އިދިކޮޅު ފަރާތްތަކުން ސްޕްރީމް ކޯޓުގެ ޙުކުމް ތަންފީޒުކުރުމަށް ގޮވާލައި ރޭ ކުރި މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހައްޔަރު ކޮށްފިއެވެ.
އަލީ ހުސައިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އެއްވުމުގެ ބައިވެރިންގެ ތެރޭގައި ހުންނަވަނިކޮށް މަޖީދީމަގު ޗާންދަނީ މަގު ހަތަރު އަނގޮޅި ސަރަހައްދުންނެވެ. އަލީ ހުސައިންގެ އިތުރުންވެސް އެއްވުމުގެ ބައެއް ބައިވެރިންވަވީ ހައްޔަރުކޮށްފައެވެ.
ނަމަވެސް ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ. މުޒާހަރާ ފެށީ އެމްޑީޕީ ހަރުގެ ކައިރިންނެވެ.
މިދިޔަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން އިދިކޮޅު ފަރާތްތަކުން ކުރިން ނިންމި ނަމަވެސް ބާއްވާފައި ވަނީ ކުޑަ މުޒާހަރާއެކެވެ.
ހުކުރު ދުވަހުގެރޭ ކުރި މުޒާހަރާތެރެއިން ބައެއް ނޫސްވެރިނަށް އަނިޔާ ވުމާއި ގުޅިގެން އެމްޑީޕީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގަވައިދާ ހިލާފަށް ފުލުހުން ބާރުގެ ބޭނުންކޮށް، ޕޭޕަސްޕްރޭޖަހާ ބޫޓުން ތެޅުން ފަދަ އަމަލުތައް ނޫސްވެރިންނަށް އަމާޒުކޮށްދޭ ދިނުން އެންމެ ހަރުކަށި އަޑުން ކުށްވެރިކުރާކަމަށެވެ.
ދެންކިޔާ ނުހައްގުން ހައްޔަރުކުރަނީއޭ### އަވަހަށް މޮޅެތި ޑްރާމާފޮޓޯތަށް ކާފަރު ބައިގަނޑަށް ޓްވީޓްކުރޭ### ގޮސް ގޭގަ އޮތްނަމަކާ ހައްޔަރެއް ނުކުރާނެ### އެހެންނޫންނަމަ މަވެސް ހައްޔަރުކުރީސް### ސައިޒު އޮޅިގެންނޫޅޭ###
ސާބަހޭ ދިވެހިސިފައިން ތިކުރާ ގައުމީ ހިދުމައް ދިވެހިރައްޔިތުން އުފަލުން ބަލާގައްނަވާހަކަ ހިނިތުންވުމައެކު