ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއާއި ޗައިނާ އާއި ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އޮތީ މުޅިން ޗައިނާ އަށް ބުރަވެ ހުސްވެފައި ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އާންމުން މިނިސްޓަރ ފައްޔާޒް އާއި ކުރިމަތިކޮށްފައި ހުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ޗައިނާ އާއި އެކު ޔާމީން ސަަރުކާރުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރަނގަޅު ކަންކަން އެބަހުރި ކަމަށާއި، އަދި އެއްބަސްވުން ބަތިލުނުކޮށް ވާހަކަ ދައްކައިގެން އިސްލާހު ކުރެވޭނެ ބައެއް ކަންކަން ވެސް އެބަހުރި ކަމަށެވެ.

އެހެން ނަމަވެސް އެއްބަސްވުމުގައިވާ ގިނަ ކަންކަމުން ރާއްޖެއަށް ވާނެ މާބޮޑު ފައިދާއެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ، އެ އެއްބަސްވުމުގެ ގިނަ ކަންކަން އޮތީ ޗައިނާ ކޮޅަށް ބުރަވެ ހުސްވެފައި ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އޭނާ އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނަވައިގެން ޗައިނާ އާއި އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމަށާއި، އެއީ މަތީ ދަރަޖައިގެ ކަންކަން ކަމަށް ވުމުން އަދިވެސް އަންނަނީ އެއްބަސްވުމުގައިވާ ކަންކަން ބައްލަވަމުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު އޭނާ ހުންނެވީ މަޖިލިސް މެންބަރެއްގެ މަގާމުގައި ކަމަށާއި، އޭރުއްސުރެ އޭނާ އެ އެއްބަސްވުމާއި ދެކޮޅު ކަމަށެވެ.

އަދި އެއްބަސްވުން އޭރު ދިރާސާ ކުރުމަށް މަޖިލީހުން ވަގުތު ދިނީ ބޭއިންސާފުން ކަން ފާހަގަ ކުރައްވައި، ފައްޔާޒް ވިދާޅުވީ ގާތްގަނޑަކަށް 1000 ގަނޑުގެ އެއްބަސްވުމެއް ދިރާސާ ކުރުމަށް އޭރު މަޖިލީހުން ދިނީ ގަޑިއެއްހާ އިރު ކަމަށެވެ.

"އޭގައި ކޮންމެވެސް ވަރެއްގެ ފައިދާތަކެއް ހުއްޓަސް ވަރަށް ގިނަ ގެއްލުންތަކެއް އެބަހުރި ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރާނެ. ޑިއުޓީ ފްރީ، އަގު ހެޔޮކޮށް ޗައިނާ އިން މުދާ އެތެރެ ކުރެވިދާނެ. ޗައިނާ ކަހަލަ ގައުމެއްގެ މުދަލުން ސުން ޕަސެންޓް އިނދެފައި، އެހެން ގައުމުތަކުގެ މުދަލުން ބޮޑު ޕަސެންޓެއް ޑިއުޓީއާ އެއްކޮށް އައީމާ ވާ ގޮތަކީ ޗައިނާ އަށް އެކަނި ތި ވިދާޅުވާ ބަރޯސާވުން އެއް ގައުމަށް ވެ ނިމެނީ،" ފައްޔާޒް ވިދާޅުވެފައި ވެއެވެ.

ފައްޔާޒް ވިދާޅުވީ އެ އެއްބަސްވުން އޮތް ގޮތަށް ތަންފީޒުކުރަން ފަށައިފި ނަމަ ޒަމާނުއްސުރެ ވިޔަފާރީގެ ގުޅުން އޮންނަ، އިންޑިއާ، ސިންގަޕޫރު އަދި ދުބާއީ ފަދަ ގައުމުތަކާއި އެކު އޮންނަ ގުޅުން ހީނަރުވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޓ

    މީނާ އަމިއްލަ ގޮތުން ކުރި ކޮންމެ ވިޔަފާރިއެއް ބަނގުރޫޓްވީ

    26
  2. މޫސަ

    ކޮންމެވެސް އެއްޗެކޭ ކިޔަންޖެހޭނޭތާ މަގާމުގައި ދެމިހުރުމަށްޓަކާ!

    26
  3. އައުޓް

    އިކޮން މިނިސްޓަރު ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް ފައްޔާޒު އައުޓް އިންޑިއާ އައުޓް

    14
  4. އަބްދޫ

    ބަލަގަ މިހާރުވެސް ދިވެހިންގެ ގިނަބަޔަކީ ފަގީރުން އަގުހެޔޮ މުދާ ބޭނުންވާ ބައެއް.ޗައިނާޢިން އެކްސް ޕޯޓް ޓެކްސް ކަނޑާލުމުން ޗައިނާގެ މުދާ ރާއްޖޭގަ އިތުރަށް ވިކޭނަމަ އެނަތީޖާ ހޯދުމަށް އިންޑިޔާއަށްވެސް ފުރުސަތު އެބައޮތް ނޫންބާ.ސަރުކާރުގެ ބޭނުމަކަށް ވާންޖެހޭނީ ދިވެހި ރައްޔިތުންނަށް ނަފާ ހޯދާދިނުން ނޫންބާ ތަންފީޒު ނުކުރާނަމޭ އެހެންގައުމުތަކަށް ގެއްލުން ވެޔޭ ބުނާ އިރު ދިވެހި ގައުމަށް އޮތް މަންފާ ޢައި ނަފާ އާއި ދިވެހި ގައުމަށް އޮތް ގެއްލުން ތަފްސީލު ކޮށް ވިދާލުވިނަމަ.ޗައިނާ އެގްރީމަންޓް ތަންފީޒް ކުރުމުން އެހެން ގައުމުތަކުންވެސް އެމަގު ހިޔާރުކުރަން މަޖްބޫރުވާެނެ .ނަފާ އޮތީ ދިވެހި ގައުމަށް.

  5. ކަލް މޭރާ

    އެހެންވީމަ އިންޑިއާގެ އެއްބަސް ވުންތައްތޯ ބަރާބަރީ ތިޔަ ވިދާޅުވަނީ ބަލަ ރުފިޔާ ނެތި ވިޔާފާރީ ކުރަންވީމަ ވާނެގޮއް ތިޔަވަނީ މުޅިންވެސް ރައްޔިތުން އަތުން ފާޑްފާޑްގެ ޓެކްސް ނަގައިގެން ގައުމު ހިންގަންވީމަ ވާގޮއްތައް ތިޔަވަނީ ދުއިސައްތަ އައް ވުރެ ގިނަ ރިސޯޓް އޮންނައިރު ރައްޔިތަކައް ގައުމަކައް ވަފައިދާއެއްނެތް އަދި މިރިމިރިކޮޅައްވެސް އަންނަން އޮއްޖީލްތަކައްވެސް ނެއް ފައިދާ އެއް ތިމާމެންގެ އަމިއްލަޖީބައް ބަރުވާގޮތައް ރައްތަކާ ފަޅުތައް 99 އަހަރައްވީއްކާލާފަ އެއޮތީ ގައުމުގަ އޮތީޔާ އޮއް އެއަރ ޕޯޓެއްވެސް ތިޔަ ދަނީ ވިއްކަމުން ބޭރުގެ ބަޔަކައް ދެމުން ދޮން ކޮން ފައިދާއެއްގެ ވާހަކަތޯ ތޮޔަ ވިދާޅުވަނީ

  6. ިބޯކިބާ

    ރާއްޖޭ ކޮޅަށް ބުރަވާނެގޮތަކަށް ވިޔަފާރިއެއް ކުރެވޭނެގޮތަކީ ކޮބާތަ، 100 ޕަސެންޓު މުދާ އިމްޕޯޓުކުރަނީ، މަށަންދައްޗެއްހިސާބު ނުއުފެއްދޭ އެކްސްޕޯޓުކުރާކަށް.

    14
  7. އަބްދޫ

    ބަލަގަ ސަރުކާރުގެ ބޭނުމަކީ ދިވެހިރައްޔިތުންނަށް މަންފާހޯދާ ދިނުންތޯ އިންޑިޔާ ދުބާއީ ސިންގަޕޯރް ފަދަ ގައުމުތަކަށް ފައިދަ ހޯދާދިނުންތޮ ؟ޗައިނަ އިން ޒީރޯ ޕްަސެންތް ގަ އެކްސްޕޯޓް ޑިއު ޓީ ހަދައިފިނަމަ ކުރިޔަށް ވުރެ ގިނަމުދާ ޗައިނާ އިން ރާއްޖެ އަށް އިމްޕޯޓް ކުރާނެ. އަދި ޗައިނާގަ އުފައްދާ މުދާ ދުބާއީ ސިންގަޕޯރ ފަދަ ގައުމުތަކުން ގަނެގެން ރާއްޖެ އެބަގެނޭ. އެގައުމުތަކުން ޗައިނަގަ އުފައްދާމުދާ ގަނެގެން އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރަމުންއެބަދޭ އޭގެތެރޭގަ ދުބާ އީ ސިންގަޕޯރ ފަދަ ގައުމުތައް ހިމެނޭ އިރު ތިޔަ އެއްބަސް ވުން ތަންފިޒުކުރުމުން ޗައިނާގަ އުފައްދާމުދާ ރީ އެކްސްޕޯޓްކުރުމުގެ ފުރުސަތު ތިޔަ ގައުމުތަކެކޭ އެއްފަދަ އިން ރާއްޖެއަށް ވެސް އެބައޮތް. ދުބާއީ އަކި މުދާ އުފައދާ ގައުމަކަށް ނުވާއިރު ޗައިނާގަ އުފައްދާ ގިނަމުދާ އެހެންގައުމުތަކަށް އެކްސްޕޯޓް ކޮށްދޭ ހަބެއް. ރާއްޖެ މިއީ ދުނިޔޭގެ މެދުގަ ހުރިހާ ހިސާބަކަށް ހަމަހަމަ ދުރުމިނެއްގަ އޮތް ގައުމަކަށް ވުމުން އުތުރުގަ ބަނދަރެއްހަދާ ރީއެކްސްޕޯޓް ހަބަކަށް ރާއްޖެ ހަދައިފިނަމަ ބޮޑުނަފާ ރާއްޖެއަށް ވެސް އެބައޮތް. އޭގެސަބަބުން އިންޑިޔާ އިންނާ ސްރީލަންކަ އިން މިހާރު ރީއެކްސްޕޯޓް ކުރަމުންދާ ކޮންޓެއިނަރުގެ ވިޔަފާރިއަށް ބަދަލު އަންނާން ދުވަސްކޮލަކުން ރީއެކްސްޕޯޓް ކޮންޓެއިނަރުގެ މައި ހަބަކަށް ރާއްޖެ ވާނެ. ރާއްޖެގަ ބަނދަރު ހަދައިފިނަމަ އިންޑިޔާ އަށް ބޮޑު ގެއްލުމެއް ލިބިގެންދާނެތީ ދިވެހިންގެ ބަޔަކާ ގުޅިގެން ބަނދަރުގެ މަސައްކަތް ވަނީ ހުއްޓުވާފަ. ޗައިނާ އިން ލަންކާގަ ތަރައްގިކުރާ ބަނދަރު ހުޅުވިއްޖެ ނަމަ ރާއްޖޭގަ ބޭރުބަޔަކު ބަނދަރެއްހަދާ ހިންގުމުގެ ފުރުސަތު ކުޑަވާނެ. ވީމާ ވީހާ އަވަހަކަށް އިންޑިޔަ އާއި ރައޖެ އަދެމެދުގެ ބަނދަރު އިހަވަންދިއްޕޮޅުގަ ހަދާ ތަރައްގީކޮށް ޗައިނަގެ މިނިވަންވިޔަފާރީގެ އެއްބަސްވުން ތަންފިޒު ކުރަންއެބަޖެހޭ.

  8. އަބްދޫ

    ބަލަގަ ފައޔާޒޭ ޗައިނައަށް ނަފާ ހޯދާދީގެން މިހާރަށް ވުރެ ބޮޑުނަފާ ޗައިނާތެރެއިން ހޯދައިގަތުމުގެ ފުރުސަތު ރާއްޖެއަށް ވެސް އެބައޮތް ނޫންތަ .

    16
  9. މާމި

    ފައްޔާޒަކައް ފުރަތަމަ އޭގައޮތީވެސް ކޯއްޗެއްކަން ނޭގޭ ހާލުގަ ވާހަކަ ތިދައްކަނީ . ނިކަން ރާއްޖެއައް ގެއްލުން ހުރި އެއްޗެއްވެއްޖެއްޔާ އާއްމު ކޮއްބަލަ.. ނުވެސްކެރޭނެ ހުސްދޮގު ތިހަދަނީ..އިންޑިއާ 300ސަތޭކަ ސިފައިން ވަރައް އަވަހައް ފައްސާލެވޭނެ...

  10. Anonymous

    ތަނެއްދޮރެއް އެނގޭ މީހެއްނޫން އެއްޗެއްކިޔަންވަަނެއެއްނު.

  11. ހަޑިމިލޭރު

    އިތުބާރުނެތްކަމަށް ވޯޓުނަގާފާނެތީ ކޮސްގޮވަނީ. އަމީރު ބުނި ފްރީ ޓްރޭޑް އެގްރީމެންޓެއްނެތޭ. އެކަމަކު މިގަމާރު ތެޅިބާލަނި ކޮސްގޮވަމުން. ބޯގަންޖާ.

  12. ލޫޓުވާ

    ރާއްޖެއަށްވެސް އިނޑިޔާ މީހުންމަރާފަވެސް އެގައުމު ހިފިދާނެ. މިކަހަލަ ކަނޑުކޮސްމީހުން މަގާމްތަކުގަ މިތިބެނީ. ގައުމަށް އެއްވެސް ކުލުނެއް ނެތް. އެކަމަކުު އުޅެންމިޖެހެނީ މިތާ ހުރިހާ ފައިސާއެއް ހޯދަނީ މިތަނުން. ގައުމަށް ލޯތްބެއްނެތް މީހަކު ދީނަށްވެސް ލޯތބެއް ނުހުންނާނެ. ރީނދޫ މީހުން ހީކުރަނީ ރީނދޫކުލަޔަކީ މޯދީގެ ޕާޓީ ބައެއްކަމަށް.

  13. ޒަރީރު

    އިންޑިޔާއިން ސާލިހް ނަގާ ލާރި ވެރިކަން ދެމެހެއްޓުމަށްޓަކާ މެންބަރުންނަށާއި މިނިސްޓަރުންނަށާއި ގާޒީންނާއި ނޫސްވެރިންނާއި މިނިވަން މުއައްސަސާ ތަކުގެ މީހުންނަށް ބެހުމަށް މިހާރު ހަވާލުވެ ހުރީ ފަޔާ ވީމަ އޭނަގެ ވާހަކަ އަންނާނީ މިހެން. ޔާމީން ސައުދީއިން ގެނަ ފައިސާ އަދީބާ ހަވާލުކުރި ގޮތައް މިފަޔާވެސް މިދަނީ ލާރި ބަހަމުން. އަދީބުވެސް ގިނި ހިލައެއްހެން ގޮޅިއަކަަށް ވެއްޓުނީ ހީވެސް ނުވާހާ އަވަހަށް. ފަޔާ ވެސް ފަޔާ ރޯވެގެން ގިނި ހިލައެއްހެން ތިރިވާތަން ދެން ފެނިދާނެ

  14. ހުސޭނު ބެއި

    ބަލަގަ؟؟؟؟؟.މޮޔަކުޑަ ހުޢްތު ބުނި ތިއަބުނާ އެށްބަސްވުމެއް ނެތޭ،،،ދެން ކަލޭ ތިކިއަނީ ކޯޗެއް ހުސްވި ވާހަކައެށްތަ؟؟

  15. ހަސަނުގެ ދަރި ލަތީފް

    މިހާރު މިއުޅެނީ އަންނި ރުއްސަން އަންނި އެންމެ ރުހެނީ ޗައިނާއާ ދެކޮޅަށް ވާހަކަ ދައްކާ އިންޑިއާއަށް ތައުރީފް ކުރާ މީހުން ދެކެ ، މަގާމުން ދުރުކޮށްފަނެތީ ބިރު ގަތީ އަންނި ނުރުހޭކަމެއް ކުރާކަށް އިބޫއަކަށް ހަމަގައިމުވެސް ނުކެރޭނެ