ރައްޔިތުންގެ ހާލު ކައިރިން ބެލުމަށް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ޓީމެއް ރާއްޖޭގެ ފަސް އަތޮޅަކަށް ދަތުރު ކުރުމަށް ތައްޔާރުވެއްޖެއެވެ.

މި ޓީމުން އަންނަ ހަފްތާގެ ހޯމަ ދުވަހު މި ދަތުރުތައް ފަށާނެއެވެ. ރައީސް އަބްދުﷲ ޔާމީން 2018ގެ ކެމްޕޭން އޮފީހުން ބުނީ މި ދަތުރުތައް ބޮޑަށް އަމާޒުކޮށްފައި ވަނީ 800 އަށްވުރެ މަދުން މީހުން ދިރިއުޅޭ ރަށްތައް ހިމެނޭ އަތޮޅުތަކަށް ކަމަށެވެ.

އެގޮތުން މިފަހަރުގެ ދަތުރު ކުރިއަށްގެންދިޔުމަށް ނިންމާފައި ވަނީ، ށ،، ބ، ރ، ވ އދ އަތޮޅުގެ ރަށްތަކަށެވެ،

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ކެމްޕޭން މި ދަތުރާއި ގުޅޭގޮތުން މައުލޫމާތުދެެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ކެމްޕޭން މި ދަތުރުފުޅުގައި މިނިސްޓަރުންނާއި، މަޖިލީސް މެންބަރުންވެސް ބައިވެރިވާނެ ކަމަށާއި، މި ދަތުރުފުޅުގައި ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށެވެ.

"މި ދަތުރުތަކަކީ ރައްޔިތުންނާއި ވީހާ ގާތަށް ދަތުރުކޮށް ރައްޔިތުންނާއި އެކުގައި ވަގުތު ހޭދަކުރުމަށްޓަކައި ރައީސް ޔާމީން 2018 ކެމްޕޭން އޮފީހުން ކުރިއަށްގެންދާ ދަތުރުތަކެއް". މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، މިދިޔަ އަހަރުގެ އޮގަސްޓުން ފެށިގެން ރައީސް އަބްދުﷲ ޔާމީން 2018 އަށް ހޮވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުތަކުގައި މިހާރު ރާއްޖޭގެ ބޮޑެތި ރަށްތަކަށް ދަތުރު ކުރެވިއްޖެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކެމްޕޭން ހަރަކަތްތައް ކުރިއަށްދާނެކަމަށްވެސް ވިދާޅުވިއެވެ.

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މޫސަ ވިދާޅުވީ، ރައީސް ޔާމީންއަށް ތާއިދު ހޯއްދެއްވުމަށް މި ކުރައްވާ ދަތުރުތަކުން ވޮލެންޓިއަރުންވެސް އިތުރުވެ މިހާރު ގާތްގަނޑަކަށް 80،000 އާއި 90،000 ވަރަކަށް ވޮލެންޓިޔަރުން މިހާރު އެ ޓީމާއެކު މަސައްކަތް ކުރައްވަމުންގެންދަވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަ މިހާ ގިނަ އަދަދަކަށް ވޮލެންޓިއަރުން ލިބިގެން މި ދިޔައީ އަޅުގަނޑުމެންގެ މި ޓީމުން މެޑަމް އާއެކު އިސްވެތިބެގެން އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި މީހުންނާއިވީހާވެސް ގާތުން މި ހަރަކާތްތައް ކުރިއަށްގެންދެވުނީމަ". މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، މި އިންތިހާބު ކާމިޔާބު ކުރެއްވުމުގައި މާބޮޑު ގޮންޖެހުންތަކެއް ނެތް ކަމަށެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް ވިދާޅުޥީ، މި ދަތުރުތަކުގައި ރައީސް ޔާމީންއަށް ތާއިދު ކުރައްވާ ފަރާތްތަކަށް އެ ޕާޓީގެ ހަރަކާތްތަކުގައި އާއި އެ ޕާޓީއާއި ގުޅުވައިޑައިގަތުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޥގ

    ތިވިދާޅުވާ 90000 ހާސް ވޮލަންޓިޔަރުންނައް ޖެހެނީ ގަނޑުކޮއްފައިސާދޭންދެއްތޯ އެއީ ޕޕ ކިޔާ ވޮލަންޓިޔަރުން

  2. ޞިހުތު

    ވަގުންނަށް ނުދޭނަން ވޯޓެއް. މެލޭޝިޔާގެ ރައްޔިތުން ދެއްކި ހިތްވަރުން ހިތްވަރު ލިބިގެން ވަގުންނަށް ބުނާނީ ޓާޓާއޭ.

  3. ބަރުގޮނު

    ރަޢިއްޔަތުން ގެ ޙާލު ބެލުމުގެ ނަމުގައި ކުރާ އަމިއްލަ އެދުމާގެން ކުރާ ދަތުރުތަކެއް...

  4. ހަބީބް

    އަޅުގަނޑު ވަރަށް ބޮޑައް އެދެން މިރަށައް ނައުމަށް.

  5. އެކަނބުލޯ

    ކޮބާހޭ މެނިފެސްޓޯ؟ ކެމްޕޭނެއްކުރަން އިންތިހާބެއްގަ ވާދަކުރާ މީހަކު މެނިފެސްޓޯ ނެތި ރަތްޔިތުންގެ ގާތަކަށް ނާންނާނެ މިޒަމާނަކު

  6. ސަމްތިންގް

    ރައްޔިތުންގެ ހާލު ކައިރިން ބެލުމަށް ރައީސް ޔާމީންގެ ކެމްޕޭން ޓީމެއް އަތޮޅުތަކަށް ދަތުރު ކުރައްވާ އިރު އަބަދުވެސް އަތޮޅު ތައް އަތޮޅު ތައް އަތޮޅު ތައް މާލޭގައި މިއުޅޭ ބޮޑު އާބާދީ އާއި އަޅާލާ ސަރުކާރެއް މިރާއްޖޭގެ ވެރިކަމަށް ހަމަ ނާންނަނީތޭ މަމެން ހިތަށް އަރަނީ. ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ޓެކްސް އެއް މިދައްކަނީ މާލެ ސަރަހައްދުގައި ތިބި ވިޔަފާރި ވެރިން ކަމަށްވާއިރު މާލެ ސަރަހައްދުގެ ކުދި ކުންފުނި ތަކަށް ދިމާވެފައިވާ ބޭރުން މީހުން ގެނައުން ސްޕެޝަލީ ބަންގްލާދޭޝް އިން މީހުން ގެނައުމުގެ ކަން ކަން މިހާ ބޮޑަށް ތާށި ކޮށްފައި އޮތުމާއި އަދި ރާއްޖޭގައި ފިލައިގެން އުޅޭ ބަންގާޅީން ހޯދުމުގެ މަަސައްކަތް އެއްގޮތަަކަށް ވެސް އިމިގްރޭޝަން އާއި އަދި ޕޮޮލިހުން ނުކުރާއިރު މިކަން ކަމަށް އިކޮނޮމިކް މިނިސްޓަރު ސަމާލު ކަން ދީގެން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް ފިލައިގެން އުޅޭ 70 ހާސް ބަންގާޅުން ހޯދާ އެމެން ޖަލަށް ލައިގެން ނަމަވެސް އެމެން ރަށަށް އަނބުރާ ފޮނުވާ މިގައުމަކީ ގާނޫނާއި އެއްގޮތަށް ވާރކްވިސާ އޮވެގެން މަސައްކަތް ކުރާ ބަޔަކު ތިބި ތަނަކަށް ހައްދަވާ ދެއްވަންވީ ނޫންތޭ. މައްސަލަ ހުރި އިޝޫސް ތައް ހުރީ އަދިވެސް ހައްލު ނުވި އިމިގްރޭޝަން ކޮންޓްރޯލަރ ނޫޅޭ މިކަން ރަނގަޅު ކުރަން އޭނާ އަށް މިކަން ރަނގަޅު ވެސް ނުކުރެވޭނެއޭ އެހެން ނަމަ އޭނާ އަށް މިކަން 4 އަހަރު ދުވަސް ތެރޭގައި ރަނގަޅު ކުރެވުނީސް ނޫންތޭ. އިޓްސް ސަމްތިންގް ދެޓް އައި މަސްޓް ލިވް ވިދް އެވްރީޑޭ.

  7. ވަޓްޑޫޔޫ

    ރައްޔިތުންގެ ހާލު ކައިރިން ބެލުމަށް ރައީސް ޔާމީންގެ ކެމްޕޭން ޓީމެއް އަތޮޅުތަކަށް ދަތުރެެއް ކުރައްވާނަމަ މަމެން އުއްމީދު ކުރަމޭ އަދި ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާ އަށް ޓަކައި ގިނަ ގުނަ ކަންކަން މިރޯދަ މަހު ކޮށްދެއްވާނެ ކަމަށް އެގޮތުން އެބަޖެހޭ ރިސޯރޓްސް ތަކުގައި މަހަކު 500 ޑޮލަރަށް ވުރެން ބޮޑު މުސާރަ އެއް ދީގެން ބޭރު މީހަކު އެމްޕްލޯއިކުރާ ނަމަ އެކަން ރައީސް އޮފީހުގައި އޮންނަ ކޮމެޓީ އަކަށް އެގިގެން ކުރިއަށް ގެންދެވޭނެ ގޮތުގެ ގަވާއިދެެއް ހަދަން އަދި ރާއްޖޭގައި ތިބި ރިސޯރޓްސް ތަކުގެ ވަޒީފާ ތައް ބޭނުންވާ ދިވެހިން މިދެންނެވުނު ކޮމެޓީގެ ވެބް ސައިޓް އިން ކޭޓަރ ގްލޯބަލް ވެބް ސައިޓް އިން އެޕްލައި ކުރާ ގޮތަށް އެޕްލައި ކުރެވޭނެ ގޮތް ހަދަން އެއިރުން މަމެންނަށް ޔަގީނޭ މިހާރު ރިސޯރޓްސް ތަކުގައި މަހަކު 1 ހާސް ޑޮލަރާއި 10 ހާސް ޑޮލަރާއި ދެމެދު މުސާރަ ދޭ މީހުންނަށް ދިވެހިން ވާނެ ކަން. މިހާރު ރިސޯރޓްސް ތަކުގައި ތިބޭ ދޮން ޖީއެމް މެން ހަމަ ގަސްތުގައި ދިވެއްސަކަށް މަތީ މަގާމެއް ނުދެނީއޭ މިކަން ޖެހޭނެއޭ މަމެންގެ ވެރިކަމުގައި ރަނގަޅު ވާން. މަޓީ އަށް ފެނިގެން މަޓީގެ ބޮޑުން މިކަން ރަނގަޅު ނުކުރާނެއޭ ސަބަބަކީ އެމެންނަކީ އެއީ ދިވެހިން ދެކެ އެންމެ ގަދަ އަށް ރުޅިއަންނަ މީހުން ކަން މަމެންނަށް ވަނީ ފެނި ސާބިތު ވެފައޭ. އޯއް އޯއް އޯއް ޔޫ ގޮޓް ވަޓްސް މައިން ވަޓް ޑޫ ޔޫ މީން އޮން ދިސް އޯއް އޯއް އޯއް ވަޓް ޔޫ ވޮނާ ސޭ ހޭއް ހޭއް ހޭއް ވަޓް ޑޫ ޔޫ މީން އޯއް ވަޓް ޑޫ ޔޫ މީން އޯއް އޯއް ބޭބީ ވަޓް ޑޫ ޔޫ މީން ބެޓަރ މޭކް އަޕް ޔުއަރ މައިންޑް ވަޓް ޑޫ ޔޫ މީން ވަޓް ޑޫ ޔޫ މީން އޯއް ވަޓް ޑޫ ޔޫ މީން...

  8. ވަމުންދަނީ

    ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ރޯދަ މަހު ރަށްރަށަށް ދަތުރު ކުރެއްވުން އެއީ މަމެން އުފާ ކުރާ ކަމެކޭ. އެކަމަކު އަދި އެބަޖެހެއެއް ނޫންތޭ މާލޭގައި ހުރި މައްސަލަ ތަކަށް ވެސް އެޑްރެސް ކުރާނެ ޓީމެއް ރައީސް ޔާމީންގެ ކެމްޕެއިން ޓީމް އިން ނަގަން. އެގޮތުން ބަލާއިރު މަމެންގެ ވެރިކަމުގައި ވެސް އެންމެ ބޮޑަށް ސަބްސްޓޭންޝަލީ ނޮން ރެސްޕޮންސިވް އުސޫލުން އަދި ގިނަ އަދަދެއްގެ ކުދި ވިޔަފާރި ކުރާ ކުންފުނި ތަކުން ކޮރަޕްޓް ކަމަށް ބުނާ ސަރުކާރުގެ މުވައްސަސާ އެއް ކަމަުގައިވާ އިމިގްރޭޝަން ގެ ކަންކަން ރަނގަޅު ނުވެގެން އުޅެނީ އެއީ ކީއްވެގެންތޯއޭ. ކެނެރީގެ ނަޝީދުގެ ވެރިކަމުގައި އޭނާ ގެންގުޅުނު ދަ ބަނޑު އަކިރި މަޖްލީހުގެ މެމްބަރުންނަށް މީހަކަށް 1500 ކޯޓާ ދީގެން އެމެން ބަންގާޅީން ގެނެސް މާލޭގެ މަގުމައްޗަށް ދޫކޮށްލި ގޮތަށް އަދި ވެސް އެމެން އެއުޅެނީ ފިލައިގެންނޭ ރާއްޖޭގައި މިކަން އިމިގްރޭޝަން އަށް ނުފެނެއޭ އަދި އިމިގްރޭޝަން އިން ފޯނެއް ވެސް ނުނަގައޭ ހުރިހާ މޯބައިލް ނަންބަރު ތައް ވެސް ވަނީ ކަނޑާލާފައޭ މީ ކިހިނެއްވާ ކަމެއްތޯ އެބަޖެހެއެއް ނޫންތޯ ބަލަން ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން. މިރޯދަ މަސް ނުނިމެނީސް ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ 70 ހާސް ބިދޭސީން ރާއްޖޭން ފޮނުވާލާނެ ގޮތުގެ ރޯޑް މެޕެއް އެކުލަވާލާ އެގަވާއިދު ގެ ދަށުން މިކަން ކޮށްފިނަމަ މަމެންނަށް ޔަގީނޭ މިކަން ކާމިޔާބު ވާނެ ކަން އެކަމަކު އިމިގްރޭޝަން އާއި ޕޮލިހުން މިކަން ކުރަން ނޫޅޭތީވެ ނޫންތޭ މާލޭގެ ކޮންމެ 100 ހޮޓަލުން 99 ހޮޓަލުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެއުޅެނީ އަދި އަލަށް ހަދާ ރިސޯރޓްސް ތަކުގައި މުޅިން ހެން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެއުޅެނީ.