ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުލަތުން ނެގި ދަރަނި ދައްކަން ޖެހެނީ މިސަރުކާރުން ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަން ޖެހޭއިރު އެވަރަށް އާމްދަނީ ނެތުން ކަމަށެވެ. "2012-2018 އާއި ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ ދައްކަން މިޖެހުނީ ރައީސް ޞާލިހްގެ ސަރުކާރަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިވަގުތު މިވަނީ ސަރުކާރުގެ އާމްދަނީ އެކީހެން ނެތިފައި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ އެންމެ ގިނައިން "ދަރަނި" ދައްކަން ޖެހެނީ 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާއި ދެމެދުގައި ކަމަށެވެ. "އަޅުގަނޑު ދެކޭ ގޮތުގައި އަދުގެ ހާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ 2012-2018 ގެ ދަރަނި އިތުރު ޖޫރިމަނާއަކާއި ނުލާ ބިނާ (ރީސްޓަކްޗާ) ކުރުން" ކަމަށެވެ.

ކުރީ ސަރުކާރުން ނެގި ދަރަނި ދައްކަން ޖެހެނީ މިސަރުކާރުން ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއިރު ހަމައެކަނި ކޮވިޑް-19 އާއި ގުޅިގެން ވެސް މިސަރުކާރުން ވަނީ 7.3 ބިލިއަން ރުފިޔާގެ ލޯނު މިހާރު ނަގާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފައި ވާތީ ސަރުކާރުގެ އާމްދަނީ އަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. މިހާރު ސަރުކާރުން ގެންދަނީ ރާއްޖެ އިން ނަގާފައިވާ ލޯނުތައް ފަސްކުރުމަށް ލޯނު ދޫކޮށްފައިވާ ފަރާތްތަކާއި އެކު މަޝްވަރާތައް ވެސް ކުރަމުންނެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ގިނައިން ލޯނު ނަގާފައި ވަނީ ޗައިނާ އިންނެވެ. ޗައިނާ އިން ވަނީ އެގައުމުން ނަގާފައިވާ ލޯނުތައް ހަތަރު އަހަރަށް ފަސްކޮށްދޭން ނިންމާ އެކަމުގެ މަޝްވަރާތައް ކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ރަބަރޭ

    ދެން އިސްތިއުފާ ދީފަ ފުރޯޅުލީ ގޮޑިދުއްވަން ވިލާތައް ދިޔައީމަ ވީނު ކަލޭ ވެރިކަމާ ހަވާލުވެފާ ފިލުމުން ހޭވި ހަޑި ތާހިރު ކުރަން ޖެހިގެން އާއި ދެ ސަރުކާރުން އުފުލި ބުރަ ހަދާން ނެތުނީ ދޯ؟ ހަރުމުދާތައް ވިއްކުމުން އުފުލަން ޖެހުނު ވޭން ރައްޔިޔުންނަށް ލިބުނު ގެއްލުން
    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    94
  2. ލޯލް

    ތިޔައީ އެއްވެސް އޮއްޓަރެއް ހުރިވާހަކަ އެއްނޫން...ކަލޭމެނަށް ސަރުކާރު ހިންގަން ނޭންގެނި....ތިބައިގަނޑު ވެރިކަމުން ފައިބާ.. 😛😝😒

    101
  3. ސަމްސިއްޔާ

    ވެރިކަމުން ފައިބަންވީއެއްނު. އެކަން ނޭންގިތަ ވެރިކަމާ ހަވާލުވެވުނީ؟؟ އަހަރުމެން ބޭނުމެއްނޫން ބަހަނާދައްކާ ސަރުކާރެއް. އަވަހަށް އިސްތިއުފާދީފައި ގެއަށް ވަޑައިގަންނަވާ

    92
    3
    • ބުއްޅަ ބެ

      ބަލަ ދަރަނި ހުރިކަން އެނގި ހުރެ އެއްނު ސަރުކާރާއި ހަވާލުވީ. ދެއްކޭނެތީ އެއްނު ކަލޭމެނަށް ވާނެއޭ ކިޔާ ހަވާލުވީ. ދައްކަން ޖެހޭނީ. ނުދެއްކެންޏާ ދެއްކޭނެ ބަޔަކާއި ހަވާލުކޮށްފަ ގޮސް އިނގިރޭސި ވިލާތުގަ އޮވޭ. އޭރަށް ނުޖެހޭނެ ދައްކާކަށް. ޢިންޑިއާ އައުޓް

  4. ގުއިދައިތަ

    ބަލަ ދަރަނި ހުރިކަން އެނގި ހުރެ އެއްނު ސަރުކާރާއި ހަވާލުވީ. ދެއްކޭނެތީ އެއްނު ކަލޭމެނަށް ވާނެއޭ ކިޔާ ހަވާލުވީ. ދައްކަން ޖެހޭނީ. ނުދެއްކެންޏާ ދެއްކޭނެ ބަޔަކާއި ހަވާލުކޮށްފަ ގޮސް އިނގިރޭސި ވިލާތުގަ އޮވޭ. އޭރަށް ނުޖެހޭނެ ދައްކާކަށް.

    93
  5. ގްރައިޝީ

    ބުރޯ ތީ މިސަރުކާރުގެ ބައިވެރިއެއް ނޫނެއްނު.... ދެން ކޮން ކަމަކާ ބޮލަށް ތެޔޮ އަރައިގެން ތި އުޅެނީ...

    92
  6. ބޭބެ

    ވެރި ކަމަށް ނައިނަމަ ލޯނު ދަށް ކާ ކަށް ނުޖެހޭނެ މޮޔަޔާ!

    91
  7. މަސްއޫދު

    މިހިގައުނައިބާ ނަޝީދުގެ ސަރުކާރުން ވިއްކާލި އެއަރޕޯޓް އަލުން އަބުރައި ރައްޔިތުން ނަށް ހޯދަންދައިދިނީވެސް ރ ޔާމީނުގެ ސަރުކާރުން! ގުދޮގުދޯ ގޮވާނިިކަމެއްނެތް! އެއަރޕޯޓް ވިއްކާލައިގެން ލިބުނު ޑޮ؛ަރުން އެތަކެއް މިލިޔަން ޑޮލަރެއް ތިޔަހުރީ ކައްވާލައިގެން! މީލަދެއްހަޔާތެއްނެތް މީހާގަޑެއްދޯ!

    76
  8. ޢާއިޝާ

    ގުދޯ ގުދޯ ނުގޮވާ، ހަމައިގަ ނެތީމަ ނުހިފެހެއްޓެންޏާ، ބަޔަކު ލައްވާ އަނގަމަތީ ޓޭޕްއަލައިގެން ވިޔަސް ކަލޭ މައިތިރިވާންވީނު. އަމިއްލަ ސަރުކާރުގަ ނެގި ލޯނުވެސް މިހާރުވެސް އެބަ ދައްކައެއްނު.

    66
  9. ރޮކް123

    2008-2012 ނެގިހާ ލޯނުތައް ދެއްކީ ކުރީސަރުކާރުތަކުން ނޫންބާ. ޖީއެމްއާރަށް ބަދަލުގަ 300 މިލިއަން ޑޮލަރު ދިނީ ކާކުގެ ސަބަބުންބާ؟

    47
  10. ރހލބނު

    ޙައިރާނެއް ނުވާނެތަ؟ މިގަމާރު މީހާ އަކަށް ނޭގޭތަ ތަރައްގީއަށް ހެސްކިޔާފަ މަސައްކަތް ކުރާ ގައުމުތަކުގަ ދަރަނި އޮންނާނެކަމެއް. އެދަރަނި އެއީ ކުރީސަރުކާރުން ނެގި ދަރައްޏަކަސް އަދާކުރަން އޮންނަ މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ އެއްޗެއްކަމެއް ނޭގި ސަރުކާރާއި ޙަވާލުވި ކީއްކުރަން ކޮންމިސަރުމާރެކޭ ކިޔާކަށް. ފައިބަންވީ އޭރުން ދަރަންޏާ އެއްޗެހި ދައްކަން ދަންނަ ބަޔަކު އައިސް ދަރަނި ދައްކާ ޚަލާސްކުރާނެ.

    44
  11. ގައުމީ ލޯބި

    ގަމާރު ވިޔަސް ބޮޑުވަރު.. ލޯން ކިޔަނީ ދިގުމުއްދަތައް ނަގާ ދަރަންޏަށް.. އެދައްކަން ޖެހޭނީ ދައުލަތުން.. ވެރިކަން ކުރާ ޕާރޓީއަކުން ނޫން

    ކޮންމެ ޕާރޓީއެއް އޮތަސް ދައުލަތުގެ އެއްބަސްވުންތަކާއި ނިންމުން ތައް އުސޫލުތަށް ހިގަމުން ދާނީ ވަކިގޮތަކަށް ރޭވި ބައްޓަންވެގެން

    ކަލޭ ހީކުރީ ދޯ ކަލޭ އަންނަވާއިރަށް ޒީރޯ ބެލެންސް އެއްކަމަށް އޮންނާނީ..

    މިހާރު ތިނަގާ ލޯނު ދައްކާނީ ކަލޭތަ..؟ ނޫނީ ތިސަރުކާރުންތަ؟
    އަނެއްކޮޅުން ބުނަން ވީނު ކުރީ ސަރުކާރުން ހޯދި ރިޒާވު ފަންޑުތައް ވެސް ހުސްކުރީ މި ސަރުކާރުންނޭ..!

    އިންޑިޔާއަށް އެމް.އެމް.އޭގެ ހުރި ޑޮލަރު ރިޒާވު ސޮވޮޕެކޭ ކިޔާފައި ދީފައި އިންޑިޔާ ރުޕީސް ގެނަސް ރިޒާވަށް ލީވެސް ކަލޭމެންގެ ނާގާބިލުކަމުގެ ދަށުން..

    ހިންގަން ނެގޭ ތަންދޮރު ނުދަންނަ ބަޔެއްގެ އަތައް ދައުލަތުގެ ބާރު ތައްލިބިގެން ކިޔާނެ ނުކިޔާ ނޭގިގެން ތިއުޅެނީ!

    43
  12. ދިސްވޭ

    ބަލަ ގަމާރާ ކުރީ ސަރުކާރު ތަކުން ނަގާ ދަރަނި ދައްކާނީ މިސަރުކާރުންނޭ ދެން މިސަރުކާރުން ނަގާ ދަރަނި ދައްކަން ޖެހޭނީ ދެން އަންނަ ސަރުކާރަކުންނޭ މިއާލާތުންގެ މިއޮންނަނީ މުޅިން ވެސް ހުއްޖަތް ދެއްކުން ދައުލަތަށް އާމްދަނީ އެއް ވަންނާނެ އުސޫލުން މާލެ ސަރަހައްދުގައި ހުރި ފަޅު ތަކެއް ކުއްޔަށް ދީގެން މަހަކު 100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަންނާނެ ގޮތެއް ހޯދަން ނޭގޭދޯ ވަރަށް އައްޑޫ ސްޓައިލަށް ހިންގާ ސަރުކާރެއް ދޯ އެމްޑީޕީ ސަރުކާރަކީ އައްޑޫ އަކީ އެއީ ދުވަހަކު ވެސް ތަރައްގީ ވާނެ ތަނެއް ނޫނޭ ފުރަތަމަ އެ ތަނުން ވައްކަމާއި ޑްރަގް ނައްތާލެވިގެންތާ އެހެން ކަމެއް ކުރެވޭނީ...

    34
  13. ތާޖިރު

    ކަނޑައެޅިގެން ދޮގުހަދާމީހަކު ދައްކާ ވާހަކައެއް ގަބޫލެއް ނުކުރެވޭނެ. 2008 ން 2012 އަށް ރާއްޖެ އަތުނުޖެހޭ ހިސާބަށް ދަރުވާލާފަ އޮތްވާނޫންތަ ޔާމިންސަރުކާރުން ހުރިހާދަރަންޏެއްދައްކާ ޚަލާސްކުރީ. ޖީއެމްއާރަށް އެއާރޕޯޓް ވިއްކާލުމުން ގައުމަށްލިބުނު ގެއްލުން މިކަލޭގެއަށް އެގޭތައް. އެވެސް ދައްކާފަ ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔައީ. ވެރިކަން ކުރަންނޭގުނީމާ ވާނީތިޔަހެން އަދިވެސްވައްކަންކުރޭ.

    36
  14. ލލ

    ހަޤީގަތަކީ 2018 ގައި ބޭއްވުނު ރިޔާސީ އިންތިހާބަކީ ކޯލީޝަން ސިފަ ޖައްސައިގެން އެމްޑީޕީ ލީޑާޝިޕުން ބޭރުގެ މާލީ އިދާރާތަކުން އެހީ ހޯދާއިގެން ކާމިޔާބު ކުރި އިންތިހާބެއްކަމުން މިއަދު އެމްޑީޕީއަށް މަޖުބޫރުވެފައި ވަނި ބާރުގަދަ މާލީ އިދާރާ ތަކުން އަންގާގޮތަށް މާލީ ޤާނުނުތަށް ބަދަލް ކުރުން ތައުލީމްވެސް މާލީ އެންމެ ބޮޑު ދެއިދާރާ އައިއެމްއެފް އާއި ވޯލްޑް ބޭންކު ބުނާގޮތަށް ބައްޓަންކުރުން ޓެކުސް ނެގުމާއި މާލީ ނިޒާމް ބައްޓަން ކުރުން އެކަން ކުރަން މަޖިލިހަށް ގިނަ ބިލްތަށް ވަނީ ހުށަހެޅިފައި ވިސްނޭތޯ ؟މިގޮތަށް ޤާނޫނު ބަދަލްކޮށް ނިމޭއިރު ރައްޔިތުންނާއި ޤައުމު އަޅުވެތިވާނެ !

    32
  15. އިސްތިއުފާ

    ކެނެރީގެ ނަޝީދު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    36
  16. ޑައެލޯގް

    ބަލަ އެވަރު އެގިގެންދޯ ވެރިކަމަށް އަންނަންޖެހޭނީ ގައިމު ޔާމީނު ވެރިކަމަށް އައިއިރު ކަލޯމެންގެ ސަރުކާރާހެދި ޖީއެމްއާރަށް ދައްކަންޖެހުނު 400 މިލިއަންޑޮލަރު ދައްކާފައި 1 ބިލިޔަނުގެ ތަރައްގީ މަސްރޫއެއްދޯ ޔާމީނު އެއާޕޯޓުގަފެށީ، ޔާމީނު ނުބުނޭ ނުވާނެޔެކޭ ދިޔައީ ގައުމާއިގެން ކުރިއަށެވެ.

    34
  17. މޯދީ

    ދެއް އެހެއްވީރު ކަލެއަށް ލިބޭ މުސާރައިގާ ދަރަނި ދައްކާ ޚަލާސްކުރީމަ ނިމުނީ ބޭރކާރު އަގަތަޅާނެ ކަމެއްނެތް

    28
  18. މަދިހާ

    މީނައަށް މި ސަރުކާރުން ދޭއްޖެހޭ އެވޯޑެއް އެއީ ނުބެހޭ ވާހަކަ ދައްކާ ބޭކާރު އަގަތަޅާތީ އެޝަރަފު މީނާއަށް ދިނުމަށް މި ސަރުކާރަން ގޮވާލަން

    25
  19. ޛ

    ކަލޭ ތީ އައްޕަގެ ވަޑާންގެ ދަރުވާލި މީހާ ކަލޭ ވެރިކަމުން އިސްތިއުފާ ދިން އިރު 30 ބިލިޔަން ރުފިޔާގެ ދަރަނި އޮތް ޔާމިން ބުނިތަ ކަލޭގެ ސަބަބުން ދަރަނި ދައްކަން ޖެހުނޭ
    ދަރަނި ވެފައި...އޮތް ސަރުކާރަކާ ހަވާލުވީ އަހަރެމެން ބުނެގެންތަ...ކޮސް މަ ކޮސް

    30
  20. މުންޑުބޭ

    ޢިއްޔެ ދެއްކުނުވާހަލަ މިއަދު ހަނދާނަކުނުހުރޭ، ދެންކިހިނެއްހަދާނީ، ސަރުކާރު މީހަކަށް ވީދީ

    28
  21. ހުސޭނުބޭ

    ދެން ކަލޭމެން ތިވަރަށް ދަރަނިދައްކާއިރު ދަރަނި އިތުރުވަނީ މި ކީއްވެ! ވެރިކަށް އައިއިރު 43 ބިލިއަން! ވެރިކަމަށް 2 އަހަރު ނުވަނީސް 70 ބިލިއަން ގެ ދަރަނި! ދަރަނި ތި ދައްކަނީ ކެނެރީގެޔަށްތަ؟

    30
  22. ބޮލި މުލައް

    ތީ މިސަރުކާރު މީހެއް ނޫނެއްނު.
    ބަލަ ދިވެހި ޤައުމު ޖީއެމްއާރަށް ވިއްކާލީމަ ދަރަނި ދެއްކީ ކޮން ސަރުކާރަކުންތަ.

    27
  23. ވާގޮނުސްކޮ

    ރ ޔާމީން ވެރިކަމައް އައުމުގެކުރިން ވެރިކަން ކުރީ ކޮންބައެއްކަން ދިވެހިރައްޔިތުންނައް އޮޅިފައެއް ނެތް. އަދި އެމްޑީޕީ ވެރިކަމުގަ އެކިގޮތްގޮތުން ނެގިއެތައް މިލިއަން ޑޮލަރަކާއި އެތައް މިލިއަން ރުފިޔާއެއް ދައްކަންޖެހުނީ ރޔާމީންގެ ވެރިކަމުގަ. އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު އެހުރިހާ ފައިސާއެއް އަނބުރާދެއްކުމައްފަހު ދައުލަތުގެ ރިޒާވް
    ގަނުވަސަތޭކަ މިލިއަން ޑޮލަރު ހުރި. މިއަދުއެފައިސާ ތައްވަނީ ކޮޅުގޮހޮރައް ފެންފޮދަކާވެސްނުލާ ދިރުވާލާފަ. ނުވިތާކަށް އިތުރުން އެހީގެ ގޮތުގަ ލިބުނުހާފައިސާ ވެސް ކައިކައިހުސްކޮށްފި. މުޅިންވެސް ކުރީސަރުކާރޭ ވައްކަމޭ ފޭރުމޭ ޔާމީނޭ ޖިހާދޭ އަބޫބަކުރޭ ކި ކޯޓުތަކޭ ފައްޓަރުބައޭ
    ކިޔަމުން ވެރިކަމައް އައިސް ނިމެންދާއިރުވެސް ހަމައެއްވާހަކަތަކެއް ދައްކާއިރު ތާއަބަދައްތިޔަހެންކިޔާގެން ރައްޔިތުން ގުނބޯހެއްދޭނެކަމައް ހީކުރެވުނަސް ތިކަމެއްނުވާނެ.

    27
  24. Anonymous

    ލޯނު އަދާކޮށް ނިމުމުން ވެރިކަމަށް އަންނަން ވެރިކަން ދޫކޮށްލާފަ ދޭ. އަހަރެމެން ހަވާލުވެ ކަލޭމެން ކައްވާލި ލާރިގަނޑުވެސް ދައްކާލާނަން.

    29
  25. އޮޅުވާލި ވޯޓު

    ބަލަގަ ކަލޭގެ ވެރިކަމުގަ ނަގާފަ ހުރިދަރަނިތަކާ ވިއްކާފަހުރިތަންތަން ބޮޑެތި އަދަދުތަކުން ދައްފަ ގައުމު ބިނާކުރި އިރަކު ބަޔަކު ގުދޯ ގުދޯ ނުގޮވާ އަމާން އޮމާންކޮއް ގައުމު ގެންދިއައީ ޗައިނާސިފައިން ބުރޮޖު ބަލަހައްޓާކައް ނުބާތިއްބާ

    32
    1
  26. ސާޖީ

    ކިހާ ދެރަކަމެއް ދެން ތީ...ދެން ކަލޭ ނަގާ ދަރަނި ދަށްކާނޭއްނު ދެން އަންނަ ސަރުކާރަކުން.... ކަލޭ ދަށްކާ މިސަރުކާރުގެ ދަރަނި...

  27. ކެޔޮޅު

    ކާކުބުނީ ބޯކޮޮއްޕާލާށޭ ކުރިންވެސް އަމިއްލެއައް އަރުވާލެވިގެން ހުރިތާހުރިނަމަ ދަރަނިދައްކާކައްނުޖެހުނީހެއްނޫން؟

  28. އަންނި

    ދެން މި ސަރުކާރުން ނަގާ ލޯނުތައް ދައްކާފައިބާ ވެރިކަމުން ފައިބާނީ..؟؟ މިހެން ބުނާއިރު ނޭނެގޭ 2 އަހަރުގެ ވެރިކަމުގައި ނެގި ލޯނުތަކަށާއި އެމުއްދަތުގައި ދިމާވި ކަންކަމުގެ ސަބަބުން ކުރަން ޖެހުނު ހޭދަތައް ކުރި ފަހުން އައި ސަރުކާރު ތަކުން، ބޯބުރާންތި

  29. ޙަމީދު

    ދެން މިސަރުކާރުން އިންޑިޔާއިން ނެގި ލޯނުދައްކަނީ ގ.ކެނެރީގޭ މުހައްމަދު ނަޝީދު ތައް؟

  30. ޣޯސް

    ބަލަ އިންޑިޔާއިން ތިޔަނަގާ ލޯނުތައް ދައްކަންޖެހޭނީ ދެންއަންނަ ސަރުކާރަކަށް. ބޯގޯސް

  31. ފައިބާ

    ބަލަ އަމިއްލައައްދޯ ހަވާލުވީ ކާކުބުނީ ހަވާލުވާށޭ ދައްކަން ނޭންގެންޏާ ފައިބާ މިޤައުމުގަ ކަލޭމެންނައް ކަންތައް ކުރަން ނޭންގުނަސް ކުރަންއެނގޭ ކުރެވޭ ވަރުގެމީހުން އެބަތިބި އެމީހުންނާ ހަވާލުކުރޭ ދެހާސް އަށެއްގަ އުފެދުނު ސަރުކާރުގެ ދަރަނިވެސް ބަޔަކު ދެއްކި ތިޔަހާސަރެއްނުދަމާ މިނައްވުރެންނާގާބިލުވީމާ ވެރިކަމެއްނުކުރެވޭނެ

  32. ކިނބޫ

    ކަންބޮޑުވާކަށް ތީ މި ސަރުކާރުގެ ބައިވެރިއެއް ނޫން. ބުރަ ނުއުފުލާ ރައްކާވޭ. ކާކު ބުނީ ބުރަ އުފުލާށޭ. ކީއްކުރަން ގޅގތީ!

  33. ބޮންދު

    މުގައުމު ދަރަނިކޮށް މުޅުގައުމު ފަނާކޮށް އިޖުތިމާއީ ފޭރާން ވިދާ ކުދިކުދި ކޮށްލީ ހަމަ ތިއަންނި ސޮރު.

  34. ކަނަމަނަ

    ހޭބަލިވެގެން ތިމައްނަމެއްނައް ވާނޭކިޔާފަ ރައްޔަތުން ބޮލައްޗިޕުޖަހައިގެން ވެރިކަމައް އައިއިރު އެކަމެއް ނޭގޭތަ

  35. ޓާޓާ

    ކަލޭގެ ވެރިކަމުގައި އެއަރޕޯޓަށް ދައްކަން ޖެހުނު 30މިލިޔަން ޑޮލަރުދެއްކީ ކޮންބައެއް މުޅި ރާއްޖޭގައި ހުޅުޖަހައި އަންދާލީމާ އެވީ ގެއްލުން ތައް ހަދަން ހިގިޚަރަދުދިނީ ކޮންބައެއް އޭރުގެ މިނިސްޓްރީ ތަކުން ލައްވާލި ފައިސާތައް ފޫބެއްދީކޮންބައެއް ވާހަކަ ނުދައްކާ އަނގަ މަޑުން ލައިގެން ހުރެވޭތޯބަލާ

  36. ސަމްކުޅިބޭ

    ޔާމީނު ސަރުކާރު ނިމުނު އިރު ލޯނުގެ ދަރަނި އަދާކުރަން ޑޮލަރު ޖަމާކޮށްފާ ހުންނާނެ. އެފައިސާތައްވެސް ވަގަށްކައި ހުސްކުރީ މިސަރުކާރުން. ކަލޭގެ ވެރިކަމުގައި ނެގި ދަރަނި ތައްވެސް ޚަލާސްކުރީ ޔާމީނުސަރުކާރުން. ކުރިން ނުދައްކާހުންނަ ފައިސާ ދައްކަން ޖެހޭނީ މިސަރުކާރުންކަން ބީތާ އަށް ނޭގެނީތަ؟މިސަރުކާރުންނަގާ ލޯނު ދެންއަންނަ ސަރުކާރަކުން ނޫނީ މީގެ ވިހި އަހަރު ފަހުން އަންނަ ސަރުކާރަކުންވެސް ދައްކަން ޖެހޭނެ. ސަރުކާރަށްލިބޭ ހުރިހާ ފައިސާ އެއް ޕާޓީ މީހުނަށް ބަހާ ވަގަށް ކެއުން ނޫންކަމެއް މިސަރުކާރަކުންނުކުރޭ. ލަދެއްނުގަނޭދޯ އަނގަ އަރުވާކަށް.

  37. Mahujanu

    ކާކ ކުބުނީ ސަރު ކާރާ ހަވާލުވާށޭ، އެހެންނޫނަސް ތިޔައީ ސަރު ކާރުގެ މީހެއް ނޫނޭވެސް ބުނީ ތިމާގެ އަނގައިން، ދެން ތިމާއާ ކޮން ބެހޭ ކަމެއް،. މިހާރު ތިޔަ އުޅެނީ ދަލުބޭރުން ޖެހިގެން،

  38. އަބްދޫ

    3 އަހަރު ވެރިކަން ހިންގި އިރު 16 ބިލިއަން ރުފިޔާ ގެދަރަނި ނެގި އަދި ފިނޭންސް އަށް 2.5 ބިލިއަންރުފަޔާގެ ޕޭކުރަންޖެހޭ ބިލް ޖަމާކޮށްަ ސިވިލްސަވިސް މީހުނަށް މުސާރަ ނުދީ މަދަނައިން ބޭސް ކުރި ފަރާތްތަކަށް ރާއްޖެއަ ރާއްޖެއިން ބެރު ފަރާތްތަކަށް ވެސް ފައިސަ ނުދައްކާ އަދި އިންޑިޔާ ސަރުކާރުން 100 މިލިއްނޑޮލަރުގެ ދަރަނި ނަގާާ ފަ އިސްތިއުފަދިނީ މިހުރިހާ ދަރަނި ފައިސާ ދައްކަ ހަލާސްކުރީ ރައީސް ވަހީދު އައި ރައީސް ޔާމީނު. ވީމާ ގުދޯގުދޯ ނުގޮވާ މަޑުން ހުރިނަމަ މިވާހަކަ ބުނަން ނުޖެހުނީސް ކުރީސަރުކާރު މިހާރުގެ ސަރުކާރު ކުޔާނެ ކަމެއްނެތް ކުރީސަރުކާރުން ނެގި ދަރަންޏާ ކުރިކަންކަން ފެންނަން އެބަހުރި3 އަހަރު ހިންގި ސަރުކާރުން އެހާބޮޑު ދަރަނި ނެގި އިރު ކުރިކަމެއް ފެންނަންހުރިތޯ ރަށް ރަސަށް ދަތުރުކޮށް ބަލާބަލަ.

  39. މުހުންމާ

    ނަޝީދޫ، މަނިކުފާނުގެ ވެރިކަން ނިންމަން ރައްޔިތުން ނިކުތީ "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" މިޝިއާރުގެ ދަށުން. ޔާމީނުގެ ސަރުކާރުއައިސް ތިހުރިހާ ހާސަރުތަކެއް ނުދަމައި އެފައިސާވެސް ދެއްކީ ދެން ކަލޭމެންނަށް ބަޖެޓްސަޕޯޓަށް އިންޑިޔާއިން ދިންފައިސާ ހޯދަން ބުނާއިރަށް އެވެސްދިނީ. އެދުވަހު އިންޑިޔާމީހުން ހީކުރީ އެފައިސާ ނުދެއްކޭނެކަމަށް އެހެންވެސް އެކަންވެސް އަވަސް އަރުވާލީ، ރަނގަޅަށް ބަލައިފިއްޔާމު އެކަމުގައިވެސް ކަލޭގެ އަތެއް އޮންނާނެ.
    ދެން ބުނަން ދިވެހިން މިއަދު މިބޭނުންވެގެން އުޅޭ ތަރައްގީގެނެވޭނީ ލޯނުނަގައިގެން، އެގޮތުންވެސް މަނިކުފާނުގެ ވެރިކަމުގައިވީ އެއްކަމެއްވެސްނެތް، ދެން މިހާރު މިއޮތް މަނިކުފާނުގެ ގޮނޑިކޮއްކޮ ސަރުކާރުގައިވެސް ވީކަމެއްނެތް، މިސަރުކާރުން އެތަކެއް ބިލިޔަން ރުފިޔާގެ ލޯނު އިންޑިޔާއިން ނަގައިފި ހަރާން ވީކަމެއް ފެންނާކަށްނެތް.
    ޔާމީނުގެ ސަރުކާރުން ލޯނުނަގައިގެން ކުރިކަންކަން އެހެރީ ފެންނަން، ހުޅުމާލެ-ހުޅުލެ-މާލެ އެއޮތީ ގުޅާލާފައި، މާލޭގައި އެހެރީ އެންމެ ޒަމާނީ ސާމާނާއި އެކު 25 ބުރީގެ ހަސްފަތާލެއް ހަދާފައި، މާލޭގައި ދިރިއުޅޭ ރާއްޖޭގެ އެކިކަންކޮޅުތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ގާއިމްކުރުމަށް އެހެރީ ފްލެޓްތަށް ހެދިފައި އެދަނީ ނިމެމުން ކަލޭމެން އައިސް އެކަންތަށްވެސް އެއޮތީ އަނެއްކޮޅަށް ޖަހާލާފައި. މާލޭގެ ލޮނުޒިޔާރަށްކޮޅުގެ ޓްރެފިކް އެއޮތީ ތަނަވަސްކޮށްފައި، ރާއްޖޭގެ އެތަށް ރަށެއްގައި ބަނދަރުހެދި މަގުހެދި އެއާޕޯޓް ހެދިފައި އެއޮތީ އަދިވެސް ކުރިޔަށް އެދަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ލޯންނަގައިގެން ހިންގަންފެށި ޕްރޮޖެކްޓްތަށް. އައްޑޫގައި އެހެރީ ފުރިހަމަ ހަސްފަތާލެއް ގާއިމްކޮށްފައި. ފެނާއި ނަރުދަމާގެ މަސައްކަތް އެދަނީ ހިނގަމުން. ދެން މިލޯންތަށް ދައްކަނީ އާބިދާއައި ސައްތާރާއި ދެމީނުންނެއްނޫން މިލޯންތަށް މިދައްކަނީ ދިވެހި ރައްޔިތުންގެ ބައިތުލްމާލުން. އަޅެ ކަލޭމެންނަށް ކެރެންޏާމު މާލޭގައި އެހުރި 25 ބުރީގެ ހޮސްޕިޓަލާއި އައްޑޫގައި އެހެރަ ހޮސްޕިޓަލާއި ދެންވެސް ޔާމީންގެ ސަރުކާރުން ގެނެސްފައިވާ އުމްރާނީ ތަރައްގީގެ ތަންތަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތެއް ބާއްވާލަބަލަ، ނުކެރޭނެ އިންޑިޔާދެކެ ގަންނާ ކުރައްވާ ބިރަކުން.
    އެހެންނޫން މިހާރުވެސް އިންޑިޔާއިން ލޯންނަގައިގެން ބަޖެޓް ސަޕޯޓްކޮޅަކާއި އައްޑޫގައި ދުމަށި މަސްފެކްޓަރީކޮޅެއްހަދާނިންމާލަބަލަ ބޮޑު ޖަލްސާ ބާއްވައި މުޅިދުނިޔެއަށް ބޮޑު މަންޒަރު ދައްކާލާނެ. އެއީ ކަލޭމެންގެ ފެންވަރު. ތިޔަތިބީ ގަޔަށް ގުއި ރެވިފައި. ދެން އިންޑިޔާ ސިފައިން އައިސް ދޮވެ ސާފުކޮށްދެންދެކަށް ތިބޭ.

  40. އިބިންކާލޯ

    ބަލަ މަންޑޭލާ ހެދިގެން ވެރިކަމައް އަރާ އެއަރޕޯޓް ބަޔކައް ވިއްކާލާ ފެންކުންފުނީގެ ބަބަޔެއް ވިއްކާލާ ރައްޔިތުން އަޅުވެތިކުރަން ޖީއެސްޓީގެ ނަމުގަ ޖިޒީނަގާ ފަޅުރައްތަކާ ފަރުތައް ހިތުހުރިބަޔަކައް ފެރީދުއްވާ ދޭނަމުގައި ބޭސް އެތެރެކުރާނަމުގައި ފުލެޓްއަޅާނަމުގަ އެތައްބަޔަކައްބަހާފަ އަންސަންސޫކީޔައް ވެގެން ވެރިކަމުންފައިބާ މިހާރު ކީކޭތޯ ތިޔަ ވިދާޅުވަނީ މައުމޫނު ހީކުރައްވަ ގޮތައް ދިވެހިންނަކީ ހަދާން ނެތޭބަޔެކޭ ހުސްބުޅިގަ ގަންނާނޭ ތިޔާ ވިދާޅުވަނީ މިހާރުވެސް މިސަރުކާރުގަ ކިތައްރައް 99 އަހަރައް ދޫކޮއްފިތޯ ގައުމައް ބޭތުލް މާލައް ވަންނަނީ ކޯންޗެއްތޯ 200 އެތައް ރަށެއް އޮއްއިތުވެސް މުސާރަ މިނަގަނީ ރައްޔިތުން އަތުންނަގާ ޓެކްސް ފައިސާއިން ލަދެއް ނެތީމަ