބޭނުން.

  20. އަމްޖަދު

    ރައީސް ނަޝީދު ޕްރޮމޯޓް ކުރުމަށް ވަގުތު ނޫހުން މެދު ނުކެޑި ތިކުރާ މަސައްކަތަށް ސާބަސް

  21. ކެޓް

    ނަޝީދު ގެ ސިފަ ގެއްލި މުޅި މީހާ ގެ ދުވަސް ގޮސްފި ވެރިކަން ލިބޭނެ މަގެއް ނުފެނި ހިތާމަ ކޮށްކޮށް...ދެން ވާނީ ދުނިޔެއިން މޮޔަ... އޭރަށް ގުރައިދޫ ގެ މޮޔައިން ގެ ރަސްކަލަކަށް ވެވިދާނެ .. ނޫނީ އިގިރޭސިން ގެ މެންޓަލް އެސީލަމް އެއްގެ ރާނީ ނުވަތަ ރާޖާ އަކަށް ކަން ނޭގެ ވާނީ....ޓޫ ބޭޑް

  22. އުދަގޫގަނޑު

    ތީނަގެ ކޮސްވާހަކަތައް ނޫސްތަކުގައި ނުލިއެބަލަ ބޮލަށް ނޮހޮރުއްޕަން ތިކަހަލަ ދެއުޅި އެއްނުވާ ޒާތުގެ ވާހަކަތައް ކިޔަންފެށުމުން ނޫސްވެރިން ދަންވޫނު ކ ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަށްގޮސް އެމީހުންގެ ވާހަކަތައް ލިއަންފަށަން

  23. Anonymous

    ބޯގަޅި. އެހެންމީހުންވެސް ގަޅިހައްދަނީތަ؟

  24. މުޙައްމަދު

    ދެރައީ މިކަހަލަ ތާކުންތާކުން ނުޖެހޭ ވާހަކަތައް ނޫސްތަކު ޖަހާތީވެ.. ޖަލު ޙުކުމެއްގައި ހުރި މީހަކު ފިލައިގެން ގޮސް ޤައުމުގެ ރައީސްކަމަށް ކުރިމަތިލާން ދެން މީ ކޮންކަމެއް.... މިމީހުންކޮއްފިއްޔާ މިވަރެއް ނޯންނާނެ.... އަހަރެމެން ބޭނުންވާ ތަރައްޤީ ރައީސް ޔާމީން އެބަގެންނަވާ... އެކަން ހަޖަމުނުވެގެން މި މީހުން މި ތެޅެބާލަނީ...

  25. އަބްދުއްލާ

    ނަސީދު ބައިވެރިކޮށްގެން މި ބާއްވްން އުޅޭ ރިޔާސީ ޕްރައިމަޜީ އިލެކްސަނުން ހުއްޓުވަންޖެހޭނެ . މިޕްރައިމަރީގެ ސަބަބުން ވަރަށް ނުބައި ކަންތައްތަކެއް މިގައުމަށް ކުރިމަތިވެދާނެ ކަމަށް އެބަ ވިސްނޭ . ވީމާ ކުރިން ރައްކާތެރި ނުވެއްޖެ ނަމަ ފަހުން ހިތާމަކުރަން ޖެހިދާނެ .އެމްޑީޕީން ރިޔާސީ ޕްރައިމަރީ އަށް ކުށްވެރިޔަކު ނެރުމާ އެ އަމަލުގެ ސަބަބުން ގައުމުގެ ކަރާމާތާ އިސްތިގުލާލުގެއްލުމާ ގާނޫނުގެ ބާރާ ހަމަހަމަ ކަން ނަގާލުމަށް ރޭވޭ ކަމަށް ވިސްނޭތީ ޕާޓީ ތަކުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވިސްނޭ

  26. އދ

    ރާއްގެ ވެރިކަމުގެ އިންތިޚާބު އެކަންޏެއްނޫން
    އެއްވެސް އިންތިޚާބެއްގައި ބައިވެރިވުމުގެ ފުރުސަތު ނަޝީދަށް އޮވެގެން ނުވާނެއެވެ
    އޭނާއަކީ 13 އަހަރުގެޖަލުޙުކުމެއް ތަމްފީޒް
    ކުރަންޖެހިފައިވާ ޓެރަރިސްޓެކެވެ.

  27. ސުޒޭން

    ޥެރިކަމާއި ހެދި މޮޔަވެފަ

  28. Anonymous

    ކެކެހަހަ