މާލޭގެ ސްކޫލްތަކުގައި ގްރޭޑް 7 އަދި 8ގެ ކުދިންނަށް ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ވިދާޅުވީ، ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ހްލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން، އޮކްޓޯބަރު 19 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 8ގެ ކުޔެވުން ފެށުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އަދި އޮކްޓޯބަރު 25 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް ހަތެއްގެ ކިޔެވުން ފެށުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީޏް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭގެ ލަފާގެ މަތިން އަންނަ މަހުގެ ހަތަރަކުން ފެށިގެން މާލެ ސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް ހަތަރަކާއި ފަހެއްގެ (ގްރޭޑް 9-12 އަށް) ދަރިވަރުންގެ ކިޔެވުން ފެށީ އޮކްޓޯބަރު ހަތަރު ވަނަ ދުވަހު އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައި ކިޔަވައިދޭން ފެށީ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މާލޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފެށިއެވެ.

މިހާރުވެސް މާލެ ސަރަހައްދުގެ ސްކޫޅްތަކުގައި އަށަކުން މަތީގެ ހުރިހާ ކުދިންނަށް ކިޔަވައިދެމުން ދަނީ އޮންލައިންކޮށެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ. އެހެން ނަމަވެސް، މިހާރު މާލެ ސަރަހައްދަށްވުރެ އަތޮޅު ތެރޭގައި މި ބައްޔަށް ފައްސިވަމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،859 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިއްބެ

    އަބަދު ބަންދުވެގެން ސްކޫލްތަކާއި، ކޮލެޖް ބަންދުކޮށްގެން ނުތިބެވޭނެ.
    ތައުލީމް އުގެނޭ ކުދިންނަށް ލިބޭނެ ބޮޑު ގެއްލުމެއް..
    މިކަމުގެ ކޮޅެއް ފެންނަން އޮތީކީ ނޫން..

    ފަރުދީ ޒިންމާ އަދާކޮށް ކުރިއަށް ދިއުން ނޫން ގޮތެއް ނެތް.. ދުޢާ އަކީ މި ބަލިން އަޅަމެން ރައްކާތެރިވެ ބަލި ޖެހިފައިވާ މީހުންނަށް އަވަސް ޝިފާއެއް މިންވަރުު ކުރެއްވުން

    18
    14
  2. ދިދަ ދަނޑި

    ބަންދުވާން ކައިރިވެފައި އޮއްވާ އަދި މިކަމުން ސަލާމަތް ނުވަނީސް ކުދިންތައް އެއްތަންކޮށް އެކުދިން ނުރައްކަލަށް ހުށަހަޅަން ހާދަ ފޯރިއެކޭދޯ މިހުރީ... މި ވީހާތަނުގަ ސްކޫލްތަކުގަ އެއް ސެޝަން ނިމި އަނެއް ސެޝަން ފަށަންވާއިރަށް ކްލާސްރޫމް ކުނިކަހާ ސާފު ކުރުވީ ކުދިން ލައްވާ.. މިހާރު ޑިސްއިންފެކްޓްކޮށް ސާފުކުރަނީ ކާކު؟؟ ގޮނޑި މޭޒު ފޮހެނީ ކާކު؟؟ މިބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ގެންދިއުން އަދި ރައްކާތެރިއެއް ނޫން..

    32
    4
  3. ސުކޫލް

    ސުކޫލް އައް ފޮނުވާނެ ކަމެއްނެއް. ޕާރޓީ އާއި ޕިކްނިކް ދަތުރު ތައް ދޭ. އޯކޭ

    3
    1