މީސް މީޑިއާގައި މި ދެ ދުވަހު އާންމުންގެ ސަމާލުކަން ދަމައިގަތް އެއް ފޮޓޯއަކީ އެމްއެންޑީއެފްގެ ކާސްޓްގާޑު ލޯންޗެއްގައި ބިދޭސީންތަކެއް ތިބި މަންޒަރު ފެންނަ ފޮޓޯއެކެވެ. އެއީ އެއް ބަޔަކަށް މައްސަލައަކަށް ނުވިޔަސް، އަނެއް ބަޔަކަށް މައްސަލައެކެވެ. ފޮޓޯގައި ތިބި ބިދޭސީންގެ މޫނު މަތިން ހިނިތުންވުމުގެ ކުލަތައް ފެންނާތީ، އެއީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދިން ބައެއް ކަމަކަށް ބެލެވޭކަށް ނެތެވެ.
ކޯސްޓްގާޑުގެ ލޯންޗުތަކުގައި ގިނަ ފަހަރު، މީހުން އުފުލަނީ ބަޔަކު ހާލުގައި ޖެހިގެން ސަލާމަތް ކުރުމަށެވެ. ބައެއް ފަހަރު ބަލި މީހުން މާލެ ގެނެސްދިނުމުގައި ވެސް އެހީތެރިވެއެވެ. އެކަމަކު، ފޮޓޯ އަށް އިންސާފު ކުރާ މީހުންގެ ނަޒަރުގައި މިހާރު އާންމުވެފައިވާ ފޮޓޯއިން ފެންނަނީ އެހެން މަންޒަރެކެވެ. ބިދޭސީން ތިބީ ގޯ ޕްރޯ އާއި ފޯނު ފަދަ އެއްޗެހި ހިފައިގެން "މަޖާ" ކުރުމުގައެވެ.
Hello @MNDF_Official May I know the price for Dolphin Watching Trip please? Any discount for Maldivians? #IndiaOut #Maldives pic.twitter.com/SOsWQwDb2V
— No More McDonkeys (@freecitizenx) October 11, 2020
ހުޅުމާލެ ކައިރިން ކަނޑުމަތީގައި ލޯންޗު އޮއްވައި ނެގި ފޮޓޯ އެމްއެންޑީއެފް ސިފައިން ވެސް ތިބިއެވެ. އެ އުޅަނދުގައި 13 މީހަކު ތިބިއެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ފޮޓޯގައި ތިބީ އިންޑިއާ ބައެކެވެ. އެކަމަކު، އެއީ ހަގީގަތެއް ކަމެއް އެނގޭކަށް ނެތެވެ.
ފޮޓޯ އަށް ހިޔާލު ފާޅު ކުރާ ބައެއް މީހުން ބުނި ގޮތުގައި، އޭގައި ތިބި މީހުން "ހަވީރު ފިންޏަށް" ބުރު ޖަހަނީއެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެމީހުން ގޮސް ތިބީ އެ ސަރަހައްދުން ފެންނަ ކޯމަސްތައް ބެލުމަށެވެ. އަނެއް ބަޔަކަށް، ގަބޫލު ކުރެވުނީ ސިފައިން "އަޅުވެތި"ވެފައިވާ މިންވަރެވެ.
How it started How its going #indiaout pic.twitter.com/BXpwch8yp7
— Faree😘🇲🇻🇨🇳 (@Kalhukoe) October 10, 2020
ބައެއް އާންމުން އެ ފޮޓޯއާ މެދުގައި ޝަކުވާ ކުރަމުން އެހީ، ކޯސްޓްގާޑްގެ އުޅަނދުތަކުގައި މިގޮތަށް މަޖާ ކުރެވޭތޯއެވެ. އަދި ތިމަންނަމެން އާއިލާ ގޮވައިގެން އެފަދަ ދަތުރެއް ކުރެވޭނެތޯ އަހާ މީހުންގެ ސުވާލުތައް ވެސް ވަކިން ގިނައެވެ.
ޓުވިޓާގައި ހިޔާލު ފާޅު ކުރި އެކަކު ވަނީ އެމްއެންޑީއެފްގެ ޕްރޮޓޮކޯލްއާ ހިލާފުވަނީތޯ ސުވާލުކޮށްފައެވެ. އަދި އެމްއެންޑީއެފުން ބަޖެޓު ބޭނުން ކުރަނީ އިންޑިއާގެ ރައްޔިތުން ހިތް އުފާކޮށްދޭންތޯ އެމީހާ ސުވާލު ކުރިއެވެ.
Maldives National Defence Force @MNDF_Official is this not against your protocol? I am so glad that MNDF is using public funds the way it supposed to be. MVR 1.3B of public funds used to entertain Indians. I don’t know if they can stoop any lower. #IndiaOut pic.twitter.com/KIdtm7kgoJ
— Shiaan Mohamed (@shiaans) October 10, 2020
ނަމަވެސް، މި ފޮޓޯގެ ހަގީގަތެއް އަދި ސާފެއް ނުވެއެވެ.
އެމްއެންޑީއެފް މީޑިއާ ގުރޫޕުގައި ނޫސްވެރިން ތަކުރާރުކޮށް އެ ފޮޓޯއާ ގުޅޭ ގޮތުން ސުވާލު ކުރި ނަމަވެސް ހަގީގަތެއް ބުނެ ނުދެއެވެ.
މިފަދަ ފޮޓޯއެއް ދައުރުވާން ފަށާފައި މިވަނީ "އިންޑިއާ އައުޓް" ނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، މީސްމީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ފަށާފައި ވަނިކޮށެވެ. މި ފޮޓޯ ދައުރުވާން ފެށީ، އެ ކެމްޕެއިންގެ އަޑު ކޮންމެވެސް ވަރަކަށް މަޑުވެފައި އޮއްވައެވެ.
އެކަމަކު، އެ ފޮޓޯއާ އެކުގައި އަނެއްކާ ވެސް އެ އަޑުތައް ވަނީ ގަދަވާން ފަށައިފައެވެ.
ރާއްޖެމިވަނީ އިންޑިޔާމީހުން ހިތްއުފާކޮށްލަން ދާ ޕާކަކަށްވެފަ ޕާކަށްދާކުދިން އެތަނުގައިހުންނަ އެނބުރޭ އުނދޯލިތަކަށްވެސް އަރާނެ
އެވެރިންގެ މަތިމަހަށް ބަލާލުމުން އެއީ އިންޑިޔާމީހުންކަމާމެދު ޝައްކު އުފައްދާނެ ތަނެއްނެތްނޫންތޯ؟
މިފޮ ޓޯއަކީ އެއްވެސް މައްސަލައެއް ނޫން. ދުނިޔޭގެ ކޮންމެ ގައުމެއްގެވެސް އާމީ، ނޭވީ އަދި އެއަރފޯސް ޗީފުން ނޫނީ އެތަންތަނުގެ މަތީލެވެލްގެ ވެރިންނަށް ރަސްމީ އަދި ނުރަސްމީކޮށް ވިޒި ޓްކުރާ ފަރާތްތަކާއި އެތަންތަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން އަންނަ މީހިނާއި ފެމެލީތަކަށް ތަފާތު އެކި ލެވެލްގައި ކަންކަން އިންތިޒާމު ކުރުމަކީ މިލި ޓަރީ ކާ ޓަސީ. ރާއްޖޭގެ ކެބިނެ ޓް ވަޒީރަކަށް އެއްމެ ކާރެއް އޮންނައިރު ޑިފެންސް މިނިސް ޓަރ، އަދި ޗީފް އަކަށް ހުންނަ މީހަކަށް 2 ކާރު ހަމަޖެހިފައި އޮންނަކަން ދިވެހި ނޫސްވެރިންނަށް ނޭނގެނީބާ ؟ މައްސަލައެއްގެ ގޮތުގައި ލިޔަން.
2 ކާރެއް ނޯވޭ. 2 މީހުންނަށް 1 ކާރު އޮންނަނީ. ރަސްމީ ދަތުރުގައިބޒިޔާރަތް ކުރާމީހުނަށްވެސް މަޖާކުރާކަށް ކޯސްޓް ގާޑަކަށް ނޭރޭނެ. ދިވެހި ދަރިން ކައިރި މުސްތަގްބަލެއްގައި ޖިހާދެއް ކޮށްގެން ނޫނީ ލާހިކެއްނޫން މިއަޅުވެތިކަމުން ސަލާމަތްވާކަށް. އަހަރެމެންގެ ދަރިން މަރަން މި ބާގީ ސަރުކާރުން ކުރާ ނުބައިނުލަފާ ގައްދާރު އަމަލުތައް މިފެންނަނީ. އިންޑިޔާ އައުޓް. ސަރުކާރު އިސްތިއުފާ.
ސާބަހޭމިނޫސްލިޔާމީހުންނަށް .. އެއީ ރާއްޖެއިޝްތިހާރުކުރަންގެނެސްތިބިމީހުނެއްނޫންތަ ؟؟
ދޯދިއާ ސަރުކާރުގެ ސަބުން ރާއްޖޭގެ ކަންކަން ފާލުނެއް ޓި
ދިވެހިންގެ ކޮނޓްޓ ޓްރޯލް ގެއްލެނީއެވެ މި ދަނޑިވަޅުގައި ސަރުކާރުގެ އިތުބާރު ގެއްލިފައިވާތީ އަވަސް އިންތިޚާބެއް
ބާއްވައި އާ ސަރުކާރެއް ގާއިމުކުރަން ޖެހެއެވެ.
ހީވަނީ ކޮއްމެވެސް ކަންތެއްގަނޑެއް ތީގެއެބަ އުޅޭ ހެން އެހެން ނޫނީ ފޮޓޯއާ ބެހޭ ގޮތުން ސުވާލު ކުރާ އިރަށް ޖަވާބު ދެވޭނެ.ބަލަން ތިބެމާ ތިފޮޓޯއާ ބެހޭގޮތުން އެމް އެން ޑީ އެފް އިން ބުނަނީ ކީކޭތޯ ބަލަން، ދޮގު ހެދިއްޔާ ފަޅާ އަރާނެ އޭރުން އަގު ވެއްޓޭލެއް ބޮޑުވާނެ
ހަގީގަތް ހޯދާކަށް ނުޖެހޭ ތިއޮތީ ބޮޑުމަންޒަރު ފެންނަން
މަސް ދަތުރަކާއި ވައްތަރީ
ގައުމު ގެ ދިފާއީބާރު މިއޮތީ އިންޑިޔާ މީހުން ނާޗަރަން ގީ ކުޅޭތަނަކައް މިސަރުކާރުން ހަދާފަ ޕޮލިސް ސްޓޭޝަންތައް ދެންބަދަލުވާނީ ޒޫތަކައް
އަހުމަދު އަދީބް ފާތުމަގެ އުފަންދުވަހު ބީއެމްޑަބްލިއު ކާރެއް ދިނުމުން މައްސަލަ ނޫން ދޯ ؟؟؟؟؟؟؟؟؟؟
ހަރުދަނާ ވަޒީފާ އަކަށް ނުގޮސް ދާ ވަޒިފާ އަށް މަކަރު ހަދަމުން، ލޯނަށް ބޮޑެތި ފޯން ނަގައިގެން ތިބެ ބަޔަކު ކުރާހާ އަދި ލޮލަށް ފެންނަހާ ކަމަކާ ބެހުން ދިވެހިންގެ އުސޫލަކީ މިހާރު. ނުބެހޭ ކަމެެއް ނެތް. ވަރިހަމަ ތާ ބަޔަކު ލާގެން ދުއްވިޔަސް ހަަމ ތިބެން ޖެހޭނީ. އެމީހުނާ ހަނގާކޮއްފަ ދެން ގުޅާފަ ބުނީމަ ވަރަށް ތާހިރުވާނެ. ޔުނިފޯރމް ލިޔަސް ފުލުހުން ވިޔަސް އާރމީ ވިޔަސް ނުޖެހޭ ކަލޭމެންގެ ޓޮކްސިކް އެޓިޓިއުޑް ހަޖަމް ކުރާކަށް. ބުނާނެ ރައްޔިތުން ދޭ ޓެކުހޭ މުސާރައޭ..އެމީހުން އަނބިދަރިންނާ ދުރުގަ ތިބޭތީ ދޭ މުސާރައެއް އެއީ...އެމީހުން ހަދާ ޓްރެއިނިންގ ގެ 1 މިނިޓް ވެސް ކެތް ނުވާނެ ތިޔަ ގަމާރުތަކަށް... ސަރުކާރުން ހިލޭ ބޭސް، ހިލޭ ފެރީ ހިލޭ ވިހެއުން، ހިލޭ ދަރިން ބެލުން، ހިލޭ ހުރިހާ ކަމެއް އެކަމަކު ބޮޑު އަށީގަ އޮވެ އެމީހުންގެ މުސާރައޭ ދައުލަތުެގ ހަރަދޭ ވީދެނީތި..ހިމޭނުން ތިބެބަލަ....
ގައުމު ފުނޑައިލާތަން ބަލަން ތިކަހަލަ މަރުމޯލުން ތިބެދާނެ. ތިއީ ގައްދާރުން. އެހެނޭކިޔާފަ އަހަރުމެން ވީދެންވެދް ވީދޭނަން
ތިޔަވާހަކަދެއްކިއަކަސް ކުރާނެކަމެއްނެތް އަހަރުމެން މިހާރުމިވަނީ އިންޑިއާގެ ތުންފުއްސަކަށްވެފަ ކުރެވޭނެމާބޮޑުކަމެއްނެތް އެގޭހާވެސް ކަމަކީﷲއެކަލާންގެދީން ހިމާޔަތްކުރާނެކަން އިންޝާﷲ
ނޫސްވެރިޔާއަށް އިންޑިއާމީހުންކަން ނޭގޭތީ ހައިރާނެނުވޭ..ނޫސްވެރިން ވިކިފަތިބީމަ ގައުމު މިދަރަޖައަށް މިހާ ފަސޭހައިން އަޅުވެތިކޮއްލެވުނީ..ބަލިމީހުން އުފުލަން ސީއެމްބިއު ލަންސްތައް ހުންނާނެ..ގައުމުގެ ފަޙުރެ ކަރާމަތެނެތް..ސިފައިންގެ ޔުނީފޯމުގަ ބަންގާޅީންނާ އިންޑިއާމީހުން ބަޑޭރިކޮށިން ފެނުނަސް މައްސަލައަކަށްނުވާނެ މިހާރު ބައެއްމީހުންނަ...
މިހާރު ރާއްޖެ މިއޮތީ އިންޑިޔާގެ އަޅުވެތިކަމުގެ ދަށުގަ ކަން މިއިގެނީ. ތިފޮޓޯއިންވެސް ތިފެންނަނީ އެކަން. ދިވެހި ފުލުހުންވެސް ތިތިބީ އަޅުންނައް ވެފަ. ރައިސް ޔާމީނު ވެރިކަމައް ގެންނާން ޖެހޭ. މި ގައުމުގެ ހައްގުގަ، މި އަޅުވެތިކަމުން ސަލާމަތް ވުމައް.
ހާލުގައި ޖެހިގެން ދިވެހިން ގޮވާއިރު ލޯންޗްތައް ހަލާކުވެފައި ، ކޯމަސް ބަލަން ދާންވީ ހަބޭސް ، މިމީހުންވެސް ރިސޯތަކަށް ފޮނުވަބަލަ ސަންސެ ޓްބަލަން ، ގައިމު ޤައުމަށް ގެއްލުމެއް ކޮންމެސް އެއްޗެއް ލިބޭނެ
ސީދާ ޕިކުނިކު ދަތުރެއް ގޮސްލާފަ ތިހިރީ. މާރިޔާ އިސްތިއުފާ އިސްތިއުފާ.
ބަލައިގެވޭނެ މަންޒަރެއް ނޫން. އިންޑިޔާ އައުޓް
އަދި މަންޒަރުނުފެނި ކތައްކަންތައް ހިނގާނެތޯ ؟
އެޑިޓް ކޮށްފަ
ވެދާނެއެއްނު ކަނޑުވެފަތިއްބާ ސަލާމަތްކުރީކަމަށްވެސް.
ކުރިން އެންޑީޕީ އަށް ވެރިކަން ލިބުމުން އަމީން ފައިސަލް އަންހެނުން ގޮވާގެން އެއަށް އެރެ ޓައިޓޭނިކް ކުޅުނީ. މިފަހަރު ސްދީރު
އެޗު ޕީ އޭ ގެ ގައިޑްލައިނާ އެއްގޮތަށް ގައިދުރުކ ކަން ބަހަޓާފަ މިއޮތީ މާސް ކް ވެސް އަޅުވައިގެން ޝުކުރިއްޔާ ސަރު ކާރާއި އެމް އެން ޑާ އެފް އަށް
އިންޑިއާ ބޭނުމިއްޔާ ރާއްޖެ ހިފިދާނެޔޭ ބުނި ފިޑި ޑިފެންސް މިނިސްޓަރާ ސުވާލުކުރަން އެބަ ޖެހޭ. މިއޮތީ ޢިއްޒަތްތެރިންނާ ޖެހިފައި.
މިހާރު ގަބޫލުކޮށްފިން މިނިވަންކަން ނެއްކަން ގެއްލިއްޖެކަން... ދުވަހަކުވެސް މިހާދަށުދަރަޖައަކަށް މިގައުމު ނުދޭއަދި... މަވާއެމްޑީޕީއަށް ސަލާން ދެން...
މިހާރު ގަބޫލުކޮށްފިން މިނިވަންކަން ނެއްކަން ގެއްލިއްޖެކަން... ދުވަހަކުވެސް މިހާދަށުދަރަޖައަކަށް މިގައުމު ނުދޭއަދި... މަވާއެމްޑީޕީއަށް ސަލާން ދެން...
ކޮބާ ލައިފް ޖެކެޓް؟؟؟
އަޅުގަނޑުމެންގެ ވެރިކަމެއްގާ އިނޑިޔާޔައް ސަރުކާރުގެ ހުރިހާ އުޅަނދެއް ބޭނުން ގޮތަކަށް ބޭނުން ކުރުމުގެ ހުއްދަ އޮންނާނެ.
ކަޅުއޮއްފުންމިއަށް ކާފަރުން އަރުވާ ބައިއަތު ހިފައިގެން ތިބޭ ޒަމާން މިއައީ. ސިފައިން ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން mi ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ކުރުވާ ބައިވެރިވުމަކީ ބަޣާވަތްކުރުން ފަދަ ކަމެއް