ގއ. މާމެންދޫއަށް ނިސްބަތްވާ ދޮށީ އުމުރުގެ އަލިފުތާ ބަލަނެ މީހަކު ނެތި މަގުމަތިކޮށްލުމުން، އޭނާ އާއި ހަވާލުވާން އޭނާގެ ވާރިސުންގެ މައްޗަށް މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރުމުން ވެސް އަލިފުތާ އާއި ހަވާލުވާން ވާރިސުން ދެކޮޅު ހަދައިފިއެވެ.

އޮންލައިން ނޫސް "އަވަސް" ގައި ކައުންސިލާ ހަވާލާދީ ބުނެފައި ވަނީ އެ މައްސަލަ ޖެންޑަ މިނިސްޓްރީން ވެސް ބަލަމުންދާ ކަމަށެވެ.

ކައުންސިލުން ކުރިން ބުނެފައި ވަނީ މި މައްސަލައިގެ ސަބަބުން އަލިފުތާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި، އެނާގެ ބަލި ހާލަތުވެސް ރަނގަޅު ނޫން ކަމަށް ފާހަގަކޮށްފައެވެ.

ގއ.މާމެންދޫގައި އަޅާލާނެ މީހަކު ނެތިގެން، އެ މީހާ އަށް އެހީތެރިކަން ފޯރުކޮށްދޭނެ މީހަކު ހޯދަން ގއ.މާމެންދޫގެ ކައުންސިލް އިދާރާއިން ވަނީ ސެޕްޓެމްބަރު ތެރޭގައި އިއުލާންކޮށްފައެވެ. މާމެންދު އަށް އުފަން އުމުރުން 80 އަހަރުގެ އަލިފުތު ބަލަހައްޓަމުންދިޔަ މީހުން އޭނާ ގެއިން ނެރެލުމުން، މިވަގުތު އޭނާ ބަލަހައްޓަމުން ދަނީ މާމެންދޫ ކައުންސިލުންނެވެ.

ކައުންސިލުން އިއުލާން ކުރުމުން އެނާ ބަލަން ބަަޔަކު ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެ މީހުން އޭނާ ބަލަން ބޭނުންވަނީ ގޭގައި ތަނެއް ހަދައިގެންނެވެ.

އޭނާގެ ކަންކަން ޖެންޑަ މިނިސްޓްރީން ވަރަށް ކައިރިން ބަލަމުންދާކަމަށް ޖެންޑަ މިނިސްޓްރީން މީގެ ކުރިން ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މީހުން ބޭތިއްބުމަށް އެ ރަށުގެ ބޯޅަދަނޑުގައި ހަދާފައި ހުރިތަނެއްގައި އޭނާ ބަހައްޓައި، ބިދޭސީއެއްގެ އެހީގައި އޭނާ ބަލަހައްޓަމުން ދަނީ ކައުންސިލުންނެވެ. ކެއުމާއި ބުއިމާއި ހުރުމުގެ އިންތިޒާމް ކައުންސިލުން ހަމަޖައްސައި ދިން ނަމަވެސް، އުމުރުން ދުވަސްވެ މުސްކުޅި ވީ ދުވަހު އާއިލާގެ ފަރާތުން ބޭނުންވާ އެއްބާރުލުން ނުލިބުމުން އޭނާ އަށް ވަނީ ނަފްސާނީ ބޮޑެތި ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސިކުނޑި

  އޭބޭބެގެ ވާރިސުންކުރެން އަހާލަން ބޭނުން އެމީހުން މުސްކުޅި ނުވާނެތޯއާއި އަދި މުސްތަގުބަލުގައި ކަންތައްވާނެ ގޮތް އެމީހުނަށް އެނގޭތޯ؟

  13
  1
 2. ރައްޔިތުން

  ވާރިސުން ޖަލަށްލާން ޖެހޭ

  25
 3. މުދަރަނީން

  ތިހިސާބަށް ތިކަން ދިޔައިމަ އަހަރެން ބޭނުން ތިކަމުގެ އަނެއް ފަޅި ބަލާލަން، ވަގުތު ޓީމުން އާއިލާއާއި ވާހަކަ ދައްކާލަބަލަ، ނުވަތަ ރަށުގެ އެހެން ބަޔަކާ ނަމަވެސް. ތި އުމުރު މީހެއް ތިހެން އަޅާނުލާ ބަހައްޓާނެ ކަމަށް ބެލެވެނީ ކޮންމެވެސް ކަމެއް ތީގެ ފުރަގަހުގަ އޮތީމަ، އެހެންނޫންނަމަ މި ރާއްޖޭގައި ތިވަރުކަމެއް ވަރަށް ހިނގާނެހެން ހީނުވޭ....

  10
  1
 4. އަލީ

  އަލިފުތާ ގެ ނަމުގަ އޮށް ގޯތި ސަރުކާރަށް ނަގާފަ އަލިފުތާ ގުރާއިދޫގަ ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ސެންޓަރަށް ބަދަލު ކޮށްލާ. އޭރުން ތި މައްސަލަ ހައްލުވީ. މާދަމާ އަލިފުތާ ދުނިޔެ ދޫކުރިޔަސް ވާރިސުން ހޭބަލިވަމުން ދުވާނެ އޭނަގެ ބިން ނުލިބިގެން

  18
 5. Anonymous

  އަހަރެންގެ ބައްޕަ ކެންސަރުޖެހިގެން ނިޔާވިއިރު މަންމަ ޔާ ކޮޢްކޮ އަދި ސައިކޯ ބޭބެޔަކާ ހަވާލު ވާނެ މީހަކު ނެތުމުން ކިޔެވުމާ ވަޒީފާ އަދި ލިބުނުހެޑްމާސްޓަރުން ޓްރޭންކުރާ ކޯސްތަކާ މުޅި ކެރިއާ ނުވިތާކަށް ބޯއީފްރެންޑްވެސް ދޫކޮށް އާއިލާ ބެލެހެއްޓުމުގެ މަސައްކަތް ކުރީމެވެ އަހަންނަށްވުރެ ދޮށި11ކުދިން ބައްޕަގެ ތިއްބެވެ ﷲގެ ހަސްރަތުން ނޫނީ އެއްވެސް ރިވޯޑެއް ބޭނުމެއް ނޫނެވެ އެންމެންނަކީވެސް އަހަންނަވުރެ ތަނަވަސް އުޅެވޭ އަދި މާލޭގައި ބައެއްމީހުންގެ އަމިއްލަ ގެދޮރުވެސް ޙުރި މީހުންނެވެ ބޮޑު އާއިލާއެއް އެންމެ1500 ރުފިޔާއިން ބެލެހެއްޓިކަން ﷲ މޮޅަށް ދެނެވޮޑިގަންނަވާނެއެވެ 12އަހަރު އެމަސައްކަތުގައި އުޅުނުފަހުންﷲގެ ހަސްރަތުން ނަސްދެނެވި ބާރެއް ލިބި އެއްހާލަތުން އަނެއްހާލަތައް ބަދަލުކުރެއްވިއެވެ

  13
  1
 6. ހުސޭނުބޭ

  އެ ބޭބެ މި ދުނިޔޭގައި ނެތް ދުވަހަކާ ޖެހުނީމަ ތި ވާރިސުން އަންނާނެ މަށަށް މަށަށް ގޮވަމުން އެ ބޭބެބެގެ މުދަލާ ފައިސާ ހޯދަން! އޭރުން ކޮންމެހެން ކޯޓަކުން އަދި އެހެން މީހަކުވެސް އެ މީހުންނަށް ހަދާންކޮށްދޭކަށްވެސް ނުޖެހޭނެ! އެވަރަށް ހުންނާނީ ލަދުހަޔާތް އަރުއްވާގަނެފައި!

 7. ފާރޮށި

  މަ ވަރަށް އުފާވޭ އާއިލާ އެންމެން އަހަރެން16 އަހަރުގައި ދޫކޮށްލީތީ އަދި ވަރަށް އުފާވޭ ފިރިމީހާގެ އާއިލާއިން ބަކީ ކޮށްލީތީ އަސްލު އިންސާނުން ދަސްކުރަން ފުރުސަތު ލިބުމުން މަ ވަރަށް މުއްސަނދިވެފަ އާއިލާމީހުންގޭ ވަރުގަދަ ބެކަޕެއް އަހަންނާއެކު ވީނަމަ އަހަންނަކަށް އިންސާނުން ދަސްކުރަން ފުރުސަތެއް ނުލިބުނިސް އެންމެ ހަސަދަމީހުން ނާ ނިޔަތް ގޯސް މީހުން އެންމެ ގާތުގައި ސަނާ ކިޔަން ތިބިސް ފަގީރުކަމާ ބާކީ ކޮށްލެވޭ ވަގުތު އަސްލު އިންސާނީ ސޫރަ ފެންނާނީ

 8. ހގގ

  ވަރަށް ރަގަޅު ވާހަކައެއް...އަލިބެގެ ބިން ދައުލަތައް ނަގާފަ ވިއްކާލާފަ އެފައިސާއިން އަލިބެ އަރާމުގަ ދައުލަތުގެ ހިޔަލެއްގައި ގެންގުޅެންވީ...ހަމަ މަރުވާއިރަށް ބިންހޯދަން ތިވާރިސުން ކޯޓުގަ ކިއުހަދާނެ..އެމީހުންނަށް އަލިބެ ބިމުން މިހާރު ޒައްރެއްގެ މިންވަރުވެސް ހައްގެނުވާނެ..ހުލްގު ކޮބާ؟.ކުލުނުކޮބާ...މިކަހަލަ ކަންތައް މަދުވާނީ ހަރުދަނާ ވަރުގަދަ އުސޫލުތައް ހަދައި އެއަށް ދައުލަތުންވެސް ބާރު އަޅައިގެން.