ޗައިނާއިން ފަތުރުވެރިންނަށް ދަތުރުކުރުމުގެ ހުއްދަ ދިނުމާއި އެކީ ރާއްޖެ އަންނަ އެގައުމުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުވާން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ، ޗައިނާއަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް އަންނަ ގައުމެއް ކަމަށެވެ. ޗައިނާ އެއީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށާއި ކޮޅަށް ޖެހުމަށް މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ގައުމު ކަމަށް ޝަރީފް ވިދާޅުވިއެވެ. "ދުނިޔޭގެ ގިނަ ގައުމުތަކުގެ އިގްތިސޯދު ކޮޅަށް ނުޖެހިގެން އުޅޭއިރު ވެސް ޗައިނާގެ އިގްތިސޯދު އަންނަނީ ކުރިއަރަމުން" ޝަރީފް ކުރެއްވި ޓްވީޓުގައިވެއެވެ.

އެހެން ކަމުން ޗައިނާއިން ދަތުރު ކުރުމުގެ ހުއްދަ ދިނުމާއި އެކީ އެގައުމުން ރާއްޖެ އަންނަން ތިބި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރު ވާން ޖެހޭ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި ފަތުރުވެރި ކަމަކީ އިގްތިސޯދު ކޮޅަށް ޖެހުމުގެ މައި ތަޅުދަނޑި ކަމަށާއި ޗައިނާގެ ފަތުރުވެރިންގެ ސަބަބުން އިގްތިސޯދު ރަނގަޅު ކުރުމަށް އެހީތެރިކަމެއް ލިބޭނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ އިގްތިސޯދަށް ވަނީ ހީނުކުރާ ވަރުގެ ގެއްލުމެއް ލިބިފައެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެ އިގްތިސޯދު ވަނީ ދަށަށް ގޮސްފައެވެ. މިކަމުން އަރައިގަތުމަށް ރާއްޖެއިން މިހާރު ވަނީ ބޭރުގެ އެކި ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ޕްރޮގްރާމްތަކެއް ފަށާފައެވެ.

ބޭރުގެ ނޫސްވެރިންތައް ގެނެސްގެން ބޭރުގެ މީޑިއާތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް އަލުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމީ

    ރާއްޖެ އަކައް ޗައިނާ ފަތުރު ވެރިން އަންނާކައް މޯދީ ސަރުކާރުން ގަބޫލއެއް ނުވާނެކަން ބޭފުޅާއައް އެނގި ނުލައްވަނީތޯ؟؟؟؟؟

    10
  2. ތާކިހާ

    ކޮބާ ހިބަރު ވަދު ،