ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން، އަންނަ ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

ޔައުގޫބު މެންބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ކުރީގެ ފިލްމީތަރި ޤާނޫނީ ވަކީލު އަސްޢަދު ޝަރީފެވެ.

ސުޕްރީމް ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުން ބުރާސްފަތި ދުވަހުގެ 9:00 އަށް ތާވަލުކޮށްފައެވެ.

ޔައުގޫބު މެންބަރު މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމައިދިނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، ޔަޢުޤޫބު އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. އެ މަޤާމުން ފަހުން އޭނާ އިސްތިއުފާދެއްވިއެވެ. ނަމަވެސް މަޤާމާ ހަވާލުވެވަޑައިގެން މަޤާމުގެ ފަތްކޮޅާވެސް ޔަޢުޤޫބު ހަވާލުވެވަޑައިގަތެވެ.

ޔައުގޫބުގެ މެންބަރުކަމާއި މެދު ބައެއް ވަކީލުން ސުވާލު އުފައްދަން ފެށުމުން ޔައުގޫބު ވިދާޅުވީ ވަކީލުންނާއި ވާހަކަ ދެއްކެވުމުން އެކި ހިޔާލުތައް ލިބިވަޑައިގެންނެވި ކަމަށާއި އެގޮތުން އެ މަގާމުގައި އޭނާ އަށް ހުރެވިދާނެ ކަމަށް ބައެއް ވަކީލުން ވިދާޅުވިއިރު އެ މަގާމުގައި އޭނާ އަށް ނުހުންނެވޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި އޭނާ ގަބޫލުކުރާ ގޮތުގައި އެ މަގާމުގައި ނުހުރެވޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ނަމަވެސް ލަފާ ދެއްވި ވަކީލުންގެ ހިޔާލުތައް ތަފާތުވުމުން އެ އިދާރާއިން ވަކިވާން ނިންމެވީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގލ

    އެންމެރަނގަޅު އަދި މަސްލަހަތު ހުރި ގޮތަކީ ޔައުގޫބު އިސްތިއުފާ ދެއްވުމެވެ. މެންބަރުކަން ބޭނުންފުޅު ނަމަ އަލުން ވާދަކުރެއްވުމެވެ.

    13
    4
  2. ގއ. މާމެންދޫ ރަށްޔިތުން

    ދާއިރާގެ ރަށްޔިތުންގެ އެއްވެސް ތާއިދެއް މިހާރަކު ތިޔައުގޫބު އަކަށްނެއް ކުރިމަތި ލާފިއްޔާ އަސްލު ސައިޒް ފެނިގެންދާނެ..އަދި މިސަރުކާރަށްވެސް މިދާއިރާގެ އޮއި ތާއީދު ފެނިގެންދާނެ..

    15
    3
  3. އަލިބެއްޔާ

    ޔައުގޫބް އާއި ދެކޮޅަށް މި މައްސަލަ ނިމުން އެއީ ވާނެ ކަމެއް ނޫން..

    2
    1
  4. ދުންތަރި

    ވަގުން ހިފަން ގޮވަމުން މަޖިލީހަށްވަދެ ތިމާވަރު މީހަކުނެތިގެން ތެޅިގަތީމާ ހުޅުނބު އެދިޔައީ ތިޔަ ސްޕްރީމްކޯޓުން އެމްޑީޕީ މެމްބަރަކު ވަކިނުކުރާނެ ޤާނޫނު އަސާސީގަ ކޮންމެ އެއްޗެއް އޮތަސް މީ ވަރަށް ސާފުކަމެއް އެކަމަކު ތިޔަ އޮޑިޓަރަށްވެސް މެމްބަރުކަން ގެއްލިއްޖެކަމަށް ޤަބޫލްކުރެވޭތީ އަވަހަށް ތެޅިގަނެފަ މަޤާމުން އިސްތިއުފާ އެދިނީ މީ ވަރަށް ސާފު މައްސަލައެއް އެކަމަކު ތިޔަ ޖުޑިސަރީއަކީ އެމްޑީޕީގެ ހަރުގެތަކެއް އެތަނުގަ ތިބީ އެކްޓިވިސްޓުންލާފަ ދެންވާނެގޮތް ރައްޔިތުން ބަލަން ތިބެމާ

  5. އަހްމަދު

    މައްސަލަ ބަލަން ފަށަން އަދި ތަންކޮޅެއް އަވަސް. މައްސަލަ ހުށަހެޅިފަހުން އަދި 3މަސްދުވަސް ނުވޭ. އަހަރެއް ވަރު ކޮށްލާފާ މައްސަލަ ބަލަންފަށާ މައްސަލަ ނިންމަން ވާނީ 3 އަހަރު ވަރުކޮށްލާފާ.