ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ދެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު މިދިޔަ އަންގާރަ ދުވަހު ހަމަވިއިރު، ކޮންމެ ކޯޓަކުން ވެސް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށެވެ.

އެކަމަކު، އެ ބޭފުޅުންގެ ނަންތައް ޖޭއެސްސީ އިން ހާމައެއް ނުކުރެއެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޝުޖާއު އުސްމާން ފަނޑިޔާރު ކަމުން އިސްތިއުފާ ދެެއްވުމުންނެވެ. ކްރިމިނަލް ކޯޓުން އެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ހައިލަމް އިސްތިއުފާ ދެއްވުމުންނެވެ.

ޝުޖާއުއާއި ހައިލަމް ވެސް ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ، އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން ބަލަން ފަށައި، ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ކުރިމައްޗެއްނުލާނެތާ ގިނަބޭފުޅުންނެއް ސަބަބަކީ ތިޔަކޯޓަށް ލާންޖެހޭ ގާޒީއޮންނާނީ ރައީސް އޮފީހުން ކަނޑައަޅާނިމިފައެވެ. އިއްލާންކުރުން އެއީ ކުރަންޖެހޭ ކަމަކަށްވާތީ ކޮށްލީދެއްކުމަށެވެ. 3 ބާރު ވަކިނުވެގެން އުޅުނު ރީދޫމީހުން 3 ބާރާއި މިޑީއާ މިހެންގޮސް ހުރިހައިބާރެއް މުށުތެރޭ. ޚުދުމުޚުތާރު