ރަމަޟާން މަސް ނިމޭއިރު ވެރިކަން ބަދަލުވާނެ ކަމުގެ އިޝާރާތެއް އިދިކޮޅުން އަނެއްކާވެސް ދީފިއެވެ.

މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ބުނަމުންއައީ ރޯދައިގެ ކުރިން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރާނެ ކަމަށެވެ.

ރޭ ވީޓިވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި، ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މިރަމަޟާން މަސް ނިންމާނީ ދިވެހި ރައްޔިތުން މިއަނިޔާވެރިކަމުން ސަލާމަށް ވުމަށް ފަހުގައި ކަމަށެވެ.

ސަމީރު ވިދާޅުވީ، މިއަދު މެލޭޝިޔާއިން އެދަނީ ޤައުމު އަނިޔާވެރިއެއްގެ އަތްދަށުން ސަލާމަތްކޮށް ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރަމުން ކަމަށާއި، ދާދިއަވަހަށް ރާއްޖެއިން ވެސް އެމަންޒަރު ފެންނާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ، ރައްޔިތުން މިއަނިޔާވެރިކަމުން މިންޖުކޮށްދެއްވުން އެދި ގިނައިގިނައިން ނަމާދު ތަކުގައި ދުޢާކުރުމަށް ގޮވާލައްވާކަމަށެވެ.

ސަމީރު ވިދާޅުވީ، ރައީސް ޔާމީނު ކުރައްވަމުން ގެންދަވާ އަނިޔާވެރި ވެރިކަމަށް ނިމުމެއް އަންނާނެ ކަމަށާއި، އަދި މިރޯދަ މަސް ނިންމާނީ މިއަނިޔާވެރިކަމުން މިންޖުވުމަށް ފަހުގައި ކަމަށެވެ.

"ބޮޑު ޚަރަދުކޮށްފައި ޖީބަށް ފައިސާ ލީމާ، ރައްޔިތުން ދެވަނަ ފަހަރަށް އިންތިޚާބު ކޮށްދޭނަމަ މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤު މިހާރު ހުންނަވާނީ ވެރިކަމުގައި." ސަމީރު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އެންމެ ފުރަތަމަ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ނިކުތީ 2015 ވަނަ އަހަރުގެ މޭޑޭގައެވެ. އެދުވަހުގެ މުޒާހަރާވެސް އަތަށް ގޮވާ އޭގެ ފަހުން ދިން ތާރީހު ތަކުގައިވެސް އިދިކޮޅު ފަރާތަކުން ވެެރިކަން ވައްޓާލަން ކުރި މައްސަކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

އިދިކޮޅުން ފަރާތް ތަކުން މިދިޔަ ފެބުރުއަރީ 16 ވަނަ ދުވަހު މުޅި ރާއްޖެއިން މީހުން ގެނެސްގެން "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް އެރޭގެ މުޒާހަރާ ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ.

ސަރުކާރު ހުއްޓުވާ ސަރުކާރު ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ފްބުރުއަރީ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ އަށް ފަހު ޖެހިގެން އައި ދެރޭ ވެސް މުޒާހަރާ ކުރިއަށް ދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އިއުލާން ކުރި ނަމަވެސް އެއްވެސް ވަރަކަށް މުޒާހަރާ ކުރިއަކަށް ނުދެއެވެ. އެދެރޭ މުޒާހަރާ އަށް އިދިކޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވެސް ވަޑައެއް ނުގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސސސ

    ހަަހަހަހަަހަހހަހަހަހ ރަމަޟާން މަސްވެސް ނިމޭނެ.

  2. ޜަސީދު

    ގިނަގިނައިން ސަމީރު ނެން ކަހަލަ ދެފުއް ކެރިން ކަރިން ސަލާމައް ބޭތޯ ދުވާކުރަން ވީ

  3. އައި

    اللّهم امين ދިވެހި ރާއްޖޭ ގައި އުފެދިފައިވާ ޖުމްހޫރީ ޕާޓީގައި ހިމެނޭ އަނިޔާވެރި ނުބައި ނުލަފާ ވެރިންގެ ސަބަބުން މި ޤައުމު ސަލާމަތް ކުރައްވާނދޭވެ!

  4. ސޫދު

    ޔާމީނު ވެރިކަމުގައި ބެހެއްޓުމާއި ވެރިކަމުން ދުރުކުރުމުގެ ބާރު ލިބިގެންވަނީ ސަމީރަށް ކަމުގައި ސަމީރަށް ހީވުމަކީ ބޮޑުފާފައެއް. ހަމަތިޔަބައިމީހުން ބުނީ މިއަހަރު ރޯދަހިފާނީ ޔާމީނު ވެރިކަމުންބާލާފައޭ. އެހެން އެކަންވެއްޖެތޯ؟ ތީ ގުނބޯތަށް ނަށާތޯ ޖަހާބެރު.

  5. ނިހާދު

    އަމިއްލަ ރަށް ދިއްދޫންވެސް ނުހޮވުނު ޕަކާސް ވ ސަލާމް ސަމީރު

  6. ޝަަހީީމް

    ހާދަމޮޅުބައެކޭދޯ ހަހަހަހަ

  7. ސަނާ

    ޢަހަރެން ދުޢާކުރާނީ އިދިކޮޅު މީހުން (ގާސިމް މެން ވެރިކަމަށް ދަހިވެތިވެގެން) ކުރަމުން ތިޔަ ގެންދާ މަސައްކަތް ތައް ހުއްޓޭނެގޮތެއް މެދުވެރި ކުރައްވާތޯ

  8. ކްރޯޑް

    ޢަހަރެން ދުޢާކުރާނީ އިދިކޮޅު މީހުން (ގާސިމް މެން ވެރިކަމަށް ދަހިވެތިވެގެން) ކުރަމުން ތިޔަ ގެންދާ މަސައްކަތް ތައް ހުއްޓޭނެގޮތެއް މެދުވެރި ކުރައްވާތޯ

  9. އާދަނު

    ސަމީރު ހީކުރަނީ ތިޔަ ވާހަކަތައް އަޑުއަހަން ތިބީ މޮޔައިން ކަމަށްތަ؟ ކަލޭމެން ތާރީޚްތައް ދީދީ މިހާރު ފޫހިވެއްޖެ. ތިޔައީ ބަޔަކު ކަލޭމެންގެ އަވައިގަން ޖައްސަން ދައްކާފުލޯކު ވާހަކަ. މިހާރު ތިޔަ ވާހަކަތަކެއް އަޑުއަހާނެ ބަޔަކު ނެތް މިޤައުމަކު. ތިބިއްޔާ ތިބީ ބަތާކައިގެން އުޅޭ ސަމީރުމެން ކަހަލަ މަދުބައެއް.

  10. ފީބުޑި

    ހޮޅިވާހަކަ ނުދައްކާ

  11. އަފޫ

    ކަލޭމެންގެ ނުބައި ރޭވުން އިރާދަކުރެއްވިއްޔާ ހަމަ ފެއިލް ވާނީ.

  12. މުޙައްމަދު

    ނޫނޭ ވެރިކަމަށް ދަހިވެތިވެފަ ތިބޭވަރު އެބަފެނޭ....

  13. 3ނިރު

    رمضان މަހުގެ ރޯދަހިފާނީވެސް ވެރިކަން ބަދަލުކޮއްފައެ ތިބުނާ އިދިކޮޅުން ބުނި ހާދަގަމާރު ތާކުންތާކު ނުޖެހޭ ކޮސްގޮވާ ޖައްބާރު ބައެކެ

  14. ތަކުރު

    މިފަހަރު ރޯދަވެސް ހިފާނީ ވެރިކަން ވައްޓާލާފައޭ ބުނި.

  15. ދިވެއްސެއް

    ރަމަޟާން މަހު ދޮގުހެދުމަކީ ކިހާވަރެއްގެ ކަމެއް؟ ﷲ ގެ އިރާދަޔާ ނުލާއެއްކަމެއްވެސް ނުވާނެ ކަން ނޭންގެނީތަ؟ ދެން ވާނެ ކަންތައް ސަމީރު އަށް އިނގެނީ ކިހިނެއް؟

  16. ކެރީޓަ

    ޔެލޯ ބައިގަޑު

  17. ޙަފްޞާ / މާލެ

    ކޮބައިބާ އެއްކަލަ އެއްކެނޑިޑޭޓް؟ ކޮބައިބާ އެއްކަލަ އެމްޔޫއޯ؟ ކޮބައިބާ އެއްކަލަ ފާޓުފުޅަ ކޯލިޝަން؟ މިއިން އެކައްޗެއްގެވެސް ހިލަމެއްނެތް މިހާރަކު! ޖެނުއަރީ 3 ، ފެބްރުއަރީ 1 ، މެއި 2 ، ރަމަޟާންމަސް ފެށުމުގެކުރި! އަލުން ަމަޟާންމަސް ނިމުމުގެކުރި!!!!!!! ހމަހަމަހަމަ ބާރަށް ގުބޯހައްދާފަ ބައިތިއްބާތި!!!

  18. އައްބާސް

    އަހަރެމެން ވާގި ހޯދަނީ އެކެއް އަނެކެއްގެ ކިބަޔަކުން ނޫން! އަހަރެމްން ވާތްގަށް ، ނަސްރަށް އެދެނީ މާތް ރަސްލަކާންގެ ކިބައިން ހިތުގެ އެންމެ އިހްލާސްތެރި ކަމާއެކު.