ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދިފާއީ ބާރުގެ ވެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައެވެ. މި ބައްދަލު ކުރެއްވުމުގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ކުރިއަށްގެންދެވި މަޝްވަރާ އާ ގުޅޭގޮތުން އެއްވެސް ފަރާތަކުން އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

ރައިސް ނަޝީދު ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލު ކުރެއްވިއިރު، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް މިހާރު މީސް މީޑިއާގައި "އިންޑީއާ އައުޓް"ގެ ނަމުގައި ކެމްޕޭނެއް ދަނީ ކުރިއަށެވެ.

އަދި އެ ކެމްޕޭނާއި ގުޅޭގޮތުން ރައީސް ނަޝީދުވެސް ވަނީ ވާހަކަދައްކާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އެ ކެމްޕޭން ހިންގަނީ އައިއެސްއައިސް އަށް އެއްބާރުން ދޭ މީހުން ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލަމުންދާ އެއްބަޔަކީ އިދިކޮޅު ފަރާތްތަކެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދުތައް ޑިފެންސް މިނިސްޓްރީން ހާމަކޮށްފައި ނުވުމުން ގިނަބައެއްގެ ފާޑިޔުންތައްވެސް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. އިންޑިއާ އައުޓް

    ކިތަންމެ ވަރަށް ބައްދަލު ކުރި ނަމަވެސް ދިވެހިންގެ ހިތް ތަކުން ދިވެހި ގައުމުގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލަައިގެން ކެނެރީގެ ނަޝީދު މެން ރާއްޖޭގެ ވެރިކަމުގައި ބައިތިއްބަން ދިވެހި ރައްޔިތުން އެއް ބަސް ނުވާނެއޭ ސިފައިން ވެސް އެއްބަސް ނުވާނެއޭ އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    76
    3
  2. ގައުމީ ލޯބި

    މަޖިލީހުގެ ރައީސަކަށް އެގްޒެކްޓިވް ޕަވަރ ތެރެޔަށް އަތްބޭނުމުގެ ހައްސިއްޔަތެއް ގާނޫނު އަސާސީން ލިބިދީފައި ނުވޭ.

    އަލްޓްރާވައިރަސް އެކްޓެއް.. ގާނޫނު އަސާސީގެ ބާރު ކަނޑުވާނުލެވޭނެ..

    މަޖިލީހުގެ ރައީސް ގާނޫނު އަސާސީގެ ބާރުތަކަށް ގޮންޖެހުމަކީ އޭނާ މަޖިލީހުގެ ރައީސްކަމަށް ކުފޫހަމަ ނުވާނެ އެންމެވަރުގަދަ އެއްހެކި

    ކޮބާ ގާނޫނުނީ ހުކޫމަތަކީ އަދި އޭގެ ހުދޫދަކީ.. މީ ކީއް މިކުރަނީ ދިވެހީން ހަމަ ހީހީ ތިބެންވީތޯ؟

    #އިންޑިޔާ އައުޓު

    80
    1
  3. ދޮން މޮހޮނު

    ގަމުމުގެ 3 ބާރު އެކުވެ މަސްހުނިވީ ތޯ

    މީ ވަންމޭން ޝޯއަކަށް ވެ ނިމުނީ ތޯ؟

    ކޮން ހައިސިއްޔަތެއް މިކަލޭގެ އަށް ދިފާއީ ބާރަށް ވަނުމުގެ

    81
    2
  4. ވިސްނާލުމަށް އެދެމޭ

    ހަމައެއް ލަމެއެއްނެތް...ގައުމުގެ ތިންބާރުގެ ވެރިއަކަށްވާތީ ބައްދަލުކުރިނަމަ މާދަން އުއްތަމަފަޑިޔާރާވެސް ބައްދަލުކުރަންވާނެ..ގައުމުގަ ރައީސުލްޖުމްހޫރިއްޔާއެއް އެބަހުރި ނާއިބެ އެބަހުރި އެމީހުންނާ ދިފާއީބާރުން ބައްދަލުކުރިނަމަ މާބޮޑުކަމެކޭހީނުވާނެ..އެކަމަކު މަޖުލިހުގެ ރައީސަކާ ދިފާއީބާރުން ބައްދަލުކޮށް ކުރަންޖެހޭނެ މަޝްވަރާއެއް އޮންނާނެތަ..ދިފާއީބާރުގެ ޔުނީފޯމުގެ އަގަކީ ނީލަމުގަ ބިޑުކޮއްގެން ހޯދިއެއްޗެވީމަ ވާނެގޮތް މިފެންނަނީ...😡😡😡

    61
    1
  5. ޙހހހ

    ފިޑިމީހުންނޭ ބުނިމީހުން ކުރިމަތީގައި ހަމަ ސިފައިންގެވެރިން ފިނޑިވެފައިތިބިވަރު އެނގޭ

    61
  6. ނަޖްވާ

    މީ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާ ބެހޭ ގޮތުން ކުރެވޭ މަސްވަރާއެއް ބާ؟

    55
    1
  7. އުތުރުން

    އިންޑިއާސިފައިން ރާއްޖޭގައި ތިބި އަދާއި އެމީހުން ހިންގާ
    އޮޕަރޭޝަން ތަކުގެ ތަފްސީލް ހާމަކުރަން ޖެހެއެވެ.

    62
    1
  8. ކަޅުބެ

    ކަލެޔަކީ ރައީސެއްނޫން ނުޖެހޭބަށްދަލުކުރާކަށް ކަލޭދޭބަލަ އައިއެސް މީހުންނާ ބަށްދަލުކުރަން އެންމެގާތްވާނީ އެމީހުންނާ...

    57
    1
  9. ވޭޓަރުމީހާ

    މިހާރު ޔަގީންވެއްޖެ! އިންޑިއާ ސިފައިން މިގައުމުން ބާލާ! އިންޑިއާ ސިފައިން މިގައމުން ބާލާ! ބާލާށޭ! ބާލާށޭ!

    61
    1
  10. މަބޭ އަލީ

    ހުރިހާތާކައް އަތްބާނާ ހުރިހާކަމެއްކުރުވާނީ މިކަލޭގެ ކަމެއްދިމާވާއިރަން ތިމަންނާދެނެހުރިކަމެއްނޫނޭގޮވާ ފިލާރައްޖާވާނެ

    30
    1
  11. ވާގޮނުސްކޮ

    މިއަދުގައުމު ހިންގަުމާ ހަވާލުވެތިބި ދައުލަތު އިސް ވެރިން
    މިގައުމައް ތިވަނީގައްދާރުވެފަކަން ފެންނަ މަންޒަރުތަކުން ސިފަވޭ، އެހެންކަމައްވީހިނދު ތިޔައިން އެކަކަށްވެސް ދިވެހި
    ރައްޔިތެއްގެ ހައިސިއްޔަތުން މައާފެއް ނުކުރާނަން. އަދި ގާނޫން އަރާހަމަކުރާނެ ދުވަސް އޮތީމާދުރަކުވެސް ނޫންކަން ދަންނަންޖެހޭނެ. މުޅިގައުމުގެ މާލިއްޔަތު ދަވާލާގެން މިއަދު
    ބާރާނުފޫޒުގެ ބޭނުން ނަހަމަގޮތުގަ ހިފައިގެން ގައުމާރައްޔިތުން އަޅުވެތި ކޮށް ތިގަޮތުގަ ތިބެން މިރާއްޖޭގެ ރައްޔިތުން ޖާގަނުދޭނެ. ކޮންމެފަދަ ގުރުބާނީއެއް ވާންޖެހުނަސް އަދި ހަށިގަނޑާފުރާނައިން ގުރުބާން ވެގެން
    ވިޔަސް ގަައުމުސަލާމަތް ކުރުމައް އަތުކުރިއޮޅާނުކުންނަދުވަަސް
    ބައްދަލުކުރާނެ. ކަލޭމެން ކިތަންމެ ސިއްރުން ބައްދަލު ކުރިޔަސް ތިޔަރާވަމުންދާ ކެހިވެރިކަމުގެދަލުގަ މިރައްޔިތުން ނުޖެއްސޭނެކަން ތާރީޚުހެކިދޭ.

    31
    1
  12. އަހުމަދު

    ހަބަރު ކިޔާ ނިމުނީތޯ
    ރިޕޯޓު ކިޔާ ނިމުނީތޯ
    އެކަކު އަނެކަކާ ސުވާލު ކުރަނީތޯ
    ރ ޓީވީ. ދޭތެރެ ޖެހޭ ކަހަލަ ރިޕޯޓެއް ކިޔާލަކަށް ނުވޭތޯ.
    އިންޑިއާ ކުދިން އަތްގަދަ ކުރަން ދޭންވީތޯ.

    23
    1
  13. ިބޯކިބާ

    އެއުޅެނީ އިނގިރޭސިވިލާތަށް ދިޔަ ދަތުރުގަ އެތާ ޒާތްޒާތުގެ މީހުން ހަވާލުކޮށްގެންއުޅޭ ގޭސް މިތާ އަނބުރަން، އެތަނަކުން އައިސް ކަރަންޓީނުން ނިކުތްގޮތަށް ރައީސްމީހާއާ ބައްދަލުކޮށް އެއްބައި ގޭސް ހަވާލުކޮށްފި، ދެން އަނެއްބައި އޮތީ ސިފައިންނަށް. މިކަހަލަ މީހުންލައްވާ މިހާރު ދޮންމީހުން ކުޅުވަނީ. ޗައިނާއޭ އިންޑިއާކަނޑޭކިޔާ ޒާތެއްގެ ފަތިވަރުތަކެއް މިހާރު ކިޔަނީ، އެކަމަކު ޗައިނާ ބަޔަކު އިންޑިއާކަނޑުގަ ނުވެސް ނެތޭ، މުޅި އިންޑިއާކަނޑާއި ޗައިނާކަނޑާއި ރަތްކަނޑުގަ އޮތީ ހުސް އިންޑިއާ މަނަވަރުތަކާ ސިފައިންނޭ.

    26
    1
  14. ގިޓާ

    މިނާ މިއުޅެނީ އަސްލު ބަރޯ ބުރޯހެދިގެން މުޞީބާތަކަށްވެއްޖެ

    29
    1
  15. ކޯރި

    އައިއެސް ޖަމާއަތުގެ މެސެޖެއްދޭންބާ، ތިދެއްކި ވާހަކައެއް ތިލަކޮށްލަބަލަ.

    27
    2
  16. ކަންނެއްމިޔަރު

    މިހާރުވަރއްސާފް ތިމަންނަޔާ ބެހޭސަރުކާރެއް ނެތޭ ކިޔާފައި ތިޔަވަމުންދާގޮއް ދިވެހިރައްޔިތުންދެ މައްސަލައެއްނެތޭ އިންޑިއާ ސިފައިން ތިއްބަކަސް މީނާގެ ވެރިކަމުގަ ނޫންތޯ ވިދާޅުވީ މިގައުމުގެ ސެކުރިޓީ ބަލަހައްޓަން ބޭރުބަޔަކާ ހަވާލް ކުރަންވީއޭ އަނެއްކާ އެގޮތައް ކަންކުރަން ސިފައިން ރުއްސަން އުޅެނީކީ ނޫންތޯ

    27
    1
  17. އިބްރާހީމް

    މިގައުމުގެ ރައީސް ނެތީތޯ.........

    24
    1
  18. އަލި ދީދީ

    ޖުމްހޫރީ މައިދާނުން ބައްދަލު ނުކުރީ ތަޖުރިބާއަށް ބަލާފަ ކަމަށް ބެލެވޭ..

  19. ލޫޓުވާ

    ކޮބާ މޮޅެތި ޤާނޫނީ ވަކީލުން ބުނާނެ އެއްޗެއްހަމަ ނެތީތޯ؟ ޤާުނޫނުހަދާ ބާރުން މިގޮތަށް ޢަމަލުކުރެވިދާނެތޯ. ކޮބާތޯ ރައީސް އިބޫ. މިއީ ބަރުލަމާނީ ނިޒާމެއްކަމަށް ޤަބޫލުކޮށްގެންތޯތިތިބީ. ބޮޑުވަޒީރަކީ ނަޝީދުތޯ.

  20. މަ

    އެއީ ނުފޫޒު ފޯރުވަން

  21. Anonymous

    އަޅެމީނަހިފާ ހައްޔަރުކޮއް ކުދިގަލުންތަޅާ ހޭއަރުވާލަންވީ.

  22. އޮޅުވާނުލާ

    މީބޮޑު އޮޅުވާލުމެއް ރައީސްކަމުގެ ހުވާކުރީ އިބުރާހިމް ސޯލިހުކިޔާމީހެއް ދިވެހިރާއްޖޭގެ ދިފާއީބާރުގެ ވެރިޔަކީއެއީ އެކަމަކު މިހާރު މިފެންނަނީ ދިފާއީބާރާނުވެސް ބެހޭމީހަކުދި ފާއީބާރުގެ ވެރިން ތަންތަނައްގެންގޮސްގެން ބައްދަލުކުރާތަން ދިފާއީބާރުގެވެރިންނާ ރައްޔިތުން މަޖްލިހުގެރައީސް ބައްދަލުކޮއްދެއްކިވާހަކަ އެގެންޖެހޭ ހައިސިއްޔަތެއްނެތް މީހަކައް ސިފައިންގެ ވެރިންނަކާބައްދަލެއްނުކުރެވޭނެ އެހެންކަމައްވެއްޖެއްޔާ މިހާރު ރައީސަކީ ކާކުކަންވެސް އެބަ އެނގެންޖެހޭ

  23. ހުސެން

    މި ގައުމުގެ ވެރިޔަކީ ކާކުތޯ؟

    10
    1
  24. ބަރުގޮނު

    މިއީ މަތިންބައިން ޖެހިގެން ކުރިކަމެއް. މަޖްލިސްގެ ރައީސް ސިފައިންނަށް ދޭންޖެހޭ ލަފައެއް އިރުޝާދެއް ނޯންނާނެ.

  25. ސޯޅަ ގެވަޅު

    ގައުމުގެ ތިބި ޣައްދާރުން ޤައުމުގެ ދިފާޢީ ކޮމާންޑަރުންނާ ބައްދަލުކުރުން. މީކޮންކަމެއްް.

  26. މުހައްމަދު އަންޖުމް

    ކީއްކުރަންބާ އަނެއްކާ އިންޑިއާ އައުޓޭ ބުނާކޮންމެ މީހަކު ހިފާހައްޔަރު ކުރުވަންތޯ ނޫނީ ހިފާ އިންޑިޔާއަށް ވިއްކަންބާ ނޫނީ ބަޑިޖަހާމަރަންތޯ ތިޔަބައްދަލު ވުމުން ރައްޔިތުންނަށް ކޮނއމެސް މުސީބަތެއް ކުރިމަތިކުރުވާނެ އެތިބީ ހުސް އެއްގުރޫޕެއް ގާނޫނު އަސާސީއަށް ފައިންއެރިމީހަކަށް ގާނޫނު ހިމާޔަތް ކުރާނީ ކިހިނެއް

  27. އަލީ ސާލިހް

    ނަޝީދަށް އަތުނުލެވޭ ތަނަކީ އެމްއެންޑީއެފް. ފުލުސްް ކޮމިޝަނަރު ހުރީ ސޯލިހްގެއަށް ވަދެ ނަޝީދަށް ބައިއަތު ހިފާގެން. ކުރީގެ ކޮމިޝަނަރު ޔާމީނަށް ދިން ލަނޑު ސޯލިހަށް އޭނަގެ ފުލުސް ކޮމިޝަނަރު ވެސް ދޭން ގެންދަނީ ތައްޔާރުވަމުން.

  28. ދުންތަރި

    މީ މިޤައުމުގެ ވެރިޔާތަ؟ މިކަލޭގެޔަށްހީވާ ކަހަލަ މިޤައުމަކީ ކެނެރީ ޕްރައިވެޓް ލިމިޓެޑޭ މީދެން ކިހާ ބޮޑުވެސްޖެ މުސީބާތެއްތަ މި ކެނެރީގާ މުސީބާތުން މިޤައުމު ސަލާމަތްވާނެ ގޮތެއް ސިފައިންނާ ފުލުހުންވެސް ހޯދަން ޖެހޭ ހަމަ ފައްކާ އަންމަބޭ މަބޮޑޭހެދިގެން މީދެން މާ ބާރުހުރި މީހެއްކަން ދައްކައި ސިފައިންނަށް ބިދުދައްކަންތޯއްޗެ މި ތެޅެނީ