ދިވެހިންގެ ބަރަހަނާ މަންޒަރުތައް އާއްމު ކުރަމުން ގެންދިޔަ ޓެލެގްރާމް ގްރޫޕްގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް މީހުންގެ ފޯން ނަމްބަރުތައް އިންޓަނެޓްގައި ލީކް ކޮށްލިއިރު އޭގެ ތެރޭގައި ފިރިމީހާގެ ފޯން ނަމްބަރު އޮތުމުން އަނބިމީހާ ވަރިއަށް އެދިއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ދެން" ގައި ބުނެފައި ވަނީ ބަރަހަނާ މަންޒަރު ބެލި ދިވެހިންގެ ތެރޭގައި ފިރިމީހާ ހިމެނުނުކަން ބޭޒާރުވުމުން އަނބިމީހާ ވަރިއަށް އެދި އެކަން ފޭސްބުކްގައި ވަނީ އިއުލާން ވެސް ކޮށްފައެވެ. "ފިރިމީހާ ކުރެން ވަރިއަށް އެދިފިން. ނަންބަރު ފެނުނީމާ." އަނބިމީހާގެ ފޭސްބުކް ސްޓޭޓަސްގައި ލިޔެފައިވާ ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

ވަރިއަށް އެދުނު އަނބިމީހާ އިތުރު ތަފްސީލް ދެމުން "ދެން" އަށް ކިޔައިދިން ގޮތުގައި ވަރިއަށް އެދުނީ ބަރަހަނާ މަންޒަރުތައް އާއްމު ކުރަމުން ގެންދިޔަ ގްރޫޕްގައި އޭނާގެ ފިރިމީހާ އިނުމުންނެވެ.

އަންހެން މީހާ ބުނެފައިވާ ގޮތުގައި "މިފަދަ ކަންކަމަކީ ކުޑަކޮށް ނެގޭނެ ފަދަ ކަންކަމެއް" ނޫނެވެ. އެތައް އަންހެންކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާއްމު ކުރަމުން ދިޔަ ތަނެއްގައި އޭނާގެ ފިރިމީހާ އިނުމަކީ އޭނާގެ އަޚްލާގު ދަށް ކަން ހާމަކޮށްދިން ކަމެއް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އަދި އެފަދަ މީހަކާއެކު އެންމެ ހިނދުކޮޅަކުވެސް އުޅެން ބޭނުން ނުވާ ކަމަށާއި ވަރިވާން ބޭނުންވަނީ އެ ސަބަބަށްޓަކައި ކަމުގައި ވެސް އަންހެން މީހާ ބުނެފައި ވެއެވެ.

އާއްމުންނަށް ލިޔުންތައް ސްޓޯ ކުރެވޭ ވެބްސައިޓެއް ކަމަށްވާ "ޕޭސްޓްބިން" ގައި ވަނީ ބަރަހަނާ މަންޒަރު ބެލި 9335 ދިވެހިންގެ މޯބައިލް ނަމްބަރު ލީކް ކޮށްލާފައެވެ. މީގެތެރޭގައި ބަރަހަނާ މަންޒަރު އާއްމުކުރި ޓެލެގްރާމް ގްރޫޕްގެ އެޑްމިންކަން ކުރި މީހުންގެ ފޯން ނަމްބަރު ވެސް ހިމެނެއެވެ.

ދިވެހިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯތައް އާއްމު ކުރަމުން ގެންދިޔަ ޓެލެގްރާމް ދެގްރޫޕް ޓެލެގްރާމް އިން ރިމޫވް ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

ގްރޫޕްތަކުގައި ތިބި މެންބަރުންގެ އަދަދު ސާޅީސް ހާހާއި ގާތްކުރާ ކަމަށް ވެއެވެ.

އެއިން ގްރޫޕެއްގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ސިއްރުން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކާއި އަދި ބައެއް މީހުން އަމިއްލައަށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ކޮންމެ ދުވަހަކު އެގްރޫޕްތަކުގައި އާއްމު ކުރަމުން ގެންދިޔަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. ކޮތަރު

  ކަނބުލޯ ތިޔަ ކަންތައް ކުރެވެނީ އަދި މުޅިން ރަނގަޅަކަށް ނޫން. ފުރަތަމަ ބަލަންވީ ނެރެގެން އުޅެނީ ސައްހަ ލިސްޓެއްތޯ އާއި ކަން ވެގެން މިއުޅެނީ ކިހިނެއްތޯ. އެއަށް ފަހު ކާވެނި ރޫޅިގެންދާ ފަދަ ފިޔަވަޅެއް އަޅަންވާނީ. ތިތައީ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ހިނގައިދާނެ ކަމެއް. އެހެނެއްނޫން. ކަނބުލޮ އަށް ފިރިމީހާގެ ގާތުން ވަކި ވެވޭނެ ސަބަބެއް ކުރިމަތިކުރާނެ ގޮތެއް ނުފެނިފަ ހުރިނަމަ ތިޔައޮތީ ރަނުގެ ފުރުސަތެއް.

  216
  22
 2. އެމަންޖެ

  އަޅުގަނޑުވެސް ބޭނުން ފިރިމީހާގެ ފޯންނަމްބަރު ތިޔަ ޕޭޖެއްގަ އޮތްތޯ ބަލަން، ކިހިނެއްތޯ ބަލޭނީ..

  80
  5
 3. ރަނގަޅު

  ހުރިހާ އެންމެންވެސް މިގގޮތަށް ހަދަންވީ

  37
  43
 4. ބަފާބޭ

  ގިނައީ ފުލުހުންގެ ނަމްބަރ

  77
  10
  • ޒާހިދު

   ޤައުމީ ޙިދުމަތުގަ ތިބޭ ތިޔަ މަންޒަރުތައް ބަލާ ފުލުހުން ހާދަ ލަދުހަޔާތެއް ނެތޭ ދޯ. އެކަހަލަ މީހުން ސަސްޕެންޑުކޮށްފަ ޖޫރިމަނާކޮށް ފުލުހުންގެ ވަޒީފާއިން ކަނޑާލުމަށް މަށް ފެނޭ.

   45
   2
   • ފުލުސް

    ބަލަ ފުލުހުން އެގްރޫޕަށް ވަންނަނީ ތަހުގީގު ކުރަންށޭ

    29
    15
  • ކެނަރީ ބުއްޅަ

   އެހެންނުވާނީ މިހާރު އުޅެނީ ޖޯޑުހަމަކޮއްގެން ޑިޔުޓީގަވެސް ސައިކަލުގަ އިންނާނީ އަންހެންފިރިހެން އެއްކޮއް މޮޑެމޮޑެ

   22
   1
 5. ޣައްދާރު

  އޭނަ އެގުރޫޕައްވަނީ އޭނަގެ އަންހެހުންގެ ފޮޓޯހުރިތޯ ޗެކުކޮށްލަންވެގެން.

  117
  13
 6. ަސާޖީ

  ސާބަހޭ ކަމަނާ..... ކަމަނަ ވަރެށް ހަމަ ނެތް.... ކަމަނަޔަށް ހަމަ ސެލިޔުޓް ކުރަން.... ދެން އިތުރަށް ނަރެއް ހާ ތަން ދޫކޮށްލިޔަސް ކެނބެއްހާތަން ތިޔަ ސޮރު ދަމާގަންނާނެ.... ބައެއްފަހަރު ޖެހޭނެ ފިރިހެންވެރިނަން އަންހެނުންނަކީވެސް ބައެކަން އަންގާލަން.... އަޅެ ދޮގެއްތަ މިބުނީ ކިޔުންތެރިނޭ؟؟؟؟ ނިކަން ރިޕްލައިއެއް ދީބަލަ؟؟؟

  53
  109
  • ރިޕްލައި

   ތިޔަވިސްނެނީ ރަނގަޅައްތޯ ބަލަން އަދި އެއްފަހަރު ވިސްނާލާ

   70
   11
   • ރިޕްލައީ

    ތީނަގެ އެބަހުރި ރަނގަޅު ވިސްނުމެއް....

    8
    5
  • ސާޖިދާއަށް ރިޕްލައި

   ފިރިހެނުންނަށް ކަމޭހިތާ... އެއީ ނިކަމެތި ބައެއް... އަންހެނުންނަކީ އޭގެ އިދިކޮޅު...

   އަދި އެއްފަހަރު ވިސްނާލާ...

   12
   16
 7. ކެން

  މަވެސް ބޭނުން މަގޭ ފިރިމީހާގެ ނަންބަރު އޮތްތޯ ބަލަން...ހޯދާހޯދާ ނުފެނުނު...ލިންކު ޝެއާކޮށްލިނަމަ 😕

  40
  14
 8. ކެނެރީގެ މާފަތް އެދުރު

  ދިރިއުޅުން ވީރާނާ ކުރުމުގެ ކުރިން ވިސްނާލާ ތީގައި އެބަހުރި ތިޔަ ގުރޫޕް ތަކަށް މީހުންނަށް ނޭގިވެސް ވައްދާފަ އަހަރެންނަށްވެސް ތިޔަކަން ދިމާވި ގުރޫޕަށް ވެއްދިކަން އެނގުމުން ލީވްކުރީ އެކަމަކުވެސް ނަމްބަރު އެބައޮތް

  79
  10
 9. ނ

  ޢެއީ ސައްހަ ލިސްޓެއް ނޫން....ބަޔަކު މަސްހޫރު ވުމަށް ކުރި ކަމެއް އެކަމުގެ ހެކި އެބަހުރި..... މިކަން ކުރި މީހުން މިކޮމެންޓް ކިޔާލާނެކަމަށް ހީކުރަން

  67
  10
 10. އަހަރެން

  އަހަރެން ގެ ފިރިމީހާ އެ ގުރޫޕް އަށް ވަނީ އަހަރެން ބުނެގެން. ޢަހަރެން ފޮޓޯ ނޯންނާނެ ކަން ޔަޤީންވާތީ. އަހަރެން ކޮއްމެ ގޮތަކަށް އުޅުނަސް މިހާރު އަހަރެން ފިރިމީހާ ޝައްކެއްނުކުރާނެ.

  42
  6
  • ސައްކު!

   ނަހުލާ ސްޓަންޓު ޖައްސާލީތަ..

   8
   1
 11. ތަރި

  ޓެލެގްރާމް ގްރޫޕްއެއްގަ އިނުމަކީ ވަރިވާންޖެހޭ ކަމެއްނޫން. އޭނަ އެގްރޫޕައް ވަނީ އަމިއްލެޔައްތޯ، މާކުރިން ޖޮއިންވީތޯ (އެފަދަ ފޮޓޯ ލުމުގެ ކުރިން)، ތީ ސައްހަ ލިސްޓެއްތޯ، އެހެންމީހަކު އެ ނަމބަރު ކުރިން ގެންގުޅުނުތޯ... އަދިވެސް މިކަހަލަ އިތުރު ބައިވަރު ކަންކަން އެބަހުރި ބަލަންޖެހޭ. ވަރިޔާ ހިސާބައް ދާނީ އެންމެފަހުން. މި ހީވަނީ ވަރިވާނެ އުޒުރެއް ނެތިފަހުރި މީހެއްހެން.

  46
  6
 12. ވަރި

  ތިވާނީ އުޅެން ބޭނުން ނުވެގެން ވަރިވާނެ ކަމެއް ހޯދައިގެން ވަރިވާން ބޭނުން ވެފަ ހުރި މީހެއްކަމަށް.
  އެކުގައި ދިރިއުޅެން ބޭނުން ނަމަ ގޮތެއް ހޯދާނެ .. ނޫނީ ހޯދާނީ ކޮންމެސް އުޒުރެއް.

  31
  3
 13. ަާއަލިފު

  އެ ގުރޫޕް ގަ ގިނައީ އަންހެން ކުދިން ކަމަށް ވަނީ. ތިޔަ މަންޖެ ތިޔާ އުޅެނީ މާ ބޮޑު އެއްޗެއް ފެނިގެން ތޯއްޗެ.

  28
 14. އެޑްމުންޑޯ

  ދެންތިބި އަނބީންވެސް މިގޮތަށް ހަދާބަލަ އޭރުން އެއްޗަކަށްވާނީ

  19
  20
 15. ސސ

  ވަރިވާނެ ޗާންސެއް ނުލިބި ތިހުރީ

  28
  6
 16. ސަމްސާ

  އެލިސްޓް އެއީ ފޭކެއް. އޭގައި އެބުނާ ގުރޫޕުގައި ނެތް ބަޔަކު ބަދުނާމްކުރަން ހިމަނާފައިވެސް އޮވެދާނެ.
  ބަލަންވާވަރަށް ނުބަލައި މިހާރު އިނދެގެން އުޅޭ މީހާކައިރިން ވަރިވެގެންގޮސް އެހެން މީހަކާއި އިނީމަ 2 މީހަކަށް ބަލާނެވަރަކަށް ބަލަން އޮރިއާން ދެއްކުން ނޫން އެހެން ކޮންކަމެއް ތިކުރެވުނީ ؟

  22
  3
 17. އާދަންބެ

  މައްސަލައަކަށް ވަނީ ދިވެހިންގެ ބަަރަހަނާ ވީޑިއޯ ބެލީމަ ދޯ. ދެމީހުން އެކީ ފަރަންޖީނގެ ބަރަހަނާ ވީޑިއޯތަށް ކިތަންމެ ވަރަކަށް ބެލިޔަށް އޯކޭ.

  25
  1
 18. ސް

  ކިތަންމެ ކަޕްލްއެއް އުޅޭނެ އެކަކު އަނެކަކާ ސިއްރުން ނުވަތަ އެކީވެސް ޕޯން ބަލާ ފިރިހެނުންނާ އަންހެނުން. ތިކަން އެގެންޖެހޭނީ އިއްޔެއަކު ނޫނޭ.

  22
  1
 19. ޚާލިދު މާލިދު

  މަގޭ ކޮމެންޓް ޖަހަން ނުކެރުނުދޯ. ނޫސްވެރިން ބަރަހަނާވެދާނެތީ. އެކޮމެންޓްގައި ތިޔަ ނޫހުގެ ގަޢިޑްލައިނާ ޚިލާފް އެއްޗެއް ލިޔެފައި ނޯންނާނެ. ހަޤީޤަތް ހާމަކުރީ.

  16
  2
 20. ފުއާދު

  ފިރިމީހާގެ ނަމްބަރ އޮތުމުން ވަރިވާން އެދޭ އިރު އަބިން އަތުގަ ކިތައް ވަގުބިޓުންގެ ނަމްބަރ އޮތްތޯބަލާބަލަ..ކިތައްވައިބަރ ގުޜޫޕް އުޅޭތޯ ބަލާބަލަ

  17
  1
 21. މޮލަ

  މިއަބި މީހާ ހިމާޔަތް ކުރަން ފެނޭ..މިއީ ދުނިޔެއިންވެސް ފެނުނު މިހާ ތެދުވެރި ފުރަތަމަ އަންހެނާ..މިވަރުގެ އަންހެނެއް ދެން ނާންނާނެ ދުނިޔެ އަކައް

  22
  4
 22. މޮލަ

  ތިއެއް އިގޭނީ ތިއަބިމީހާގެ ފޯނު ފިރި މީހާ ޗެކުކުރިނަމަ . ފުރުސަތެއް ނުލިބިފަ ހުއްޓަ ލިބުނު ފުރުސަތަކައްވާނީ.

  16
  3
  • ހަހަ ވައިކަން

   މިކަހަލަ އަންހެނުން ގިނަ ވީމަ ވަރިވެސް ގިނަ ވާނެ... ފުރަތަމަ ބަލަން ވީ ފިރިސޮރު އެފޮޓޯތައް ބަލަނީ ކީއްވެތޯއާއި، އަމިއްލަ އައް ފިރިމީހާގެ ހައްޤު އަދާކުރެވޭތޯ.. ދެން ތިމާގެ ޒާތީ ވާހަކަ ސޯސަލް މީޑިއާ އައް ލީމަ އެއޮތީ ވެފަ .. އެޓެންޝަން ސީކަރ

   24
   4
 23. ޭެަްއީސަ

  ސުނެޕް ޗެޓް ރާއްޖޭން ބޭން ކުރުން މާ ރަނގަޅު

  10
  4
 24. ދަނޑިވަޅު

  ފިރިމީހާ ކައިރިން ސަލާމަތްވާނެ ފުރުޞަތެއް ބަލަބަލާ ހުރި އަންހެނަކާ ވައްތަރީ😂

  14
  3
 25. ޢަކު

  ކަނބުލޮގެ ގޮތެއް ފޮތެއް ނެތް ކަމާއެވެ. ޢަންބެއްގެ ގޮތުގައި ހުރެ ފިރިމީހާ އިތިރަށް ބޭޒާރު ކޮށް އަނިއްލަ ނަފްސުގެ ރަނގަޅުކަން ދެއްކުމަށް ތި ކުރި މުޑުދާރު އަމަލާ ފިރިމީހަގެ އަމަޅާ ތަފާތެއް ނެތޭ. ޥަރިއަށ އެދެން ޖެހެނީ ފޭސްބުކްގަ ތަ؟ ކޯޓުގަތަ؟

  24
  5
 26. އިނާ

  ކިހިނެއްތަ ތި ލިސްޓް ހޯދާނީ. މަ ފިރިމީހާގރ ންންބަރު އޮތްތޯ ބަލަން ވަރަށް ބޭނުން